Entrar
Entrar
Entrar
Selecione o idioma
020

Taha 20:66 قال بل القوا فاذا حبالهم وعصيهم يخيل اليه من سحرهم انها تسعى ٦٦

20:66
قَالَ
بَلۡ
أَلۡقُواْۖ
فَإِذَا
حِبَالُهُمۡ
وَعِصِيُّهُمۡ
يُخَيَّلُ
إِلَيۡهِ
مِن
سِحۡرِهِمۡ
أَنَّهَا
تَسۡعَىٰ
٦٦
(66) އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން އުކާށެވެ! (ދެންފަހެ އެމީހުން އެމީހުންގެ سِحْرُ ގެ ވާބުރިތަކާ ދަނޑިބުރިތައް سِحْرُ ހަދާފައި އުކައިފިއެވެ.) ފަހެ އެހައިރުން އެމީހުންގެ ވާބުރިތަކާއި އެމީހުންގެ އަސާތައް އެކަލޭގެފާނަށް يعني: موسى عليه السّلام އަށް ހީފުޅުވީ އެމީހުންގެ سِحْرُ ގެބާރުން އެތަކެތި ހަމަކަށަވަރުން ދުވަނީކަމުގައެވެ. حركاة ކުރަނީކަމުގައެވެ. އެއީ ހަމަގަދަ سِحْرُ އެވެ.
Continue lendo

Leia Tafsir

Ibn Kathir (Abridged)

The Competition, Musa's Victory, and the Magician's Faith

Allah, the Exalted, informs about the magicians when they met Musa, that they said to Musa,

إِمَّآ أَن تُلْقِىَ

("Either you throw first...") meaning, "you go first."

وَإِمَّآ أَن نَّكُونَ أَوَّلَ مَنْ أَلْقَىقَالَ بَلْ أَلْقُواْ

("...or we be t

…

The Competition, Musa's Victory, and the Magician's Faith

Allah, the Exalted, informs about the magicians when they met Musa, that they said to Musa,

إ
…
Mais Tafsirs

Leia no contexto

Capítulo 20, Página 316, Juz 16

65. (65) އެމީހުން يعني: سِحْرُ ވެރިން ހުރިހާކަމެއް ރޭވުމަށްފަހު ދެންނެވިއެވެ. އޭ موسى އެވެ. އެހެންޏާ ކަލޭގެފާނު (އަސާކޮޅު) އެއްލަވާށެވެ. އަދި އެހެންނޫނީވިއްޔާ އެންމެ ފުރަތަމަ (سِحْرُ ގެ ސާމާނު) އުކާބަޔަކު ކަމުގައި އަހުރެމެން ވެދާހުށީމެވެ. 66. (66) އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެން އުކާށެވެ! (ދެންފަހެ އެމީހުން އެމީހުންގެ سِحْرُ ގެ ވާބުރިތަކާ ދަނޑިބުރިތައް سِحْرُ ހަދާފައި އުކައިފިއެވެ.) ފަހެ އެހައިރުން އެމީހުންގެ ވާބުރިތަކާއި އެމީހުންގެ އަސާތައް އެކަލޭގެފާނަށް يعني: موسى عليه السّلام އަށް ހީފުޅުވީ އެމީހުންގެ سِحْرُ ގެބާރުން އެތަކެތި ހަމަކަށަވަރުން ދުވަނީކަމުގައެވެ. حركاة ކުރަނީކަމުގައެވެ. އެއީ ހަމަގަދަ سِحْرُ އެވެ. 67. (67) ފަހެ موسى عليه السّلام އެކަލޭގެފާނުންގެ نفس ފުޅަށް ބިރުފުޅުގަތުމެއް إحساس ވެވަޑައިންފިއެވެ. 68. (68) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ އެންމެ މަތިވާނެ މީހާއެވެ. އެބަހީ: އެމީހުންނަށްވުރެ މާމަތިވާނެއެވެ. 69. (69) އަދި ކަލޭގެފާނުންގެ ކަނާތްޕުޅުގައި ތިޔަވާއެތި އެއްލައްވާށެވެ. އެމީހުން އެހެދިހާތަކެތި އެއެތި ކައި ދިރުވާނެއެވެ. ހަމަކަށަވަރުން އެމީހުން އެހެދިހާވެސް އެއްޗަކީ سِحْرُ ވެރިންގެ ރޭވުމާއި މަކަރެވެ. އަދި سِحْرُ ވެރިޔާވީ ކޮންމެތަނެއްގައިވެސް އޭނާއަށް ކާމިޔާބު ނުވާނެއެވެ. (ދެންފަހެ އެކަލޭގެފާނު އަސާކޮޅު އެއްލެވިއެވެ. އަދި އެހައިރުން ميدان ގައި حركاة ކުރާހެން ހީވި سِحْرُ ގެ ހުރިހާތަކެތި (އެ ވާބުރިތަކާއި ދަނޑިބުރިތައް) އެކަލޭގެފާނުންގެ އަސާކޮޅު ހަރުފަޔަކަށްވެގެންގޮސް ކައި ހުސްކޮށްލައިފިއެވެ. އެހިނދު سِحْرُ ވެރި އެންމެން އިމާންވެއްޖެއެވެ.) 70. (70) ފަހެ އެންމެހައި سِحْرُ ވެރިން سجدة ކުރާ حال ތިރިވެއްޖެއެވެ. އެބަހީ: سجدة ކޮށްފިއެވެ. އަދި އެމީހުން (އެކީ އެއްއަޑަކަށް) ބުންޏެވެ. އަހުރެމެން هارون އާއި موسى عليهما السّلام ގެ ربّ އަށް އީމާންވެއްޖައީމެވެ. 71. (71) އޭނާ يعني: فرعون ބުންޏެވެ. ކަލޭމެންނަށް އަހުރެން إذْنَ ނުދެނީސް ކަލޭމެން އޭނާއަށް އީމާންވީހެއްޔެވެ؟ ހަމަކަށަވަރުން އޭނާއަކީ އެބަހީ: موسى އަކީ ކަލޭމެންނަށް سِحْرُ އުގަންނައިދިން ކަލޭމެންގެ ބޮޑުމީހާއެވެ. ފަހެ ހަމަކަށަވަރުން ކަލޭމެންގެ އަތްތަކާއި ފައިތައް ތަފާތުކޮށް އެބަހީ: ކަންކުތިވާގޮތަށް (ކަނާތާއި ވައަތުފައިވާގޮތަށް) އަހުރެން ކަނޑާހުށީމެވެ. އަދި ހަމަކަށަވަރުން ކަދުރު ރުކުގެ ގަސްގަނޑުގައި ކަނޑައެޅިގެން ކަލޭމެން صَلِيْبُ ކުރާހުށީމެވެ. އަދި އަހުރެންނާއި موسى އާއި ދެމީހުންކުރެ عذاب ގަދަވެފައި ދެމިހުރުން ބޮޑީކާކުކަން ކަލޭމެންނަށް އެނގިދާނެއެވެ. (سِحْرُ ވެރިންނަކީ އެޒަމާނުގައި އެފަދައެއްނުވާ މޮޅު سِحْرُ ވެރިންނެވެ. سِحْرُ އާއި معجزة އާއި ދޭތި ވަކިކުރަން އެމީހުންނަށް އެނގިއްޖެއެވެ. ކޮންމެ فَنّ އެއްގެވެސް އޭގެ أهل ވެރިބަޔަކަށް އޭގެ حقيقة އެނގޭނެއެވެ. موسى ގެފާނުންގެ ކަމަކީ سِحْرُ ނޫންކަން އެމީހުންނަށް ރަނގަޅަށް އެނގި އަވަހަށް އީމާންވީއެވެ. فرعون ފޭހުނު އިލޮށިގަނޑުވަނީ އޭގެ ލޮލަށެވެ.) 72. (72) އެމީހުން يعني: سحر ވެރިން فرعون އަށް ބުންޏެވެ. އަހުރެމެންގެގާތަށް އެކަލޭގެފާނު يعني: موسى عليه السّلام އެގެންނެވި بيان ވެގެންވާ دليل ތަކުގެމައްޗަށް އަދި އަހުރެމެން ނެތުމުގެ ތެރެއިން ހެއްދެވި މަތިވެރި މާތް ﷲ ގެ މައްޗަށް އަހުރެމެން ކަލޭގެ ބަސް އިސްނުކުރާހުށީމެވެ. ފަހެ ކަލޭ ހަދާނެ އެއްޗެއް ކަލޭ ހަދާށެވެ. ހަމަކަށަވަރުން ކަލޭކުރާނެކަމެއް ކުރެވޭނެކަން ކަށަވަރީ ހަމަ މިދުނިޔޭގެ حياة ގައެވެ. އޭރުން ދެން އެނިމުނީއެވެ. އެހެންވެސްވާނީ ﷲ އިރާދަކުރެއްވިއްޔާއެވެ. 73. (73) ހަމަކަށަވަރުން އަހުރެމެން އަހުރެމެންގެ ربّ އަށް إيمان ވެއްޖައީމެވެ. އެއީ އެކަލާނގެ އަހުރެމެންގެ ފާފަތައް ފުއްސެވުމަށާއި އަދި سحر ގެތެރެއިން ކަލޭ އަހުރެމެންނަށް مجبور ކޮށް އަހުރެމެން ނުރުހިގެންވާ حال އަހުރެމެންކުރި ކަންތައްވެސް އަހުރެމެންނަށް އެކަލާނގެ ފުއްސެވުމަށެވެ. އަދި (ثواب ދެއްވުމުގެގޮތުން ކަލެއަށްވުރެ) ﷲ މާހެޔޮވެގެންވެއެވެ. އަދި (عقوبة ދެއްވުމާއި عذاب ދެއްވުމުގެގޮތުން) އެކަލާނގެ عذاب އާއި عقوبة ދެމިހުރުން ބޮޑެވެ. 74. (74) ހަމަކަށަވަރުން ނުބައިނުލަފާވެގެންވާ حال (قيامة ދުވަހުން) އެމީހެއްގެ ربّ ގެ حضرة އަށް އައިމީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހާއަށް ހުރީ ނަރަކައެވެ. އެތާނގައި އޭނާ މަރުނުވާނެއެވެ. އަދި ނުމެދިރޭނެމެއެވެ. 75. (75) އަދި އެމީހަކު ކަނޑައެޅިގެން صالح عمل ކޮށް مؤمن އަކުކަމުގައިވެގެންވާ حال އެމީހެއްގެ ربّ ގެ حضرة އަށް އައިމީހާ ދަންނައެވެ. ފަހެ އެފަދަ މީހުންނަށްހުރީ ކަނޑައެޅިގެން މަތިވެރި ދަރަޖަތަކެވެ. 76. (76) އަދި އެމީހަކު ކަނޑައެޅިގެން صالح عمل ކޮށް مؤمن އަކުކަމުގައިވެގެންވާ حال އެމީހެއްގެ ربّ ގެ حضرة އަށް އައިމީހާ ދަންނައެވެ. ފަހެ އެފަދަ މީހުންނަށްހުރީ ކަނޑައެޅިގެން މަތިވެރި ދަރަޖަތަކެވެ.

- Abu Bakr Ibrahim Ali (Bakurube)

Anotações e reflexões

Você não tem anotações ou reflexões sobre este versículo.

Notes placeholders

Mantenha-se conectado ao Alcorão ❤️

Breves lembretes significativos para recomeçar, refletir e manter a conexão com o Alcorão.

Leia, ouça, pesquise e reflita sobre o Quran

Quran.com é uma plataforma confiável usada por milhões de pessoas em todo o mundo para ler, pesquisar, ouvir e refletir sobre o Alcorão em vários idiomas. Ela oferece traduções, tafsir, recitações, tradução palavra por palavra e ferramentas para um estudo mais aprofundado, tornando o Alcorão acessível a todos.

Como uma Sadaqah Jariyah, o Quran.com se dedica a ajudar as pessoas a se conectarem profundamente com o Alcorão. Apoiado pela Quran.Foundation , uma organização sem fins lucrativos 501(c)(3), o Quran.com continua a crescer como um recurso gratuito e valioso para todos, Alhamdulillah.

Navegar
Casa
Rádio Quran
Recitadores
Sobre nós
Desenvolvedores
Atualizações de produtos
Comentários
Ajuda
Doar
Nossos Projetos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projetos sem fins lucrativos de propriedade, administrados ou patrocinados pela Quran.Foundation
Links populares
Duas do Alcorão
Versículo do Alcorão do dia
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mapa do sitePrivacidadeTermos e Condições
© 2026 Quran.com. Todos os direitos reservados
Contribuir