প্রবেশ কর
প্রবেশ কর
প্রবেশ কর
ভাষা নির্বাচন কর

Ghafir 40:13 هو الذي يريكم اياته وينزل لكم من السماء رزقا وما يتذكر الا من ينيب ١٣

পাতা ৪২২ · জুজ ২৪

هُوَ
الَّذِیْ
یُرِیْكُمْ
اٰیٰتِهٖ
وَیُنَزِّلُ
لَكُمْ
مِّنَ
السَّمَآءِ
رِزْقًا ؕ
وَمَا
یَتَذَكَّرُ
اِلَّا
مَنْ
یُّنِیْبُ
۟
(13) އެކަލާނގެއީ އެކަލާނގެ އެއްކައުވަންތަކަމާއި، ކުޅަދުންވަންތަ ކަމުގެ ހެކިތަކާއި، دليل ތައް ކަލޭމެންނަށް ދެއްކެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ރިޒުގެއްގެ ގޮތުން އުޑުން ފެން ބާވައިލެއްވިއެވެ. މިފަދަ، މިފަދަ ކަންކަމަށް ވިސްނައި، އެއިން نصيحة އާއި، وعظ ލިބިގަންނަނީ ހަމައެކަނި އެކަލާނގެ ކިޔަމަންތެރިކަމަށް رجوع ވެ توبة ވާ މީހެކެވެ.
আরও পড়ুন

তাফসীর পড়ুন

Tafsir Ahsanul Bayaan

তিনিই তোমাদেরকে তাঁর নিদর্শনাবলী দেখান এবং আকাশ হতে তোমাদের জন্য রুযী প্রেরণ করেন;[১] আর (আল্লাহর) [২] অভিমুখী ব্যক্তিই উপদেশ গ্রহণ করে থাকে।

[১] অর্থাৎ, পানি; যা তোমাদের রুযীর উপকরণ। এখানে মহান আল্লাহ একত্রে নিদর্শনাবলীর প্রকাশ ও রুযী অবতরণের কথা পাশাপাশি উল্লেখ করেছেন। কেননা, মহাশক্তির নিদর্শনাবলীর

…

তিনিই তোমাদেরকে তাঁর নিদর্শনাবলী দেখান এবং আকাশ হতে তোমাদের জন্য রুযী প্রেরণ করেন;[১] আর (আল্লাহর) [২] অভিমুখী ব্যক্তিই উপদেশ গ্রহণ করে থাকে।

[১] অর্থা

…
দেখুন তাফসির

প্রাসঙ্গিকভাবে পড়ুন

১০. (10) ހަމަކަށަވަރުން ކާފަރުވީ މީސްތަކުންނަށް ގޮވޭނެއެވެ. އެބަހީ ނަރަކަވަންތަ ވެރީންނަށް މަލާއިކަތް ބޭކަލުން ގޮވައިލައްވާނެއެވެ. "ކަލޭމެން ކަލޭމެންގެ نفس ތަކަށް ރުޅިއަންނަ ވަރަށްވުރެ މާ ބޮޑަށް ﷲ ގެ ކޯފާ ކަލޭމެންގެ މައްޗަށް ބޮޑެވެގެންވެއެވެ. އެހެން އެވީ (ކަލޭމެން ދުނިޔޭގައި ތިބިހިނދު) ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވުނު ހިނދުން ކަލޭމެން ކާފަރުވީ ކަމެވެ." • ދަންނައެވެ. ނަރަކަވަންތަ ވެރީންކުރެ ކޮންމެ މީހަކުވެސް ނަރަކައިގައި ތިބެގެން ރުޅިއައިސްގެން ތިމާގެ نفس އަށް لعنة ދޭނެއެވެ. އޭގެ جواب ގައި މަލާއިކަތް ބޭކަލުން އެ ވިދާޅުވަނީ "ކަލޭމެން ކަލޭމެންގެ نفس ތަކަށް އަންނަ ރުޅިއަށްވުރެ ކަލޭމެންގެ މައްޗަށް ﷲ ގެ ކޯފާ މާ ބޮޑެވެ." ১১. (11) (އެމީހުން ﷲ އަށް ދަންނަވާނެއެވެ.) "އަޅަމެންގެ ربّ އެވެ! އަޅަމެން ދެފަހަރަށް މަރުއްވަނީތޯއެވެ؟" (މިތާ، ދެމަރުގެ މުރާދަކީ ދުނިޔެއަށް އައުމުގެ ކުރީގެ މަރާއި، ދެން ދުނިޔޭގައި އުޅުމަށްފަހު ވާ މަރެވެ.) އަދި އެމީހުން ދަންނަވާނެއެވެ. "އަޅަމެން ދެފަހަރަށް ދިރުއްވަނީތޯއެވެ؟" (އެއީ ދުނިޔޭގެ حياة ގެ ދިރުމާއި، محشر އަށް ފޮނުއްވުމަށް ދިރޭ ދިރުމާއި، ދެ ދިރުމެވެ.) އެމީހުން ނަރަކައިގައި ތިބެގެން ދަންނަވާނެއެވެ. "އަޅަމެން، އަޅަމެންގެ ފާފަތަކަށް إعتراف ވެއްޖައީމެވެ. ފަހެ މި ނަރަކައިން ނުކުމެވޭނޭ އެއްވެސް މަގެއް އަޅަމެންނަށް ވޭތޯއެވެ؟" (މީގެ جواب އެއް ކަމުގައި ވާނީ "ނުވެއެވެ." މިހެންނެވެ.) ১২. (12) "ކަލޭމެން ތިޔަ عذاب ގައި ތިބޭން ޖެހުނީ، ހަމަކަށަވަރުން އެއްކައުވަންތަ ﷲ އަށް إيمان ވުމަށް ކަލޭމެންނަށް ގޮވިއްޖެއްޔާ ކަލޭމެން (އެކަލާނގެއަށް) ކާފަރުވީ ކަމެވެ. އަދި އެކަލާނގެއަށް شريك ކުރަން ގޮވިއްޖެއްޔާ ކަލޭމެން އެކަމަށް އީމާންވީ ކަމެވެ. އެކަން ތެދުކުރި ކަމެވެ. ފަހެ އެންމެހައި حكم އެއް خاصّ ވެގެންވަނީ ﷲ އަށެވެ. (ކަލޭމެން ނަރަކައިން ނުނެރެ ތިބޭ ގޮތަށް حكم ކުރެއްވީވެސް ހަމަ އެކަލާނގެއެވެ.) އެކަލާނގެއީ މަތިވެރިވެވޮޑިގެންވާ كبرياء ވަންތަ ކަލާނގެއެވެ." ১৩. (13) އެކަލާނގެއީ އެކަލާނގެ އެއްކައުވަންތަކަމާއި، ކުޅަދުންވަންތަ ކަމުގެ ހެކިތަކާއި، دليل ތައް ކަލޭމެންނަށް ދެއްކެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ރިޒުގެއްގެ ގޮތުން އުޑުން ފެން ބާވައިލެއްވިއެވެ. މިފަދަ، މިފަދަ ކަންކަމަށް ވިސްނައި، އެއިން نصيحة އާއި، وعظ ލިބިގަންނަނީ ހަމައެކަނި އެކަލާނގެ ކިޔަމަންތެރިކަމަށް رجوع ވެ توبة ވާ މީހެކެވެ. ১৪. (14) (އޭ މުއުމިނުންނޭވެ!) ފަހެ ކަލޭމެން ﷲ އަށް އަޅުކަން إخلاص ތެރި ކުރާ حال ކަލޭމެން ﷲ އަށް دعاء ކުރާށެވެ! އެކަމާ ކާފަރުން ނުރުހި ތިބިނަމަވެސް މެއެވެ. ১৫. (15) އެކަލާނގެއީ (يعني އެކަލާނގެ ކުޅަދުންވަންތަކަމުގެ علامة ތަކާއި، ހެކިތައް ކަލޭމެންނަށް ދައްކަވާ ކަލާނގެއީ) ދަރަޖަފުޅުތައް އުފުލިގެންވާ ކަލާނގެއެވެ. ނުވަތަ އެކަލާނގެއީ ސިފަފުޅުތައް ރިވެތިވެގެންވާ ކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ އަޅުތަކުންކުރެ އެދިވޮޑިގަންނަވާ އަޅަކަށް روح ބާވައިލައްވާ ކަލާނގެއެވެ. وحي ބާވައިލައްވާ ކަލާނގެއެވެ. އެއީ އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވާ ދުވަހަށް އިންޒާރުކުރައްވައި، ބިރުގެންނެވުމަށް ޓަކައެވެ. އެއީ قيامة ދުވަހެވެ. • ދަންނައެވެ. وحي އަށް روح އެވެ. ކިޔުނީ ހަށިގަނޑުތައް ފުރާނައިން ދިރޭފަދައިން ކާފަރުކަމުން މަރުވެފައިވާ ހިތްތައް وحي އިން ދިރޭތީއެވެ. • قيامة ދުވަސް އެއީ އެއްބަޔަކު އަނެއް ބަޔަކަށް ބައްދަލުވާ ދުވަސް ކަމުގައި އެވަނީ އެދުވަހުން އުޑުތަކުގައި ވާހައި ބަޔަކާއި، ބިމުގައި ވާ މީހުން ބައްދަލުވެ، އަދި އިސްވެދިޔަ މީސްތަކުންނާއި، ފަހުން އައިހާ ބަޔަކުވެސް އެ ދުވަހުން ބައްދަލުވާތީއެވެ. ১৬. (16) އަދި މީސްތަކުން އެދުވަހުން (ކަށްވަޅުތަކުން ނުކުމެ) ފައުޅުވެގެންވާ ހުއްޓެވެ. އަދި އެމީހުން ކުރި عمل ތަކުގެ ތެރެއިން އެކައްޗެއްވެސް ﷲ އަށް ވަންހަނާވެގެން ނުވާނެއެވެ. (އެ އެންމެން حاضر ވެ ނިމުނީމާ) އެ ދުވަހުން އެކަލާނގެ وحي ކުރައްވާ ހުއްޓެވެ. "މިއަދު، ވެރިކަން ވަނީ ކާކަށް ހެއްޔެވެ؟" (އެ ސުއާލަށް އެއްވެސް مخلوق އަކު ޖަވާބު ނުދޭނެއެވެ.) އަލުންވެސް، ﷲ وحي ކުރައްވާ ހުއްޓެވެ. "ވެރިކަން މިއަދު خاصّ ވެގެންވަނީ އެއްކައުވަންތަ، ގަދަފަދަވަންތަ ﷲ އަށެވެ." (އެހެން އެއްވެސް މީހަކަށް މިއަދު ވެރިކަމެއް ނެތެވެ.) ১৭. (17) "މިއަދު ކޮންމެ نفس އަކަށްވެސް އެ نفس އެއް ދުނިޔޭގައި ކޮށްފައިވާ ކަންތަކަށް ޖަޒާދެވޭ ހުއްޓެވެ. އެއްވެސް އަނިޔާވެރިކަމެއް މިއަދަކު ނެތެވެ. ހަމަކަށަވަރުން ﷲ އެއީ ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ކަލާނގެއެވެ." ১৮. (18) (އޭ رسول الله އެވެ!) ގާތްވެގެން މި ވާ قيامة ދުވަހުގެ ހުރި ބިރުވެރިކަމުގެ خبر އެމީހުންނަށް ދެއްވައި، إنذار ކުރައްވާށެވެ! (އެދުވަހުން ބިރުވެރިކަމުންނާއި، ކަންބޮޑުވެގެން) ހިތްތައް ލަގޮނޑިވަޅާ ހަމައަށް ފޯރާނެއެވެ. އެއީ ހިތާމަޔާއި، މޮޅީން ފުރިގެންވާ حال ގައެވެ. އަނިޔާވެރީންނަށް، مشرك ންނަށް އެދުވަހުން އެމީހުން (عذاب ން دفاع ކޮށްދޭނޭ) އެއްވެސް ގާތް މީހަކު، رحمة ތެރިޔަކު ނުވާނެއެވެ. އަދި ކިޔަމަންތެރި ވެވޭނޭ شفاعة ތެރިޔަކުވެސް ނުވާނެއެވެ. ১৯. (19) (ދުނިޔޭގައި ތިބިއިރު ނަހަމަ ތަންތަނަށް ބެލުމުގައި) ލޯތައް خيانة ކުރި އެންމެހައި ކަމެއްވެސް، އަދި ހިތްތަކުގައި ހިންގަމުން ދިޔަ އެންމެހައި خيال ތަކެއްވެސް އެކަލާނގެ ދެނެވޮޑިގެންނެވިއެވެ. ২০. (20) (އެ ކަންކަމަށް) ﷲ ނިޔާކުރައްވާނީ ހަމަ حقّ އަށެވެ. އަދި އެކަލާނގެ ފިޔަވައި އެ ފަރާތްތަކަށް ގޮވައި، دعاء ކޮށްހެދި ތަކެތި އެއްވެސް ކަމެއްގެ ނިޔާއެއް ނުކުރާނެއެވެ. (އެހެނީ އެ ތަކެއްޗަކަށް އެއްވެސް އެއްޗެއް ނޭނގެއެވެ.) ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

আরও পড়ুন

নোট এবং প্রতিফলন

এই পদটি সম্পর্কে আপনার কোনো টীকা বা ভাবনা নেই।

Notes placeholders

কুরআনের সাথে সংযুক্ত থাকুন ❤️

নিজেকে নতুন করে শুরু করতে, আত্ম-বিশ্লেষণ করতে এবং কুরআনের সাথে সংযুক্ত থাকতে কিছু সংক্ষিপ্ত ও অর্থপূর্ণ অনুস্মারক।

কুরআন পড়ুন, শুনুন, অনুসন্ধান করুন এবং চিন্তা করুন

Quran.com হল একটি বিশ্বস্ত প্ল্যাটফর্ম যা বিশ্বব্যাপী লক্ষ লক্ষ মানুষ বিভিন্ন ভাষায় কুরআন পড়তে, অনুসন্ধান করতে, শুনতে এবং তার উপর চিন্তাভাবনা করার জন্য ব্যবহার করে। এটি অনুবাদ, তাফসির, তেলাওয়াত, শব্দে শব্দ অনুবাদ এবং গভীর অধ্যয়নের জন্য সরঞ্জাম সরবরাহ করে, যা সকলের কাছে কুরআনকে সহজলভ্য করে তোলে।

সাদাকাহ জারিয়াহ হিসেবে, Quran.com মানুষকে কুরআনের সাথে গভীরভাবে সংযুক্ত হতে সাহায্য করার জন্য নিবেদিতপ্রাণ। Quran.Foundation দ্বারা সমর্থিত, একটি 501(c)(3) অলাভজনক সংস্থা, Quran.com সকলের জন্য একটি বিনামূল্যের এবং মূল্যবান সম্পদ হিসেবে বেড়ে চলেছে, আলহামদুলিল্লাহ.

নেভিগেট করুন
বাড়ি
কোরআন রেডিও
আবৃত্তিকারী
আমাদের সম্পর্কে
বিকাশকারীরা
পণ্য আপডেট
প্রতিক্রিয়া
সাহায্য
দান করুন
আমাদের প্রকল্পগুলি
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation এর মালিকানাধীন, পরিচালিত, অথবা স্পন্সরকৃত অলাভজনক প্রকল্প।
জনপ্রিয় লিঙ্ক
কুরআন থেকে দোয়া
দিনের কুরআনের আয়াত
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
সাইটম্যাপগোপনীয়তাশর্তাবলী
© ২০২৬ Quran.com. সমস্ত অধিকার সংরক্ষিত
অবদান রাখুন