Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Sábá' 34:23 ولا تنفع الشفاعة عنده الا لمن اذن له حتى اذا فزع عن قلوبهم قالوا ماذا قال ربكم قالوا الحق وهو العلي الكبير ٢٣

Página 431 · Juz 22

وَلَا
تَنفَعُ
ٱلشَّفَٰعَةُ
عِندَهُۥٓ
إِلَّا
لِمَنۡ
أَذِنَ
لَهُۥۚ
حَتَّىٰٓ
إِذَا
فُزِّعَ
عَن
قُلُوبِهِمۡ
قَالُواْ
مَاذَا
قَالَ
رَبُّكُمۡۖ
قَالُواْ
ٱلۡحَقَّۖ
وَهُوَ
ٱلۡعَلِيُّ
ٱلۡكَبِيرُ
٢٣
(23) އަދި އެމީހަކަށް އެކަލާނގެ إِذنَ ދެއްވި އަޅަކަށްމެނުވީ އެކަލާނގެ حَضْرَة ގައި شَفَاعَة ގެ އެއްވެސް مَنفَع އެއްނުވާނެއެވެ. (މަލާއިކަތްބޭކަލުންގެ حَال ކޮޅު އެކަލާންގެ وَحِي ބާވައިލައްވާ ވަގުތު ހުންނަގޮތް އަންނަނިވި އާޔަތުން ބަޔާންވެއެވެ. އެކަލާންގެ ބަސްފުޅުގެ مُقَابِل ގައި އެބޭކަލުންވެސް ހޭފުޅުނެތެވެ. އެހެންވީއިރު އެއިންފަރާތަކަށްވެސް އަޅުކަންކުރުން حَقّ އެއް ނޫނެވެ. އެބޭފުޅުން ހޭފުޅުނެތި ތިއްބެވުމައްފަހު) ހިތްޕުޅުތަކުން ބިރުފުޅުފިލައި ހޭފުޅުއެރީމާ އެއިން އެއްބޭކަލަކު އަނެއްބޭކަލަކަށް ވިދާޅުވާނެއެވެ އަޅަމެންގެ رَبُّ وَحِى ކުރެއްވީ ކޮން އެއްޗެއްތޯއެވެ؟ އަދި އެބޭކަލުން ވިދާޅުވާނެއެވެ. އެއީ ހަމަ حَقّ އެވެ. އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑު ކަލާނގެއެވެ.
reading-goal:continue-reading

Leer q-and-a.tafsir

Ibn Kathir (Abridged)

The Helplessness of the gods of the Idolators Here

Allah states clearly that He is the One and Only God, the Self-Sufficient Master, Who has no peer or partner; He is independent in His command and there is no one who can share or dispute with Him in that, or overturn His command. So, He says:

قُلِ اد

…

The Helplessness of the gods of the Idolators Here

Allah states clearly that He is the One and Only God, the Self-Sufficient Master, Who has no peer or

…
Ver tafsirs

Leer related-content

22. (22) (އޭ رَسُولُ ﷲ އެވެ!) ﷲ ފިޔަވައި ބުދުތައްއެއީ إِله ން ކަމުގައި ހަދައިގެން އެއިން شَفَاعَة އެއް ލިބޭނެކަމަށް ހީކޮށްގެން އުޅޭމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! (ކަލޭމެންނަށް ޖެހުނުއުނދަގުލާއި مُصِيبَة ދުރުކުރުމަށް އެތަކެއްޗަށް ގޮވާށެވެ! މިއީ مَكَّة ގެ أَهلُ ވެރިންނަށް ޖެހުނު ތަދުމަޑު ދުވަސްވަރަށް إَشَارَة ކުރަށްވާ އާޔަތެކެވެ. އަލުންވެސް އެތަކެއްޗަށް އެއްވެސް އެހީއެއް ނުވެވޭނެކަން ﷲ އެއަންގަވަނީއެވެ.) އުޑުތަކާއި އަދި ބިމުގައިވެސް އެއްވެސް އެއްޗެއް ذَرَّة އެއްގެ ބުރަދަނުގެ މިންވަރުވެސް އެބުދުތަކަށް مِلك ވެގެން ނުވެއެވެ. އަދި އެދެތަނުން ކުރެތަނެއްގައި އެތަކެއްޗަށް އެއްވެސް ބައިވެރިވުމެއް حِصَّة އެއް ނުވެއެވެ. އަދި އެތަކެތީގެ ފަރާތުން އެކަލާނގެއަށް އެއްވެސް އެހީތެރިކަމެއް ވާގިވެރިކަމެއް ބޭނުންވެ ވޮޑިގެންނުވެއެވެ. 23. (23) އަދި އެމީހަކަށް އެކަލާނގެ إِذنَ ދެއްވި އަޅަކަށްމެނުވީ އެކަލާނގެ حَضْرَة ގައި شَفَاعَة ގެ އެއްވެސް مَنفَع އެއްނުވާނެއެވެ. (މަލާއިކަތްބޭކަލުންގެ حَال ކޮޅު އެކަލާންގެ وَحِي ބާވައިލައްވާ ވަގުތު ހުންނަގޮތް އަންނަނިވި އާޔަތުން ބަޔާންވެއެވެ. އެކަލާންގެ ބަސްފުޅުގެ مُقَابِل ގައި އެބޭކަލުންވެސް ހޭފުޅުނެތެވެ. އެހެންވީއިރު އެއިންފަރާތަކަށްވެސް އަޅުކަންކުރުން حَقّ އެއް ނޫނެވެ. އެބޭފުޅުން ހޭފުޅުނެތި ތިއްބެވުމައްފަހު) ހިތްޕުޅުތަކުން ބިރުފުޅުފިލައި ހޭފުޅުއެރީމާ އެއިން އެއްބޭކަލަކު އަނެއްބޭކަލަކަށް ވިދާޅުވާނެއެވެ އަޅަމެންގެ رَبُّ وَحِى ކުރެއްވީ ކޮން އެއްޗެއްތޯއެވެ؟ އަދި އެބޭކަލުން ވިދާޅުވާނެއެވެ. އެއީ ހަމަ حَقّ އެވެ. އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ ހައިބަބޮޑު ކަލާނގެއެވެ. 24. (24) (އޭ رَسُولُ ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުންނާބިމުން ކަލޭމެންނަށް ރިޒުޤު ދެއްވާނީ ކާކުހެއްޔެވެ؟ (ކަލޭމެންގެ إِلهން ތަކަށް އެއިން އެއްވެސް ކަމެއްނުވާނެކަން މިހާރު ސާބިތުވެއްޖެއެވެ.) ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ހަމަ ﷲ އެވެ. ހަމަކަށަވަރުން އަހަރެމެން مُؤمِنٌ ންނާއި ކަލޭމެން ކާފަރުންނާއި ދެބައިމީހުންކުރެ އެއްބަޔަކު ކަނޑައެޅިގެން ތެދުމަގުގައިވެއެވެ. އަނެއްބަޔަކު ބަޔާންވެގެންވާ މަގުފުރެދުމެއްގައިވެއެވެ. 25. (25) އޭ رَسُولُ ﷲ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެމެން ކުރާކުށަކާއިމެދު ކަލޭމެނާ ސުވާލު ނުވެވޭނެއެވެ. އަދި ކަލޭމެން ކުރަމުންދާ ކަންތަކާއިމެދު އަހުރެމެންނާއި ސުވާލު ނުވެވޭނެއެވެ. 26. (26) އޭ رَسُولُ ﷲއެވެ! ކަލޭގެފާނު ވިދާޅުވާށެވެ! އަހަރުމެންގެ رَبُّ (قِيَامَة ދުވަހުން) އަހަރެމެން ޖަމާކޮށްދެއްވާނެއެވެ. އަދި އަހުރެމެން އެންމެންގެ މެދުގައި އެކަލާނގެ حُكُم ކޮށްދެއްވާނެއެވެ. (ކިޔަމަންތެރިންނަށް ثوَاب ދެއްވައި ނުކިޔަމަންތެރިންނަށް عَذَاب ދެއްވާނެއެވެ.) އަދިއެކަލާނގެއީ حَقُّ ގޮތުގައި ނިޔާކުރައްވާ އަދިއެންމެހައިކަންތައް ދެނެވޮޑިގެންވާ ކަލާނގެއެވެ. 27. (27) (އޭ رَسُولُ ﷲއެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެކަލާނގެއާއި شَرِيكُ ކޮށް ގުޅައިގެން އުޅުނު إِله ންތައް އަހުރެމެންނަށް ނިކަންދައްކައިބަލާށެވެ! (އެތަކެތި އަހުރެމެންދެކިލާށެވެ. އަދި އެތަކެއްޗަށް ކުޅަދާނަވެގެންވަނީ ކޮންކަމެއްތޯދެކިލާށެވެ.) އެއްގޮތަކަށްވެސް އެބުދުތަކަކީ إِله ން ތަކެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ إِله އަކީ ހަމައެކަނި ގަދަކީރިތިވަންތަ حِكمَة ވަންތަކަލާނގެއެވެ. ﷲއެވެ. 28. (28) އޭ رَسُولُ ﷲ އެވެ! އެންމެހައިމީސްތަކުންގެ ގާތަށް މެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رَسُولُ ކަމާއިގެން ފޮނުއްވާފައިނުވާނެވެ. (އެބަހީ ކަލޭގެފާނު رَسُولُ ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީއެންމެހައިމީސްތަކުންގެ ގާތަށެވެ. ކަޅެއްދޮނެއް عَرَبي އެއް عَجَمِي އެއް ވަކިތަފާތެއް ނޯންނާނެއެވެ.) އެއީ ސުވަރުގޭގެ ވާހަކައިން މީސްތަކުންނަށް އުފާވެރިކަމުގެ خَبَرُ ދެއްވުމަށާއި، ނަރަކައިގެ ވާހަކައިން މީސްތަކުންނަށް ބިރުގަންނަވާ حَالُ ގައެވެ. އަދި އެކަމަކު މީސްތަކުންކުރެ ގިނަމީހުންނަކަށް އެގޮތެއްނޭގެއެވެ. 29. (29) އަދި އެކާފަރުންގެ މީހުން މަލާމާތަށް ބުނެއެވެ. ކަލޭމެންތިޔަ ބުނަނީ ތެދެއްކަމުގައިވަންޏާ ތިޔަ وَعدُ ކުރާ قِيَامَة ދުވަސް ދެންއަންނާނީ ކޮންއިރަކުން ހެއްޔެވެ؟ 30. (30) ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! އެކަމަށް ކަލޭމެންނަށް ކަނޑައެޅި عَيَّن ވެގެންވާ ދުވަސްވެއެވެ. އެދުވަސް ހަމަޖެހުމުން އެންމެތަންކޮޅެއްލަހެއްވެސް ނުވާނެއެވެ. އަދި އަވަހެއްވެސް ނުވާނެއެވެ. ހަމަ ގަޑިއަށް އެކަން ހަމަޖެހޭނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notas y Reflexiones.

reflection-not-available

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir