Ingia
Ingia
Ingia
Chagua Lugha

Al-Muumin 40:59 ان الساعة لاتية لا ريب فيها ولاكن اكثر الناس لا يومنون ٥٩

Ukurasa 474 · Juzuu 24

إِنَّ
ٱلسَّاعَةَ
لَأٓتِيَةٞ
لَّا
رَيۡبَ
فِيهَا
وَلَٰكِنَّ
أَكۡثَرَ
ٱلنَّاسِ
لَا
يُؤۡمِنُونَ
٥٩
(59) قيامة ދުވަހަކީ ހަމަކަށަވަރުން ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. އެހެންނަމަވެސް ގިނަ މީސްތަކުން އެކަން ތެދުކޮށް، އެކަމަށް إيمان ނުވެއެވެ.
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

Life after Death

Allah tells us that He will bring back His creation on the Day of Resurrection. That is very easy for Him, because He created the heavens and the earth, and creating them is greater than creating mankind, the first time and when He creates them again. The One Who is able to do that i

…

Life after Death

Allah tells us that He will bring back His creation on the Day of Resurrection. That is very easy for Him, because He created the heav

…
Tazama Tafsir

Soma katika Muktadha

51. (51) ދުނިޔޭގެ حياة ގައިވެސް، އަދި ހެކިދެއްވާ ބޭކަލުން (މަލާއިކަތް ބޭކަލުން) قائم ވެވަޑައިގަންނަވާ قيامة ދުވަހުންވެސް، ތިމަން ރަސްކަލާނގެ نصر ދެއްވަނީ ތިމަން ރަސްކަލާނގެ رسول ންނަށާއި، އަދި إيمان ވީ މީހުންނަށެވެ. 52. (52) އެދުވަހަކީ (قيامة ދުވަހަކީ) އަނިޔާވެރީންނަށް އެބަހީ مشرك ންނަށް، އެމީހުން ދައްކާ عذر ތަކާއި، ބަހަނާތަކުން منفع އެއް ނުކުރާނޭ ދުވަހެވެ. އެމީހުންނަށް ހުންނަހުށީ ހަމަ لعنة އެވެ. ﷲ ގެ رحمة އާ ދުރުވުމެވެ. އަދި އެމީހުންނަށް ހުންނާނީ ހަމަ ނުބައިކަމުގެ ގޮވައްޗެވެ. ނަރަކައެވެ. 53. (53) އަދި ހަމަކަށަވަރުން موسى عليه السلام އަށް ތިމަން ރަސްކަލާނގެ ތެދުމަގު ދެއްވީމެވެ. (އެއީ نبي ކަމާއި، توراة އެވެ.) އަދި بني إسرائيل ންނަށް ތިމަން ރަސްކަލާނގެ ފޮތް ވާރުތަކޮށްދެއްވީމެވެ. (موسى عليه السلام އަވަހާރަވުމަށްފަހުވެސް بني إسرائيل ންގެ ތެރޭގައި توراة އަށް عمل ކުރެވެމުން ދިޔައެވެ.) 54. (54) އެއީ ތެދުމަގެއްގެ ގޮތުންނާއި، އަދި ބުއްދިވެރީންނަށް ذكرٰىއެއްގެ ގޮތުންނެވެ. وعظ އާއި، نصيحة އެއްގެ ގޮތުންނެވެ. 55. (55) (އޭ رسول الله އެވެ!) ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެއްޗެކެވެ. (އެކަލާނގެ رسول ންނަށް نصر ދެއްވުމުގެ وعد ފުޅު އެއީ حقّ وعد ފުޅެކެވެ.) އަދި ثواب ގިނަކުރެއްވުމަށް ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! އަދި ހެނދުނާއި، ހަވީރު ކަލޭގެފާނުގެ ربّ އަށް حمد ކުރުމާއެކު تسبيح ވިދާޅުވާށެވެ. 56. (56) އަދި އެބައިމީހުންނަށް ﷲ ގެ حضرة ން އެއްވެސް دليل އެއް ނެތި ﷲ ގެ آية ތަކަށް جدل ކޮށް ދެކޮޅުހަދާ މީހުން ދަންނައެވެ. އެމީހުންގެ ހިތްތަކުގައި ބޮޑާކަމާއި، كبر ވެރިކަން މެނުވީ ނުވެއެވެ. (محمّد ގެފާނުންގެ މައްޗަށް އޮންނަ އެމީހުންގެ ބޮޑާކަމާއި، އެކަލޭގެފާނުގެ މައްޗަށް ގަދަވެގަތުމުގެ ގަދަ އެދުމެވެ.) އެއީ އެމީހުންނަށް ދުވަހަކުވެސް ވާނޭ ކަމެއް ނޫނެވެ. ފަހެ ކަލޭގެފާނު އެމީހުންގެ ނުބައިން ސަލާމަތްވެ، ރައްކާތެރި ވެވަޑައިގެންނެވުމަށް ﷲ ގެ حضرة ން ސަލާމަތްކަމާއި، ރައްކާތެރިކަން އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާވޮޑިގެންވާ، އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ. 57. (57) ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވުން، މީސްތަކުން ހެއްދެވުމަށްވުރެ މާ ބޮޑެވެ. އެކަމަކު ގިނަ މީހުންނަކަށް އެކަމެއް ނޭނގެއެވެ. • ދަންނައެވެ. (އެކަމަށް إيمان ވެ ތެދުކުރާނަމަ މަރުވުމަށްފަހު އަލުން ދިރުއްވައި حساب ބައްލަވައި، جزاء ދެއްވުމަށް އިންކާރު ނުކުރީހެވެ. އެހެނީ އުޑުތައް އެހާ ގަދަފަދަކޮށް، އެއްވެސް ތަނބަކާ ނުލައި ހައްދަވައި، ތަރިތަކުން ޒީނަތްތެރިކުރައްވައި، އިރު-ހަނދާއި، ތަރިތައް دور ކުރާނޭ فلك ތައް ލައްވައި، ބިންގަނޑު މިހާ ފުރިހަމަކޮށް ހައްދަވައި ގަސްގަހާގެހީން ޒީނަތްތެރިކުރައްވައި ފަރުބަދަތަކުން ގަދަކުރައްވައި، خلق ތަކުން ކައިބޮއިހެދުމަށް ފެނާއި، ކާނާ ލައްވައި، މިފަދަ ފުރިހަމަ نظام އަކުން ހެއްދެވި ކަލަކަށް މީސްތަކުން ދެވަނަ ފަހަރަށް ދިރުއްވައި محشر ކުރެއްވުން ދަތި ނުވާނޭކަން ސަލާމަތް ބުއްދިހުރި އެއްވެސް ސިކުނޑިއަކަށް ނުއޮޅޭނެއެވެ. رَبَّنا لا تُزِغْ قُلُوبَنا بَعْدَ إذْ هَدَيْتَنا وَهَبْ لَنا مِن لَدُنْكَ رَحْمَةً إنَّكَ أَنْتَ الْوَهَّاب - آمين) 58. (58) އަދި ލޯއަނދިރި މީހަކާއި، ލޮލަށް ފެންނަ މީހަކާ އެއްވަރު ނުވާނެއެވެ. ހަމައެފަދައިން إيمان ވެގެން صالح عمل ކުރި މީހަކާއި، كافر ވެ އުރެދުނު މީހަކާވެސް އެއްވަރު ނުވާނެއެވެ. ކަލޭމެން نصيحة އާއި، وعظ އާއި، عبرة ލިބިގަންނަނީ ހާދަހާވެސް މަދުންނެވެ. 59. (59) قيامة ދުވަހަކީ ހަމަކަށަވަރުން ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. އެހެންނަމަވެސް ގިނަ މީސްތަކުން އެކަން ތެދުކޮށް، އެކަމަށް إيمان ނުވެއެވެ. 60. (60) (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ ربّ وحي ކުރައްވައެވެ. ކަލޭމެން ތިމަން ރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަން ރަސްކަލާނގެ ކަލޭމެންނަށް دعاء އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް دعاء ނުކޮށް، ބޮޑާވެގަންނަ މީހުން ދަންނައެވެ. ނިކަންހުރެ ނިކަމެތިވެގެންވާ حال އެމީހުން ނަރަކައަށް ވަންނަހުއްޓެވެ.

- Abu Bakr Ibrahim Ali (Bakurube)

Endelea Kusoma

Maelezo na Tafakari

Huna maelezo au tafakari yoyote kuhusu aya hii.

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia