Ingia
Ingia
Ingia
Chagua Lugha

Al-Muumin 40:17 اليوم تجزى كل نفس بما كسبت لا ظلم اليوم ان الله سريع الحساب ١٧

Ukurasa 469 · Juzuu 24

ٱلۡيَوۡمَ
تُجۡزَىٰ
كُلُّ
نَفۡسِۭ
بِمَا
كَسَبَتۡۚ
لَا
ظُلۡمَ
ٱلۡيَوۡمَۚ
إِنَّ
ٱللَّهَ
سَرِيعُ
ٱلۡحِسَابِ
١٧
(17) "މިއަދު ކޮންމެ نفس އަކަށްވެސް އެ نفس އެއް ދުނިޔޭގައި ކޮށްފައިވާ ކަންތަކަށް ޖަޒާދެވޭ ހުއްޓެވެ. އެއްވެސް އަނިޔާވެރިކަމެއް މިއަދަކު ނެތެވެ. ހަމަކަށަވަރުން ﷲ އެއީ ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ."
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

Allah sends the Revelation to warn His Servants of the Day of Mutual Meeting

Allah tells us of His might and pride, and that His Mighty Throne is raised above all of His creation like a roof. This is like the Ayah:

مِّنَ اللَّهِ ذِي الْمَعَارِجِ - تَعْرُجُ الْمَلَئِكَةُ وَالرُّوحُ إِلَيْهِ فِى يَوْمٍ

…

Allah sends the Revelation to warn His Servants of the Day of Mutual Meeting

Allah tells us of His might and pride, and that His Mighty Throne is raise

…
Tazama Tafsir

Soma katika Muktadha

10. (10) ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ގޮވޭނެއެވެ. އެބަހީ ނަރަކަވަންތަ ވެރީންނަށް މަލާއިކަތް ބޭކަލުން ގޮވައިލައްވާނެއެވެ. "ކަލޭމެން ކަލޭމެންގެ نفس ތަކަށް ރުޅިއަންނަ ވަރަށްވުރެ މާ ބޮޑަށް ﷲ ގެ ކޯފާ ކަލޭމެންގެ މައްޗަށް ބޮޑެވެގެންވެއެވެ. އެހެން އެވީ (ކަލޭމެން ދުނިޔޭގައި ތިބިހިނދު) ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވުނު ހިނދުން ކަލޭމެން ކާފަރުވީ ކަމެވެ." • ދަންނައެވެ. ނަރަކަވަންތަ ވެރީންކުރެ ކޮންމެ މީހަކުވެސް ނަރަކައިގައި ތިބެގެން ރުޅިއައިސްގެން ތިމާގެ نفس އަށް لعنة ދޭނެއެވެ. އޭގެ جواب ގައި މަލާއިކަތް ބޭކަލުން އެ ވިދާޅުވަނީ "ކަލޭމެން ކަލޭމެންގެ نفس ތަކަށް އަންނަ ރުޅިއަށްވުރެ ކަލޭމެންގެ މައްޗަށް ﷲ ގެ ކޯފާ މާ ބޮޑެވެ." 11. (11) (އެމީހުން ﷲ އަށް ދަންނަވާނެއެވެ.) "އަޅަމެންގެ ربّ އެވެ! އަޅަމެން ދެފަހަރަށް މަރުއްވަނީތޯއެވެ؟" (މިތާ، ދެމަރުގެ މުރާދަކީ ދުނިޔެއަށް އައުމުގެ ކުރީގެ މަރާއި، ދެން ދުނިޔޭގައި އުޅުމަށްފަހު ވާ މަރެވެ.) އަދި އެމީހުން ދަންނަވާނެއެވެ. "އަޅަމެން ދެފަހަރަށް ދިރުއްވަނީތޯއެވެ؟" (އެއީ ދުނިޔޭގެ حياة ގެ ދިރުމާއި، محشر އަށް ފޮނުއްވުމަށް ދިރޭ ދިރުމާއި، ދެ ދިރުމެވެ.) އެމީހުން ނަރަކައިގައި ތިބެގެން ދަންނަވާނެއެވެ. "އަޅަމެން، އަޅަމެންގެ ފާފަތަކަށް إعتراف ވެއްޖައީމެވެ. ފަހެ މި ނަރަކައިން ނުކުމެވޭނޭ އެއްވެސް މަގެއް އަޅަމެންނަށް ވޭތޯއެވެ؟" (މީގެ جواب އެއް ކަމުގައި ވާނީ "ނުވެއެވެ." މިހެންނެވެ.) 12. (12) "ކަލޭމެން ތިޔަ عذاب ގައި ތިބޭން ޖެހުނީ، ހަމަކަށަވަރުން އެއްކައުވަންތަ ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވިއްޖެއްޔާ ކަލޭމެން (އެކަލާނގެއަށް) ކާފަރުވީ ކަމެވެ. އަދި އެކަލާނގެއަށް شريك ކުރަން ގޮވިއްޖެއްޔާ ކަލޭމެން އެކަމަށް އީމާންވީ ކަމެވެ. އެކަން ތެދުކުރި ކަމެވެ. ފަހެ އެންމެހައި حكم އެއް خاصّ ވެގެންވަނީ ﷲ އަށެވެ. (ކަލޭމެން ނަރަކައިން ނުނެރެ ތިބޭ ގޮތަށް حكم ކުރެއްވީވެސް ހަމަ އެކަލާނގެއެވެ.) އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ كبرياء ވަންތަ ކަލާނގެއެވެ." 13. (13) އެކަލާނގެއީ އެކަލާނގެ އެއްކައުވަންތަކަމާއި، ކުޅަދުންވަންތަ ކަމުގެ ހެކިތަކާއި، دليل ތައް ކަލޭމެންނަށް ދެއްކެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ރިޒުގެއްގެ ގޮތުން އުޑުން ފެން ބާވައިލެއްވިއެވެ. މިފަދަ، މިފަދަ ކަންކަމަށް ވިސްނައި، އެއިން نصيحة އާއި، وعظ ލިބިގަންނަނީ ހަމައެކަނި އެކަލާނގެ ކިޔަމަންތެރިކަމަށް رجوع ވެ توبة ވާ މީހެކެވެ. 14. (14) (އޭ މުއުމިނުންނޭވެ!) ފަހެ ކަލޭމެން ﷲ އަށް އަޅުކަން إخلاص ތެރި ކުރާ حال ކަލޭމެން ﷲ އަށް دعاء ކުރާށެވެ! އެކަމާ ކާފަރުން ނުރުހި ތިބިނަމަވެސް މެއެވެ. 15. (15) އެކަލާނގެއީ (يعني އެކަލާނގެ ކުޅަދުންވަންތަކަމުގެ علامة ތަކާއި، ހެކިތައް ކަލޭމެންނަށް ދައްކަވާ ކަލާނގެއީ) ދަރަޖަފުޅުތައް އުފުލިގެންވާ ކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ސިފަފުޅުތައް ރިވެތިވެގެންވާ ކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ އަޅުތަކުންކުރެ އެދިވޮޑިގަންނަވާ އަޅަކަށް روح ބާވައިލައްވާ ކަލާނގެއެވެ. وحي ބާވައިލައްވާ ކަލާނގެއެވެ. އެއީ އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވާ ދުވަހަށް އިންޒާރުކުރައްވައި، ބިރުގެންނެވުމަށް ޓަކައެވެ. އެއީ قيامة ދުވަހެވެ. • ދަންނައެވެ. وحي އަށް روح އެވެ. ކިޔުނީ ހަށިގަނޑުތައް ފުރާނައިން ދިރޭފަދައިން ކާފަރުކަމުން މަރުވެފައިވާ ހިތްތައް وحي އިން ދިރޭތީއެވެ. • قيامة ދުވަސް އެއީ އެއްބަޔަކު އަނެއް ބަޔަކަށް ބައްދަލުވާ ދުވަސް ކަމުގައި އެވަނީ އެދުވަހުން އުޑުތަކުގައި ވާހައި ބަޔަކާއި، ބިމުގައި ވާ މީހުން ބައްދަލުވެ، އަދި އިސްވެދިޔަ މީސްތަކުންނާއި، ފަހުން އައިހާ ބަޔަކުވެސް އެ ދުވަހުން ބައްދަލުވާތީއެވެ. 16. (16) އަދި މީސްތަކުން އެދުވަހުން (ކަށްވަޅުތަކުން ނުކުމެ) ފައުޅުވެގެންވާ ހުއްޓެވެ. އަދި އެމީހުން ކުރި عمل ތަކުގެ ތެރެއިން އެކައްޗެއްވެސް ﷲ އަށް ވަންހަނާވެގެން ނުވާނެއެވެ. (އެ އެންމެން حاضر ވެ ނިމުނީމާ) އެ ދުވަހުން އެކަލާނގެ وحي ކުރައްވާ ހުއްޓެވެ. "މިއަދު، ވެރިކަން ވަނީ ކާކަށް ހެއްޔެވެ؟" (އެ ސުއާލަށް އެއްވެސް مخلوق އަކު ޖަވާބު ނުދޭނެއެވެ.) އަލުންވެސް، ﷲ وحي ކުރައްވާ ހުއްޓެވެ. "ވެރިކަން މިއަދު خاصّ ވެގެންވަނީ އެއްކައުވަންތަ، ގަދަފަދަވަންތަ ﷲ އަށެވެ." (އެހެން އެއްވެސް މީހަކަށް މިއަދު ވެރިކަމެއް ނެތެވެ.) 17. (17) "މިއަދު ކޮންމެ نفس އަކަށްވެސް އެ نفس އެއް ދުނިޔޭގައި ކޮށްފައިވާ ކަންތަކަށް ޖަޒާދެވޭ ހުއްޓެވެ. އެއްވެސް އަނިޔާވެރިކަމެއް މިއަދަކު ނެތެވެ. ހަމަކަށަވަރުން ﷲ އެއީ ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ." 18. (18) (އޭ رسول الله އެވެ!) ގާތްވެގެން މި ވާ قيامة ދުވަހުގެ ހުރި ބިރުވެރިކަމުގެ خبر އެމީހުންނަށް ދެއްވައި، إنذار ކުރައްވާށެވެ! (އެދުވަހުން ބިރުވެރިކަމުންނާއި، ކަންބޮޑުވެގެން) ހިތްތައް ލަގޮނޑިވަޅާ ހަމައަށް ފޯރާނެއެވެ. އެއީ ހިތާމަޔާއި، މޮޅީން ފުރިގެންވާ حال ގައެވެ. އަނިޔާވެރީންނަށް، مشرك ންނަށް އެދުވަހުން އެމީހުން (عذاب ން دفاع ކޮށްދޭނޭ) އެއްވެސް ގާތް މީހަކު، رحمة ތެރިޔަކު ނުވާނެއެވެ. އަދި ކިޔަމަންތެރި ވެވޭނޭ شفاعة ތެރިޔަކުވެސް ނުވާނެއެވެ. 19. (19) (ދުނިޔޭގައި ތިބިއިރު ނަހަމަ ތަންތަނަށް ބެލުމުގައި) ލޯތައް خيانة ކުރި އެންމެހައި ކަމެއްވެސް، އަދި ހިތްތަކުގައި ހިންގަމުން ދިޔަ އެންމެހައި خيال ތަކެއްވެސް އެކަލާނގެ ދެނެވޮޑިގެންނެވިއެވެ. 20. (20) (އެ ކަންކަމަށް) ﷲ ނިޔާކުރައްވާނީ ހަމަ حقّ އަށެވެ. އަދި އެކަލާނގެ ފިޔަވައި އެ ފަރާތްތަކަށް ގޮވައި، دعاء ކޮށްހެދި ތަކެތި އެއްވެސް ކަމެއްގެ ނިޔާއެއް ނުކުރާނެއެވެ. (އެހެނީ އެ ތަކެއްޗަކަށް އެއްވެސް އެއްޗެއް ނޭނގެއެވެ.) ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Endelea Kusoma

Maelezo na Tafakari

Huna maelezo au tafakari yoyote kuhusu aya hii.

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia