প্রবেশ কর
প্রবেশ কর
প্রবেশ কর
ভাষা নির্বাচন কর
052

At-Tur 52:44 وان يروا كسفا من السماء ساقطا يقولوا سحاب مركوم ٤٤

৫২:৪৪
وَاِنْ
یَّرَوْا
كِسْفًا
مِّنَ
السَّمَآءِ
سَاقِطًا
یَّقُوْلُوْا
سَحَابٌ
مَّرْكُوْمٌ
۟
(44) އަދި އުޑުން ތަންގަނޑެއް ވެއްޓުނަސް އެމީހުން ބުނާނީ އެއީ ބޯ ވިލާގަނޑެއް ކަމުގައެވެ. (އެބަހީ އެ ކާފަރުވީ މީސްތަކުންނަށް عذاب އެއްގެ ގޮތުން އުޑުން ތަންތަންގަނޑުގަނޑު ކުދިކުދިވެގެން ފައިބާތަން ފެނުނަސް، އެމީހުން ގައިމައްޗަށް އެޅިނުގަންނަންޏާ) އެމީހުން ބުނާނީ އެއީ މަތިމައްޗަށް އެޅި ފުނިޖެހިފައިވާ ވިލާގަނޑެއް ކަމުގައެވެ. އެއީ އާދައިގެ ކަމެއް ކަމަށެވެ.
আরও পড়ুন

তাফসীর পড়ুন

Tafsir Ahsanul Bayaan

তারা আকাশের কোন খন্ড ভেঙ্গে পড়তে দেখলে বলবে, এটা তো এক পুঞ্জীভূত মেঘ।[১]

[১] অর্থাৎ, তবুও তারা নিজেদের কুফরী ও শত্রুতা থেকে ফিরে আসবে না। বরং আরো ধৃষ্টতা প্রকাশ করে বলবে যে, এটা আযাব নয়, বরং পুঞ্জীভূত মেঘ উড়ে আসছে। যেমন কোন কোন সময় এ রকম হয়ে থাকে।

তারা আকাশের কোন খন্ড ভেঙ্গে পড়তে দেখলে বলবে, এটা তো এক পুঞ্জীভূত মেঘ।[১]

[১] অর্থাৎ, তবুও তারা নিজেদের কুফরী ও শত্রুতা থেকে ফিরে আসবে না। বরং আরো ধৃষ্ট

…
আরও তাফসির

প্রাসঙ্গিকভাবে পড়ুন

অধ্যায় ৫২, পৃষ্ঠা ৪৭৩, জুজ ২৭

29. (29) (އޭ رسول الله އެވެ.) ކަލޭގެފާނު މީސްތަކުންނަށް نصيحة ދެއްވާ وعظ ދެއްވާ ހައްދަވާށެވެ. މީސްތަކުންނަށް ﷲ ހަނދާންކޮށްދެއްވުން މަތީ قائم ވެ ހުންނަވާށެވެ. (ކަލޭގެފާނަށް ﷲ ދެއްވާފައިވާ ބޮޑު نعمة އެބަހީ نبي ކަމާއި، އަދި ބުއްދީގެ ބުރަކަމާއި، ވިސްނުމުގެ ތަނަވަސްކަމާއި، މި ކަންކަމަކީ އެއްގޮތަކަށްވެސް ކަލޭގެފާނަކީ ކަހީނަކު ކަމުގައި ނުވަތަ ދުނިޔޭން މޮޔަވެފައިވާ މީހަކު ކަމުގައި ވުމަށް އެކަށީގެންވާ ކަންކަމެއް ނޫނެވެ.) 30. (30) ނުވަތަ ކަލޭގެފާނަކީ شاعر އެކޭ، ޅެންވެރިޔެކޭ އެމީހުން ބުނަނީ ހެއްޔެވެ؟ يعني އެމީހުން އެ ބުނަނީ ކަލޭގެފާނަކީ ކަނޑައެޅިގެން ޅެންވެރިއެއްކަމަށެވެ. ވީމާ އެހެނިހެން ބޮޑެތި ޅެންވެރީންވެސް މަރުވެ ހަލާކުވެގެން ދިޔަ ގޮތަށް ޒަމާން އެނބުރެމުން ގޮސް ކަލޭގެފާނުވެސް ހަލާކުވެގެން ދިއުމަށް އެމީހުން إنتظار ކުރަނީއެވެ. 31. (31) (އޭ رسول الله އެވެ! އޭގެ ޖަވާބުގައި) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން إنتظار ކުރާށެވެ. އަހުރެންވެސް ކަލޭމެންނާއެކު إنتظار ކުރާ މީހުންގެ ތެރެއިން ވަމެވެ. 32. (32) ނުވަތަ އެމީހުންގެ ބުއްދިތައް (އެ ތާކުން-ތާކު ނުޖެހޭ ވާހަކަތައް ދެއްކުމަށް) އެމީހުންނަށް އަންގައި أمر ކުރަނީ ހެއްޔެވެ؟ އެހެން ވީއެއްވެސް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ދެކޮޅުވެރިކަމާއި، ނުކިޔަމަންތެރިކަމުގައި ހައްދު ފަހަނަޅާފައިވާ ބަޔަކީއެވެ. 33. (33) ނުވަތަ އެކަލޭގެފާނު އަމިއްލައަށް ދޮގު ވާހަކަތަކެއް އުފައްދައިގަނެގެން قرآن އޭ ކިޔައިގެން ބޮޑު ދޮގު ވާހަކައެއް ހެދީ ހެއްޔެވެ؟ މިހެންވެސް އެމީހުން ބުނީ ހެއްޔެވެ؟ އެއްގޮތަކަށްވެސް އެހެންނަކުން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުން إيمان ނުވަނީއެވެ. 34. (34) (ފަހެ ކަލޭމެން ތިޔަ ބުނަނީ ތެދެއް ކަމުގައި ވަންޏާ محمّد ގެފާނު ހެދި ގޮތަށް) ކަލޭމެން ނިކަން އެފަދަ ވާހަކައެއް އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. ކަލޭމެން ތިޔައީ ބަހުގެ ބޮޑެތި ماهر ން ވިއްޔާއެވެ. (ދެންފަހެ ކަލޭމެންނަށް އެފަދަ آية އެއް ނުވަތަ ސޫރަތެއްވެސް ނުހެދުނު ހިނދުން محمّد ގެފާނު އަމިއްލަފުޅަށް قرآن ހެއްދެވި ކަމަށް ތިޔަ ބުނަނީ ބުއްދީގެ ކޮން ދަލީލަކުން ބާވައެވެ؟ ތިޔައީ ބޭކާރު باطل ވާހަކައެކެވެ.) 35. (35) ނުވަތަ އެމީހުން ހެއްދެވިފައި ވަނީ ހެއްދެވި އެއްވެސް ފަރާތެއް خالق އެއް ނެތި ހަމަ އަމިއްލަޔަށް ހެއްޔެވެ؟ ނުވަތަ އެމީހުން އެއީ ތަކެތި ހައްދަވާ މީހުން ހެއްޔެވެ؟ ދުނިޔޭގައި މިވާހައި ތަކެތި ހައްދަވަނީ ހަމަ އެމީހުން ހެއްޔެވެ؟ 36. (36) ނުވަތަ އުޑުތަކާއި، ބިންތައް ހެއްދެވީ އެމީހުން ހެއްޔެވެ؟ އެހެން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ހަމަ يقين ނުކުރަނީއެވެ. އެބަހީ އުޑުތަކާއި، ބިން ހެއްދެވީ ﷲ ކަމުގައި އެމީހުން قبول ނުކުރަނީއެވެ. 37. (37) ނުވަތަ ކަލޭގެފާނުންގެ ربّ ގެ خزانة ތައް އެމީހުންގެ އަތުގައި ވަނީ ހެއްޔެވެ؟ (ވާރެޔާއި، ރިޒުގުގެ އެންމެހާ خزانة ތައް އެމީހުން އަތުގައި ވަނީ ހެއްޔެވެ؟ އަދި އެއިން އެމީހުން ބޭނުން މީހަކަށް، ބޭނުން ވަރަކަށް ދެވިދާނޭ ހެއްޔެވެ؟) ނުވަތަ އެމީހުން އެއީ އެމީހުން ބޭނުންހާ ގޮތަކަށް އުޅޭހާ ބާރުހުރި ވަރުގަދަ جبّار ބަޔަކީ ހެއްޔެވެ؟ އެމީހުންގެ މައްޗަށް ބާރު ހިންގޭނޭ އެކަކުވެސް ނެތީ ބާވައެވެ؟ އެއްގޮތަކަށްވެސް އެހެން ނޫނެވެ. 38. (38) ނުވަތަ އެމީހުން އުޑަށް އަރައިގެން ގޮސް އުޑުގެ خبر ތައް އެހުމަށް ޓަކައި އަރާނޭ ހަރުގަނޑެއް ނުވަތަ ސިޑިއެއް އެމީހުންނަށް ވަނީ ހެއްޔެވެ؟ (محمّد ގެފާނާ جدل ކޮށް، އިދިކޮޅު ހެދޭނީ އެހެންނަމަ ތާއެވެ؟) ދެންފަހެ (އުޑުން އަޑުއެހި ކަމަށް ވަންޏާ) އެ އަޑު އެހި ބަޔަކު އެމީހުން ދައްކާ ވާހަކައާއި، ކުރާ دعوى ތެދުކަމުގެ މައްޗަށް دليل ކުރާނޭ حُجّة އެއް ނިކަން ގެނަސްބަލާށެވެ. (އެމީހުން އެ خبر މިހާރު ގެންނާނީ ކޮންފަދައަކުން ހެއްޔެވެ؟ جنّ ންނާއި، ސައިތާނުންނަށް ވެސް މިހާރު ވަނީ އެކަން ބަންދު ވެފައެވެ. މި މީހުންނަށް އަދި އެރޭނީ ކޮންފަދައަކުން ހެއްޔެވެ؟) 39. (39) ނުވަތަ (އޭ މިތިބަ مشرك ންނޭވެ.) الله އަށް އަންހެން ދަރީން ނިސްބަތްކޮށްފައި، ކަލޭމެންނަށް ފިރިހެން ދަރީން ނިސްބަތް ކުރަނީ ހެއްޔެވެ؟ (ތިޔައީ ދެން جاهل ކަމުގެވެސް ކޮޅުނެތް ކޮޅެވެ. ކަލޭމެން ހިތްހަމަނުޖެހޭ އަންހެން ދަރީން الله އަށް ނިސްބަތް ކޮށްފައި، ކަލޭމެން ހިތްހަމަޖެހޭ ފިރިހެން ދަރީން ކަލޭމެންނަށް ތިޔަ ނިސްބަތް ކުރަނީ ކޮން عدل ވެރިކަމެއް ހެއްޔެވެ؟ ތިޔަ ހުރިހާ ކަމަކުން الله ހުސް طاهر ވެވޮޑިގެން ވެއެވެ.) 40. (40) ނުވަތަ (އޭ محمّد ގެފާނެވެ. ކަލޭގެފާނު رسول ކަން އެމީހުންނަށް އިއްވަވާ މަތީން) އެމީހުން އަތުން އުޖޫރައެއް ހިއްޕަވަނީ ތޯއެވެ؟ ޓެކްހެއް ނަންގަވަނީ ތޯއެވެ؟ އެމީހުން އުޖޫރަ ނުވަތަ ޓެކްސް ބަރުވެގެން، ބޮޑުވެގެން އޭގެ ސަބަބުން އެމީހުން ދަރަނިވެރިވީ ހެއްޔެވެ؟ (ކަލޭގެފާނަށް إيمان ނުވާނީ، ނުވަތަ ކެލޭގެފާނުންގެ رسول ކަން ނާހާނީވެސް އެހެންނަމަ ތާއެވެ.) މީގެ އެއްވެސް ކަމެއް ވީއެއް ނޫނެވެ. 41. (41) ނުވަތަ މީސްތަކުންނަށް އެމީހުން ލިޔެދީ بيان ކޮށްދިނުމަށް (لوح المحفوظ ގައިވާ) غيب ގެ علم އެމީހުންނަށް ވަނީ ހެއްޔެވެ؟ (محمّد ގެފާނާމެދު އެމީހުން ކިޔާނެހާ އެއްޗެއް ކިޔާނީ އެހެންނަމަ ތާއެވެ.) 42. (42) ނުވަތަ އެމީހުން محمّد ގެފާނާމެދު مكر އެއް ހަދައި ނުބައި ރޭވުމެއް ރާވާން އެދެނީ ހެއްޔެވެ؟ ފަހެ މަކަރު ހެދެވި، އަދި مكر ދަށުވެގެންވާނޭ ބަޔަކީ ހަމަ ކާފަރުންނެވެ. (އެގޮތްވެސް އެމީހުންނަށް ނޭނގެއެވެ.) 43. (43) ނުވަތަ އެމީހުން އަޅުކަން ކުރުމަށް الله ފިޔަވައި އެހެން އެއްވެސް إلٰه އެއް ވަނީ ހެއްޔެވެ؟ އެމީހުންނަށް ރިޒުގު ދެއްވާ ކާންދެއްވާ، ބޭނުންތައް ފުއްދަވާދެއްވުމަށް الله ފިޔަވައި އެހެން إلٰه އެއް އެމީހުންނަށް ވަނީ ހެއްޔެވެ؟ (ނުވެއެވެ. ނުވެސް ވާނެއެވެ.) އެމީހުން އެ شرك ކުރާ ކަންތަކުން الله ހުސް طاهر ވަންތަވެ ވޮޑިގެން ވެއެވެ. 44. (44) އަދި އުޑުން ތަންގަނޑެއް ވެއްޓުނަސް އެމީހުން ބުނާނީ އެއީ ބޯ ވިލާގަނޑެއް ކަމުގައެވެ. (އެބަހީ އެ ކާފަރުވީ މީސްތަކުންނަށް عذاب އެއްގެ ގޮތުން އުޑުން ތަންތަންގަނޑުގަނޑު ކުދިކުދިވެގެން ފައިބާތަން ފެނުނަސް، އެމީހުން ގައިމައްޗަށް އެޅިނުގަންނަންޏާ) އެމީހުން ބުނާނީ އެއީ މަތިމައްޗަށް އެޅި ފުނިޖެހިފައިވާ ވިލާގަނޑެއް ކަމުގައެވެ. އެއީ އާދައިގެ ކަމެއް ކަމަށެވެ. 45. (45) (އޭ މާތްވެގެންވާ رسول އާއެވެ!) އެމީހުންގެ ދުވަހާ ހަމައަށް ދާނދެން ކަލޭގެފާނުން އެމީހުން ދޫކޮށްލައްވާށެވެ. އެ ދުވަހަކީ އެ ދުވަހުން އެމީހުން މަރުވެ، ހަލާކުވެގެން ދާނޭ ދުވަހެވެ. (އެ ދުވަސްއެއީ بدر ހަނގުރާމަ ދުވަސް ކަމުގައި، ނުވަތަ قيامة ދުވަސް ކަމުގައި ބުނެވުނެވެ.) 46. (46) އަދި (رسول އާ އާ އިދިކޮޅަށް އެކަލޭގެފާނުންގެ ހަލާކުގައި) އެމީހުން ރޭވި އެއްވެސް ރޭވުމަކުން އެއްވެސް ކަމެއް އެމީހުންނަށް ފުއްދައި ނުދޭނެއެވެ. އަދި އެމީހުންނަކީ نصر ލިބޭނޭ ބަޔަކު ކަމުގައި ނުވެއެވެ. 47. (47) އަދި އަނިޔާވެރިވީ މީސްތަކުންނަށް އެ ނޫން عذاب އެއް ވެއެވެ. އެބަހީ قيامة ދުވަހުގެ عذاب ނުލައި، ދުނިޔޭގައިވެސް އެމީހުންނަށް عذاب އެއް ވެއެވެ. (އެއީ ބަދުރު ހަނގުރާމައިގައި މަރުވެގެން ދިއުމެވެ. ނުވަތަ ދުނިޔޭގެ އެކިއެކި مصيبة ތަކެވެ.) އެކަމަކު އޭގެ ގިނަ މީހުންނަކަށް އެކަންކަމެއް ނޭނގެއެވެ. 48. (48) (އޭ މާތްވެގެންވާ رسول އާއެވެ.) ކަލޭގެފާނުންގެ ربّ ގެ حكم ފުޅަށްކެތްތެރިވެވަޑައިގެން ހުންނަވާށެވެ. (އެއީ އެމީހުންނަށް وعد ވެގެންވާ ވަގުތު އަންނާނދެނެވެ.) ހަމަކަށަވަރުން ކަލޭގެފާނު ވަނީ ތިމަން ރަސްކަލާނގެ ބެއްލެވުމާއި، އަދި ތިމަން ރަސްކަލާނގެ حماية ގައެވެ. އަދި ކަލޭގެފާނު ތެދުވެވަޑައިގަންނަވާ ހިނދު (ކޮންމެ مجلس އެއްގައި އިންނަވާފައި ތެދުވެވަޑައިގަންނަވާ ހިނދު، ނުވަތަ ނަމާދަށް ތެދުވެވަޑައިގަންނަވާ ހިނދު) ކަލޭގެފާނުންގެ ربّ އަށް تسبيح ވިދާޅުވެ حمد ކުރައްވާށެވެ. 49. (49) އަދި ރޭގަނޑުގެ ވަގުތުގައިވެސް އެކަލާނގެއަށް تسبيح ވިދާޅުވާށެވެ. އަދި ތަރިތައް ފުރަގަސްދީފައި ދާވަގުތުގައިވެސް އެބަހީ ފަތިހުގައިވެސް އެކަލާނގެއަށް تسبيح ވިދާޅުވާށެވެ.

- Abu Bakr Ibrahim Ali (Bakurube)

নোট এবং প্রতিফলন

এই পদটি সম্পর্কে আপনার কোনো টীকা বা ভাবনা নেই।

Notes placeholders

কুরআনের সাথে সংযুক্ত থাকুন ❤️

নিজেকে নতুন করে শুরু করতে, আত্ম-বিশ্লেষণ করতে এবং কুরআনের সাথে সংযুক্ত থাকতে কিছু সংক্ষিপ্ত ও অর্থপূর্ণ অনুস্মারক।

কুরআন পড়ুন, শুনুন, অনুসন্ধান করুন এবং চিন্তা করুন

Quran.com হল একটি বিশ্বস্ত প্ল্যাটফর্ম যা বিশ্বব্যাপী লক্ষ লক্ষ মানুষ বিভিন্ন ভাষায় কুরআন পড়তে, অনুসন্ধান করতে, শুনতে এবং তার উপর চিন্তাভাবনা করার জন্য ব্যবহার করে। এটি অনুবাদ, তাফসির, তেলাওয়াত, শব্দে শব্দ অনুবাদ এবং গভীর অধ্যয়নের জন্য সরঞ্জাম সরবরাহ করে, যা সকলের কাছে কুরআনকে সহজলভ্য করে তোলে।

সাদাকাহ জারিয়াহ হিসেবে, Quran.com মানুষকে কুরআনের সাথে গভীরভাবে সংযুক্ত হতে সাহায্য করার জন্য নিবেদিতপ্রাণ। Quran.Foundation দ্বারা সমর্থিত, একটি 501(c)(3) অলাভজনক সংস্থা, Quran.com সকলের জন্য একটি বিনামূল্যের এবং মূল্যবান সম্পদ হিসেবে বেড়ে চলেছে, আলহামদুলিল্লাহ.

নেভিগেট করুন
বাড়ি
কোরআন রেডিও
আবৃত্তিকারী
আমাদের সম্পর্কে
বিকাশকারীরা
পণ্য আপডেট
প্রতিক্রিয়া
সাহায্য
দান করুন
আমাদের প্রকল্পগুলি
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation এর মালিকানাধীন, পরিচালিত, অথবা স্পন্সরকৃত অলাভজনক প্রকল্প।
জনপ্রিয় লিঙ্ক
কুরআন থেকে দোয়া
দিনের কুরআনের আয়াত
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
সাইটম্যাপগোপনীয়তাশর্তাবলী
© ২০২৬ Quran.com. সমস্ত অধিকার সংরক্ষিত
অবদান রাখুন