Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ
041

Fussilat 41:50 ولين اذقناه رحمة منا من بعد ضراء مسته ليقولن هاذا لي وما اظن الساعة قايمة ولين رجعت الى ربي ان لي عنده للحسنى فلننبين الذين كفروا بما عملوا ولنذيقنهم من عذاب غليظ ٥٠

41:50
وَلَئِنۡ
أَذَقۡنَٰهُ
رَحۡمَةٗ
مِّنَّا
مِنۢ
بَعۡدِ
ضَرَّآءَ
مَسَّتۡهُ
لَيَقُولَنَّ
هَٰذَا
لِي
وَمَآ
أَظُنُّ
ٱلسَّاعَةَ
قَآئِمَةٗ
وَلَئِن
رُّجِعۡتُ
إِلَىٰ
رَبِّيٓ
إِنَّ
لِي
عِندَهُۥ
لَلۡحُسۡنَىٰۚ
فَلَنُنَبِّئَنَّ
ٱلَّذِينَ
كَفَرُواْ
بِمَا
عَمِلُواْ
وَلَنُذِيقَنَّهُم
مِّنۡ
عَذَابٍ
غَلِيظٖ
٥٠
(50) އަދި އެ އިންސަނާއަށް ޖެހުނު ކޮންމެވެސް مصيبة އަކާއި، ދެރައަކަށްފަހު ތިމަން ރަސްކަލާނގެ حضرة ން رحمة އެއްގެ ރަހަ އޭނާއަށް ދައްކަވައިފިއްޔާ އޭނާ ބުނާނެއެވެ. މިއީ އަހުރެން ކުރި عمل ގެ ސަބަބުން އަހުރެންނަށް މި ލިބެން حقّ ކަމުގައި ވާތީ އަހުރެންނަށް ލިބުނު އެއްޗެކެވެ. އަހުރެން ހީކުރާ ގޮތުގައި / يقين ކުރާ ގޮތުގައި ތިޔަބުނާ قيامة އެއް ނާންނާނެއެވެ. އަދި ތިޔަ ބުނާގޮތަށް ދެން قيامة ދުވަސް އަޔަސް، އެތާނގައިވެސް އަހުރެންގެ ربّ ގެ حضرة ން އަހުރެންނަށް މާތްކަމާއި، كرامة އާއި، އަދި ސުވަރުގެ ހުންނާނެއެވެ. ފަހެ ކާފަރުވީ މީސްތަކުންނަށް އެބައިމީހުން ކުރި ކަންތަކުގެ خبر އެމީހުންނަށް ތިމަން ރަސްކަލާނގެ އަންގަވާ ހުށީމެވެ. އަދި އެމީހުންނަށް ވަރަށް ގަދަވެގެންވާ عذاب ތިމަން ރަސްކަލާނގެ ދެއްވާ ހުށީމެވެ.
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

Man is fickle when Ease comes to Him after Difficulty

Allah tells us that man never gets bored of asking his Lord for good things, such as wealth, physical health, etc., but if evil touches him -- i.e., trials and difficulties or poverty --

فَيَئُوسٌ قَنُوطٌ

(then he gives up all hope and is lost in de

…

Man is fickle when Ease comes to Him after Difficulty

Allah tells us that man never gets bored of asking his Lord for good things, such as wealth, phys

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 41, Trang 482, Juz 25

47. (47) قيامة ދުވަހާ ބެހޭ އެންމެހައި އެނގުމެއް ރައްދުވެގެން ވަނީ ހަމައެކަނި އެކަލާނގެ حضرة އަށެވެ. އެކަމާ ބެހޭ އެއްވެސް އެނގުމެއް އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއީ علم الغيب ގެ ތެރޭ ހިމެނޭ ކަންކަމުގެ ތެރެއިން އެއް ކަމެވެ. އަދި ގަސްގަހުގެ މޭވާ ގޮފިގަނޑުގެ ތެރެއިން / ފުޅަފީގެ ނުވަތަ އެތުގެ ތެރެއިން މޭވާއެއް ވިޔަސް އަދި މާބަނޑު ތަކެތީގެ ބަނޑުގައިވާ ދަރިއެއް ވިޔަސް އަދި ދަރިޔަކު ވިހެޔަސް މިއިން އެއްވެސް ކަމެއް ﷲ ގެ ދެނެވޮޑިގަތުމާއެކު މެނުވީ ނުހިނގައެވެ. ފަހެ މި ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ މަތިވެރި ކަލާނގެއާއި، އެހެން ތަކެއްޗާ ޝަރީކު ކުރާ މީހުންނަށް ގޮވޭނޭ ދުވަސް ހަނދާންކުރާށެވެ. އެމީހުންނާ مخاطب ކުރައްވައި ﷲ އަންގަވާނެއެވެ. ދުނިޔޭގައި ތިޔަބައިމީހުން ތިމަން ރަސްކަލާނގެއާ شريك ކޮށް އުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟ އޭގެ جواب ގައި އެމީހުން ދަންނަވާނެއެވެ. އިބަރަސްކަލާނގެއަށް شريك އަކު ވާކަމުގައި ހެކިދޭނޭ އެކަކުވެސް ނުވާ ކަމަށް އަޅަމެން އިބަރަސްކަލާނގެއަށް إعلان ކޮށް ދަންނަވަމެވެ. 48. (48) އަދި މީގެ ކުރީ، އެބަހީ އެބައިމީހުން ދުނިޔޭގައި އުޅުނުއިރު (ﷲ ފިޔަވައި) ގޮވައި، دعاء ކޮށް އުޅުނު އެންމެހައި ތަކެތި އެމީހުންގެ ކިބައިން ގެއްލިގެން ދިޔައީއެވެ. (އެދުވަހުން އެތަކެތި ނުފެންނާނެއެވެ.) އަދި އެހިނދުން ﷲ ގެ عذاب އާއި، ކޯފާއިން ފިލައިގެން ސަލާމަތްވާން ދާނޭ އެއްވެސް ތަނެއް ނެތްކަން އެމީހުންނަށް ރަނގަޅަށް يقين ވެދާނެއެވެ. 49. (49) ހެޔޮ ކަންތަކަށް އެދި دعاء ކުރުމުގައި އިންސާނާ ފޫހި ނުވެއެވެ. (އެބަހީ މުދަލާއި، صحّة އާއި، ވެރިކަމާއި، އަދި މަތިވެރި ދަރަޖަދެއްވުން އެދި دعاء ކުރުމުގައި ފޫހި ނުވެއެވެ. ފޫހި ނުވެސްވާނެއެވެ.) އަދި އޭނާއަށް އުނދަގުލެއް / ނުވަތަ ނުބައިކަމެއް ދިމާވެއްޖެއްޔާއި، އޭނާ ނާއުއްމީދުވެ ﷲ ގެ رحمة ން މުޅީން މާޔޫސް ވެދެއެވެ. (އެބަހީ އޭނާއަށް فقير ކަމެއް / ބަލިމަޑުކަމެއް / އަދި ދެރަކަމެއް ދިމާވެއްޖެއްޔާއި، އޭނާ މުޅީން މާޔޫސްވެ ނާއުއްމީދު ވެދެއެވެ.) މިއީ عامّ ކޮށް އިންސާނުންގެ حال ހުންނަ ގޮތެވެ. 50. (50) އަދި އެ އިންސަނާއަށް ޖެހުނު ކޮންމެވެސް مصيبة އަކާއި، ދެރައަކަށްފަހު ތިމަން ރަސްކަލާނގެ حضرة ން رحمة އެއްގެ ރަހަ އޭނާއަށް ދައްކަވައިފިއްޔާ އޭނާ ބުނާނެއެވެ. މިއީ އަހުރެން ކުރި عمل ގެ ސަބަބުން އަހުރެންނަށް މި ލިބެން حقّ ކަމުގައި ވާތީ އަހުރެންނަށް ލިބުނު އެއްޗެކެވެ. އަހުރެން ހީކުރާ ގޮތުގައި / يقين ކުރާ ގޮތުގައި ތިޔަބުނާ قيامة އެއް ނާންނާނެއެވެ. އަދި ތިޔަ ބުނާގޮތަށް ދެން قيامة ދުވަސް އަޔަސް، އެތާނގައިވެސް އަހުރެންގެ ربّ ގެ حضرة ން އަހުރެންނަށް މާތްކަމާއި، كرامة އާއި، އަދި ސުވަރުގެ ހުންނާނެއެވެ. ފަހެ ކާފަރުވީ މީސްތަކުންނަށް އެބައިމީހުން ކުރި ކަންތަކުގެ خبر އެމީހުންނަށް ތިމަން ރަސްކަލާނގެ އަންގަވާ ހުށީމެވެ. އަދި އެމީހުންނަށް ވަރަށް ގަދަވެގެންވާ عذاب ތިމަން ރަސްކަލާނގެ ދެއްވާ ހުށީމެވެ. 51. (51) އަދި عامّ ކޮށް އިންސާނާގެ قواعد އަކީ ތިމަން ރަސްކަލާނގެ އޭނާއަށް نعمة އެއް ދެއްވައި، ތަނަވަސްކަމެއް ދެއްވައިފިއްޔާ އެނބުރި ފުރަގަސް ދިނުމެވެ. އެބަހީ ތިމަން ރަސްކަލާނގެއަށް شكر ކުރުން ފިޔަވައި އެނބުރި ނުކިޔަމަންތެރިވެގަނެއެވެ. އަދި ތިމާ އަމިއްލައަށް ބޮޑާވެ كبر ވެރިވެ މަތިހަށިނަގައެވެ. އެހެން އުޅެނިކޮށްވެސް އޭނާއަށް ނުބައެއް އަދި ދެރަކަމެއް ދިމާވެއްޖެއްޔާ ދެން އޭނާ ވަރަށް ފުޅާކޮށް، ދިގުކޮށް، ތަނަވަސްކޮށް دعاء ކޮށް ހަދައެވެ.

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp