Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

043Az-Zújruf 43:51 ونادى فرعون في قومه قال يا قوم اليس لي ملك مصر وهاذه الانهار تجري من تحتي افلا تبصرون ٥١

43:51
وَنَادَىٰ
فِرۡعَوۡنُ
فِي
قَوۡمِهِۦ
قَالَ
يَٰقَوۡمِ
أَلَيۡسَ
لِي
مُلۡكُ
مِصۡرَ
وَهَٰذِهِ
ٱلۡأَنۡهَٰرُ
تَجۡرِي
مِن
تَحۡتِيٓۚ
أَفَلَا
تُبۡصِرُونَ
٥١
(51) އަދި فرعون އޭނާގެ قوم ގައި ގޮވައިލިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. އަޅެފަހެ މި مصر ގެ ވެރިކަން އަހުރެންނަކަށް ނުވޭ ހެއްޔެވެ؟ މި ކޯރުތައް يعني نيل ކޯރާއި އެކޯރުން ކަފިވެގެން މި ދެމޭ ކޯރުތައް މި ދެމެނީ އަހުރެންގެ ދަށުންނެވެ. އަހުރެންގެ ބާރުގެ ދަށުންނެވެ. (ނުވަތަ އަހުރެންގެ ގަނޑުވަރުގެ ދަށުންނެވެ.) ތިޔަބައިމީހުންނަށް ފަހެ މިތަން ނުފެނޭ ހެއްޔެވެ؟
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Fir`awn's Address to His People and how Allah punished Him

Allah tells us how Fir`awn stubbornly persisted in his rebellion and disbelief. He assembled his people and addressed them in a vainglorious fashion, boasting of his dominion over Egypt.

أَلَيْسَ لِى مُلْكُ مِصْرَ وَهَـذِهِ الاٌّنْهَـرُ تَجْرِ

…

Fir`awn's Address to His People and how Allah punished Him

Allah tells us how Fir`awn stubbornly persisted in his rebellion and disbelief. He assembled

…
Más Tafsires

Leer en contexto

Capítulo 43, Página 493, Juz 25

46. (46) فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށް ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ކަމާއިގެން موسى عَلَيْه السَّلآم ފޮނުއްވީމެވެ. ފަހެ موسى عَلَيْه السَّلآم އެމީހުންގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ عالم ތަކުގެ ވެރި ربّ ގެ رسول އަކީމެވެ. • ދަންނައެވެ. موسى عَلَيْه السَّلآم އެމީހުންނަށް دين އަށް ގޮވައިލައްވައި، ﷲ އަށް އެކަނި އަޅުކަން ކުރުމަށާއި، އެކަލާނގެ ނޫން ފަރާތަކަށް އަޅުކަން ނުކުޅައުމަށާއި، بني إسرائيل ގެ މީހުން އެކަލޭގެފާނުގެ އަރިހުގައި ފޮނުވުމަށާއި، މި ކަންކަމަށް ގޮވައިލެއްވުމުން އެމީހުން އެކަލޭގެފާނުގެ އަރިހުން އެދުނީ އެކަލޭގެފާނުގެ رسول ކަން ތެދުކަމުގެ މައްޗަށް معجزة އާއި، دليل ގެނައުމަށެވެ. 47. (47) ފަހެ އެކަލޭގެފާނު ތިމަން ރަސްކަލާނގެ އާޔަތްތަކާއިގެން، (معجزة ތަކާއިގެން) އެމީހުންގެ ގާތަށް ވަޑައިގެންނެވި ހިނދުން، އެހިނދުން އެމީހުން ފެށީ އެއަށް މަލާމާތްކޮށް، ހޭށެވެ. 48. (48) އެއް معجزة އަކަށްފަހު އެއަށްވުރެ ބޮޑު އަނެއް معجزة އެއް މެނުވީ އެމީހުންނަށް ނުދެއްކެއެވެ. (އެބަހީ ކޮންމެ معجزة އެއް، ކުރީން ފެނުނު معجزة އަށްވުރެ ބޮޑުވެފައި އަސަރުގަދައެވެ. އެމީހުންނަށް ﷲ ފޮނުއްވި معجزة ތަކުގެ ތެރޭގައި طوفان އާއި، ގޮއްފުޅަނތްގާއި، އުކުނާއި، ބޮކާއި، އަދި ލެޔާއި، މިތަކެތި ވެއެވެ. މިއިން ކޮންމެ ކަމެއްވެސް ވީ އެމީހުންގެ މައްޗަށް ބޮޑު عذاب އަކަށެވެ.) ދެންފަހެ عذاب ދައްކަވައި ހެއްދެވީމެވެ. އެއީ ހެޔޮމަގަށް އެމީހުން رجوع ވޭތޯއެވެ. 49. (49) އަދި موسى عَلَيْه السَّلآم އަށް ދަންނަވައެވެ. އޭ علم ވެރިޔާއެވެ. (އެޒަމާނުގައި سحر ވެރީން ވަނީ علم ވެރީންނަށެވެ.) يعني އެމީހުންނަށް އޭގެ ތެރެއިން ކޮންމެވެސް މުސީބަތެއް ޖެހުނީމާވެސް އެމީހުން موسى عَلَيْه السَّلآم އަށް ދަންނަވައެވެ. ކަލޭގެފާނަށް ވާ عهد ގެ މަތީން އަޅަމެންނަށް ޓަކައި މިކަން ފިއްލަވައިދެއްވާތޯ ކަލޭގެފާނުންގެ ربّ އަށް دعاء ކޮށްދެއްވާބައްލަވާށެވެ. (އެ عهد އަކީ އެކަން ފިއްލަވައިފިއްޔާ އެމީހުން إيمان ވުމާއި، بني إسرائيل ން އެކަލޭގެފާނާއެކު ފޮނުއްވުމެވެ.) އަދި އެމީހުން ބުނެއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި ވާހުށީމެވެ. 50. (50) ދެންފަހެ އެމީހުންގެ ކިބައިން ތިމަން ރަސްކަލާނގެ އެ عذاب އެ އުނދަގޫ - ފިއްލަވައި كشف ކުރައްވައިފިއްޔާ ދެން އަދި އަލުންވެސް އެމީހުން އެމީހުންގެ عهد އުވައިލައެވެ. އީމާނެއް ނުވެއެވެ. 51. (51) އަދި فرعون އޭނާގެ قوم ގައި ގޮވައިލިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. އަޅެފަހެ މި مصر ގެ ވެރިކަން އަހުރެންނަކަށް ނުވޭ ހެއްޔެވެ؟ މި ކޯރުތައް يعني نيل ކޯރާއި އެކޯރުން ކަފިވެގެން މި ދެމޭ ކޯރުތައް މި ދެމެނީ އަހުރެންގެ ދަށުންނެވެ. އަހުރެންގެ ބާރުގެ ދަށުންނެވެ. (ނުވަތަ އަހުރެންގެ ގަނޑުވަރުގެ ދަށުންނެވެ.) ތިޔަބައިމީހުންނަށް ފަހެ މިތަން ނުފެނޭ ހެއްޔެވެ؟ 52. (52) މިހިރަ ނިކަމެތި، އަދި ވާހަކަދެއްކުމުގައި بيان ކޮށް ނުދެވޭ ދެރަ މީހާޔާއި، (موسى ގެފާނާއި) އަހުރެންނާ ދެމީހުންކުރެ ހެޔޮވެގެންވަނީ އޭނާ ހެއްޔެވެ؟ ނުވަތަ އަހުރެން ހެއްޔެވެ؟ 53. (53) އޭނާޔަކީ ބޮޑު، އަދި މޮޅު މީހެއް ނަމަ ރަނުގެ އުޅާތަކެއް އަޅާނޭ ނަމަވެސް ރަނގަޅު ނޫންހެއްޔެވެ؟ ނުވަތަ އޭނާއަކީ نبي ބޭކަލަކު ކަމުގައި ވާނަމަ އޭނާގެ نبي ކަން ތެދުކުރެއްވުމަށް ملائكة ބޭކަލަކު އޭނާޔާ އެކީ އަބަދުވެސް ހުންނެވިނަމައެވެ. ނުހުންނެވީ ކީއްވެގެން ހެއްޔެވެ؟ 54. (54) ފަހެ فرعون އޭނާގެ قوم ގެ މީހުންނަކީ ދެރަ، ނިކަމެތި ބަޔަކަށް ހަދާލައި، އެމީހުން މުޅީން ދަށްކޮށްލައިފިއެވެ. (އެއީ އޭނާގެ ވާހަކަޔާއި، ރޭވުމުންނެވެ.) ދެން އެމީހުން އޭނާޔަށް ކިޔަމަންތެރި ވެއްޖެއެވެ. ހަމަކަށަވަރުން އެމީހުން ވީ فاسق ބަޔަކު ކަމުގައެވެ. ﷲ ގެ ކިޔަމަނުން ނުކުމެގެންވާ ބަޔަކު ކަމުގައެވެ. 55. (55) ދެންފަހެ އެމީހުން ތިމަން ރަސްކަލާނގެއަށް ނުކިޔަމަންތެރިވެ، ބޮޑާވެ، ތިމަން ރަސްކަލާނގެ ކޯފާގެ ނަތީޖާއެއްގެ ގޮތުން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕެވީމެވެ. ދެން ތިމަން ރަސްކަލާނގެ އެމީހުން އެންމެން غرق ކުރެއްވީމެވެ. 56. (56) އަދި ތިމަން ރަސްކަލާނގެ އެމީހުން ލެއްވީ - އެބަހީ އެމީހުންގެ خبر ތަކާއި، واقعة ލެއްވީ - އެފަދަ ނުބައި عمل ކުރާ މީހުންނަށް ނަމޫނާއެއް ކަމަށެވެ. އަދި ފަހުން އަންނަ މީސްތަކުންނަށް ރަނގަޅު މިސާލެއް ކަމުގައެވެ. عبرة ތެރި ފިލާވަޅެއް ކަމުގައެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir