(2) އެކަލޭގެފާނު - އެބަހީ نُوْح عَلَيه السلام- އެކަލޭގެފާނުންގެ ޤައުމަށް ވިދާޅުވިއެވެ. ގޮވާލެއްވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެންގެ ގާތަށް އައި ނަޒީރަކީމެވެ. އެބަހީ عَذاب އަތުވެދާނެ ކަމުގެ ބިރުވެރިކަމުގެ ޚަބަރު ދިނުމަށްއައިމީހެކެވެ.