Log masuk
Log masuk
Log masuk
Pilih Bahasa

009At-Taubah 9:38 يا ايها الذين امنوا ما لكم اذا قيل لكم انفروا في سبيل الله اثاقلتم الى الارض ارضيتم بالحياة الدنيا من الاخرة فما متاع الحياة الدنيا في الاخرة الا قليل ٣٨

9:38
يَٰٓأَيُّهَا
ٱلَّذِينَ
ءَامَنُواْ
مَا
لَكُمۡ
إِذَا
قِيلَ
لَكُمُ
ٱنفِرُواْ
فِي
سَبِيلِ
ٱللَّهِ
ٱثَّاقَلۡتُمۡ
إِلَى
ٱلۡأَرۡضِۚ
أَرَضِيتُم
بِٱلۡحَيَوٰةِ
ٱلدُّنۡيَا
مِنَ
ٱلۡأٓخِرَةِۚ
فَمَا
مَتَٰعُ
ٱلۡحَيَوٰةِ
ٱلدُّنۡيَا
فِي
ٱلۡأٓخِرَةِ
إِلَّا
قَلِيلٌ
٣٨
(38) އޭ إيمان ވެގެންވާ މީހުންނޭވެ. ﷲ ގެ މަގުގައި ހަނގުރާމަޔަށް ނުކުންނާށޭ ކަލޭމެނަށް ބުނެވިއްޖެއްޔާ ބިމަށް ބަރުހެލިވެފައި ނުނުކުންނަން ތިބެވެނީ ކަލޭމެނަށް ކީއްވެގެންހެއްޔެވެ؟ ކޮންސަބަބަކާ ހެދިހެއްޔެވެ؟ آخرة ގެ ރަނގަޅު ދިރިއުޅުމަށްވުރެ ދުނިޔޭގެ މިދިރިއުޅުމަށް ކަލޭމެން ރުހުނީހެއްޔެވެ؟ ފަހެ آخرة ގެ حياة ގެ نِسْبَةُ ގައި ދުނިޔޭގެ މި حياة އަކީ ދާދި ކުޑަކުޑަ އަރާމުކޮޅަކާ މަޖާކޮޅެއްކަމުގައި މެނުވީ ނުވެއެވެ.
Teruskan Membaca

Baca Tafsir

Ibn Kathir (Abridged)

Admonishing clinging to Life rather than rushing to perform Jihad

Allah admonishes those who lagged behind the Messenger of Allah ﷺ in the battle of Tabuk, at a time when fruits were ripe and shades tempting in the intense and terrible heat,

يَأَيُّهَا الَّذِينَ ءَامَنُواْ مَا لَكُمْ إِذَا قِيلَ لَكُم

…

Admonishing clinging to Life rather than rushing to perform Jihad

Allah admonishes those who lagged behind the Messenger of Allah ﷺ in the battle of Ta

…
Lebih Banyak Tafsir

Baca dalam Konteks

Bab 9, Halaman 193, Juz 10

38. (38) އޭ إيمان ވެގެންވާ މީހުންނޭވެ. ﷲ ގެ މަގުގައި ހަނގުރާމަޔަށް ނުކުންނާށޭ ކަލޭމެނަށް ބުނެވިއްޖެއްޔާ ބިމަށް ބަރުހެލިވެފައި ނުނުކުންނަން ތިބެވެނީ ކަލޭމެނަށް ކީއްވެގެންހެއްޔެވެ؟ ކޮންސަބަބަކާ ހެދިހެއްޔެވެ؟ آخرة ގެ ރަނގަޅު ދިރިއުޅުމަށްވުރެ ދުނިޔޭގެ މިދިރިއުޅުމަށް ކަލޭމެން ރުހުނީހެއްޔެވެ؟ ފަހެ آخرة ގެ حياة ގެ نِسْبَةُ ގައި ދުނިޔޭގެ މި حياة އަކީ ދާދި ކުޑަކުޑަ އަރާމުކޮޅަކާ މަޖާކޮޅެއްކަމުގައި މެނުވީ ނުވެއެވެ. 39. (39) ކަލޭމެން ހަނގުރާމަޔަށް ނުނުކުތީވިއްޔާ އެކަލާނގެ ކަލޭމެނަށް ވޭންދެނިވި عذاب އެއް ދެއްވައިފާނެއެވެ. އަދި ކަލޭމެން ނޫން އެހެން ބަޔެއް އެކަލާނގެ ގެންނަވައި އެކަލާނގެ ކަލޭމެން ބަދަލުކުރައްވައިފާނެއެވެ. އަދި އެކަމަކު އެކަލާނގެއަށް އެއްވެސް އުނދަގުލެއް ގެއްލުމެއް ކަލޭމެނަކަށް ނުދެވޭނެއެވެ. އަދި ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ. 40. (40) ކަލޭމެން އެކަލޭގެފާނަށް - އެބަހީ: رسول ﷲ ﷺ އަށް نصر ނުދިނަސް (ﷲ އެކަލޭގެފާނަށް نصر ދެއްވާހުއްޓެވެ.) ހަމަކަށަވަރުން ކާފަރުންގެ މީހުން އެކަލޭގެފާނު مكّة އިން ނެރެލެއްވިހިނދުވެސް ﷲ އެކަލޭގެފާނަށް نصر ދެއްވިއެވެ. އެއީ ދެމީހުންކުރެ ދެވަނަ މީހާކަމުގައި ނުވަތަ އެކަކު ކަމުގައި އެކަލޭގެފާނުންވީހިނދުގައެވެ. އަދި އެދެބޭކަލުން ހޮހޮޅުގައިވީހިނދު އެކަލޭގެފާނު އެކަލޭގެފާނުންގެ އެކުވެރިޔާ (أبوبكر الصّدّيق رضى ﷲ عنه) އަށް ވިދާޅުވިއެވެ. ކަލޭގެފާނުން ހިތާމަފުޅު ނުކުރައްވާށެވެ! ހަމަކަށަވަރުން ﷲ އަހުރެމެންނާއިއެކު ވޮޑިގެންވެއެވެ. ދެންފަހެ އެކަލޭގެފާނުންގެ މައްޗަށް ﷲ އެކަލާނގެ އަމާންކަމާއި نصر އަދި ހަމަޖެހުން ބާވައިލެއްވިއެވެ. އަދި ކަލޭމެންނަށް ނުފެންނަ لشكر އެއް ފޮނުއްވައިގެން އެކަލާނގެ އެކަލޭގެފާނަށް ގަދަކަންދެއްވިއެވެ. އަދި ކާފަރުންގެ كلمة - އެބަހީ: شرك ގެ كلمة ދަށް އެއްޗެއްކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި ﷲ ގެ كلمة ފުޅު - އެބަހީ: توحيد އާއި إسلام دين ގެ كلمة ފުޅު - އެއީ ކަނޑައެޅިގެން މަތީ كلمة ކަމުގައި އެކަލާނގެ ލެއްވިއެވެ. އަދި ﷲ އީ ގަދަފަދަވަންތަ حكمة ވަންތަ ކަލާނގެއެވެ. 41. (41) (އޭ مؤمن ންނޭވެ!) ލުއިކަމާއި އަދި ބުރަކަމާއިއެކު (އެބަހީ: ހީވާގިކަމާއި، ކަންނެތްކަމާއިއެކުވެސް، އަދި فقير ކަމާއި މުއްސަނދިކަމާއިއެކުވެސް، އަދި ޒުވާންކަމާއި މުސްކުޅިކަމާއިއެކުވެސް - ސަވާރުވެގެންނާއި އަދި ފައިމަގުގައިވެސް، - އަދި ކޮންމެ حال އެއްގައިވެސް) ކަލޭމެން ހަނގުރާމައަށް ދާށެވެ! އަދި ކަލޭމެންގެ މުދަލާއި ޖާނުން ﷲ ގެ މަގުގައި ކަލޭމެން جهاد ކުރާށެވެ! ހަނގުރާމަކުރާށެވެ! ކަލޭމެންނަށް (جهاد ގެ މާތްކަން) އެނގޭނަމަ ކަލޭމެނަށް ހެޔޮވެގެންވަނީ އެގޮތެވެ. 42. (42) ހަނގުރާމައަށް ދާންޖެހުނުތަން އެއީ ގާތްތަނެއްކަމުގައިވެފައި غنيمة މުދާ ގާތުން ލިބިފައި އަދި ދަތުރަކީ މެދުމިނުގެ ފަސޭހަ ދަތުރެއްކަމުގައި ވީނަމަ (ހަނގުރާމައަށް ނުގޮސް ތިބުމަށް ކަލޭގެފާނުންގެ ކިބައިން އިޒުނައެދި ނުގޮސް ތިބި މީހުންވެސް) ހަނގުރާމައަށް ދިޔައީހެވެ. އަދި އެހެނެއްކަމަކު އެމީހުންގެ މައްޗަށް އެދަތުރު ދިގުވެ އުނދަގޫކަމަކަށްވީއެވެ. (އެއީ تَبُوْكُ ހަނގުރާމައެވެ. ހޫނު މޫސުމެވެ. ދުރުހިސާބެކެވެ.) އަދި އެމީހުން ﷲ ގަންދީ ހުވައިކޮށްފައި ބުނާނެއެވެ. އަހުރެމެންނަށް ކުޅަދާނަވީނަމަ ހަމަކަށަވަރުން އަހުރެމެން ކަލޭމެނާއެކު ހަނގުރާމައަށް ނުކުތީމުހެވެ. (ފަހެ އެމީހުން ﷲ ގަންދީ ދޮގުހުވައިކުރުމުގެ ސަބަބުން) އެމީހުން އެމީހުންގެ نفس ތައް ހަލާކުކުރަނީއެވެ. ހަމަކަށަވަރުން އެމީހުން އެއީ ދޮގުވެރިންކަން ކަނޑައެޅިގެން ﷲ ދެނެވޮޑިގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Nota dan Refleksi

Anda tidak mempunyai sebarang nota atau renungan tentang ayat ini.

Notes placeholders

Kekal Terhubung dengan Al-Quran ❤️

Peringatan ringkas yang bermakna untuk menetapkan semula, merenung dan kekal terhubung dengan al-Quran.

Baca, Dengar, Cari, dan Renungkan Al-Quran

Quran.com ialah platform dipercayai yang digunakan oleh berjuta-juta orang di seluruh dunia untuk membaca, mencari, mendengar dan merenung Al-Quran dalam pelbagai bahasa. Ia menyediakan terjemahan, tafsir, bacaan, terjemahan perkataan demi perkataan, dan alat untuk kajian yang lebih mendalam, menjadikan al-Quran boleh diakses oleh semua orang.

Sebagai Sadaqah Jariyah, Quran.com berdedikasi untuk membantu orang ramai berhubung secara mendalam dengan al-Quran. Disokong oleh Quran.Foundation , sebuah organisasi bukan untung 501(c)(3), Quran.com terus berkembang sebagai sumber percuma dan berharga untuk semua, Alhamdulillah.

Navigasi
Halaman Utama
Radio Al-Quran
Qari
Tentang Kami
Pemaju (Developers)
Kemas kini produk
Maklum balas
Bantuan
Derma
Projek Kami
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projek tanpa untung yang dimiliki, diurus atau ditaja oleh Quran.Foundation
Pautan yang di gemari
Doa-doa daripada Al-Quran
Ayat Al-Quran Hari Ini
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Peta lamanPrivasiTerma dan Syarat
© 2026 Quran.com. Hak cipta terpelihara
Sumbangan