Log masuk
Log masuk
Log masuk
Pilih Bahasa
043

Az-Zukhruf 43:39 ولن ينفعكم اليوم اذ ظلمتم انكم في العذاب مشتركون ٣٩

43:39
وَلَن
يَنفَعَكُمُ
ٱلۡيَوۡمَ
إِذ
ظَّلَمۡتُمۡ
أَنَّكُمۡ
فِي
ٱلۡعَذَابِ
مُشۡتَرِكُونَ
٣٩
(39) (ﷲ އެމީހުންނަށް އަންގަވާނެއެވެ.) ދެމީހުން މިއަދު ކިތަންމެ ދުރެއް ވިޔަސް ކަލޭމެންނަކަށް އޭގެ ފައިދާއެއް މިއަދަކު ނެތެވެ. އެއީ ދުނިޔޭގައި ތިބެގެން ކަލޭމެން ވަނީ ކަލޭމެންގެ نفس ތަކަށް އަނިޔާވެރި ވެފައެވެ. ހަމަކަށަވަރުން، މިއަދު ކަލޭމެން ވާނީ عذاب ގައި ބައިވެރިވެ، މައްސުނި ވެފައެވެ.
Teruskan Membaca

Baca Tafsir

Ibn Kathir (Abridged)

The Shaytan is the Companion of the One Who turns away from Ar-Rahman

وَمَن يَعْشُ

(And whosoever Ya`shu (turns away blindly)) means, whoever willfully ignores and turns away

عَن ذِكْرِ الرَّحْمَـنِ

(from the remembrance of the Most Gracious,) Al-`Asha (the root of Ya`sh) refers to weakness of vision; w

…

The Shaytan is the Companion of the One Who turns away from Ar-Rahman

وَمَن يَعْشُ

(And whosoever Ya`shu (turns away blindly)) means, whoever willfully

…
Lebih Banyak Tafsir

Baca dalam Konteks

Bab 43, Halaman 492, Juz 25

36. (36) (ދުނިޔޭގައި އުޅޭއިރު) ﷲ އަށް ذكر ނުކޮށް ﷲ މަތިން غافل ވެ ހިތުގެ ލޯ އަނދިރިވެއްޖެ މީހާ ދަންނައެވެ. ތިމަން ރަސްކަލާނގެ އޭނާއަށް شيطان ންގެ ތެރެއިން އެކުވެރިއެއް ތައްޔާރުކޮށް، ފާކުރައްވާ ހުށީމެވެ. ދެން އެ شيطان ވާނީ އެ އިންސާނާގެ ކައިރިން ފިލައިގެން ނުގޮސް، އަބަދު އެކުއުޅޭ އެކުވެރިއަކަށެވެ. 37. (37) ދެން އެފަދަ شيطان ންތައް އެފަދަ އިންސާނުންނަށް ވަސްވާސްދީ، މަގުފުރައްދައި، ސީދާ حقّ މަގު منع ކޮށް ބަންދުކުރާނެއެވެ. އަދި އެ އިންސާނުން ހީކުރާނީ ހަމަކަށަވަރުން އެމީހުން އެވަނީ ތެދުމަގު ލިބިގެންވާ މީހުން ކަމުގައެވެ. 38. (38) ދެންފަހެ قيامة ދުވަހުން އެ ދެމީހުން (އެ شيطان އާ އާއި، އެ إنسان އާ) ދެމީހުން ތިމަން ރަސްކަލާނގެ حضرة އަށް އަތުވެއްޖެއްޔާއި، شيطان އާ އާ ދިމާއަށް އެ އިންސާނާ ބުނާނެއެވެ. ކަލެޔާއި، އަހުރެންނާ ދެމެދު مشرق އާއި، مغرب އާ ދެމެދުގެ ދުރުމިން ވާނޭ ނަމައެވެ. ކަލެއަކީ ނުބައިވެގެންވާ އެކުވެރިއެކެވެ. (شيطان އާ އީ އިންސާނާގެ އެންމެ ނުބައި އެކުވެރިޔާއެވެ.) 39. (39) (ﷲ އެމީހުންނަށް އަންގަވާނެއެވެ.) ދެމީހުން މިއަދު ކިތަންމެ ދުރެއް ވިޔަސް ކަލޭމެންނަކަށް އޭގެ ފައިދާއެއް މިއަދަކު ނެތެވެ. އެއީ ދުނިޔޭގައި ތިބެގެން ކަލޭމެން ވަނީ ކަލޭމެންގެ نفس ތަކަށް އަނިޔާވެރި ވެފައެވެ. ހަމަކަށަވަރުން، މިއަދު ކަލޭމެން ވާނީ عذاب ގައި ބައިވެރިވެ، މައްސުނި ވެފައެވެ. 40. (40) (އޭ رسول الله އެވެ!) ފަހެ ކަލޭގެފާނު، ބީރު މީހަކަށް ﷲ ގެ އިރާދަޔާ ނުލައި އިއްވައިދެއްވާފާނުތޯއެވެ؟ ނުވަތަ ލޯ އަނދިރި މީހަކަށް ވިޔަސް (އެކަލާނގެ އިރާދަފުޅާ ނުލައި) ކަލޭގެފާނު ތެދުމަގު ދައްކަވައިފާނުތޯއެވެ؟ އަދި ބަޔާންވެގެންވާ މަގުފުރެދުމެއްގައިވާ މީހާއަށް هداية ދައްކަވައިފާނުތޯއެވެ؟ (މިއިން އެއްވެސް ކަމެއް ﷲ ގެ އިރާދަފުޅާ ލައިގެން މެނުވީ ނުވާނެއެވެ. ކަލޭގެފާނަށް އޮތީ ހަމަ رسول ކަން އިއްވައިދެއްވުމެވެ.) 41. (41) ފަހެ ތިމަން ރަސްކަލަނގެ އެމީހުންގެ ތެރެއިން ކަލޭގެފާނު ނެރުއްވައި، ގެންނެވިޔަސް - އަދި ނުވަތަ ކެލޭގެފާނު މަރުގެންނެވި ނަމަވެސް - ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން ބަދަލުހިއްޕަވައި، އެމީހުން ހަލާކު ކުރައްވާ ހުށީމެވެ. 42. (42) ނުވަތަ އެމީހުންނަށް وعد ކުރެވުނު ކަންތައް، އެބަހީ: عذاب ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ދައްކަވާފައި ހުށީމެވެ. ނުވަތަ އެމީހުންގެ މައްޗަށް ކަލޭގެފާނަށް نصر ލިބި، އެމީހުންގެ މައްޗަށް ގަދަވެވަޑައިގަންނަވާ ތަންވެސް ދައްކަވާފައި ހުށީމެވެ. ހަމަކަށަވަރުން، އެކަމަށްވެސް ތިމަން ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ. 43. (43) ފަހެ ކަލޭގެފާނަށް އިއްވެވޭ وحي ގައި ވާ އެއްޗެއްގައި ހިފަހައްޓަވާށެވެ. އެއަށް عمل ފުޅު ކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނު ވަނީ ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ. 44. (44) އަދި ހަމަކަށަވަރުން، އެއީ، އެބަހީ އެ قرآن އަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قوم އަށް ވާ شرف އެކެވެ. އަދި ތިޔަބައިމީހުން އެ قرآن ގައި ވާގޮތަށް عمل ކުރީމުތޯ ނުވަތަ ނުކުރަމުތޯ، މި ކަންކަމާމެދު قيامة ދުވަހުން ތިޔަބައިމީހުންނާ ސުއާލު ކުރެވޭނެއެވެ. 45. (45) އަދި رحمٰن ވަންތަ ކަލާނގެ މެނުވީ އަޅުކަން ވެވޭނޭ إلٰه އަކު ތިމަން ރަސްކަލާނގެ ލެއްވީންތޯ ކަލޭގެފާނުންގެ ކުރީން، އިސްވެދިޔަ رسول ބޭކަލުން ކުރެންވެސް ނިކަން އައްސަވައިބައްލަވާށެވެ. ނުވަތަ أهل كتاب ންގެ مؤمن ން ކުރެން އައްސަވައިބައްލަވާށެވެ. ﷲ تعالى އެކަލާނގެ ފިޔަވައި އަޅުކަން ވެވޭނޭ އެހެން إلٰه އަކު އެކަލާނގެ ލެއްވިތޯ؟ މީގެ جواب އަކަށް ވާނީ އެއީ އެއްގޮތަކަށްވެސް إذن އޮތްކަމެއް ނޫނެވެ. މިއެވެ. މި ދެގޮތަށް މިއާޔަތުގެ މާނަ ލިޔެވިގެން ވެއެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

Nota dan Refleksi

Anda tidak mempunyai sebarang nota atau renungan tentang ayat ini.

Notes placeholders

Kekal Terhubung dengan Al-Quran ❤️

Peringatan ringkas yang bermakna untuk menetapkan semula, merenung dan kekal terhubung dengan al-Quran.

Baca, Dengar, Cari, dan Renungkan Al-Quran

Quran.com ialah platform dipercayai yang digunakan oleh berjuta-juta orang di seluruh dunia untuk membaca, mencari, mendengar dan merenung Al-Quran dalam pelbagai bahasa. Ia menyediakan terjemahan, tafsir, bacaan, terjemahan perkataan demi perkataan, dan alat untuk kajian yang lebih mendalam, menjadikan al-Quran boleh diakses oleh semua orang.

Sebagai Sadaqah Jariyah, Quran.com berdedikasi untuk membantu orang ramai berhubung secara mendalam dengan al-Quran. Disokong oleh Quran.Foundation , sebuah organisasi bukan untung 501(c)(3), Quran.com terus berkembang sebagai sumber percuma dan berharga untuk semua, Alhamdulillah.

Navigasi
Halaman Utama
Radio Al-Quran
Qari
Tentang Kami
Pemaju (Developers)
Kemas kini produk
Maklum balas
Bantuan
Derma
Projek Kami
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projek tanpa untung yang dimiliki, diurus atau ditaja oleh Quran.Foundation
Pautan yang di gemari
Doa-doa daripada Al-Quran
Ayat Al-Quran Hari Ini
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Peta lamanPrivasiTerma dan Syarat
© 2026 Quran.com. Hak cipta terpelihara
Sumbangan