(14) ހަމަކަށަވަރުން އެކަލާނގެ ކަލޭމެން ހެއްދެވީ އެތައް ޙާލު ތަކެއްގެ ތެރޭގައެވެ. އެތަކެއް ދައުރުގެ ތެރޭގައެވެ. (މަނި ފޮދުވަރަކުން - ލޭކޮޅަކުން - މަސްކޮޅަކުން - ކަށިކޮޅަކުން މިހެންގޮސް ކަލޭމެންގެ ހެއްދެވުން ފުރިހަމަވަންދެން އެކަލާނގެ ހެއްދެވިއެވެ. މިފަދަ ފުރިހަމަކޮށް އަޖާބުވާފަދަ ރީތި ގޮތަކަށް މިހާ ކުޅަދާނަކޮށް މި އިންސާނާ ހެއްދެވި ފަރާތަށްފަހެ ބިރުވެތިވެ ޢިޙްތިރާމު ކޮށް މާތްކޮށް ހިތުން ޙައްޤު ނުވޭބާވައެވެ؟)