(1) طور ފަރުބަދަ ގަންދެއްވައި ﷲ تعالى ހުވައި وحِي ކުރައްވައެވެ. (طور ފަރުބަދައަކީ سيناء އެވެ. ކިޔާ ތާނގައި އޮންނަ ފަރުބަދައެކެވެ. އެ ފަރުބަދަ مشهور ވެފައި ވަނީ موسى عليه السلام އެ ފަރުބަދަ މަތީގައި ނުވަތަ އެތާ ގާތުގައި ހުންނަވަނިކޮށް، ﷲ تعالى އެކަލޭގެފާނަށް وحِي ބާވާތްލެއްވުމުންނެވެ. އަދި އެ ފަރުބަދައަށް ﷲ تجلي ވެވޮޑިގަތުމުންނެވެ. والله أعلم.)
• ދަންނައެވެ. ﷲ އެދިވޮޑިގެންނެވި ކޮންމެ އެއްޗެއް ގަންދެއްވައި ހުވައިކުރެއްވުމީ، ﷲ تعالى ގެރަސްކަން ފުޅަށް جائز ކަމެކެވެ. އެކަމަކު އެކަލާނގެ مخلوق ންނަށް ﷲ ގަންދީ، ނުވަތަ އެކަލާނގެ إسم ފުޅެއް ނުވަތަ صفة އެއް ގަންދީނޫނީ ހުވައިކުރުން ހުއްދަވެގެން ނުވެއެވެ. جائز ވެގެން ނުވެއެވެ.