Ingia
Ingia
Ingia
Chagua Lugha

Al-Muumin 40:39 يا قوم انما هاذه الحياة الدنيا متاع وان الاخرة هي دار القرار ٣٩

Ukurasa 471 · Juzuu 24

يَٰقَوۡمِ
إِنَّمَا
هَٰذِهِ
ٱلۡحَيَوٰةُ
ٱلدُّنۡيَا
مَتَٰعٞ
وَإِنَّ
ٱلۡأٓخِرَةَ
هِيَ
دَارُ
ٱلۡقَرَارِ
٣٩
(39) "އޭ އަހުރެންގެ قوم ގެ މީހުންނޭވެ. މި ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ދާދި ކުޑަ މުއްދަތަކު ބޭނުންކޮށްލެވޭ ކުޑަ އެތިކޮޅެއް ކަމުގައެވެ. އަދި قرار ވެ، ހަމަޖެހިގެން ތިބެވޭނޭ ތަނަކީ آخرة ގެ ގޮވައްޗެވެ."
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

More of what the Believer from Fir`awn's Family said

This believer said to his people who persisted in their rebellion and transgression, and preferred the life of this world:

يقَوْمِ اتَّبِعُونِ أَهْدِكُمْ سَبِيلَ الرَّشَادِ

(O my people! Follow me, I will guide you to the way of right conduct.) This

…

More of what the Believer from Fir`awn's Family said

This believer said to his people who persisted in their rebellion and transgression, and preferred

…
Tazama Tafsir

Soma katika Muktadha

38. (38) އަދި إيمان ވީ އެ މީހާ ބުންޏެވެ. "އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން އަހުރެންނާ تبع ވާށެވެ! އޭރުން އަހުރެން ކަލޭމެންނަށް ސީދާ ތެދުމަގު ދައްކައިދޭހުށީމެވެ." 39. (39) "އޭ އަހުރެންގެ قوم ގެ މީހުންނޭވެ. މި ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ދާދި ކުޑަ މުއްދަތަކު ބޭނުންކޮށްލެވޭ ކުޑަ އެތިކޮޅެއް ކަމުގައެވެ. އަދި قرار ވެ، ހަމަޖެހިގެން ތިބެވޭނޭ ތަނަކީ آخرة ގެ ގޮވައްޗެވެ." 40. (40) ނުބައި عمل އެއް ކޮށްފައިވާ މީހާއަށްވެސް (އެ ދުވަހުން) އެޔާ ބަރާބަރު جزاء އެއް މެނުވީ ނުލިބޭނެއެވެ. އަދި ފިރިހެނުންގެ ތެރެއިން ނަމަވެސް، އަދި އަންހެނުންގެ ތެރެއިން ނަމަވެސް އެމީހަކު އީމާންވެގެންވާ حال صالح عمل ކޮށްފިއްޔާ، އެފަދަ މީހުން ސުވަރުގެ ވަންނަހުއްޓެވެ. އަދި އެމީހުންނަށް އެތާނގައި ހިސާބެއް ނެތި ރިޒުގު ލިބޭ ހުއްޓެވެ. މިންވަރެއް ނެތްހައި ގިނަ نعمة ވެއެވެ. • ދަންނައެވެ. ފިރިހެނުންނާ އަންހެނުން صَالِحُ عَمَلُ ކުރުމުގައިވެސް ތަފާތެވެ. ފިރިހެނުންނަށް صَالِحُ عَمَلُ އަކަށްވާކަންތައް އަންހެނުންނަށް صَالِحُ عَمَلُ ނުވެހިގައިދާނެއެވެ. އަންހެނުންނަށް صَالِحُ عَمَلُ އަކަށްވާ ކަންތައް ފިރިހެނުންނަށް صَالِحُ عَمَلُ އަކަށް ނުވެ ހިނގައިދާނެއެވެ. ވީމާ ކޮންމެބަޔަކަށްވެސް صَالِحُ عَمَلُ އަކަށްވާނީ އެބަޔަކަށް ކަނޑައެޅިފައިވާ އަމުރެއް އެއެންގެވިފަދައިން އެބަޔަކު ކުރުމުންނެވެ. شَرِيْعَةُ ގައި ދެފަރާތަށް ހުރި އަމުރުތަފާތެވެ. 41. (41) "އަދި އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ނިކަން ބުނެބަލާށެވެ! ކަލޭމެން ސަލާމަތްވެ، ރައްކާތެރިވާނޭ މަގަށް އަހުރެން ކަލޭމެންނަށް މި ގޮވަނީ ކީއްވެގެން ހެއްޔެވެ؟ އަދި ކަލޭމެން އަހުރެންނަށް ތިޔަ ގޮވަނީ ނަރަކައަށެވެ. ނަރަކަވަންތަ ވެރީންގެ عمل ކުރުމަށެވެ. شرك ކޮށް، ﷲ އަށް އުރެދުމަށެވެ." 42. (42) "ކަލޭމެން އަހުރެންނަށް ތިޔަ ގޮވަނީ ﷲ އަށް ކާފަރުވެ، އަދި އެއްގޮތަކަށްވެސް އެޔާމެދު އަހުރެންނަށް އެއްވެސް އެއްޗެއް ނޭނގޭ ފަރާތަކާއި، އެކަލާނގެއާ شريك ކުރުމަށެވެ. އަދި އަހުރެން ކަލޭމެންނަށް މި ގޮވަނީ عزّة ވަންތަ އަދި ގިނައިން ފާފަ ފުއްސަވާ ﷲ އަށް إيمان ވުމަށެވެ." 43. (43) "حقّ ތެދެކެވެ. އެ ފަރާތަކަށް އަޅުކަން ކުރުމަށް އަހުރެންނަށް ކަލޭމެން ތިޔަ ގޮވާ ފަރާތަށް އަޅުކަން ކުރުމަށް އެއްވެސް دعوة އެއް ނެތެވެ. އެފަރާތުން އެއްވެސް إجابة އެއް ނުދޭނެއެވެ. އަދި އެ ފަރާތަށް އަޅުކަން ކުރުން واجب ކަމަށް ދުނިޔޭގައިވެސް، އަދި آخرة ގައިވެސް އެއްވެސް دعوة އެއް ނެތެވެ. دليل އެއް ނެތެވެ. އަދި އަހުރެމެން رجوع ވުން ވަނީ ހަމަ ﷲ ގެ حضرة އަށެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅާ މީހުން ދަންނައެވެ. އެއީ ހަމަ ނަރަކައިގެ އެކުވެރީންނެވެ." 44. (44) "އަދި (ﷲ ގެ عذاب އާއި، ކޯފާ އަންނަ ހިނދުން) ނިކަންހުރެ އަހުރެން ކަލޭމެންނަށް މި ބުނާ ތަކެތި ކަލޭމެން ހަނދާންކުރާނެއެވެ. އަދި އަހުރެންގެ ކަންތައް އަހުރެން ﷲ އާ حوال ކޮށް، وكيل ކޮށްފީމެވެ. ހަމަކަށަވަރުން އަޅުތަކުންނަށް ﷲ ބައްލަވާވޮޑިގެން ވެއެވެ." 45. (45) ދެންފަހެ އެމީހާއާމެދު އެކާފަރުން ރޭވި ރޭވުމުގެ ނުބައިކަމުން ﷲ އެމީހާ ސަލާމަތްކުރައްވައިފިއެވެ. އަދި فرعون ގެ آل ން (އޭނާގެ جماعة) ޢަޒާބުގެ ނުބައިކަން ލާވަށައިލައިފިއެވެ. (އެންމެން ކަނޑުގައި غرق ވެ ނިމުނީއެވެ.) 46. (46) فرعون ގެ آل ން، برزخ ގެ عالم ގައި (އެބަހީ: މަރުވުމަށްފަހު قيامة قائم ވުމުގެ ކުރީ ކައްވަޅުގެ ދުވަސްތަކުގައި) ހެނދުނާއި، ހަވީރު އަލިފާނަށް ހުށައެޅޭނެއެވެ. އަދި قيامة ދުވަހުން (ނަރަކަ ބަލަހައްޓަވާ މަލާއިކަތް ބޭކަލުންނަށް އެންގެވޭނެއެވެ.) "ތިޔަ ބޭކަލުން فرعون ގެ އާލުން އެންމެ ގަދަ عذاب އަށް ވައްދާށެވެ." • ދަންނައެވެ. ހެނދުނާއި، ހަވީރު އެމީހުން ނަރަކައަށް ހުށައެޅޭނޭ ވާހަކައާމެދު تفسير علم ވެރީން ދައްކަވާފައި ވާ ވާހަކަފުޅުތަކުގެ އެއް خلاصة އަކީ: އެމީހުންގެ ފުރާނަތައް ކަޅުކުލައިގެ ދޫނިތަކެއްގެ ކޭކުއްޔަށް ލެވެނީއެވެ. ދެން އެސޮރުމެން ހެނދުނާއި، ހަވީރު ނަރަކަޔަށް ގޮސްއައިސް ވަނީއެވެ. والله أعلم. 47. (47) އަދި ނަރަކަވަންތަ ވެރީން ނަރަކައިގައި ތިބެގެން އެއްބަޔަކު އަނެއް ބަޔަކާ ޒުވާބުކޮށް، حجّة قائم ކުރާ ވަގުތު (ދުނިޔޭގެ حياة ގައި) ދެރަކޮށް އުޅުނު ދެރަމީހުން، ބޮޑެތި ކިބުރުވެރި، ބޮޑާ މީހުންނަށް ބުނާނެއެވެ. "(ދުނިޔޭގައި) އަހުރެމެން ވީ ހަމަކަށަވަރުން ކަލޭމެންނާ تبع ވެގެންނެވެ. ފަހެ ކަލޭމެން އަހުރެމެންގެ ކިބައިން އަލިފާނުގެ ކުޑަ މިންވަރެއް ނަމަވެސް تحمّل ކޮށް دفاع ކޮށްދީފާނު ހެއްޔެވެ؟" 48. (48) މަތިހަށި ނަގައިގެން އުޅުނު ބޮޑާ ކިބުރުވެރީން ބުނާނެއެވެ. ހަމަކަށަވަރުން އަހުރެމެން އެންމެން މިވަނީ އަލިފާނުގައެވެ. އަދި ހަމަކަށަވަރުން، އަޅުތަކުންގެ މެދުގައި الله މިވަނީ ނިޔާކުރައްވައި، ނިންމަވާފައެވެ. 49. (49) އަދި ނަރަކައިގައި ތިބި މީހުން، ނަރަކަ ބެލެހެއްޓެވުމާ حوال ކުރައްވާފައިވާ ملائكة ބޭކަލުންނަށް ދަންނަވާނެއެވެ. "އެންމެ ދުވަހަކު ނަމަވެސް އަހުރެމެންގެ ކިބައިން عذاب ލުއިކޮށްދެއްވުމަށް ތިޔަ ބޭކަލުންގެ ربّ އަށް دعاء ކޮށްދެއްވާ ބައްލަވާށެވެ." 50. (50) އެބޭކަލުން ވިދާޅުވާނެއެވެ. "(ދުނިޔޭގައި އުޅުނުއިރު) بيان ވެގެންވާ دليل ތަކާއިގެން ކަލޭމެންގެ رسول ބޭކަލުން ކަލޭމެންގެ ގާތަށް ވަޑައިގަންނަވާ ކަމުގައި ނުވޭ ހެއްޔެވެ؟ (މި خبر ތައް ދެއްވިނޫން ހެއްޔެވެ؟)" އެމީހުން ދަންނަވާނެއެވެ. "އާއެކެވެ. ވަޑައިގެންނެވިއެވެ. (އެކަމަކު އަހުރެމެން އެއަށް ކާފަރުވީއެވެ.)" އެބޭކަލުން ވިދާޅުވާނެއެވެ. "ކަލޭމެން ގޮވައި دعاء ކޮށް ހަދާށެވެ." ކާފަރުން ކުރާ دعاء އެއީ ގެއްލިގެންވާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Endelea Kusoma

Maelezo na Tafakari

Huna maelezo au tafakari yoyote kuhusu aya hii.

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia