Giriş yap
Giriş yap
Giriş yap
Dil Seçin
019

Maryam 19:77 افرايت الذي كفر باياتنا وقال لاوتين مالا وولدا ٧٧

19:77
أَفَرَءَيۡتَ
ٱلَّذِي
كَفَرَ
بِـَٔايَٰتِنَا
وَقَالَ
لَأُوتَيَنَّ
مَالٗا
وَوَلَدًا
٧٧
(77) ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ. އޭނާޔާ ބެހޭގޮތުން ނިކަން خبر ދީބަލާށެވެ. އަދި އޭނާ ބުންޏެވެ. އަހުރެންނަށް ހަމަކަށަވަރުން މުދަލާއި ދަރިން ދެއްވޭނެއެވެ. އެބަހީ: قيامة ދުވަހުންވެސް މުދަލާއި ދަރިންދެއްވޭނެއެވެ. • ދަންނައެވެ. މިއާޔަތުގައި މިނަންގަނެވޭ މީހަކީ العَاصُ بنُ اْلوَائِلُ السَّهْمِي ކަމުގައި ބުނެވުނެވެ. رسول ﷲ ﷺ ގެ أصحاب ބޭކަލުންގެ ބަޔަކަށް އޭނާ އަދާކުރަންވެފައިވާ ދަރަންޏެއް އޮތްކަމުގައިވިއެވެ. އޭނާގެ އަތުން އެތަކެތި ލިބިގަތުމަށް އެބޭކަލުން ވަޑައިގަތުމުން އޭނާ ބުންޏެވެ. ސުވަރުގޭގައި ރަނާއި ރިއްސާއި ފަށުވި ފޭރާމާ އަދި ހުރިހާ ވައްތަރެއްގެ މޭވާ ހުންނަކަމުގައި ކަލޭމެން ހީކުރަމުނޫންހެއްޔެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އެއީ ތެދެކެވެ. ދެން އޭނާ ބުނެފިއެވެ. ކަލޭމެންގެ ތިޔަކަމުގެ ވަގުތުއޮތީ ތިޔަބުނާ آخرة ދުވަހުންނެވެ. އަދި ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެންނަށް މުދަލާއި ދަރިންދެއްވޭނެއެވެ. އަދި ކަލޭމެންނަށް ތިޔަވާ ފޮތްކަހަލަ ފޮތެއްވެސް ދެއްވޭނެއެވެ. ދެންފަހެ އޭނާގެ މިސާލު އޭނާގެ ވާހަކަ قرآن ގައި بيان ކުރެއްވިއެވެ. އަދި އެހެނިހެން ރިވާޔަތްވެސް އެބަހުއްޓެވެ. = تفسير الطبري =.
Devamını Okuyun

Tefsir okuyun.

Ibn Kathir (Abridged)

Refuting the Disbelievers Who claim that They will be given Wealth and Children in the Hereafter

Imam Ahmad reported from Khabbab bin Al-Aratt that he said, "I was a blacksmith and Al-" ®256؛لs bin Wa'il owed me a debt. So I went to him to collect my debt from him. He said to me, `No, by Allah, I wil

…

Refuting the Disbelievers Who claim that They will be given Wealth and Children in the Hereafter

Imam Ahmad reported from Khabbab bin Al-Aratt that he

…
Daha Fazla Tefsir

Bağlam içinde okuyun

Bölüm 19, Sayfa 311, Juz 16

66. (66) އަދި (آخرة ދުވަސް قبول ނުކުރާ) އިންސާނާ ބުނެއެވެ. އަހުރެން މަރުވެދިއުމަށްފަހު ދިރިގެން އަލުންވެސް ކައްވަޅުތަކުން ނެރެވިގެން (محشر އަށް) ފޮނުއްވޭނޭހެއްޔެވެ؟ 67. (67) ފަހެ އެ އިންސާނާގެ އެއްވެސް އަސަރެއްވެސް ހިލަމެއްވެސް ނެތިސް ތިމަންރަސްކަލާނގެ އެއިންސާނާ ހެއްދެވިކަން އޭނާ ފަހެ ހަނދާން ނުކުރާނޭބާވައެވެ؟ (އޭނާ އެކަން ހަނދާންކުރާނެނަމަ، އެފަދަ ބަހެއް އޭނާ ބުނާނީ ކޮންފަދައަކުންހެއްޔެވެ؟) 68. (68) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ހަމަކަށަވަރުން އެމީހުންނާއި (އެބަހީ: آخرة قبول ނުކުރާ މީހުންނާއި) އަދި ޝައިތާނުންތައް ތިމަންރަސްކަލާނގެ محشر ގެ ميدان އަށް އެއްކުރައްވާހުށީމެވެ. އަދި ނަރަކައިގެ ވަށައިގެން ކަކޫމައްޗަށް ތިރިކުރައްވާފައި ތިމަންރަސްކަލާނގެ އެމީހުން حاضر ކުރާހުށީމެވެ. • ދަންނައެވެ. މިއާޔަތުގެتفسير ގައި مفسّر ންގެ ވާހަކަ ތަފާތުވެގެންވެއެވެ. މިތާ މިވަނީ ހަމައެކަނި ބޭރުފުށުން މާނަ އެކަނި ލިޔެލެވިފައެވެ. 69. (69) ދެން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް އެންމެ ނުކިޔަމަންތެރިކަންގަދަމީހުން އެ ކޮންމެ جماعة އަކުންވެސް ތިމަންރަސްކަލާނގެ ނެރުއްވާހުށީމެވެ. 70. (70) ދެން އަދި އެމީހުންގެތެރެއިން އެންމެ ގަދަ عذاب ގައި ތިބެންވާނީ ކޮންބައެއްކަންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަންކަށަވަރެވެ. 71. (71) އަދި އެނަރަކައިގެމަތީން ދާންނުޖެހޭނެ އެކަކުވެސް ކަލޭމެންގެތެރެއިން ނުވެއެވެ. ފަހެ އެންމެންވެސް އެމަގުން ދިއުމަކީ ކަލޭގެފާނުންގެ ربّ ކަނޑައަޅުއްވާ ނިންމަވާފައިވާ ކަމެކެވެ. • އެކަންވާގޮތެއްކަމުގައި ބުނެވިގެންވަނީ: صِرِاطَ الْمُسْتَقِيْم އެވެ ކިއުނު މަގުވަނީ ނަރަކައިގެ މަތިން ދެމިފައެވެ. އެންމެންވެސް އެމަގުން ދާންޖެހެއެވެ. އެމީހެއްގެ عمل ގައި ހުރި ހެޔޮނުބައިކަމަކުން އެމަގުން ދިއުމުގެ އުނދަގޫކަމާއި ފަސޭހަކަންވެއެވެ. ވިދާލި ވިދުވަރެއްހެން ދާމީހުންވެއެވެ. ފިރުކެމުން ދެމެމުންދާ މީހުންވެއެވެ. ނުބައިނުލަފާމީހުން މަގުންކަހައިލައިގެން ނަރަކައަށް ވެއްޓޭކަމުގައިވެއެވެ. والله أعلم. 72. (72) ދެންފަހެ تقوى ވެރި މާތްމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރައްވާ މިންޖުކުރައްވަމެވެ. އަދި އަނިޔާވެރިން - (مشرك ން) އެނަރަކައިގެތެރެއަށް އެމީހުންގެ ކަކޫތަކުގެމައްޗަށް ދޫކޮށްލަމެވެ. 73. (73) އަދި بيان ވެގެންވާ ތިމަންރަސްކަލާނގެ އާޔަތްތައް އެމީހުންގެމައްޗަށް (އެމީހުންދުނިޔޭގައި ތިބިއިރު) ކިޔެވިއްޖެއްޔާ إيمان ވީ މީހުންނާއި ދިމާއަށް ކާފަރުން ބުނާނެއެވެ. އަހުރެމެން ދެބައިމީހުންކުރެން (އެބަހީ: އީމާންވީމީހުންނާ ކާފަރުންނާއި ދެބައިމީހުންކުރެން) ތިބޭތަނުގެގޮތުންނާއި މަޖްލިސްކުރާ ނާދީގެގޮތުން ރަނގަޅުވެފައި ހެޔޮވެގެންވަނީ ކޮންބައެއްހެއްޔެވެ؟ (އަހުރެމެން ނޫންހެއްޔެވެ؟) 74. (74) މި مكّة ގެ ކާފަރުންގެކުރިން ކިތައްކިތައް قَرْن ގެމީހުން - ކިތައްކިތައް أمّة ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމުހެއްޔެވެ؟ (އެބަހީ: ވަރަށްގިނަ أمّة ހަލާކުކުރެއްވީމެވެ.) އަދި އެމީސްމީހުން (މި مكّة ގެ أهل ވެރިންނަށްވުރެ) ގެވެހި ކަންވާރުގެގޮތުންނާއި އަދި ރިވެތިކަމާއި منظر ގެގޮތުން މާރީތިވެފައި ރަނގަޅެވެ. 75. (75) އޭ رسول ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! މަގުފުރެދުމުގެތެރޭގައިވާ މީހާ ދަންނައެވެ. رحمن ވަންތަ މާތްރަސްކަލާނގެ އޭނާ އެމަގުފުރެދުމުގެތެރޭގައި ދަމަހައްޓަވާށިއެވެ! ދެންފަހެ އެފަދަމީހުންނަށް وعد ވެވިގެންވާ ކަންތައް އެމީހުންނަށް ފެނިއްޖައުމަށްދާންދެންނެވެ. އެއެއްޗަކީ އެހެންޏާ (ދުނިޔޭގައި) އެމީހުންނަށް عذاب އައުމެވެ. ނުވަތަ قيامة ދުވަހުގެ عذاب އެވެ. އޭރުން ދެން ތަނުގެގޮތުން ނުބައިވެގެންވަނީ ކޮންބައެއްކަން ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. އަދި لشكر ގެގޮތުން ނިކަމެތިވެގެންވަނީ ކޮންބައެއްކަންވެސް ނިކަންހުރެ އެމީހުންނަށް އެނގިދާނެއެވެ. 76. (76) އަދި އީމާންވެ ތެދުމަގު ލިބިގަތްމީހުންނަށް ﷲ ތެދުމަގު އިތުރުކޮށްދެއްވައެވެ. (އެއީ އެކަލާނގެ أمر ތަކަށް ކިޔަމަންވުމާއި އެކަލާނގެ ނަހީތަކުން ދުރުވެގަތުމުގެ توفيق އެމީހުންނަށް އެކަލާނގެ ދެއްވުމެވެ. އޭރުން އީމާންކަން އަބަދުވެސް އިތުރުވޭވެ ހުންނާނެއެވެ.) އަދި (އޭ رسول ﷲ އެވެ.) بَاقِيَات الصَّالِحَات - ثواب ގެ ގޮތުންނާއި رجوع ވާތަނާއި ފަހުކޮޅުގެ ގޮތުން ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَات الصَّالِحَات އާއިމެދު، كَهْفُ ސޫރަތުގެ 46 ވަނަ އާޔަތުގައި ކޮންމެވެސް ވާހަކަ ދެކެވިފައިވާނެއެވެ. އެތަނުން ބައްލަވައިލެއްވުން އެދެވެއެވެ. 77. (77) ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފަރުވީމީހާ ކަލޭގެފާނު ދެކެވަޑައިގެންނެވީމުތޯއެވެ. އޭނާޔާ ބެހޭގޮތުން ނިކަން خبر ދީބަލާށެވެ. އަދި އޭނާ ބުންޏެވެ. އަހުރެންނަށް ހަމަކަށަވަރުން މުދަލާއި ދަރިން ދެއްވޭނެއެވެ. އެބަހީ: قيامة ދުވަހުންވެސް މުދަލާއި ދަރިންދެއްވޭނެއެވެ. • ދަންނައެވެ. މިއާޔަތުގައި މިނަންގަނެވޭ މީހަކީ العَاصُ بنُ اْلوَائِلُ السَّهْمِي ކަމުގައި ބުނެވުނެވެ. رسول ﷲ ﷺ ގެ أصحاب ބޭކަލުންގެ ބަޔަކަށް އޭނާ އަދާކުރަންވެފައިވާ ދަރަންޏެއް އޮތްކަމުގައިވިއެވެ. އޭނާގެ އަތުން އެތަކެތި ލިބިގަތުމަށް އެބޭކަލުން ވަޑައިގަތުމުން އޭނާ ބުންޏެވެ. ސުވަރުގޭގައި ރަނާއި ރިއްސާއި ފަށުވި ފޭރާމާ އަދި ހުރިހާ ވައްތަރެއްގެ މޭވާ ހުންނަކަމުގައި ކަލޭމެން ހީކުރަމުނޫންހެއްޔެވެ؟ އެބޭކަލުން ވިދާޅުވިއެވެ. އެއީ ތެދެކެވެ. ދެން އޭނާ ބުނެފިއެވެ. ކަލޭމެންގެ ތިޔަކަމުގެ ވަގުތުއޮތީ ތިޔަބުނާ آخرة ދުވަހުންނެވެ. އަދި ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެންނަށް މުދަލާއި ދަރިންދެއްވޭނެއެވެ. އަދި ކަލޭމެންނަށް ތިޔަވާ ފޮތްކަހަލަ ފޮތެއްވެސް ދެއްވޭނެއެވެ. ދެންފަހެ އޭނާގެ މިސާލު އޭނާގެ ވާހަކަ قرآن ގައި بيان ކުރެއްވިއެވެ. އަދި އެހެނިހެން ރިވާޔަތްވެސް އެބަހުއްޓެވެ. = تفسير الطبري =. 78. (78) އޭނާ ފަހެ އެހެން އެބުނީ އޭނާއަށް غيب އެނގިގެންހެއްޔެވެ؟ ނުވަތަ رحمن ވަންތަ ﷲ ގެ حضرة ން އޭނާ عهد އެއް ހިފީހެއްޔެވެ؟ (އެބަހީ: އޭނާ ﷲ އަށް އީމާންވެ صالح عمل ކުރީހެއްޔެވެ. އެހެންވެސް ނޫނެވެ. ހަމަ ބުނާ ހުސް ބުނުމެކެވެ.) 79. (79) އެއްގޮތަކަށްވެސް އޭނާ އެބުނާގޮތެއް ނުވާނެއެވެ. އޭނާ އެބުނާ އެއްޗެއް ނިކަންހުރެ ތިމަންރަސްކަލާނގެ ލިއުއްވާހުށީމެވެ. އެއީ އޭނާގެ މުދަލާއި ދަރިންނެވެ. އަދި عذاب ގެތެރޭގައި ތިމަންރަސްކަލާނގެ އޭނާ ދަމަހައްޓަވާހުށީމެވެ. 80. (80) އަދި އޭނާ އެބުނާތަކެތި (އެބަހީ: ދަރިންނާއި މުދާ) ތިމަންރަސްކަލާނގެ ވާރުތަކުރާހުށީމެވެ. އަދި قيامة ދުވަހުން އޭނާ ތިމަންރަސްކަލާނގެ حضرة އަށް އަންނާނީ ހަމައެކަންޏެވެ. 81. (81) އަދި އެމީހުން (އެބަހީ: އެ مشرك ން) ﷲ ފިޔައި إله ންތަކެއް ހިފައި إختيار ކުރީއެވެ. އެއީ އެމީހުންނަށް އެތަކެތީގެފަރާތުން عزّة އާއި ބާރުލިބޭނެކަމަށެވެ. ނުވަތަ عذاب ން ސަލާމަތްކުރާނެ ކަމަށެވެ. شفاعة ތެރިވާނޭކަމަށެވެ. 82. (82) އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. އެމީހުން އެތަކެއްޗަށް އެކުރާ އަޅުކަމާމެދު (قيامة ދުވަހުން) އެތަކެތި އެމީހުންނާ އިދިކޮޅުހަދާނެއެވެ. އަދި އެތަކެތި ވާނީ ދިމާ އެމީހުންގެ އިދިކޮޅަށެވެ.

- Abu Bakr Ibrahim Ali (Bakurube)

Notlar ve Düşünceler

Bu ayetle ilgili herhangi bir notunuz veya düşünceniz yok.

Notes placeholders

Kur'an'la bağlantınızı koruyun ❤️

Yeniden başlamak, düşünmek ve Kur'an'la bağlantıda kalmak için kısa ve anlamlı hatırlatmalar.

Kuran'ı Oku, Dinle, Araştır ve Üzerinde Düşün

Quran.com, dünya çapında milyonlarca kişinin Kur'an'ı birden fazla dilde okumak, aramak, dinlemek ve üzerinde düşünmek için kullandığı güvenilir bir platformdur. Çeviriler, tefsirler, kıraatler, kelime kelime çeviriler ve derinlemesine inceleme araçları sunarak Kur'an'ı herkes için erişilebilir hale getirir.

Bir Sadaka-i Cariye olarak Quran.com, insanların Kur'an ile derin bir bağ kurmasına yardımcı olmaya kendini adamıştır. 501(c)(3) kar amacı gütmeyen bir kuruluş olan Kur'an Vakfı tarafından desteklenen Quran.com, Elhamdülillah herkes için ücretsiz ve değerli bir kaynak olarak büyümeye devam ediyor.

Keşfedin
Anasayfa
Kuran Radyo
Okuyucular
Hakkımızda
Geliştiriciler
Ürün Güncellemeleri
Geri Bildirim
Yardım
Bağış Yapın
Projelerimiz
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation tarafından sahip olunan, yönetilen veya desteklenen kar amacı gütmeyen projeler
Popüler Bağlantılar
Kur'an'dan Dualar
Günün Kur'an Ayeti
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Site HaritasıGizlilikŞartlar ve koşullar
© 2026 Quran.com. Her hakkı saklıdır
Katkı yapmak