Ingia
Ingia
Ingia
Chagua Lugha

Hud 11:74 فلما ذهب عن ابراهيم الروع وجاءته البشرى يجادلنا في قوم لوط ٧٤

Ukurasa 230 · Juzuu 12

فَلَمَّا
ذَهَبَ
عَنۡ
إِبۡرَٰهِيمَ
ٱلرَّوۡعُ
وَجَآءَتۡهُ
ٱلۡبُشۡرَىٰ
يُجَٰدِلُنَا
فِي
قَوۡمِ
لُوطٍ
٧٤
(74) ދެންފަހެ إبراهيم عليه السّلام ގެ ކިބަފުޅުން ބިރުފުޅު ފިލައިގެންދިޔަހިނދުން އަދި އެކަލޭގެފާނަށް إسحاق (عليه السّلام) ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ލިބިވަޑައިގަތުމަށްފަހު ދެން އެކަލޭގެފާނު لوط عليه السّلام ގެ قوم ގެ دفاع ގައި އެބޭކަލުންނާ ވާހަކަފުޅުދައްކަވައި جدل ކުރެއްވިއެވެ.
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

The Dispute of Ibrahim over the People of Lut

Allah, the Exalted, informs of what happened after the fright of Ibrahim left him and he felt no more fear of the angels when they refused to eat. After this, they gave him the glad tidings of the birth of a son and the destruction of the people of Lut. W

…

The Dispute of Ibrahim over the People of Lut

Allah, the Exalted, informs of what happened after the fright of Ibrahim left him and he felt no more fea

…
Tazama Tafsir

Soma katika Muktadha

69. (69) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުއްވި رسول ން އެބަހީ: ملائكة ބޭކަލުން - إبراهيم عليه السّلام ގެ އަރިހަށް އުފާވެރި خبر އާއިގެން ވަޑައިގެންފިއެވެ. އަދި އެބޭކަލުން ކަނޑައެޅިގެންވާ سلام އަކުން ސަލާމް ކުރެއްވިއެވެ. އަދި އެކަލޭގެފާނު އެބޭކަލުންނަށް ސަލާމްކުރެއްވިއެވެ. ދެންފަހެ ލަސްވެވަޑައިނުގަންނަވައި ފިހެފައިވާ ޅަގެރިޔަކާއިގެން إبراهيم (عليه السّلام) ވަޑައިގެންފިއެވެ. (އެކަލޭގެފާނު ހީފުޅުކުރެއްވީ އިންސާނުންގެ ތެރެއިންވާ مهمان ންކަމަށެވެ. އެހެންވެ مهمان ންނަށް ފަރީކޮޅެއް ގެންނެވީއެވެ.) 70. (70) ދެންފަހެ (ފަރީކުޅުއްވާން ދެންނެވުމުން) އެބޭކަލުންގެ އަތްޕުޅު އެފަރީކޮޅާދިމާއަށް واصل ނުވީތީ (އެބަހީ: އެބޭކަލުން ފަރީނުކުޅުއްވީމާ) އެބޭކަލުންނާއިމެދު ރުހިވަޑައި ނުގަންނަވާކަހަލަ ގޮތެއްވެ އެބޭކަލުންގެ ފަރާތުން އެކަލޭގެފާނަށް ބިރުފުޅުގެން ވަޑައިގަތުމެއް إحساس ވެވަޑައިގެންފިއެވެ. (އެހެނީ އަންނަ مهمان އަކަށް ކާބޯއެއްޗެއް ތައްޔާރު ކުރުމުން مهمان އެއިން ނުކައިފިނަމަ ބެލެވެނީ އެ مهمان އެއައީ ކޮންމެވެސް ނުބައެއް قصد ކޮށްގެންނެވެ. އެއިން ކައިބޮއިހަދައިފިނަމަ ބެލެވެނީ އޭނާގެ ކިބައިގައި ނުބައެއް ނެތްކަމަށެވެ.) ދެންފަހެ އެ ملائكة ބޭކަލުން ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައި ނުގަންނަވާށެވެ! ތިމަންބޭކަލުން ފޮނުއްވިގެންވަނީ لوط قوم އަށެވެ. (އެ قوم ހަލާކު ކުރެއްވުމަށެވެ.) 71. (71) އަދި އެކަލޭގެފާނުންގެ އަނބިކަނބަލުން ކޮޅަށް ހުންނެވިއެވެ. އަދި ހިނިފުޅުވެޑުވިއެވެ. އަދި إسحاق (عليه السّلام) އެކަމަނާއަށް ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ. އަދި إسحاق ގެފަހުން (މާމަދަރިކަލެއްކަމުގައި) يعقوب (عليه السّلام) ލިބިވަޑައިގަންނަވާނެކަމުގައެވެ. 72. (72) އެކަމަނާ ވިދާޅުވިއެވެ. އޭހުރި عجائب އެއްގެ ބޮޑުކަމާއެވެ! ތިމަންކަމަނާ މިއިނީ މުސްކުޅިވެ عجوز ވެފައެވެ. ތިމަންކަމަނާ ދެން ވިހާނެހެއްޔެވެ؟ އަދި މިއިންނެވީ ތިމަންކަމަނާގެ ފިރިކަލުންނެވެ. އެއީވެސް މުސްކުޅި ބޭކަލެކެވެ. (ބުނެވެނީ އޭރު އެކަމަނާގެ عمر ފުޅު 99 އަހަރުކަމުގައެވެ. އަދި إبراهيم (عليه السّلام) ގެ عمر ފުޅު 100 އަހަރުކަމުގައެވެ. = تفسير الطبري = ) އެކަމަނާ ވިދާޅުވިއެވެ. ތިޔަކަމަކީ عجائب ކަމެކެވެ. 73. (73) އެބޭކަލުން يعني: މަލާއިކަތްބޭކަލުން ވިދާޅުވިއެވެ. ﷲ ގެ ނިޔާފުޅާމެދު ކަމަނާ عجائب ވެވަޑައިގަންނަވަނީތޯއެވެ؟ އޭ (إبراهيم ގެފާނުގެ) ގޭގެ أهل ވެރިންނޭވެ. އެއީ ތިޔަބޭފުޅު ންގެ މައްޗަށްވާ ﷲ ގެرحمة އާއި އެކަލާނގެ بركاة އެވެ. ހަމަކަށަވަރުން އެކަލާނގެއީ حمد ލިބިވޮޑިގެންވާ އަދި مدح އާއި ثناء އާއި މާތްކަމުގެ ވެރި ކަލާނގެއެވެ. 74. (74) ދެންފަހެ إبراهيم عليه السّلام ގެ ކިބަފުޅުން ބިރުފުޅު ފިލައިގެންދިޔަހިނދުން އަދި އެކަލޭގެފާނަށް إسحاق (عليه السّلام) ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ލިބިވަޑައިގަތުމަށްފަހު ދެން އެކަލޭގެފާނު لوط عليه السّلام ގެ قوم ގެ دفاع ގައި އެބޭކަލުންނާ ވާހަކަފުޅުދައްކަވައި جدل ކުރެއްވިއެވެ. 75. (75) ހަމަކަށަވަރުން إبراهيم عليه السّلام އަކީ ކޯފާމަޑު ﷲ އަށް ކިޔަމަންތެރި އަދި ﷲ އަށް توبة ވެވަޑައިގަންނަވާ ބޭކަލެކެވެ. 76. (76) (މަލާއިކަތްބޭކަލުން ވިދާޅުވިއެވެ.) އޭ إبراهيم (عليه السّلام) އެވެ. ކަލޭގެފާނު މިކަންތަކުން ދުރުވެވަޑައި ގަންނަވާށެވެ! (އެބަހީ: لُوْطُ قَوم دِفاَعُ ކުރެއްވުމަށް ނުއުޅުއްވާށެވެ!) ހަމަކަށަވަރުން ކަލޭގެފާނުން ربّ ގެ أمر ފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން دفاع ނުކުރެވޭނޭ عذاب އެއް އެމީހުންނަށް އަންނަހުއްޓެވެ.

- Abu Bakr Ibrahim Ali (Bakurube)

Endelea Kusoma

Maelezo na Tafakari

Huna maelezo au tafakari yoyote kuhusu aya hii.

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia