Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Sábá' 34:18 وجعلنا بينهم وبين القرى التي باركنا فيها قرى ظاهرة وقدرنا فيها السير سيروا فيها ليالي واياما امنين ١٨

Página 430 · Juz 22

وَجَعَلۡنَا
بَيۡنَهُمۡ
وَبَيۡنَ
ٱلۡقُرَى
ٱلَّتِي
بَٰرَكۡنَا
فِيهَا
قُرٗى
ظَٰهِرَةٗ
وَقَدَّرۡنَا
فِيهَا
ٱلسَّيۡرَۖ
سِيرُواْ
فِيهَا
لَيَالِيَ
وَأَيَّامًا
ءَامِنِينَ
١٨
(18) އަދި އެމީހުންގެ ރައްތަކާއި އަދި އެރަށްތަކުގައި ތިމަންރަސްކަލާންގެ ބަރަކާތް ލެއްވި (شَام ކަރައިގެ) ރައްތަކާއި ދެމެދު ގުޅިފައިވާ ރައްތަކެއް ލެއްވީމެވެ. އަދި އެތަންތާނގެ ދަތުރުފަތުރު ތިމަންރަސްކަލާންގެ މިންވަރުކުރެއްވީމެވެ. (މިދެމެދު ރަށްތަކަކީ ވިޔަފާރި ބަނދަރުތަކެކެވެ. އަދި އެރަށްތައް ލައްވާފައިވާނީ ހެނދުނު އެއްރަށުން ފުރައިގެން މެންދުރުވާއިރަށް އަނެއްރަށަށް އާދެވޭ ވަރަށެވެ. އަދި ހަވީރު ފުރައިގެން ރޭގަނޑު ނިދަން އަނެއްރަށަށް އާދެވޭ ވަރަށެވެ.) (އަދި ތިމަން ރަސްކަލާނގެ އެމީހުނަށް އެންގެވީމެވެ.) ކަލޭމެން އަމާން ކަމާއިއެކު ރޭގަނޑުތަކާއި ދުވާލުތަކުގައި އެރަށްރަށަށް ދަތުރުކޮށް ހަދާށެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Trade of Saba' and Their Destruction

Allah tells us about the blessings which the people of Saba' enjoyed, and the luxuries and plentiful provision which was theirs in their land, with its secure dwellings and towns which were joined to one another, with many trees, crops and fruits. When they t

…

The Trade of Saba' and Their Destruction

Allah tells us about the blessings which the people of Saba' enjoyed, and the luxuries and plentiful provisio

…
Ver Tafsires

Leer en contexto

15. (15) ހަމަކަށަވަރުން سَبَأ قَبِيلَة ގެމީހުން ދިރިއުޅުނުތާގައި ﷲގެ قُدرَة ތެރިކަމުގެމައްޗަށް دَلِيل ކުރާ ވަރަށްބޮޑު دَلِيل އެއްވެއެވެ. ހެތްކެއްވެއެވެ. (سَبَأ އަކީ يَمَن ކަރައިގެ ތަނެކެވެ. އެމީހުންއުޅުނުތަނަށް ކިޔަނީ مَأرَب އެވެ. يَمَن ގެ ރަސްރަސްކަލުން އައިސްފައިވަނީ سَبَأ قَبِيلَة އިންނެވެ.) އެތާގައި ﷲލައްވާފައިވާ دَلِيل އަކީ އެމީހުންގެ ވާދީގެދެފަރާތުގައިވާ ދެބަގީޗާއެވެ. ކަނައަތްފަރާތުން ބަގީޗާއަކާއި ވައަތްފަރާތުން ބަގީޗާއެކެވެ. (އެމީހުން ދިރިއުޅުނު ގޮވަތިގެދޮރުތައް ހުރީ އެވާދީގައެވެ. އެބަގީޗާގައި ހުރީހާ ވައްތަރެއްގެ މޭވާވެއެވެ. ދެން ތިމަންރަސްކަލާނގެ އެމީހުންނަށް އެންގެވީމެވެ.) ކަލޭމެން ކަލޭމެންގެ رَبُّ ގެ ރިޒުގުން ކައިބޮއި ހަދާށެވެ! އަދި އެކަލާނގެއަށް شُكُرُ ކުރާށެވެ! (ކަލޭމެންނަށް އެކަލާނގެ ދެއްވި ގިނަގުނަ نِعمَةَ ތަށްޓަކައި އެކަލާނގެ އަށް شُكُرُ ކޮށް އެކަލާނގެއަށް ކިޔަމަންތެރިވެ އުރެދުންތަކުން ދުރުވެގަންނާށެވެ.) ތިޔައީ ރަނގަޅު ރަށެކެވެ. ވައިފެން ރަނގަޅު މޭވާގިނަ ރަށެކެވެ. އަދި ތިޔަ نِعمَة ތައް ދެއްވި رَبُّ އަކީ އަޅުތަކުންގެ ފާފަފުއްސަވާ އޯގާވަންތަ رَبُّ އެކެވެ. 16. (16) ދެންފަހެ މިބައިމީހުން ﷲ އަށް شُكُرُ ކުރުމުން އެނބުރި ފުރަގަސްދީފިއެވެ. އަދި ﷲ އަށް ކާފަރުވެއްޖެއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ މައްޗަށް ގަދަފަދަ ސައިލެއް ފޮނުއްވީމެވެ. އެސައިލް އެމީހުންގެ ގެދޮރުތައްވަށައިލައި ބަގީޗާތައް ހަލާކުކޮށްފިއެވެ. އަދި އެމީހުންގެ އެމޮޅުދެބަގީޗާ އެހެން ދެބަގީޗާއަކަށް ތިމަންރަސްކަލާނގެ ބަދަލުކޮށްލައިފީމެވެ. ފަހުގެ ދެބަގީޗާގެ ގަސް ގަހާގެއްސައް ހުރީ އޭގެ މޭވާހިތި އަދި ގަހުގައި ކަށިހުންނަ ޒާތުގެގަހެވެ. އަދި أَثَل ކިޔާގަހެކެވެ. އެއީ މޭވާ ނުވެސް އަޅާގަހެކެވެ. އަދި ކުޑަކުޑަކޮށް ކުންނާރުގަހެވެ. 17. (17) އެމީހުންނަށް އެޖަޒާދެއްވީ އެމީހުން نِعمَة އަށް شُكُرُ ނުކޮށް ﷲ އަށް ކާފަރުވުމުގެ ސަބަބުންނެވެ. ފަހެ ކާފަރުވެއްޖެ ބަޔަކަށް މެނުވީ ތިމަންރަސްކަލާނގެ އެފަދަޖަޒާ ދެއްވަން ހެއްޔެވެ؟ އެބަހީ ކާފަރުވެއްޖެ ބަޔަކަށް މެނުވީ އެފަދަޖަޒާ ނުދެއްވަމެވެ. 18. (18) އަދި އެމީހުންގެ ރައްތަކާއި އަދި އެރަށްތަކުގައި ތިމަންރަސްކަލާންގެ ބަރަކާތް ލެއްވި (شَام ކަރައިގެ) ރައްތަކާއި ދެމެދު ގުޅިފައިވާ ރައްތަކެއް ލެއްވީމެވެ. އަދި އެތަންތާނގެ ދަތުރުފަތުރު ތިމަންރަސްކަލާންގެ މިންވަރުކުރެއްވީމެވެ. (މިދެމެދު ރަށްތަކަކީ ވިޔަފާރި ބަނދަރުތަކެކެވެ. އަދި އެރަށްތައް ލައްވާފައިވާނީ ހެނދުނު އެއްރަށުން ފުރައިގެން މެންދުރުވާއިރަށް އަނެއްރަށަށް އާދެވޭ ވަރަށެވެ. އަދި ހަވީރު ފުރައިގެން ރޭގަނޑު ނިދަން އަނެއްރަށަށް އާދެވޭ ވަރަށެވެ.) (އަދި ތިމަން ރަސްކަލާނގެ އެމީހުނަށް އެންގެވީމެވެ.) ކަލޭމެން އަމާން ކަމާއިއެކު ރޭގަނޑުތަކާއި ދުވާލުތަކުގައި އެރަށްރަށަށް ދަތުރުކޮށް ހަދާށެވެ. 19. (19) ދެން ފަހެ އެމީހުން ދެންނެވިއެވެ. އޭ އަޅަމެންގެ رَبُّ އެވެ! އަޅަމެންނަށް އަޅަމެންގެ ދަތުރުތަށް ދުރުކޮށްދެއްވާނދޭވެ! އަދި އެމީހުން އެމީހުންގެ އަމިއްލަ نَفْسُ ތަކަށް އަނިޔާވެރިވެގެންފިއެވެ. ދެން ތިމަން ރަސްކަލާނގެ ހުރިހާގޮތަކުން އެމީހުން ހަލަކު ކުރައްވައި ފަހުން އަންނަ މީހުންގެ ދޫތަކުގެ މަތީގައި ދެކެވޭ ވާހަކައެއް ކަމުގައި އެމީހުންގެ ކަންތަށް ލައްވައިފީމެވެ. ފަހެ ގިނަގިނައިން ކެތްތެރިވާ އަދި ގިނައިން شُكُرُ ކުރާ ކޮންމެ އަޅަކަށް ކަނޑަ އެޅި بَيَان ވެގެންވާ دَلِيل އާއި ހެކި އަދި عِبرَة އާއި نَصِيحَة މިވާހަކަތަކުގައިވެއެވެ. 20. (20) އަދި އެބައިމީހުންގެ މައްޗަށް إِبْلِيسُ ކުރިހީ އޭނާ ތެދުކޮށް ދައްކައިފިއެވެ. (އިބިލީސް ކުރިހީއަކީ، އެމީހުންނަށް ވަސްވާސްދީ ދުނިޔޭގެ ޒީނަތްތެރިކަމުގެ ތެރެއަށް ވެއްދީމާ އެމީހުން އޭނާޔާ تَبَعُ ވާނޭ ކަމަށެވެ. އެގޮތަށް ކަންވެ ނިމުނީއެވެ.) مُؤمِنٌ ންގެ ތެރެއިން جَمَاعَةއްގެ ބަޔަކުމެނުވީ އެސޮރާ تَبَعُ ވިއެވެ. 21. (21) އަދި އެ مُؤمِنٌ ންގެ މައްޗަށް އެއްވެސް ބާރެއް އެސޮރަށް ލިބިގެން ނުވެއެވެ. (އަދި އެސޮރާ تَبَعُ ވާ މީހުންނަށްވެސް އެސޮރު ވަސްވާސްދީ فَاحِش ކަން ޒީނަތްތެރިކޮށްދިނުން ނޫން އެހެންބާރެއް ނޯވެއެވެ.) އެކަންތަށް ތިމަން ރަސްކަލާނގެ އެގޮތަށްލެއްވީ އެމީހުންގެ ތެރެއިން آخِرَة ދުވަހަށް އީމާންވާމީހުންނާއި އަދި އެކަމާމެދު ޝައްކުގައިވާމީހުން ދެނެވޮޑިގެންވާކަން ފާޅުކުރުމަށެވެ. އަދި ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި رَبُّ ހުރިހާކަމެއް ހިމަނުއްވައި ބަލަހަށްޓަވައި ރައްކާތެރިކުރައްވައެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir