Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Fátir 35:30 ليوفيهم اجورهم ويزيدهم من فضله انه غفور شكور ٣٠

Página 437 · Juz 22

لِيُوَفِّيَهُمۡ
أُجُورَهُمۡ
وَيَزِيدَهُم
مِّن
فَضۡلِهِۦٓۚ
إِنَّهُۥ
غَفُورٞ
شَكُورٞ
٣٠
(30) އެއީ އެމީހުންގެ އުޖޫރަ އެކަލާނގެ ބަރާބަރު ކޮށްދެއްވުމަށެވެ. އަދި އެކަލާނގެ فَضْلُ ވަންތަވެރިކަމުން އެމީހުންނަށް އެއަށްވުރެވެސް އިތުރުކޮށްދެއްވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ އަދި އަޅުތަކުންގެ صَالِحُ عَمَلُ ތަކަށް ގިނަގިނައިން ޝުކުރުވެރިވެ ވޮޑިގަންނަވާ ކަލާނގެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Muslims will be the Ones Who gain in the Hereafter

Here Allah tells us that His believing servants, who recite and believe in His Book, and do the deeds prescribed in it such as establishing regular prayer at the prescribed times, night and day, spending (in charity) out of that which Allah has p

…

The Muslims will be the Ones Who gain in the Hereafter

Here Allah tells us that His believing servants, who recite and believe in His Book, and do the

…
Ver Tafsires

Leer en contexto

27. (27) އަދި ﷲ تعالى އުޑުން ފެން ބާވައިލައްވާކަން ކަލޭގެފާނު ދެނެވަޑައިގެންނުވޭތޯއެވެ؟ ދެން އެފެނުން ތިމަންރަސްކަލާނގެ (ގަސް ފަޅުއްވައި ގަސްގަހުން) ތަފާތު ކުލަކުލައިގެ މޭވާ ނެރުއްވަމެވެ. އަދި ފަރުބަދަތަކުގެ ހިލައިގެ ތެރޭގައިވެސް (ހަށިގަނޑުގައި ނާރުތައް ދެމިފައިވާގޮތަށް) ހުދުކުލަޔާއި ރަތްކުލައިގެ ރޮނގުތަކާއި މަގުތައްވެއެވެ. އަދި ތަފާތު ކުލަކުލަވެއެވެ. އަދި ސީދާ ކަޅު ދިހުންކުލަ އަރާ ހިލަވެސްވެއެވެ. (މިހުރީ ހައްތަހާވެސް ﷲގެ ކުޅަދުންވަނަތަކަމުގެ ދަލީލެވެ.) 28. (28) އަދި މީސްތަކުންގެ ތެރޭގައްޔާއި އަދި ދިރޭތަކެއްޗާއި އަދި نعم ސޫފީގެ ތެރޭގައިވެސް ހަމައެފަދައިން ތަފާތުކުލައިގެ ތަކެތިވެއެވެ. (މިހުރީ ހައްތަހާވެސް ﷲގެ ކުޅަދުންވަނަތަކަމުގެ ދަލީލެވެ.) އަދި ހަމަކަށަވަރުން ﷲ އަށް ބިރުވެތިވާކަންކަށަވަރީ އެކަލާނގެ އަޅުތަކުން ކުރެން عالم ންނެވެ. (އެބަހީ އެކަލާނގެއީ ކޮންފަދަ މަތިވެރި ކުޅަދުންވަންތަ ފަރާތެއްކަން ދަންނަ عالم ންނެވެ. އީމާންނުވާ عالم ންނެއްނޫނެވެ. އީމާންނުވާ މީހުންނަށް شرعى ގޮތުން عالم ން ކިޔުން ހުއްދައެއްނޫނެވެ.) ހަމަކަށަވަރުން ﷲ އީ عزة ވަންތަ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ. 29. (29) ހަމަކަށަވަރުން ކީރިތި قُرْآن ޢާއްމު ގޮތެއްގައި ކިޔަވާމީސްތަކުން ދަންނައެވެ. އަދި އެމީހުން ނަމާދު ކޮށް އަދި އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރިޒުޤުން ސިއްރާއި ފައުޅުގައި ހޭދަކޮށް صَدَقَة ދީ ހަދާމީސްތަކުން އެމީހުން އެ އެދެނީ ހަލާކުވެގެންނުދާފަދަ އަދި ގެއްލުން ނުވާފަދަ ވިޔަފާރިއަކަށެވެ. އެއީ އެމީހުންގެ ކިޔަމަންތެރިކަމުގެ ثَوَابُ އެވެ. 30. (30) އެއީ އެމީހުންގެ އުޖޫރަ އެކަލާނގެ ބަރާބަރު ކޮށްދެއްވުމަށެވެ. އަދި އެކަލާނގެ فَضْلُ ވަންތަވެރިކަމުން އެމީހުންނަށް އެއަށްވުރެވެސް އިތުރުކޮށްދެއްވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ އަދި އަޅުތަކުންގެ صَالِحُ عَمَلُ ތަކަށް ގިނަގިނައިން ޝުކުރުވެރިވެ ވޮޑިގަންނަވާ ކަލާނގެއެވެ. 31. (31) (އޭ رَسُولُ الله އެވެ!) މިކީރިތި قُرْآن ގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް މިބާވާތްލައްވަނީ ހަމަ حَقُّ އެވެ. އެފޮތުގެ ކުރީބާވާތްލެއްވި ފޮތްތަކާއި އެފޮތާއި مُوَافِقُ ވާނެއެވެ. އެއްގޮތްވާނެއެވެ. ހަމަކަށަވަރުން الله تَعَالَى އީއެކަލާނގެ އަޅުތަކުންގެ އެންމެހައި خَبَرُ ތައް ދެނެވޮޑިގެންވާ އަދި އަޅުތަކުންނާއިމެދު ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ. 32. (32) ދެން ތިމަންރަސްކަލާނގެ މިކީރިތި قُرْآن ވާރުތަކޮށްދިނީ ތިމަން ރަސްކަލާނގެ އަޅުތަކުން ކުރެ ތިމަންރަސްކަލާނގެإِخْتِيَارُ ކުރައްވައި މާތްކުރެއްވި އަޅުންނަށެވެ. ފަހެ އެމީހުންގެ ތެރޭގައި ތިމާގެ އަމިއްލަ ނަފުސަށް އަނިޔާވެރިވާމީހުންވެއެވެ. (އެއީ تَوْحِيْدُ ގެ އަހުލުވެރިންކުރެ ބޮޑުފާފައިގެ އަހުލުވެރިންކަމުގައި ވިއެވެ.) އަދި އެމީހުންގެތެރޭގައި مُقْتَصِدُ ންވެއެވެ. (އެބަހީ فَرْضُ ތައް އަދާކޮށް އަދި ބޮޑުފާފަތަކުން ދުރުވެގެންވާ މީހުންނެވެ.) އަދި އެމީހުންގެތެރޭގައި ﷲ ގެ އިޒުނަފުޅަށް ހެޔޮކަންތަކުގައި އިސްވެގަތްމީހުންވެއެވެ. މިއުއްމަތުގެމީހުން މިތިންބަޔަށް ތިބޭނޭކަމުގައި ވެއެވެ. ނަމަވެސް މިކަމުގައި إِخْتِلآفُ ވެފައިވެއެވެ. ކޮންމެއަކަސް މިކަމަކީ ﷲ ގެ حَضْرَةُ ންވާބޮޑުفَضْلُ ވަންތަވެރިކަމެކެވެ. 33. (33) قَائِمُ ވެތިބޭ ސުވަރުގެތަކަށް އެބައިމީހުން ވައްދަވާނެއެވެ. އަދި އެތާގައި އެމީހުން ރަނާއި ރަންމުތުގެ އުޅައިތައް އަޅާނެއެވެ. ގަހަނާތައް އަޅާނެއެވެ. އަދިއެތާގައި އެމީހުންގެ ފޭރާމަކީ ފަށުވިފޭރާމެވެ. 34. (34) އަދި އެމީހުން ދަންނަވާނެއެވެ. އެންމެހައި حَمْدُ އާއި ثَنَاء އެއްހުރީ الله އަށެވެ. އެކަލާނގެއީ އަޅަމެނެގެ ކިބައިން އެންމެހައި ހިތާމައެއްގެންދަވައި ފިއްލެވި ކަލާނގެއެވެ. ހަމަކަށަވަރުން އަޅަމެންގެ رَبُّ އަކީ ގިނަގިނައިން ފާފަ ފުއްސަވާ އަދި އަޅުތަކުންގެ صَالِحُ عَمَلُ ތަކަށް ޝުކުރުވެރިވެ ވޮޑިގެންވާ ކަލާނގެ އެވެ. 35. (35) އެކަލާނގެއީ قَائِمُ ތިބޭ މިގޮވަތީގައި އަޅަމެން ޤާއިމު ކުރައްވައި ވަޒަންވެރި ކުރެއްވި ކަލާނގެއެވެ. އެއީ އެކަލާނގެ فَضْلُ ވަންތަވެރިކަމުންނާއި އޯގާވަންތަވެރި ކަމުންނެވެ. އަދި އެސުވަރުގޭގައި އަޅަމެންނަށް އެއްވެސް މަސައްކަތެއް އަދި ބުރަކަމެއްވިޔަސް އަދި ވަރުބަލިވެ ކަންނެތްވުމެއްވެސްނުވެއެވެ. 36. (36) އަދި ކާފަރުވީ މީސްތަކުން ދަންނައެވެ. އެމީހުންނަށް قيامة ދުވަހުން ހުރީ ހަމަ ނަރަކައިގެ އަލިފާނެވެ. عذاب އެވެ. އެމީހުންގެ މައްޗަށް މަރުވުމަށް ނިޔާ ނުވެވޭނެއެވެ. މަރުވާނީވެސް އެހެންނަމަތާއެވެ. އަދި އެމީހުންނަށް އެ ނަރަކައިގެ عذاب ލުއިވެސް ނުވެވޭނެއެވެ. (އަދި ކިޔެއްހެއްޔެވެ؟ އެމީހުން ނަރަކައިގެ ގަދަ عذاب ގައި މަރުވުމެއްނެތި ދެމިތިބޭހުއްޓެވެ. اللَّهُمَّ أَجِرْنَا مِنَ النَّارِ. آمين) އަދި ކާފަރުކަމުގައި ދެމިހުރެއްޖެ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ. 37. (37) އަދި އެމީހުން އެނަރަކައިގައި ތިބެގެން ސަލާމަތަށް އެދި ހަޅޭއްލަވާ ގޮވާނެއެވެ. އެމީހުން ދަންނަވާނެއެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން صالح عمل ކުރުމަށްޓަކައި - يعني ކުރިން ކުރިވިޔާ ނުދާ ނުބައި عمل ފިޔަވައި صالح عمل ކުރުމަށްޓަކައި އަޅަމެން މިތަނުން ނެރެދެއްވާށެވެ! (އޭގެ ޖަވާބުގައި ﷲ އަންގަވާނެއެވެ.) ذكر ކޮށް نصيحة ލިބިގަންނާނޭ މީހަކު ذكر ކޮށް نصيحة ލިބިގަތުމަށްޓަކައި ކަލޭމެންނަށް ފަހެ ތިމަން ރަސްކަލާނގެ عمر ނުދެއްވަން ހެއްޔެވެ؟ (އެބަހީ: އެހާ ވަރަށް عمر ދެއްވީމެވެ.) ފަހެ ކަލޭމެން މިއަދު ނަރަކައިގެ عذاب ގެ ރަހަ ލިބިގަންނާށެވެ. އަދި އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު މިއަދަކުނުވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir