Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ
041

Fussilat 41:20 حتى اذا ما جاءوها شهد عليهم سمعهم وابصارهم وجلودهم بما كانوا يعملون ٢٠

41:20
حَتَّىٰٓ
إِذَا
مَا
جَآءُوهَا
شَهِدَ
عَلَيۡهِمۡ
سَمۡعُهُمۡ
وَأَبۡصَٰرُهُمۡ
وَجُلُودُهُم
بِمَا
كَانُواْ
يَعۡمَلُونَ
٢٠
(20) އެބައިމީހުން އެ ނަރަކަޔާ ހަމައަށް ގެނެވުނީމާ އެމީހުންގެ ކަންފަތްތަކާއި (އިވުންތަކާއި)، ފެނުންތަކާއި (ލޯތަކާއި)، އަދި އެމީހުންގެ ހަންތައް އެމީހުންގެ މައްޗަށް އެމީހުންނާ އިދިކޮޅަށް ހެކިދޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ކުރަމުން ގެންދިޔަ ނުބައި ކަންކަމާމެދުގައެވެ.
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

On the Day of Judgement, the Sinners' Limbs will testify against Them

وَيَوْمَ يُحْشَرُ أَعْدَآءُ اللَّهِ إِلَى النَّارِ فَهُمْ يُوزَعُونَ

(And (remember) the Day that the enemies of Allah will be gathered to the Fire, then they will be driven.) means, remind these idolators of the Day when they will

…

On the Day of Judgement, the Sinners' Limbs will testify against Them

وَيَوْمَ يُحْشَرُ أَعْدَآءُ اللَّهِ إِلَى النَّارِ فَهُمْ يُوزَعُونَ

(And (remembe

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 41, Trang 478, Juz 24

19. (19) އަދި ﷲ ގެ عداوة ތެރީން محشر ކުރެވޭ قيامة ދުވަސް - ނަރަކައަށް جمع ކުރެވޭ ދުވަސް - ހަނދުމަފުޅު ކުރައްވާށެވެ. އެދުވަހުން އެމީހުން ތިބޭނީ އެންމެ ފުރަތަމަ މީހާއިން ފެށިގެން އެންމެ ފަހުގެ މީހާއަށް ދާނދެން ބަނދެވިގެންނެވެ. މަލާއިކަތް ބޭކަލުންގެ ބެލުމުގެ ދަށުގައި جمع ވެގެންނެވެ. 20. (20) އެބައިމީހުން އެ ނަރަކަޔާ ހަމައަށް ގެނެވުނީމާ އެމީހުންގެ ކަންފަތްތަކާއި (އިވުންތަކާއި)، ފެނުންތަކާއި (ލޯތަކާއި)، އަދި އެމީހުންގެ ހަންތައް އެމީހުންގެ މައްޗަށް އެމީހުންނާ އިދިކޮޅަށް ހެކިދޭނެއެވެ. އެއީ އެމީހުން ދުނިޔޭގައި ތިބެގެން ކުރަމުން ގެންދިޔަ ނުބައި ކަންކަމާމެދުގައެވެ. 21. (21) އަދި އެމީހުން އެމީހުންގެ ގުނަވަންތަކާ ދިމާއަށް ބުނާނެއެވެ. އަހުރެމެންނާ އިދިކޮޅަށް ތިޔަބައިމީހުން ހެކިދެނީ ކީއްވެގެން ހެއްޔެވެ؟ އެހިނދު އެތަކެތި ޖަވާބުދޭނެއެވެ. ބުނާނެއެވެ. ހުރިހާ އެއްޗަކަށްވެސް ވާހަކަދައްކައި، ބަސްބުނުމުގެ ބާރު ދެއްވި ﷲ އަހުރެމެންނަށްވެސް ވާހަކަދެއްކުމުގެ ބާރު ދެއްވީއެވެ. (ތިޔަބައިމީހުން އެ ނުބައި ކަންތައްތައް ކުރިއިރު އަހުރެމެން حاضر ވެގެން ވީމުއެވެ.) އަދި އެކަލާނގެއީ ތިޔަބައިމީހުން އެންމެ ފުރަތަމަވެސް ހެއްދެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ވުން ވަނީވެސް ހަމަ އެކަލާނގެ حضرة އަށެވެ. 22. (22) އަދި ތިޔަބައިމީހުންގެ އިވުންތަކާއި، އެބަހީ ކަންފަތްތަކާއި، އަދި ތިޔަބައިމީހުންގެ ފެނުންތަކާއި، يعني ލޯތަކާއި، އަދި ތިޔަބައިމީހުންގެ ހަންތައް، އެބަހީ އެންމެހައި ގުނަވަންތައް ތިޔަބައިމީހުންގެ މައްޗަށް ހެކިނުދޭނޭ ގޮތުން ތިޔަބައިމީހުން އެ ނުބައިކަންތައް ކުރަމުން ދިޔައިރު ވަންހަނާކޮށް، ނިވައިކުރި ކަމުގައި ނުވެއެވެ. އަދި ކިޔެއް ހެއްޔެވެ؟ ތިޔަބައިމީހުން ހީކުރީ ތިޔަބައިމީހުން ކުރަމުންދާ ގިނަ ކަންތައްތައް ﷲ ދެނެވޮޑިނުގަންނަވާނޭ ކަމަށެވެ. 23. (23) ފަހެ ތިޔަބައިމީހުން ގެއްލި ހަލާކުވެގެންވާ މީސްތަކުން ކަމުގައި ތިޔަވީ ތިޔަބައިމީހުންގެ ربّ އާމެދު ތިޔަބައިމީހުން ތިޔަ ކުރި (ނުބައި) ހީއެވެ. 24. (24) ދެންފަހެ އެމީހުން ކެތްކުރިޔަސް އަދި ކެތް ނުކުރިޔަސް އެމީހުން ގޮސް ތިބޭނޭ ތަނަކީ ހަމަ ނަރަކައެވެ. އެހެން ގޮތެއް ނެތެވެ. އެތަނުން ނުކުތުމެއް ނެތެވެ. އަދި އެމީހުން އަލުން ދުނިޔެއަށް އައިސް ﷲ ރުހިވޮޑިގަންނަވާ ގޮތަށް އުޅޭން އެދުނަސް عذر ދައްކަން އެދުނަސް އެމީހުންނަކީ އެފަދަ ހުއްދައެއް ލިބޭނޭ ބައެއް ނޫނެވެ. 25. (25) އަދި ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް އެކުވެރީންތަކެއް ފާކުރެއްވީމެވެ. (އެބަހީ مكّة ގެ مشرك ންނާއި، ދެންވެސް އެބާވަތުގެ މީސް ތަކުންގެ މައްޗަށް އެކުވެރި رحمة ތެރީންތަކެއް ކަމުގައި ޝައިތާނުންތަކެއް ފާކުރެއްވީމެވެ.) ދެންފަހެ އެ ޝައިތާނުންތައް އެބައިމީހުންނަށް ދުނިޔެއާއި، آخرة ގެ ކަންތައް ޒީނަތްތެރި ކޮށްދެއެވެ. (އެއީ ދުނިޔޭގެ حياة ގައި ﷲ އަށް شرك ކުރުމާއި، އުރެދުންތަކަށް އަރައިގަތުމާއި، فاحش އެންމެހައި ކަމެއް ޒީނަތްތެރިކޮށްދިނުމެވެ. آخرة ޒީނަތްތެރި ކޮށްދިނުމަކީ آخرة ނާންނާނޭ ކަމަށާއި، މަރުވުމަށްފަހު ދެން ނިމުނީ ކަމަށާއި، عمل ތަކަށް ހިސާބުބެއްލެވުމެއް ނެތްކަމަށް وسواس ދީ ހައްލައި ހެދުމެވެ. އޭގެ ސަބަބުން فاحش އެންމެހައި ކަމެއްގައި ގެނބިތިބެ عمر ހުސްކޮށްލުމެވެ.) ޖިންނީންނާއި އިންސާނުންގެ ތެރެއިން އެމީހުންގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންނަށް ޢަޛާބު ޙައްޤުވީފަދައިން މި މީހުންގެ މައްޗަށްވެސް ޢަޛާބު ޙައްޤުވެއްޖެއެވެ. ހަމަކަށަވަރުން އެމީހުންވީ ގެއްލި ޙަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp