Sign in
Sign in
Sign in
Select Language
071

Nuh 71:15 الم تروا كيف خلق الله سبع سماوات طباقا ١٥

71:15
أَلَمۡ
تَرَوۡاْ
كَيۡفَ
خَلَقَ
ٱللَّهُ
سَبۡعَ
سَمَٰوَٰتٖ
طِبَاقٗا
١٥
(15) އަޅެ ފަހެ الله تعالى ހަތް އުޑު އެކަތި އަނެކެތި މައްޗަށް ވާ ގޮތަށް ހައްދަވާފައި ވަނީ ކޮންފަދައަކުންކަން (ކޮންފަދަ ބަދަހި ފުރިހަމަ ނިޟާމެއްގެ މަތީގައިކަން) ކަލޭމެން ނުދެކެނީހެއްޔެވެ؟ އެކަންކަމަށް ބަލައި އެކަންކަމުން އެކަލާނގެ ޤުދުރަތްތެރިވަންތަކަމުގެ ދަލީލު ނުލިބެނީހެއްޔެވެ؟
Continue Reading

Read Tafsir

Ibn Kathir (Abridged)

Nuh complains about his Encounter with His People

Allah tells about His servant and Messenger, Nuh, and that he complained to his Lord about the response he received from his people, and how he was patient with them for this long period of time -- which was nine hundred and fifty years. He complaine

…

Nuh complains about his Encounter with His People

Allah tells about His servant and Messenger, Nuh, and that he complained to his Lord about the respo

…
More Tafsirs

Read in Context

Chapter 71, Page 571, Juz 29

5. (5) އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ رب އެވެ! ހަމަކަށަވަރުން މިއަޅާ މިއަޅާގެ ޤައުމަށް ދަޢްވަތު ދީފީމެވެ. ގޮވައިލައި تبليغ ކޮށްފީމެވެ. އެއީ ރޭގަނޑާއި ދުވާލުގައިވެސް މެއެވެ. 6. (6) އަދި މިއަޅާގެ ގޮވައިލެއްވުމުން އެމީހުން ފުރަގަސް ދިނުމާއި ފިލައަގެން ދިއުން މެނުވީ އިތުރެއް ނުކުރިއެވެ. 7. (7) އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ އެމީހުންގެ ފާފަ ފުއްސެވުމުގެ ސަބަބެއްކަމުގައިވާ އީމާން ކަމަށާއި ކިޔަމަންތެރި ކަމަށް މިއަޅާ އެމީހުންނަށް ގޮވައިލެއްވި ކޮންމެ ހިނދެއްގައި އެމީހުންގެ އިނގިލިތައް އެމީހުންގެ ކަން ފަތް ތަކުގެ މަތީގައި އަޅަނީއެވެ. އަދި އެމީހުންގެ ހެދުންތައް މުޅި ގައިގާ އޮޅާ މިއަޅާގެ އަޑު ނީވޭނެ ގޮތުން ނިވައި ވަނީއެވެ. އަދި އެކާފަރުކަންމަތީ އެމީހުން އެދެމިތިބެނީ އެވެ. އަދި އެމީހުން ކަނޑައެޅިގެން ބޮޑާވެ ކިބުރުވެރިވެ ގަންނަނީއެވެ. 8. (8) ދެންފަހެ މިއަޅާ އެމީހުންނަށް ފައުޅުގައި ގޮވާލައިފީމުއެވެ. 9. (9) ދެންހަމަކަށަވަރުން މިއަޅާ އެމީހުންނަށް ބާރު އަޑުން ދަޢްވަތު އިޢްލާން ކޮށްފީމެވެ. އަދި ކަނޑައެޅިގެން ސިއްރު ސިއްރުން (އެކިއެކި މީހުން ވަކިވަކިން ގެނުވައިގެންވެސް) ދަޢްވަތު ދީފީމެވެ. 10. (10) އަދި މިއަޅާ އެމީހުންނަށް ބުނީމެވެ. ކަލޭމެން ކަލޭމެން رب ގެ حَضْرَةُ ގައި ކަލޭމެންގެ ފާފަފުއްސެވުން އެދިދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެ ވޮޑިގެންވަނީ ގިނަ ގިނައިން ފާފަ ފުއްސަވާ ކަލަކު ކަމުގައެވެ. 11. (11) އެކަލާނގެ ކަލޭމެންގެމައްޗަށް އުޑުންބޯވާރޭވެއްސަވާނެއެވެ. (އެބަހީ ފާފަ ފުއްސެވުމަށް އެދި ތައުބާވުމަކީ ވާރޭފެން ގިނަވެ މުއްސަދިވުމުގެ ސަބަބެކެވެ. އަދި އޭގެއިދިކޮޅު އިދިކޮޅެވެ.) 12. (12) އަދި މުދަލާއި ދަރީނުން އެކަލާނގެކަލޭމެންނަށް މަދަދުކޮށް ދެއްވައެވެ. އެބަހީ ކަލޭމެންނަށް މުދަލާއި ދަރިން ދެއްވަނީވެސް ހަމައެކެލާނގެއެވެ. އަދި ބަގީތަކާއި މީރުފެނުގެކޯރުތައްވެސްކަލޭމެނަށް ލައްވައި ދެއްވީ ހަމައެކަލާނގެއެވެ. މިހުރިހައި نِعْمَةُ ގެ މުޤާބިލުގައި ކަލޭމެން އެކަލާނގެއަށް އީމާންވެ ޝުކުރުއަދާކުރާށެވެ. ޝުކުރު އަދާކުރުމަކީ އެކަލާނގެއަށް އީމާންވެ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެކައްޗަކާވެސް އެކަލާނގެއާއި ޝަރީކު ނުކުރުމެވެ. 13. (13) (نوح عليه السّلام އެކަލޭގެފާނުގެ ޤައުމާ މުޚާތަބުކުރައްވައި ވިދާޅުވިއެވެ.) ކަލޭމެން الله އަށް މާތްކޮށް ހިތައި އެކަލާނގެ މާތް ވަންތަ ކަމާއި عظمة ގެ ބޮޑުކަމަށް ކަލޭމެން ބިރުވެތި ނުވާންވީ ކޮން ކަމަކާ ހެދި ހެއްޔެވެ. ކަލޭމެން ނަށް އޮތީ ކޮން ޢުޛުރެއް ހެއްޔެވެ. 14. (14) ހަމަކަށަވަރުން އެކަލާނގެ ކަލޭމެން ހެއްދެވީ އެތައް ޙާލު ތަކެއްގެ ތެރޭގައެވެ. އެތަކެއް ދައުރުގެ ތެރޭގައެވެ. (މަނި ފޮދުވަރަކުން - ލޭކޮޅަކުން - މަސްކޮޅަކުން - ކަށިކޮޅަކުން މިހެންގޮސް ކަލޭމެންގެ ހެއްދެވުން ފުރިހަމަވަންދެން އެކަލާނގެ ހެއްދެވިއެވެ. މިފަދަ ފުރިހަމަކޮށް އަޖާބުވާފަދަ ރީތި ގޮތަކަށް މިހާ ކުޅަދާނަކޮށް މި އިންސާނާ ހެއްދެވި ފަރާތަށްފަހެ ބިރުވެތިވެ ޢިޙްތިރާމު ކޮށް މާތްކޮށް ހިތުން ޙައްޤު ނުވޭބާވައެވެ؟) 15. (15) އަޅެ ފަހެ الله تعالى ހަތް އުޑު އެކަތި އަނެކެތި މައްޗަށް ވާ ގޮތަށް ހައްދަވާފައި ވަނީ ކޮންފަދައަކުންކަން (ކޮންފަދަ ބަދަހި ފުރިހަމަ ނިޟާމެއްގެ މަތީގައިކަން) ކަލޭމެން ނުދެކެނީހެއްޔެވެ؟ އެކަންކަމަށް ބަލައި އެކަންކަމުން އެކަލާނގެ ޤުދުރަތްތެރިވަންތަކަމުގެ ދަލީލު ނުލިބެނީހެއްޔެވެ؟ 16. (16) އަދި އެ އުޑުތަކުގައި އަލިކުރާނެ ނޫރެއްކަމުގައި ހަނދު ލައްވައި އިރު ބައްތިއެއްކަމުގައި އެކަލާނގެ ލެއެވިއެވެ. 17. (17) އަދި ތިޔަބައިމީހުން ބިމުން އުފައްދަވައި އެތަނުން ނެރުއްވީ ހަމަ الله އެވެ. (އެބަހީ ތިޔަބައިމީހުން އަސްލުކަމުގައިވާ އާދަމްގެފާނު الله ހެއްދެވީ ވެލިންނެވެ.) 18. (18) ދެން އެކަލާނގެ ތިޔަބައިމީހުން މަރުވުމަށްފަހު އެ ބިމަށް ރުޖޫޢަ ކުރައްވާނެއެވެ. އަދި ޤިޔާމަތް ދުވަހުން އަލުން އަނެއްކާވެސް ކަނޑައެޅިގެން އެކަލާނގެ ތިޔަބައިމީހުން އެބިމުން ނެރުއްވާނެއެވެ. 19. (19) އަދި الله تعالى ތިޔަބައި މީހުންނަށްޓަކައި އިށީނދެ އޮށޭވެ އަދި ހިނގާބިނގާވެ އުޅުމަށްޓަކައި ދޫލައެއްކަމުގައި ތަންމަށްޗެއްކަމުގައި ބިންގަނޑު ލެއްވިއެވެ. 20. (20) އެއީ ތިޔަބައިމީހުން އެތަނުން ބޮޑެތި އަދި ތަނަވަސް މަގުތައް އިޚްތިޔާރުކޮށް ހެދުމަށްޓަކައެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute