Entrar
Entrar
Entrar
Selecione o idioma
009

At-Tawbah 9:2 فسيحوا في الارض اربعة اشهر واعلموا انكم غير معجزي الله وان الله مخزي الكافرين ٢

9:2
فَسِيحُواْ
فِي
ٱلۡأَرۡضِ
أَرۡبَعَةَ
أَشۡهُرٖ
وَٱعۡلَمُوٓاْ
أَنَّكُمۡ
غَيۡرُ
مُعۡجِزِي
ٱللَّهِ
وَأَنَّ
ٱللَّهَ
مُخۡزِي
ٱلۡكَٰفِرِينَ
٢
(2) (އޭ مشرك ންނޭވެ!) ހަތަރުމަސްދުވަސްވާންދެން ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް އުޅޭށެވެ. (އޭގެފަހުގައި ދެން ހަނގުރާމައެވެ.) އަދި ކަލޭމެން ދަންނާށެވެ! ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ އީ ކާފަރުން ދެރަކޮށް ނިކަމެތިކުރައްވާނޭ ކަލާނގެއެވެ.
Continue lendo

Leia Tafsir

Ibn Kathir (Abridged)

Which was revealed in Makkah

Why there is no Basmalah in the Beginning of This Surah

This honorable Surah (chapter 9) was one of the last Surahs to be revealed to the Messenger of Allah ﷺ. Al-Bukhari recorded that Al-Bara' said, "The last Ayah to be revealed was,

يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُم

…

Which was revealed in Makkah

Why there is no Basmalah in the Beginning of This Surah

This honorable Surah (chapter 9) was one of the last Surahs to be r

…
Mais Tafsirs

Leia no contexto

Capítulo 9, Página 187, Juz 10

1. (1) މިއީ (ކަލޭމެން مؤمن ންނާއި) عهد ކުރި، (އެގްރީމެންޓްކުރި) مشرك ންގެ ކިބައިން ﷲ އާއި އެކަލާނގެ رسول އާގެ ފަރާތުން ވާ ބަރީއަވުމެކެވެ. ބަރީއަވާކަން އެންގުމެވެ. (އެއީ އެމީހުން رسول ﷲ ﷺ އާއި އެމީހުންނާ ދެމެދުވީ عهد އާއި އެގްރީމެންޓާއި އެމީހުން خلاف ވެގެންނެވެ. رسول ﷲ ﷺ އާއި ކުރާ عهد އަކީ މުޅި إسلامى أمّة އާ ކުރާ عهد އެވެ.) 2. (2) (އޭ مشرك ންނޭވެ!) ހަތަރުމަސްދުވަސްވާންދެން ކަލޭމެން ބިމުގައި ހިނގާބިނގާވެ ދަތުރުފަތުރުކޮށް އުޅޭށެވެ. (އޭގެފަހުގައި ދެން ހަނގުރާމައެވެ.) އަދި ކަލޭމެން ދަންނާށެވެ! ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲ އީ ކާފަރުން ދެރަކޮށް ނިކަމެތިކުރައްވާނޭ ކަލާނގެއެވެ. 3. (3) އަދި (މިއީ) ބޮޑުވެގެންވާ حجّ ދުވަހު (يعني: ބޮޑު عيد ދުވަހު) އެންމެހައި މީސްތަކުންނަށް ﷲ އާއި އެކަލާނގެ رسول އާގެ ފަރާތުން ކުރައްވާ إعلان އެކެވެ. އެންގެވުމެކެވެ. އެއީ ހަމަކަށަވަރުން ﷲ ވަނީ مشرك ންގެ ކިބައިން ބަރީއަވެގެންނެވެ. އަދި އެކަލާނގެ رسول އާވެސް ވަނީ (مشرك ންގެ ކިބައިން) ބަރީއަވެވަޑައިގެންނެވެ. (އެކަން އަންގައި إعلان ކުރުމެކެވެ.) އަދި ކަލޭމެން (مشرك ން) توبة ވެ ﷲ ގެ މަގަށް رجوع ވެއްޖެއްޔާ އެއީ ކަލޭމެންނަށްވާ ހެވެވެ. އަދި ކަލޭމެން އެނބުރި ފުރަގަސްދީފިއްޔާވެސް ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެންނަކީ ﷲ ނުކުޅައްދައިލެވޭނެ ބައެއްނޫނެވެ. (އެބަހީ: ކަލޭމެން ކޮންމެތާކު ފިލާރައްކާވާން އުޅުނަސް އެކަލާނގެ ކަލޭމެން އަތުލައްވާނެތެވެ.) އަދި ކާފަރުންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު އެމީހުންނަށް ދެއްވާށެވެ! 4. (4) مشرك ންގެތެރެއިން ކަލޭމެން مؤمن ންނާއި عهد ކޮށް އެ عهد ން އެއްވެސް ތަންކޮޅެއް އުނި ނުކޮށް عهد މަތީ ރަނގަޅަށް ސާބިތުވެތިބެ އަދި ކަލޭމެން مؤمن ންނާއި خلاف ވެ ދެކޮޅުވެރި އެއްވެސް ބަޔަކާއި އެހީވެ ވާގިނުދީ ތިބި އެބަހީ: ކުރި عهد މަތީ ރަނގަޅަށް ތިބި مشرك ންނާއިމެދު ދަންނައެވެ! ފަހެ އެމީހުންގެ އެ عهد އޭގެ މުއްދަތު ހަމަވާންދެން ފުރިހަމަ ކުރާށެވެ! (އެމީހުންނަށް އެޔާޚިލާފުގޯނާ ނުކުރާށެވެ!) ހަމަކަށަވަރުން تقوى ވެރިންނަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. 5. (5) ދެންފަހެ حرمة ތެރިވެގެންވާ މައްސަރުތައް ނިމިއްޖެއްޔާ. (އެބަހީ: مُحرّم މަސް ނިމިއްޖެއްޔާ) ދެން مشرك ންގެ މީހުން ކަލޭމެނަށް ފެނުނުތާކުން މަރާށެވެ! قتل ކުރާށެވެ! އަދި އެމީހުން ހިފާ އަސީރުކޮށް حَصَار ކޮށް އެބަހީ: އަމިއްލައަށް تَصَرّف ނުކުރެވޭ ގޮތަށް ބަންދުކޮށް ހަދާށެވެ! އަދި އެމީހުން އަތުލައިގަތުމަށް إنتظار ކުރެވޭ ކޮންމެ ތަނެއްގައި ކޮންމެ މަގެއްގައި إنتظار ކޮށް ބަލަބަލައި ތިބޭށެވެ! ދެންފަހެ އެމީހުން توبة ވެ އަދި އެމީހުން ނަމާދު قائم ކޮށް އަދި އެމީހުން ޒަކާތްދީ ހަދައިފިއްޔާ ދެން އެމީހުންގެ މަގުން އެމީހުން ދޫކޮށްލާށެވެ! (ދެން ނުބެހޭށެވެ!) ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ! تفسير الطّبري ގައި ابن عبّاس ގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ. • بَرَاءَةُ ގެ އާޔަތް ބާވައިލެއްވުމުގެ ކުރިން رسول ﷲ ﷺ އާއި عهد އެއް ވެފައިވާ مشرك ންގެ مُدَّة އަކީ އެއާޔަތް إعلان ކުރެއްވުމަށްފަހު ربيع الآخر ގެ ދިހަވަނަ ދުވަހާއި ހަމައެވެ. އެއީ އެއަހަރުގެ حجّ މަހުގެ ދިހައަކުން އެއަހަރުގެ ربيع الآخر މަހުގެ ދިހައަކަށެވެ. ހަތަރުމަހެވެ. • مشرك ން ކުރެ عهد އުވާލައި ހެދިމީހުންނާމެދު ބަލާނެ عهد އެއް ނެތެވެ. (އެއީ محرّم މަސް ނިމެންދެނެވެ.) • އަދި مشرك ންކުރެ رسول ﷲ ﷺ އާއި عهد ކޮށް عهد އަށް އެއްވެސް ގޮތަކުން އުނިއިތުރު ނުކޮށް ސާބިތުވެތިބިމީހުންގެ مدّة އަކީ އެ عهد ގައިވާ مدّة ހަމަވާންދެނެވެ. 6. (6) (އޭ رسول ﷲ އެވެ!) مشرك ންކުރެ އެކަކުވެސް ކަލޭގެފާނުންގެ އަރިހުން އަމާންކަން އެދެފިއްޔާ އެމީހަކަށް އަމާންކަން ދެއްވާށެވެ! އެއީ އޭނާ ﷲ ގެ كلام ފުޅު އެބަހީ: ކީރިތި قرآن ގެ އަޑު އޭނާ އަހައިފުމަށް ދާންދެނެވެ. (އަދި އޭނާއަށް އިވޭފަށުގައި قرآن ކިޔަވާށެވެ!) ދެން އޭގެފަހުން އޭނާ އޭނާއަށް އަމާންކަން ލިބޭތަނަކަށް ފޮނުވާށެވެ! (އެއީ އޭނާ توبة ވެ إسلام ވުމުން މަނާވެގެންފިއްޔާއެވެ.) އެހެނީ ހަމަކަށަވަރުން އެމީހުންނަކީ އެއީ ނޭނގޭ ބައެކެވެ. (إيمان ނުވީމާ އެމީހުންނަށް ހުރި ގެއްލުމާ ހަލާކުވެސް ނޭނގޭ ބައެކެވެ.)

- Abu Bakr Ibrahim Ali (Bakurube)

Anotações e reflexões

Você não tem anotações ou reflexões sobre este versículo.

Notes placeholders

Mantenha-se conectado ao Alcorão ❤️

Breves lembretes significativos para recomeçar, refletir e manter a conexão com o Alcorão.

Leia, ouça, pesquise e reflita sobre o Quran

Quran.com é uma plataforma confiável usada por milhões de pessoas em todo o mundo para ler, pesquisar, ouvir e refletir sobre o Alcorão em vários idiomas. Ela oferece traduções, tafsir, recitações, tradução palavra por palavra e ferramentas para um estudo mais aprofundado, tornando o Alcorão acessível a todos.

Como uma Sadaqah Jariyah, o Quran.com se dedica a ajudar as pessoas a se conectarem profundamente com o Alcorão. Apoiado pela Quran.Foundation , uma organização sem fins lucrativos 501(c)(3), o Quran.com continua a crescer como um recurso gratuito e valioso para todos, Alhamdulillah.

Navegar
Casa
Rádio Quran
Recitadores
Sobre nós
Desenvolvedores
Atualizações de produtos
Comentários
Ajuda
Doar
Nossos Projetos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projetos sem fins lucrativos de propriedade, administrados ou patrocinados pela Quran.Foundation
Links populares
Duas do Alcorão
Versículo do Alcorão do dia
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mapa do sitePrivacidadeTermos e Condições
© 2026 Quran.com. Todos os direitos reservados
Contribuir