প্রবেশ কর
প্রবেশ কর
প্রবেশ কর
ভাষা নির্বাচন কর
052

At-Tur 52:22 وامددناهم بفاكهة ولحم مما يشتهون ٢٢

৫২:২২
وَاَمْدَدْنٰهُمْ
بِفَاكِهَةٍ
وَّلَحْمٍ
مِّمَّا
یَشْتَهُوْنَ
۟
(22) އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ސުވަރުގޭގައި މޭވާގެ ބާވަތްތައް ދެއްވާހުށީމެވެ. އަދި އެމީހުން ކާހިތްވާ އަދި އެދޭ ޒާތުގެ މަސްވެސް އެތާނގައި އެމީހުންނަށް ދެއްވާހުށީމެވެ.
আরও পড়ুন

তাফসীর পড়ুন

Tafsir Ahsanul Bayaan

আমি তাদেরকে ঢের দেব ফল-মূল এবং গোশত, যা তারা পছন্দ করে। [১]

[১] أَمْدَدْنَاهُم এর অর্থ زِدْنَاهُمْ অর্থাৎ, আমি তাদেরকে প্রচুর দেব।

আরও তাফসির

প্রাসঙ্গিকভাবে পড়ুন

অধ্যায় ৫২, পৃষ্ঠা ৪৭২, জুজ ২৭

17. (17) ހަމަކަށަވަރުން تقوى ވެރީން قيامة ދުވަހުން ވާނީ ބަގީޗާތަކާއި، އެބަހީ ސުވަރުގެތަކާއި، نعمة ތަކުގައެވެ. (މާތްވެގެންވާ ސުވަރުގޭގެ ކޮޓަރި ކޮޅުތަކުގައި ﷲ އެބައިމީހުންނަށް ދެއްވާ ދަރުމަކުރެއްވި عدد ނުވެވޭހައި ގިނަގުނަ نعمة ގައެވެ.) 18. (18) އަދި އެބައިމީހުންގެ ربّ އެބައިމީހުންނަށް ދެއްވި މާތްވެގެންވާ ބުއިންތަކާއި، ކެއުންތަކުން لذّة حاصل ކޮށްކޮށެވެ. އަދި ނަރަކައިގެ އެކި ވަންނިވަންނީގެ عذاب ން އެމީހުންގެ ربّއެމީހުން ސަލާމަތްކުރެއްވިއެވެ. 19. (19) (އަދި އެދުވަހުން އެމީހުންނަށް ނިދާ އިއްވޭނެއެވެ.) ކަލޭމެން ތަނަވަސްކަމާއި، ހިތްފަސޭހަކަމާއެކު ކައިބޮއި ހަދަމުން ގެންދާށެވެ. އެއީ ކަލޭމެން (ދުނިޔޭގައި ތިބެގެން) ކުރަމުން ގެންދިޔަ ހެޔޮ عمل ތަކުގެ ސަބަބުންނެވެ. 20. (20) އެމީހުން އެ ސުވަރުގޭގައި ތިބޭއިރު ތިބޭނީ ސަފުސަފަށް އެތުރިފައި ހުންނަ ރީތި ސޯފާ އެނދުތަކުގައި ލެނގިލައިގެން عزّة ތެރިކަމާއި އުފާވެރިކަމާ އެކުގައެވެ. އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ރިވެތިވެގެންވާ، މާތްވެގެންވާ حورالعين ން (ކާވެނިކޮށްދެއްވާ) ގުޅައިދެއްވާހުށީމެވެ. 21. (21) އަދި إيمان ވެގެން ތިބި مؤمن ންނާ، އެބައިމީހުންގެ إيمان ވި ދަރިފަސްކޮޅު ތަބާވާ ހުއްޓެވެ. (އެބަހީ ދަރިފަސްކޮޅުގެ إيمان ކަން ދެރަވެފާ ضعيف ނަމަވެސް އެމީހުންގެ ސުވެރުގޭގައި ތިބި މައިންބަފައިންނާ ބައްދަލުވާ ހުއްޓެވެ. އެއީ އެމީހުންނަށް ދެއްވާ މާތްކަމެކެވެ. އުފާވެރިކަން ފުރިހަމަވުމަށް ޓަކައެވެ. އެހެންވެ ﷲ تعالى وحِي ކުރައްވައެވެ.) އެމީހުންނާއި، يعني ސުވަރުގޭގައި ތިބި مؤمن ންނާއި، އެމީހުންގެ ދަރިފަސްކޮޅު ތިމަން ރަސްކަލާނގެ ގުޅުވައިދެއްވައި، ބައްދަލުކޮށްދެއްވާ ހުށީމެވެ. އަދި އޭގެ ސަބަބުން އެ مؤمن މައިންބަފައިންގެ ثواب އާއި، ދަރުމައިގެ ތެރެއިން އެއްވެސް އެއްޗެއް މަދުނުވާ ހުއްޓެވެ. ކޮންމެ މީހަކުވެސް އެމީހަކު ކުރި عمل އަކާއެކު مسئول ވެގެން ވެއެވެ. ބަނދެވިގެން ވެއެވެ. 22. (22) އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ސުވަރުގޭގައި މޭވާގެ ބާވަތްތައް ދެއްވާހުށީމެވެ. އަދި އެމީހުން ކާހިތްވާ އަދި އެދޭ ޒާތުގެ މަސްވެސް އެތާނގައި އެމީހުންނަށް ދެއްވާހުށީމެވެ. 23. (23) އެމީހުން އެތާ ރަލުގެ ތަށިތަށި ލިބިގަންނާނެއެވެ. ރާތަށި ބޯނެއެވެ. (އެކަމަކު އެ ރަލުގައި) އެއްވެސް ބާވަތެއްގެ މަސްތެއްވެ، އޭގެ ސަބަބުން ބޭކާރު ވާހަކަތަކާއި، ވިޔާނުދާ ބާވަތުގެ އެއްޗެތި ކިޔާ ނަހަދާނެއެވެ. އަދި އެ ރާ ބުޔަސް ފާފަވެރިއެއް ނުވާނެއެވެ. (އެއީ ސުވަރުގޭގެ އަހުލުވެރީންނަށް ﷲ تعالى خاصّ ކުރައްވާފައިވާ ރަލެކެވެ.) 24. (24) އަދި އެމީހުން ސުވަރުގޭގައި މަޖާކޮށް ތިބޭއިރު އެމީހުންގެ خدمة ގައި އެމީހުންނަށް خاصّ ކުރައްވާފައިވާ خادم ން އަބަދާ އަބަދު ހިނގަހިނގާ ތިބޭނެއެވެ. އެ خادم ންގެ ރީތިކަން ކޮންފަދަ ހެއްޔެވެ؟ ރީތިކޮށް ފޮރުވައި ރައްކާކުރެވިފައިވާ ރަން މުތްތަކެއްފަދަ ވާނެއެވެ. 25. (25) އަދި ސުވަރުގޭގައި ތިބޭއިރު އެއްބަޔަކު އަނެއް ބަޔަކަށް ކުރިމަތިލައި، ސުއާލުކޮށް، މަޖާނަގާ ހަދާނެއެވެ. 26. (26) އެމީހުން (އެއްބަޔަކު އަނެއް ބަޔަކަށް ބުނާނެއެވެ.) "އަހުރެމެންގެ أهل ވެރީންނާއެކު ދުނިޔޭގައި އުޅުނުއިރު އަހުރެމެން ވީ ﷲ ގެ عذاب އަށް ބިރުވެތިވެގެންވާ حال ގައެވެ." 27. (27) ފަހެ ﷲ تعالى އަހުރެމެންގެ ފާފަ ފުއްސަވާ رحمة ލައްވައި، އެކަލާނގެއަށް ކިޔަމަންވުމުގެ ހެޔޮ توفيق ދެއްވައި ދަރުމަކުރެއްވީއެވެ. އަދި ނަރަކައިގެ އެކި ބާވަތުގެ عذاب ން އެކަލާނގެ އަހުރެމެން ސަލާމަތް ކުރައްވައި، ދަރުމަކުރެއްވީއެވެ. (އެއީ ކިހާބޮޑު نعمة އެއް ހެއްޔެވެ؟) 28. (28) "ހަމަކަށަވަރުން މީގެ ކުރީން އަހުރެމެން ދުނިޔޭގައި ތިބިއިރު އަހުރެމެން އެކަލާނގެއަށް دعاء ކޮށް ހެދީމެވެ. (އެއީ ނަރަކައިން ސަލާމަތްކުރައްވައި، ސުވަރުގެ ވައްދަވާތޯއެވެ. އެކަލާނގެ އެކަން އަހުރެމެންނަށް ހިންމަވާދެއްވީއެވެ.) ހަމަކަށަވަރުން އެކަލާނގެއީ إحسان ވަންތަކަން ނުހަނު ބޮޑުވެގެންވާ رحمة ލެއްވުން ބޮޑުވެގެންވާ އޯގާވަންތަ ކަލާނގެއެވެ."

- Abu Bakr Ibrahim Ali (Bakurube)

নোট এবং প্রতিফলন

এই পদটি সম্পর্কে আপনার কোনো টীকা বা ভাবনা নেই।

Notes placeholders

কুরআনের সাথে সংযুক্ত থাকুন ❤️

নিজেকে নতুন করে শুরু করতে, আত্ম-বিশ্লেষণ করতে এবং কুরআনের সাথে সংযুক্ত থাকতে কিছু সংক্ষিপ্ত ও অর্থপূর্ণ অনুস্মারক।

কুরআন পড়ুন, শুনুন, অনুসন্ধান করুন এবং চিন্তা করুন

Quran.com হল একটি বিশ্বস্ত প্ল্যাটফর্ম যা বিশ্বব্যাপী লক্ষ লক্ষ মানুষ বিভিন্ন ভাষায় কুরআন পড়তে, অনুসন্ধান করতে, শুনতে এবং তার উপর চিন্তাভাবনা করার জন্য ব্যবহার করে। এটি অনুবাদ, তাফসির, তেলাওয়াত, শব্দে শব্দ অনুবাদ এবং গভীর অধ্যয়নের জন্য সরঞ্জাম সরবরাহ করে, যা সকলের কাছে কুরআনকে সহজলভ্য করে তোলে।

সাদাকাহ জারিয়াহ হিসেবে, Quran.com মানুষকে কুরআনের সাথে গভীরভাবে সংযুক্ত হতে সাহায্য করার জন্য নিবেদিতপ্রাণ। Quran.Foundation দ্বারা সমর্থিত, একটি 501(c)(3) অলাভজনক সংস্থা, Quran.com সকলের জন্য একটি বিনামূল্যের এবং মূল্যবান সম্পদ হিসেবে বেড়ে চলেছে, আলহামদুলিল্লাহ.

নেভিগেট করুন
বাড়ি
কোরআন রেডিও
আবৃত্তিকারী
আমাদের সম্পর্কে
বিকাশকারীরা
পণ্য আপডেট
প্রতিক্রিয়া
সাহায্য
দান করুন
আমাদের প্রকল্পগুলি
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation এর মালিকানাধীন, পরিচালিত, অথবা স্পন্সরকৃত অলাভজনক প্রকল্প।
জনপ্রিয় লিঙ্ক
কুরআন থেকে দোয়া
দিনের কুরআনের আয়াত
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
সাইটম্যাপগোপনীয়তাশর্তাবলী
© ২০২৬ Quran.com. সমস্ত অধিকার সংরক্ষিত
অবদান রাখুন