Ingia
Ingia
Ingia
Chagua Lugha

Hud 11:47 قال رب اني اعوذ بك ان اسالك ما ليس لي به علم والا تغفر لي وترحمني اكن من الخاسرين ٤٧

Ukurasa 227 · Juzuu 12

قَالَ
رَبِّ
إِنِّيٓ
أَعُوذُ
بِكَ
أَنۡ
أَسۡـَٔلَكَ
مَا
لَيۡسَ
لِي
بِهِۦ
عِلۡمٞۖ
وَإِلَّا
تَغۡفِرۡ
لِي
وَتَرۡحَمۡنِيٓ
أَكُن
مِّنَ
ٱلۡخَٰسِرِينَ
٤٧
(47) އެކަލޭގެފާނު يعني: نوح (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާއަށް އެނގިގެންނުވާ ކަންކަމާއިމެދު އިބަރަސްކަލާނގެއާ ސުވާލުކޮށް ދެންނެވުމާއިމެދު އިބަރަސްކަލާނގެ حضرة ން ސަލާމަތާއި ރައްކާތެރިކަން ދެއްވުންއެދި މިއަޅާ ދަންނަވަމެވެ! ފަހެ އިބަރަސްކަލާނގެ މިއަޅާއަށް ނުފުއްސެވިއްޔާ އަދި އިބަރަސްކަލާނގެ މިއަޅާއަށް رحمة ނުލެއްވިއްޔާ ހަމަކަށަވަރުން މިއަޅާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ.
reading-goal:continue-reading

Soma q-and-a.tafsir

Ibn Kathir (Abridged)

A Return to the Story of the Son of Nuh and mentioning what transpired between Nuh and Allah concerning Him

This was a request for information and an inquiry from Nuh concerning the cirumstances of his son's drowning.

فَقَالَ رَبِّ إِنَّ ابُنِى مِنْ أَهْلِى

(and said, "O my Lord! Verily, my son is of

…

A Return to the Story of the Son of Nuh and mentioning what transpired between Nuh and Allah concerning Him

This was a request for information and an i

…
Tazama tafsirs

Soma related-content

42. (42) އަދި އެނައުކޮޅު އެމީހުންނާއިގެން ފަރުބަދަތައްވަރުގެ ބޮޑެތި ރާޅުގެތެރޭގައި ދުވަމުންދެއެވެ. އަދި نوح (عليه السّلام) އެކަލޭގެފާނުންގެ ދަރިކަލުންނަށް ވިދާޅުވެ ގޮވައިލެއްވިއެވެ. އޭރު އޭނާ ވަނީ ނަވާ ވަކިން ކަނޑުގައެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިފުޅާއެވެ! އަހުރެމެންނާއެކު ނަވަށް އަރާށެވެ! އަދި ކާފަރުންނާއެކު ނުވާށެވެ! 43. (43) އެދަރިކަލުން ދެންނެވިއެވެ. އަހުރެން ފަރުބަދައަކަށް އަރާ ހަމަޖެހިދާނަމެވެ. އެފަރުބަދަ އަހުރެން ފެނުން ސަލާމަތްކޮށްދީފާނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު ސަލާމަތްކޮށްދޭނޭ އެއްވެސް މީހަކު ނުވާނެއެވެ. މިއީ ﷲ ގެ أمر ފުޅުން ހިނގަމުންދާކަމެކެވެ. އެކަލާނގެ رحمة ލެއްވި މީހަކުމެނުވީ ސަލާމަތެއް ނުވާނެއެވެ. (އަދި އެހިސާބަށް ދެބަފައިންގެ ވާހަކަ ދާއިރަށް) އެދެބަފައިކަލުންގެ ދެމެދަށް ރާޅެއް ހުރަސްވެއްޖެއެވެ. (ދެން އެދަރިކަލުން ގެއްލުނީއެވެ.) އަދި އޭނާވީ غرق ވެގެންދިޔަ މީހުންގެތެރެއިންނެވެ. 44. (44) އަދި ބުނެވުނެވެ. (އެބަހީ: ﷲ އެންގެވިއެވެ.) އޭ ބިމާއެވެ! ތިބާގެ ފެން ތިބާ ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ތިބާގެ ފެން ތިބާ ހިފަހައްޓާށެވެ! އަދި ބިމުގެތެރެއަށް ފެންގަނޑު ގެނބިގެންގޮސް ހިކިއްޖެއެވެ. އަދި ހުރިހާކަމެއްވެ ނިމިއްޖެއެވެ. (އެންމެހައި ކާފަރުން ހަލާކުވެ ދިޔައީއެވެ.) އަދި الجُودِيُّ ކިޔާ ފަރުބަދައިގައި ނައުކޮޅުގޮސް ހަމަޖެހިއްޖެއެވެ. ބަނދަރުކޮށްފިއެވެ. އަދި އެންގެވުނެވެ. އަނިޔާވެރިންނަށް ހުރި ދުރުކަމާއެވެ. ﷲ ގެ رحمة އާއި ދުރުކަމާއެވެ. 45. (45) އަދި نوح (عليه السّلام) އެކަލޭގެފާނުންގެ ربّ އަށް مناجا ދެންނެވިއެވެ. دعاء ދެންނެވިއެވެ. ފަހެ އެކަލޭގެފާނު ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާގެ ދަރިކަލުންވަނީ މިއަޅާގެ أهل ވެރިންގެތެރެއިންނެވެ. (އޭނާ ވީތަނެއް ނޭނގެއެވެ.) އަދި ހަމަކަށަވަރުން އިބަރަސްކަލާނގެ وعد ފުޅު އެއީ ހަމަ حقّ وعد ފުޅެކެވެ. (އެއީ މިއަޅާގެ أهل ވެރިން ސަލާމަތްކުރައްވާނެކަމުގެ وعد ފުޅެވެ.) އަދި އިބަރަސްކަލާނގެއީ އެންމެމޮޅަށް حكم ކުރައްވާ حاكم އެވެ. 46. (46) އެކަލާނގެ وحي ކުރެއްވިއެވެ. ހަމަކަށަވަރުން އެދަރިކަލުން ކަލޭގެފާނުންގެ أهل ވެރިންގެތެރެއިން ނުވެއެވެ. ހަމަކަށަވަރުން އޭނާގެ عمل، صالح عمل ކަމުގައި ނުވެއެވެ. (ބުނެވެނީ އޭނާ شرك ކުރާކަމުގައެވެ. والله أعلم. ނުވަތަ ކަލޭގެފާނު އެދަރިކަލުންގެ މައްސަލައިގައި ތިމަންރަސްކަލާނގެއަށް ދެންނެވި ދެންނެވުން صالح عمل ގެތެރެއިން ނުވެއެވެ. މިދެ ترجمة ވެއެވެ. طَبرى راجِحُ ކުރައްވަނީ ފަހުން މިދެންނެވި ގޮތެވެ. والله أعلم بالصّواب.) (ﷲ وحي ކުރައްވައެވެ. އޭ نوح އެވެ!) ކަލޭގެފާނަށް އެކަމެއްގެ خبر އެނގިވަޑައިގެންނުވާ ކަންތަކަށް ތިމަންރަސްކަލާނގެއަށް ނުދަންނަވާށެވެ! އަދި ކަލޭގެފާނު جاهل ންގެ ތެރެއިން ވެވަޑައިނުގެންނެވުމަށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް وعظ ދެމެވެ. نصيحة ދެމެވެ. 47. (47) އެކަލޭގެފާނު يعني: نوح (عليه السّلام) ދެންނެވިއެވެ. އޭ އަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާއަށް އެނގިގެންނުވާ ކަންކަމާއިމެދު އިބަރަސްކަލާނގެއާ ސުވާލުކޮށް ދެންނެވުމާއިމެދު އިބަރަސްކަލާނގެ حضرة ން ސަލާމަތާއި ރައްކާތެރިކަން ދެއްވުންއެދި މިއަޅާ ދަންނަވަމެވެ! ފަހެ އިބަރަސްކަލާނގެ މިއަޅާއަށް ނުފުއްސެވިއްޔާ އަދި އިބަރަސްކަލާނގެ މިއަޅާއަށް رحمة ނުލެއްވިއްޔާ ހަމަކަށަވަރުން މިއަޅާވާނީ ގެއްލި ހަލާކުވެގެންވާ މީހުންގެތެރެއިންނެވެ. 48. (48) وحي އިއްވެވުނެވެ. އެބަހީ: ﷲ تعالى وحي ކުރެއްވިއެވެ. އޭ نوح އެވެ! ތިމަންރަސްކަލާނގެ حضرة ންވާ ސަލާމަތްތެރިކަމާއިއެކު ފައިބާވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނަށާއި އަދި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ދަރިކޮޅުން އަންނާނޭ مؤمن ންގެމައްޗަށް ވާ بركاة އާއިއެކުގައެވެ. އަދި އެބަޔަކަށް ދުނިޔޭގެ حياة ގައި ކުޑަ އަރާމުކޮޅެއް ތިމަންރަސްކަލާނގެ ދެއްވާނޭ ބަޔަކުގެމައްޗަށްވެސް މެއެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އެމީހުންނަށް ޖެހޭނީ ވޭންދެނިވި عذاب އެވެ. (މިމީހުންނަކީ ﷲ ގެ أَزَلِى علم ނިޔާކުރާގޮތުން ނައުކޮޅުގައިވާމީހުންގެ ދަރިކޮޅުން އަންނާނޭ ކާފަރުންނެވެ.) 49. (49) (އޭ رسول ﷲ އެވެ!) އެ خبر ތަކަކީ يعني: نوح عليه السّلام ގެ خبر ތައް މިއީ - ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެ خبر ތައް وحي ކުރައްވާ غَيْبُ ގެ خبر ތަކެވެ. ކަލޭގެފާނުވެސް އަދި ކަލޭގެފާނުންގެ قوم ގެމީހުންވެސް މީގެކުރީ އެބަހީ: މި وحي ގެކުރީ މި خبر ތައް ދަންނަކަމުގައި ނުވެއެވެ. ފަހެ ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ކަންކަމުގެ ފަހުކޮޅު ރަނގަޅުވުންވަނީ تقوى ވެރިންނަށެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Maelezo na Tafakari

reflection-not-available

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia