Aanmelden
Aanmelden
Aanmelden
Taal selecteren
019

Maryam 19:25 وهزي اليك بجذع النخلة تساقط عليك رطبا جنيا ٢٥

19:25
وَهُزِّيٓ
إِلَيۡكِ
بِجِذۡعِ
ٱلنَّخۡلَةِ
تُسَٰقِطۡ
عَلَيۡكِ
رُطَبٗا
جَنِيّٗا
٢٥
(25) އަދި ކަމަނާ ކަދުރުރުއް ކަމަނާގެގާތަށް ދަންމަވާ ހަލުވާލައްވާށެވެ! އޭރުން ކަމަނާއަށް ފައްކާވެފައިވާ މޮޅު މަޑު ކަދުރު ފައިބާނެއެވެ.
Lees verder

Lees Tafsir

Ibn Kathir (Abridged)

What was said to Her after the Birth

Some reciters read the Ayah as,

مَنْ تَحْتِهَا

(Who was below her) Meaning the one who was below her called to her. Others recited it as,

مِن تَحْتِهَآ

(from below her) With the meaning of a preposition (from) instead of a pronoun (who). The scholars of Tafsir ha

…

What was said to Her after the Birth

Some reciters read the Ayah as,

مَنْ تَحْتِهَا

(Who was below her) Meaning the one who was below her called to he

…
Meer Tafsirs

Lees in context

Hoofdstuk 19, Pagina 306, Juz 16

16. (16) (އޭ رسول ﷲ އެވެ.) މި ކީރިތި قرآن ން مَرْيَم ގެފާނުންގެ ވާހަކަ މީސްތަކުންނަށް ކަލޭގެފާނު ވިދާޅުވެދެއްވާށެވެ! އެކަމަނާ އެކަމަނާގެ أهل ވެރިންނާއި ދުރަށް مِحْرَاب ގެ އިރުމަތި ފަރާތަށް ނުކުމެވަޑައިގެން އެކަނިވެވަޑައިގެންނެވިހިނދުން (ކަންވީގޮތް ހަނދުމަފުޅު ކުރައްވާށެވެ!) 17. (17) ފަހެ އެކަމަނާ އެމީހުން ފިޔަވައި އެބަހީ: އެކަމަނާގެ أهل ވެރިން ފިޔަވައި އެމީހުންނަށް ނުފެންނާނެގޮތުން ނިވައެއް ހިއްޕެވިއެވެ. އެމީހުންނަށް ނުފެންނަގޮތަށް ނިވަޔަކަށް ވަޑައިގެންނެވިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެކަމަނާގެ އަރިހަށް ތިމަންރަސްކަލާނގެ رُوح ފޮނުއްވީމެވެ. އެބަހީ: جِبريل عليه السّلام ފޮނުއްވީމެވެ. ފަހެ އެކަލޭގެފާނު އެކަމަނާގެ ކުރިފުޅުމަތީގައި ފުރިހަމަ آدم ގެދަރިއެއްފަދައިން ފައުޅުވެވަޑައިގެންނެވިއެވެ. 18. (18) އެކަމަނާ (އެކަލޭގެފާނަށް) ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެކިބައިން ސަލާމަތްކޮށްދެއްވުންއެދި رحمن ވަންތަ ކަލާނގެ حضرة ން އަހުރެން حماية އާއި ރައްކާތެރިކަން ލިބިގަންނަމެވެ. ކަލެއަކީ تقوى ވެރި މާތްމީހަކުކަމުގައިވަންޏާއެވެ. (އޭރު އެއީ ކާކު ކަމެއް އެކަމަނާއަށް އެގިވަޑައިނުގަންނަވައެވެ.) 19. (19) އެކަލޭގެފާނު ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެންނަކީ ކަމަނާއަށް طاهر ދަރިކަލަކު ދެއްވުމަށް ކަމަނާގެ ربّ ފޮނުއްވި رسول އަކީމެވެ. 20. (20) އެކަމަނާ ވިދާޅުވިއެވެ. އަހުރެންނަށް ދަރިކަލަކުވާނީ ކޮންފަދައަކުންހެއްޔެވެ؟ އެހެނީ އަހުރެންގެ ގައިގާ آدم ގެދަރިއަކު ނުބީހެއެވެ. އަދި ޒިނޭކުރާމީހަކުކަމުގައި އަހުރެން ނުވެއެވެ. 21. (21) އެކަލޭގެފާނު ވިދާޅުވިއެވެ. ކަންތައްހުރީ ކަމަނާ ތިޔަވިދާޅުވާގޮތަށެވެ. (ކަމަނާގެ ގައިގާ آدم ގެދަރިއަކު ނުބީހެއެވެ. އަދި ކަމަނާއަކީ ޒިނޭކުރާ މީހެއްނޫނެވެ.) ނަމަވެސް ކަމަނާގެ ربّ وحي ކުރެއްވީ އެކަމަކީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެއްކަމަށެވެ. (އެބަހީ: ކަމަނާއަށް ދަރިކަލަކު ދެއްވުމަކީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެއްކަމަށެވެ.) އަދި އެދަރިކަލުން ތިމަންރަސްކަލާނގެ ލައްވާހުށީ މީސްތަކުންނަށްވާ (ތިމަންރަސްކަލާނގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) علامة އެއްކަމުގައެވެ. އަދި ތިމަންރަސްކަލާނގެ حضرة ންވާ رحمة އެއްކަމުގައެވެ. އަދި އެކަމަކީ ﷲ ގެ علم ފުޅުގައި ނިޔާކުރެވިގެންވާ ކަމެއްކަމުގައިވިއެވެ. 22. (22) ދެންފަހެ އެކަމަނާ އެދަރިކަލުންނާއިގެން އާލާސްވެ އިންނަވައިފިއެވެ. (އެދަރިކަލުންނަކީ عيسى عليه السّلام އެވެ.) އަދި އެކަމަނާ އެކަމަނާގެ ބަނޑުފުޅުގައިވާ އެދަރިކަލުންނާއިގެން ދުރު ހިސާބަކަށް ވަޑައިގެން މީސްތަކުންނާއި ވަކިވެވަޑައިގެންފިއެވެ. 23. (23) އަދި ކަދުރު ރުކެއްގެގާތުގައި އެކަމަނާ ރައްކާވުމުގެ ވޭންވަރުފުޅުއަތުވެއްޖެއެވެ. އެކަމަނާ ވިދާޅުވިއެވެ. އަހުރެންނަށް މިކަންޖެހުމުގެ ކުރިން އަހުރެން މަރުވެގެންގޮސް (މީސްތަކުންގެ ހިތްތަކުން) އަހުރެން އެކީއެކައްޗަކަށް ހަނދާނެތުނު މީހަކުކަމުގައިވީނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟ (އަދި އެކަމަނާ عيسى عليه السّلام އާއިގެން ރައްކައުވެވަޑައިގެންނެވިއެވެ.) 24. (24) ދެންފަހެ އެކަމަނާގެދަށުން ނުވަތަ އެކަމަނާގެ ތިރިން ނުވަތަ ފަހަތުން އެކަމަނާއަށް ނިދާއިއްވެވުނެވެ. އެކަމަނާއަށް ގޮވާލެއްވުނެވެ. ކަމަނާ ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ކަމަނާގެ ربّ ކަމަނާގެ ތިރީގައި ތިޔަވަނީ ފެންކޯރެއް ލައްވާފައެވެ. 25. (25) އަދި ކަމަނާ ކަދުރުރުއް ކަމަނާގެގާތަށް ދަންމަވާ ހަލުވާލައްވާށެވެ! އޭރުން ކަމަނާއަށް ފައްކާވެފައިވާ މޮޅު މަޑު ކަދުރު ފައިބާނެއެވެ. 26. (26) ފަހެ ކަމަނާ ކަދުރު ފަރީކުޅުއްވައި ފެންފޮދު ހިއްޕަވައި ހިތްޕުޅު ހަމަޖައްސަވާށެވެ. އަދި ކަމަނާއަށް އާދަމުގެދަރިއަކު ފެނިވަޑައިގެންފިއްޔާ "އަހުރެން މިހުރީ رحمن ވަންތަ ﷲ އަށް ރޯދައަށޭ މިއަދު އެއްވެސް މީހަކާ އަހުރެން ވާހަކަ ނުދައްކާހުށީމެވެ." މިހެން ވިދާޅުވާށެވެ. • ދަންނައެވެ. އެޒަމާނުގައި ރޯދަވެރިޔާ ރޯދައަށް ހުރެގެން ވާހަކަ ދެއްކުން ނޯންނަކަމުގައި ވެއެވެ. = تفسيرطبري =. އަދި މިކަމަނާއަށް މިއިވަޑައިގެންނެވި އަޑުތަކަކީ غَيْبُ ގެގޮތުން ﷲ تعالى جبريل عليه السّلام ފޮނުއްވައިގެން އިއްވެވި ވާހަކަތަކެއްކަމަށާއި އަދި އެއީ ސީދާ عيسى عليه السّلام ވިދާޅުވި ބަސްފުޅުތަކެއްކަމަށާއި މިގޮތްގޮތަށް تفسير ފޮތްފޮތުގައި بيان ވެގެންވެއެވެ. މިދެގޮތުންކުރެ ކޮންމެގޮތަކީވެސް ﷲ تعالى ގެ حضرة އަށް ބޮޑުކަމެއްކަމުގައި ނުވެއެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen