Ha-Mym-Sajdah 41:26 وقال الذين كفروا لا تسمعوا لهاذا القران والغوا فيه لعلكم تغلبون ٢٦
وَقَالَ
ٱلَّذِينَ
كَفَرُواْ
لَا
تَسۡمَعُواْ
لِهَٰذَا
ٱلۡقُرۡءَانِ
وَٱلۡغَوۡاْ
فِيهِ
لَعَلَّكُمۡ
تَغۡلِبُونَ
٢٦
(26) އަދި ކާފަރުންގެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނެއެވެ. އޭ ކަލޭމެންނޭވެ! މި قُرآن ކިޔަވާ އަޑު ކަލޭމެން ނާހާށެވެ! އަދި އެ ކިޔަވާއިރު ހަޅޭލަވައި، އަޑުގަދަކޮށް، އަތްތިލަބަޑިޖަހައި، ހޯބޯލަވައިހަދާށެވެ! (އެއީ قُرآن ކިޔަވާ އަޑުއަހައިގެން އަސަރުކޮށް ތެދުމަގަށް އަތުވެދާނޭތީއެވެ.) އަދި އޭރުން إسلام دين އަށާއި، محمّد ގެފާނުގެ މައްޗަށް ކަލޭމެން ގަދަވެދާނޭ ކަންނޭނގެއެވެ. ކަލޭމެން ގަދަވުމުގެ أمّيد ގައެވެ.
Soma Tafsir
Ibn Kathir (Abridged)