Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Núh 71:28 رب اغفر لي ولوالدي ولمن دخل بيتي مومنا وللمومنين والمومنات ولا تزد الظالمين الا تبارا ٢٨

Página 571 · Juz 29

رَّبِّ
ٱغۡفِرۡ
لِي
وَلِوَٰلِدَيَّ
وَلِمَن
دَخَلَ
بَيۡتِيَ
مُؤۡمِنٗا
وَلِلۡمُؤۡمِنِينَ
وَٱلۡمُؤۡمِنَٰتِۖ
وَلَا
تَزِدِ
ٱلظَّٰلِمِينَ
إِلَّا
تَبَارَۢا
٢٨
(28) އޭ އަޅުގެ رب އެވެ! މިއަލާއަށާއި މިއަޅާގެ މައިންބަފައިންނަށާއި އަދި މިއަޅާގެ ގެއަށް - ނުވަތަ މިއަޅާގެ މިސްކިތަށް - އީމާން ވެގެންވާ ޙާލު ވަތް ކޮންމެ މުއުމިނަކަށާއި އަދި އެންމެހާ މުއުމިނު ފިރިހެނުންނަށާއި އަދި އެންމެހާ މުއުމިނު އަންހެނުންނަށް ވެސް ފާފަ ފުއްސަވާނދޭއެވެ! އަދި އަނިޔާވެރިންނަށް / مُشْرِكُ ންނަށް ގެއްލުމާއި ހަލާކުމެނުވީ އިތުރު ނުކުރައްވާދޭވެ.
reading-goal:continue-reading

Leer q-and-a.tafsir

Ibn Kathir (Abridged)

مِّمَّا خَطِيئَتِهِمْ

(Because of their sins) It also has been recited as; (خَطَايَاهُمْ) (their errors.)

أُغْرِقُواْ

(they were drowned,) meaning, for their numerous sins, rebellion, persistence in disbelief and opposition to their Messengers.

أُغْرِقُواْ فَأُدْخِلُواْ نَاراً

(they were drowned, then we

…
مِّمَّا خَطِيئَتِهِمْ

(Because of their sins) It also has been recited as; (خَطَايَاهُمْ) (their errors.)

أُغْرِقُواْ

(they were drowned,) meaning, for t

…
Ver tafsirs

Leer related-content

21. (21) نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ހަމަކަށަވަރުން އެމީހުން މިއަޅާއަށް އުރެދިއްޖެއެވެ. އެމީހުން އެ އުރެދުންމަތީ ދެމިތިބިއްޖެއެވެ. އަދި އެމީހުން تبع ވީ އެމީހުންގެ މުދަލާއި ދަރީންނުން ގެއްލުމާއި ހަލާކު މެނުވީ އިތުރު ނުކޮށްދޭބަޔަކާއެވެ. (އެބަހީ އެމީހުންގެ ދެރަވަރު މީހުން ތަބާވީ އެމީހުންގެތެރޭގައިތިބި ބޮޑެތި އަދި ކަމުވޮށިވެގެންވާމީހުންނާއި މުއްސަދިންނާއެވެ.) 22. (22) އަދި އެމީހުން ވަރަށް ބޮޑުވެގެންވާ މަކަރުހަދައިފިއެވެ. (އެމީހުން ހެދިމަކަރަކީ ރަށުގައިތިބި މޮޔަޖާހިލުން نوح عليه السّلام ގެމައްޗަށް ފާކުރެއްވުމެވެ. އެމީހުން އެކަލޭގެފާނަށް ފާޑުފާޑުގެ ދިމާކުންތައް ދިމާކުރުންވެއެވެ. އަދި މުދާވެރި މަތީމީހުން ފަޤީރުންނަށް އޮޅުވާ ހެއްލުންތެރި ކުރުންވެއެވެ. އަދިވެސް އެތައްކަމެކެވެ.) 23. (23) އަދި އެމީހުންގެ ބޮޑެތިމީހުން ބުނެއެވެ. ކަލޭމެން ކަލޭމެން އަޅުކަންކުރާބުދުތައް ދޫނުކުރާށެވެ. وَدُّ އާއި سُوَاعُ އާއި يَغُوْثُ އާއި يَعُوْقُ އާއި އަދި نَسْرُ އާއި މިބުދުތައް ދޫނުކުރާށެވެ. މިތަކެއްޗަށް އަޅުކަންކުރާށެވެ. (މިނަންތަކަކީ އޭރު އެޤައުމުގައި އަޅުކަންވެވެމުންއައި ބޮޑެތި ބުދުތަކުގެނަންތަކެވެ. އަސްލުގައި އެއީ ފަސްމީހުންގެ ފަސްނަމެވެ. އެނަންތައް ބުދުގެނަންނަމަށް ބަދަލުވީގޮތް حَدِيْث ފޮތްފޮތުން ފެންނަން އެބަހުއްޓެވެ. އެއީދިގުބަޔާނަކަށްވާތީ އެވާހަކަ އެހެންފުރުސަތެއްގަ ދެންނެވުމަށްބާއްވަމެވެ.) (އެވާހަކަ އަހުރެންލިއުނު تَوْحِيْيد ފޮތް "دُرُوْس مِنَ التَّوْحِيْد" ގައިބަޔާންކޮށްފައި ވާނެއެވެ.) 24. (24) އަދިހަމަކަށަވަރުން އެޤައުމުގެ ބޮޑެތިކާފަރުން މަގުފުރެދިގެން ތިބެމެ ވަރަށްގިނަ އާދައިގެމީހުން މަގުފުރެއްދިއެވެ. އަދި އެއަނިޔާވެރި މުޝްރިކުންނަށް މަގުފުރެދުންނޫނީ އިތުރުނުވިއެވެ. 25. (25) އެމީހުންގެ ކުށްފާފަތަކުގެސަބަބުން طُوْفَانُ ގައި އެމީހުން މަރުވެގެން ދިޔައީއެވެ. ދެން އޭގެފަހުގައި އެމީހުން އަލިފާނަށް ވެއްދޭނެއެވެ. (ބުނެވެނީ އެއީ بَرْزَخ ގެ عَالَم ގައި قِيَامَة ވުމުގެ ކުރީން އެމީހުން ވެއްދެވޭ އަލިފާނެއްކަމުގައެވެ. އަދި قِيَامَة ދުވަހުން ގަދައަލިފާނަށް އެމީހުން ވެއްދެވޭނެއެވެ. މިގޮތުގެ މައްޗަށް ދަލީލުކުރާއާޔަތްތައް އެބަހުއްޓެވެ. وَالله أَعْلَم...) އަދި الله ފިޔަވައި އެހެން އެއްވެސް نَصْرُ ވެރިޔަކު، އަދި މަދަދުގާރަކު އެމީހުނަކަށް ނުފެނުނެވެ. 26. (26) އަދި نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ކާފަރުންގެ ތެރެއިން ގެއަކު ދިރި އުޅޭނެ އެކަކުވެސް ބިންމަތީގައި ނުބަހައްޓަވާންދޭވެ! އެބަހީ އެންމެހާ ކާފަރުން ހަލާކު ކުރައްވާ މަރުއްވާނދޭވެ! 27. (27) (نوح عليه السّلام ދެންނެވިއެވެ. އޭ އަޅުގެ رب އެވެ!) އިބަރަސްކަލާނގެ އެކާފަރުންގެ މީހުން ބިންމަތީގައި އުޅުމަށް ދޫކުރައްވައިފިނަމަ އިބަރަސްކަލާނގެ މުއުމިނު އަޅުތަކުންގެ ވަރަށް ގިނަ ބަޔަކު އެމީހުން މަގުފުރައްދާ ޙައްޤު މަގުން ދުރުކުރާނެއެވެ. އަދި އެމީހުންގެ ތެރެއަށް ނުބައިނުލަފާ އަދި ކާފަރުކަން ގަދަ ކާފަރުން ނޫނީ ނުއުފެދޭނެއެވެ. 28. (28) އޭ އަޅުގެ رب އެވެ! މިއަލާއަށާއި މިއަޅާގެ މައިންބަފައިންނަށާއި އަދި މިއަޅާގެ ގެއަށް - ނުވަތަ މިއަޅާގެ މިސްކިތަށް - އީމާން ވެގެންވާ ޙާލު ވަތް ކޮންމެ މުއުމިނަކަށާއި އަދި އެންމެހާ މުއުމިނު ފިރިހެނުންނަށާއި އަދި އެންމެހާ މުއުމިނު އަންހެނުންނަށް ވެސް ފާފަ ފުއްސަވާނދޭއެވެ! އަދި އަނިޔާވެރިންނަށް / مُشْرِكُ ންނަށް ގެއްލުމާއި ހަލާކުމެނުވީ އިތުރު ނުކުރައްވާދޭވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notas y Reflexiones.

reflection-not-available

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir