登入
登入
登入
选择语言
019

Maryam 19:8 قال رب انى يكون لي غلام وكانت امراتي عاقرا وقد بلغت من الكبر عتيا ٨

19:8
قَالَ
رَبِّ
أَنَّىٰ
يَكُونُ
لِي
غُلَٰمٞ
وَكَانَتِ
ٱمۡرَأَتِي
عَاقِرٗا
وَقَدۡ
بَلَغۡتُ
مِنَ
ٱلۡكِبَرِ
عِتِيّٗا
٨
(8) އެކަލޭގެފާނު يعني: زكريّا (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް ދަރިކަލަކު ވާނީ ކޮންފަދައަކުންތޯއެވެ؟ މިއަޅާގެ އަންހެނުން ދަރިންނުވިހާ މީހަކު ކަމުގައިވިއެވެ. އަދި މިއަޅާ މުސްކުޅިވެ ދުވަސްވެގެންގޮސް ކަށިތައް މުޅިން ބަލިކަށިވެގެންވެއެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

His amazement after the acceptance of His Supplication

Zakariyya was amazed when his supplication was answered and he was given the good news of a son. He became extremely overjoyed and asked how this child would be born to him, and in what manner he would come. This was particularly amazing because

…

His amazement after the acceptance of His Supplication

Zakariyya was amazed when his supplication was answered and he was given the good news of a son.

…
更多经注

结合上下文阅读

章 19, 页 305, Juz 16

1. (1) كهيعص (މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) 2. (2) (އޭ رسول ﷲ އެވެ.) މިއީ ކަލޭގެފާނުންގެ ربّ އެކަލާނގެ އަޅާ زكريا عليه السّلام އަށް ލެއްވި رحمة ގެ ވާހަކަ بيان ކޮށްދެއްވުމުގެ ވާހަކައެވެ. 3. (3) އެކަލޭގެފާނު يعني: زكريا عليه السّلام އެކަލޭގެފާނުންގެ ربّ އަށް ވަންހަނާ ސިއްރުގޮތެއްގައި دعاء ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ.) 4. (4) އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. ހަމަކަށަވަރުން މިއަޅާގެ ކަށިތައް ބަލިކަށިވެ ضعيف ވެއްޖެއެވެ. (މުސްކުޅިވެގެންގޮސް) މިއަޅާގެ ބޮލުގައި ނުރަޖަހައި ނުރަގިނަވެއްޖެއެވެ. އޭ އަޅުގެ ربّ އެވެ. (މީގެކުރީގައިވެސް) އިބަރަސްކަލާނގެއަށް މިއަޅާ ދަންނަވާ دعاء ގައި އަބާއްޖަވެރި ނާކާމިޔާބު އަޅަކުކަމުގައި މިއަޅާ ނުވެއެވެ. 5. (5) އަދި ހަމަކަށަވަރުން މިއަޅާ މަރުވުމަށްފަހު މިއަޅާގެ ބޮޑުބޭބެދަރިންނާއި ގާތްމީހުން (دين އަށް ފަރުވާތެރިނުވެ އަދި دين އަށް عمل ނުކޮށްފާނެކަމަށް) މިއަޅާ ބިރުވެތިވެއްޖައީމެވެ. އަދި މިއަޅާގެ އަންހެނުންނަކީ ދަރިން ނުލިބޭ މީހަކުކަމުގައިވިއެވެ. ފަހެ އެހެންވެ މިއަޅާއަށް އިބަރަސްކަލާނގެ حضرة ން ولي އަކު ދެއްވާނދޭވެ. ދަރިކަލަކު ދެއްވާނދޭވެ. 6. (6) އެދަރިކަލުން މިއަޅާގެ މުދާވާރުތަކޮށް އަދި يعقوب عليه السّلام ގެ آل ންގެފަރާތުން نبي ކަން ވާރުތަކުރައްވާ ދަރިކަލަކުކަމުގައި ލައްވާނދޭވެ. އަދި އޭ އަޅުގެ ربّ އެވެ. އަދި އެދަރިކަލުންނަކީ ރުހެވިގެންވާ ދަރިކަލަކުކަމުގައި ލައްވާނދޭވެ. (އެބަހީ: އެދަރިކަލުންނާއިމެދު އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަދި އިބަރަސްކަލާނގެ އަޅުތަކުންވެސް ރުހޭ ދަރިކަލަކު ކަމުގައި ލައްވާނދޭވެ.) 7. (7) (ﷲ تعالى އެކަލޭގެފާނުންގެ دعاء އިޖާބަކުރައްވައި އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) އޭ زكريّا (عليه السّلام) އެވެ. ހަމަކަށަވަރުން ކަލޭގެފާނަށް ދަރިކަލަކުދެއްވާނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވަމެވެ. އެދަރިކަލުންގެ ނަންފުޅަކީ يحيى އެވެ. އަދި އެނަން މީގެކުރީގައި އެއްވެސްމީހަކަށް ތިމަންރަސްކަލާނގެ ލައްވާފައިނުވާނެއެވެ. ނުވަތަ އެކަލޭގެފާނާ އެއްފަދަ އެކަކުވެސް ތިމަންރަސްކަލާނގެ މީގެކުރީގައި ނުލައްވަމެވެ. 8. (8) އެކަލޭގެފާނު يعني: زكريّا (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް ދަރިކަލަކު ވާނީ ކޮންފަދައަކުންތޯއެވެ؟ މިއަޅާގެ އަންހެނުން ދަރިންނުވިހާ މީހަކު ކަމުގައިވިއެވެ. އަދި މިއަޅާ މުސްކުޅިވެ ދުވަސްވެގެންގޮސް ކަށިތައް މުޅިން ބަލިކަށިވެގެންވެއެވެ. 9. (9) އެކަލާނގެ وحي ކުރެއްވިއެވެ. (ނުވަތަ މަލާއިކަތާ ވިދާޅުވިއެވެ.) ކަންތައްހުރީ އެފަދައިންނެވެ. ކަލޭގެފާނުންގެ ربّ وحي ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަކަމެކެވެ. އެހެނީ ހަމަކަށަވަރުން މީގެކުރިން ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީ ކަލޭގެފާނުންގެ އެއްވެސް އަސަރެއްނެތިއެވެ. 10. (10) އެކަލޭގެފާނުން ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ. މިއަޅާއަށް އެކަމުގެ علامة އެއް ލައްވައިދެއްވާންދޭވެ! އެކަލާނގެ وحي ކުރެއްވިއެވެ. އެކަމުގައި ކަލޭގެފާނަށްވާ علامة އަކީ ރަނގަޅަށް ސާފުކޮށް ތިންރޭވާންދެން މީސްތަކުންނާއި ވާހަކަފުޅު ނުދެއްކެވުމަށެވެ. (ދުލުގައި ދަތިކަމެއްހުރެގެން އިޝާރާތުން މީސްތަކުންނާއި ވާހަކަފުޅުދެއްކެވުމެވެ.) 11. (11) ދެންފަހެ އެކަލޭގެފާނު مِحْرَاب ން (ނަމާދުކުރައްވާ އަޅުކަންކުރައްވާތަނުން) ނުކުމެވަޑައިގެންފިއެވެ. އަދި ހެނދުނާއި ހަވީރު އެމީހުން تسبيح ކިއުމަށް އެކަލޭގެފާނު އެމީހުންނަށް (އިޝާރަތުން) އެންގެވިއެވެ. 12. (12) (ދެންފަހެ زكريّا عليه السّلام ގެފާނަށް يحيى ގެފާނު ލިބިވަޑައިގެންފިއެވެ.) އެހިނދު ﷲ تعالى އެކަލޭގެފާނަށް وحي ކުރެއްވިއެވެ. އޭ يحيى އެވެ. ކަލޭގެފާނު ފޮތުގައި يعني: توراة ގައި ގަދައަށް ހިފަހައްޓަވާށެވެ! އެބަހީ: އެފޮތުގައިވާގޮތަށް ރަނގަޅަށް عمل ކުރައްވާށެވެ! އަދި އޭ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ އެކަލޭގެފާނު ތުއްޕުޅުއިރު އެކަލޭގެފާނަށް حكم ދެއްވީމެވެ. ފޮތަށް ވިސްނާ فكر ކުރެއްވުމުގެ ބާރުދެއްވީމެވެ. 13. (13) އެއީ ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. ނުވަތަ ތިމަންރަސްކަލާނގެ حضرة ންވާ ލޯބިވެތިކަމާއި މާތްކަމެއްގެގޮތުންނެވެ. އަދި ފާފައިން طاهر ވެވަޑައިގެން صالح عمل ކުރައްވާ ބޭކަލެއްގެ ގޮތުންނެވެ. ފަހެ އެކަލޭގެފާނު ވެވަޑައިގެންނެވީ تقوى ވެރި މާތް ބޭކަލަކު ކަމުގައެވެ. 14. (14) އަދި އެކަލޭގެފާނުންގެ މައިންބަފައިންނަށް ހެޔޮ އަދި ކިޔަމަންތެރި ބޭކަލަކުކަމުގައި ވިއެވެ. އަދި ބޮޑާ، ނުކިޔަމަންތެރި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެވަޑައިނުގަންނަވައެވެ. 15. (15) އަދި އެކަލޭގެފާނު ރައްކައުވިދުވަހުގައްޔާއި އަދި އަވަހާރަވާދުވަހުގައްޔާއި އަދި އެކަލޭގެފާނު އަލުން ދިރުއްވައި محشر އަށް ފޮނުވޭދުވަހުވެސް އެކަލޭގެފާނުންގެ މައްޗަށް ސަލާމަތްކަމާއި އަމާންކަންހުއްޓެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献