登入
登入
登入
选择语言
052

At-Tur 52:1 والطور ١

52:1
وَٱلطُّورِ
١
(1) طور ފަރުބަދަ ގަންދެއްވައި ﷲ تعالى ހުވައި وحِي ކުރައްވައެވެ. (طور ފަރުބަދައަކީ سيناء އެވެ. ކިޔާ ތާނގައި އޮންނަ ފަރުބަދައެކެވެ. އެ ފަރުބަދަ مشهور ވެފައި ވަނީ موسى عليه السلام އެ ފަރުބަދަ މަތީގައި ނުވަތަ އެތާ ގާތުގައި ހުންނަވަނިކޮށް، ﷲ تعالى އެކަލޭގެފާނަށް وحِي ބާވާތްލެއްވުމުންނެވެ. އަދި އެ ފަރުބަދައަށް ﷲ تجلي ވެވޮޑިގަތުމުންނެވެ. والله أعلم.) • ދަންނައެވެ. ﷲ އެދިވޮޑިގެންނެވި ކޮންމެ އެއްޗެއް ގަންދެއްވައި ހުވައިކުރެއްވުމީ، ﷲ تعالى ގެރަސްކަން ފުޅަށް جائز ކަމެކެވެ. އެކަމަކު އެކަލާނގެ مخلوق ންނަށް ﷲ ގަންދީ، ނުވަތަ އެކަލާނގެ إسم ފުޅެއް ނުވަތަ صفة އެއް ގަންދީނޫނީ ހުވައިކުރުން ހުއްދަވެގެން ނުވެއެވެ. جائز ވެގެން ނުވެއެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

Which was revealed in Makkah

The Virtues of Surat At-Tur

Malik narrated that Jubayr bin Mut`im said, "I heard the Prophet reciting Surat At-Tur while praying Maghrib. Surely, I have never heard a more beautiful voice or recitation than his recitation." This Hadith is recorded in the Two Sahihs using a

…

Which was revealed in Makkah

The Virtues of Surat At-Tur

Malik narrated that Jubayr bin Mut`im said, "I heard the Prophet reciting Surat At-Tur while pr

…
更多经注

结合上下文阅读

章 52, 页 523, Juz 27

1. (1) طور ފަރުބަދަ ގަންދެއްވައި ﷲ تعالى ހުވައި وحِي ކުރައްވައެވެ. (طور ފަރުބަދައަކީ سيناء އެވެ. ކިޔާ ތާނގައި އޮންނަ ފަރުބަދައެކެވެ. އެ ފަރުބަދަ مشهور ވެފައި ވަނީ موسى عليه السلام އެ ފަރުބަދަ މަތީގައި ނުވަތަ އެތާ ގާތުގައި ހުންނަވަނިކޮށް، ﷲ تعالى އެކަލޭގެފާނަށް وحِي ބާވާތްލެއްވުމުންނެވެ. އަދި އެ ފަރުބަދައަށް ﷲ تجلي ވެވޮޑިގަތުމުންނެވެ. والله أعلم.) • ދަންނައެވެ. ﷲ އެދިވޮޑިގެންނެވި ކޮންމެ އެއްޗެއް ގަންދެއްވައި ހުވައިކުރެއްވުމީ، ﷲ تعالى ގެރަސްކަން ފުޅަށް جائز ކަމެކެވެ. އެކަމަކު އެކަލާނގެ مخلوق ންނަށް ﷲ ގަންދީ، ނުވަތަ އެކަލާނގެ إسم ފުޅެއް ނުވަތަ صفة އެއް ގަންދީނޫނީ ހުވައިކުރުން ހުއްދަވެގެން ނުވެއެވެ. جائز ވެގެން ނުވެއެވެ. 2. (2) އަދި ލިޔެވިގެންވާ ފޮތް ގަންދެއްވައި ﷲ تعالى ހުވައި وحِي ކުރައްވައެވެ. 3. (3) އެފޮތަކީ ތުނި، ރީތި ހަމުގައި ލިޔެވިފައިވާ ފޮތެކެވެ. • ދަންނައެވެ. މި ދެއާޔަތުގައި ސިފަކުރައްވާފައިވާ ފޮތަކާމެދު تفسير علم ވެރީންގެ ބަސް ތަފާތުވެގެން ވެއެވެ. އެއީ لوح المحفوظ ކަމުގައި - قرآن ކަމުގައި - ނުވަތަ ﷲ ބާވައިލެއްވި ހުރިހާ ފޮތެއް ކަމުގައި - ނުވަތަ موسى عَليه السلام އަށް ބާވައިލެއްވި لوح ތައް ކަމުގައި - ނުވަތަ ދެ މަލާއިކަތް ބޭކަލުން ލިޔުއްވާ ދެ ފަތް ކަމުގައި - ނުވަތަ ކަމުގައި ބުނެވެއެވެ. މި ހުރިހާ ގޮތްގޮތަށް ބުނެވިފައި އެބަ ހުއްޓެވެ. ގިނަ ބޭކަލުން ބުރަވެލައްވަނީ ކީރިތި قرآن ކަމަށެވެ. والله أعلم. 4. (4) بيت المعمور ގަންދެއްވައި ﷲ تعالى ހުވައި وحِي ކުރައްވައެވެ. (بيت المعمور އަކީ: ހަތްވަނައުޑުގައިވާ ގެފުޅެވެ. އެއީ ملائكة ބޭކަލުންގެ ގެފުޅެވެ. އެތަނަށް ކޮންމެ ދުވަހަކު ހަތްދިހަހާސް މަލާއިކަތް ބޭކަލުން ވެދެވަޑައިގަންނަވާ ކަމުގައި ވެއެވެ. އަދި އެއްދުވަހު ވެދެވަޑައިގަތް ބޭކަލަކު ދެން ވެދެވަޑައި ނުގަންނަވާ ކަމުގައި ވެއެވެ. އެތަން ހުންނަނީ ބިމުގައި ހުންނަ كعبة الله އާހަމަ ދިމާގައި ކަމުގައި ވެއެވެ. މި خبر ތައް صحّ މަގުން حديث ގައި ވާރިދުވެގެން އައިސްފައި ވެއެވެ.) والله أعلم. 5. (5) އަދި އުފުލިގެންވާ ފުރާޅު يعني އުޑު ގަންދެއްވައި ﷲ تعالى ހުވައި وحِي ކުރައްވައެވެ. 6. (6) އަދި އަލިފާން ރޯވާ ކަނޑު ނުވަތަ ފުރިފައިވާ ކަނޑު ގަންދެއްވައި ﷲ ހުވައި وحِي ކުރައްވައެވެ. • ދަންނައެވެ. قيامة ދުވަހުން ކަނޑުގައި އަލިފާން ރޯވެ އަނދާނޭ ކަމުގައި قرآن ގެ އެހެން آية އަކުންވެސް دليل ކުރެއެވެ. އެއީ (وَإذَا الْبِحارُ سُجِّرَتْ) މިއެވެ. 7. (7) (އިސްވެދިޔަ ހުރިހާ ހުވައިގެ ޖަވާބަކީ ނުވަތަ އެ ހުވައިން މުރާދުކުރެވެނީ) ހަމަކަށަވަރުން (އޭ رسول الله އެވެ.) ކަލޭގެފާނުންގެ رب ގެ عذاب އަކީ ކަނޑައެޅިގެން ހަމަ يقين ންވެސް އޮންނާނޭ އެއްޗެކެވެ. (قيامة ދުވަހުން އެ عذاب حق ވެއްޖެ ބަޔަކަށް އެ عذاب ނުޖެހި ނުދާނޭ ކަމީ ކަށަވަރު ކަމެކެވެ. އެ ހުރިހާ އެއްޗެއް ގަންދެއްވައި ﷲ تعالى އެ ހުވައި وحي ކުރައްވާ ކަމަކީ يقين ކަމެކެވެ. އެންމެހާ އަޅުތަކުން އެކަމަށް ބިރުވެތިވެ އެ عذاب ން ސަލާމަތް ވޭތޯ މަސައްކަތްކުރުން ކޮންމެހެން وَاجِبُ ވެގެން ވެއެވެ. އެ عذاب دفاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ.) 8. (8) އެ عذاب دفاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ. (އެ عذاب އަކީ ﷲ ގެ حضرة ން އަންނަ عذاب އެއް ކަމުގައި ވީ ހިނދުން އެކަލާނގެ މެނުވީ އެ عذاب دفاع ކޮށްލެވޭނޭ ހަމަ އެކަކުވެސް ނުވެއެވެ.) 9. (9) އެދުވަހަކީ يعني އެ عذاب އަންނަ ދުވަހަކީ އުޑު ތެޅިގަނެ حركاة ކޮށް ކުދިކުދިވާ ދުވަހެވެ. އަދި އޭގެ މަގާމުން ނެއްޓިގެންދާ ދުވަހެވެ. 10. (10) އަދި ފަރުބަދަތައް ހުރި ތަންތަނުން ވަކިވެ ވަޔަށް ބުރައިގެންދާނޭ ދުވަހެވެ. އެއީ قيامة ދުވަހެވެ. 11. (11) ދޮގުވެރީންނަށް އެދުވަހުން ويل ހުއްޓެވެ. ނަރަކައިގެ ގަދަ عذاب ހުއްޓެވެ. 12. (12) އެ ދޮގުވެރީންނަކީ ކަނޑައެޅިގެން باطل ގެ ތެރޭގައި ދެފުށުއެޅިއެޅި ތިބޭ މީހުންނެވެ. (محمّد ގެފާނާމެދު ދޮގުހަދާ، މަލާމާތްކޮށް، ءاخرة ހަނދާން ނައްތާލާ، ދުނިޔޭގެ މަޖަލުގެ ތެރެއަށް ފީނައިގަނެގެން ތިބި މީހުންނެވެ.) 13. (13) އެދުވަހުން (އެ ދޮގުވެރީން) އެމީހުން ނަރަކައިގެ އަލިފާނުގެ ތެރެއަށް ކޮއްޕަމުން، ގަޅުވަމުން ގަދަފަދަކަމާއެކު ގެންދެވޭނެއެވެ. 14. (14) (އަދި އެދުވަހުން އެމީހުންނަށް ގޮވޭނެއެވެ.) މި އަލިފާނަކީ، (ކަލޭމެން ވަދެ ތިޔަ ތިބި އަލިފާނަކީ، ދުނިޔޭގައި ކަލޭމެން އުޅުނުއިރު) އެ އަލިފާން ދޮގުކުރި ކަމުގައިވީ އަލިފާނެވެ. 15. (15) އަޅެ ފަހެ ތިޔައީ سحر އެއް ހެއްޔެވެ؟ (رسول ބޭކަލުންނާއި، އެބޭކަލުންގެ ފޮތްތަކާމެދު ކަލޭމެން ބުނެއުޅުނީ سحر ކަމަށެވެ.) ނުވަތަ ކަލޭމެންނަށް ނުފެންނަނީ ހެއްޔެވެ؟ (ދުނިޔޭގައި ކަލޭމެން حقّ ން އަނދިރިވެގެންވީ ފަދައިން މިއަދުވެސް ވަނީ އަނދިރިވެގެން ހެއްޔެވެ؟ މިފާޑުގެ ހުރިހާ ބަސްތަކެއް އެމީހުންނަށް މަލާމާތުގެ ގޮތުންނާއި، عذاب އިތުރު ކުރެއްވުމުގެ ގޮތުން އެމީހުންނަށް އިއްވޭނެއެވެ.) 16. (16) ކަލޭމެން އެ ނަރަކައަށް ވަންނާށެވެ. އަދި އެތާނގެ ހޫނުކަމާއި، ގަދަ عذاب ގެ ރަހަ ލިބިގަންނާށެވެ. ފަހެ ކަލޭމެން ކެތްކުރިޔަސް ނުވަތަނުކުރިޔަސް ކަލޭމެން އެ عذاب تحمّل ކުރާށެވެ. އެ ދެގޮތްވެސް ކަލޭމެންގެ މައްޗަށް ހަމަހަމަވެގެން ވެއެވެ. ހަމަ ކަށަވަރުން ކަލޭމެންނަށް عذاب ލިބެމުން ތިޔަ ދަނީ ކަލޭމެން ދުނިޔޭގައި ތިބެގެން ކުރަމުންދިޔަ ކަންތަކުގެ ސަބަބުންނެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献