Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

042Ash-Shurá 42:35 ويعلم الذين يجادلون في اياتنا ما لهم من محيص ٣٥

42:35
وَيَعۡلَمَ
ٱلَّذِينَ
يُجَٰدِلُونَ
فِيٓ
ءَايَٰتِنَا
مَا
لَهُم
مِّن
مَّحِيصٖ
٣٥
(35) އަދި ތިމަން ރަސްކަލާނގެ އާޔަތްތަކާމެދު ދެކޮޅުހަދައި، جدل ކޮށްއުޅޭ މީސްތަކުންނަށް އެފަދަ ވަޤުތުގައި އެބައިމީހުން ފިލައިގެން، ސަލާމަތްވާން ދާނޭ ތަނެއް ދެން ނެތްކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Ships are also among the Signs of Allah

Allah tells us that another sign of His great power and dominion is the fact that He has subjugated the sea so that ships may sail in it by His command, so they sail in the sea like mountains. This was the view of Mujahid, Al-Hasan, As-Suddi and Ad-Dahhak. In o

…

Ships are also among the Signs of Allah

Allah tells us that another sign of His great power and dominion is the fact that He has subjugated the sea so

…
Más Tafsires

Leer en contexto

Capítulo 42, Página 487, Juz 25

30. (30) އަދި ތިޔަބައިމީހުންނަށް ދިމާވާ ކޮންމެ مصيبة އަކީ ތިޔަބައިމީހުން އަތްތަކުން (އެބަހީ ތިޔަބައިމީހުންގެ ގުނަވަންތަކުން) ކުރި ކަންތަކުގެ ސަބަބުން ދިމާވާ مصيبة އެވެ. އެ ކަންކަމުގެ ޢުޤޫބާތުގެ ގޮތުންނެވެ. އަދި މީސްތަކުން ކުރާ ނުބައި ކަންތަކުގެ ގިނަ ފާފަ އެކަލާނގެ ފުއްސަވައި، ޢަފޫކުރައްވައެވެ. • ނޯޓު: މުއުމިނު އަޅާ ކުރި ފާފައެއްގެ ސަބަބުން ނޫނަސް، ބައެއް ފަހަރު އޭނާއަށް مصيبة ޖެހެއެވެ. ފަހެ އެއީ އޭނާއަށް ދިމާކުރައްވާ އިމްތިޙާނެކެވެ. އަދި އެފަދަ ކަންތަކަށް އެކަލާނގެ ތަޤުދީރުގައިވާ ފަދައަކުން އޭނާއަށް ދަރުމަޔާއި، ސަވާބު ދެއްވައެވެ. والله أعلم. 31. (31) އަދި ތިޔަބައިމީހުންނަކީ ބިމުގައި ނުކުޅައްދާލެވޭނޭ ބަޔަކު ކަމުގައި ނުވެއެވެ. (އެބަހީ: ﷲ ގެ ޢަޒާބާއި، ކޯފާއިން، އަދި އެކަލާނގެ ޖައްސަވާ مصيبة އަކުން ދުރަށް ފިލައިގެން ދެވޭނޭ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެއެވެ.) އަދި ﷲ ފިޔަވައި އެއްވެސް ސަހަރޯވެރިޔަކުވެސް، އަދި ނަސްރުދޭނޭ މީހަކު ވިޔަސް ތިޔަބައިމީހުންނަކަށް ނުވެއެވެ. 32. (32) އަދި ކަނޑުގައި ބޮޑެތި ފަރުބަދަ ގޮތަށް ނުވަތަ ބޮޑެތި ޢިމާރާތް ފަދައިން ފެންނަ (ދުވެފައިދާ) ނައު / އުޅަނދުފަހަރު ކަނޑުގައި ދުވަމުން ދިއުމަކީ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ޢަލާމާތްތަކާއި، ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ. 33. (33) އަދި އެކަލާނގެ އެދިވޮޑިގެންފީ ވިއްޔާ އެ ނައުފަހަރު ދުވުމުގެ ސަބަބެއް ކަމުގައިވާ ވައި ހުއްޓުވައި، ވައި އެއްގޮތަކަށް ނުޖެހޭ ގޮތް ހައްދަވައިފާނެއެވެ. ދެން އޭރުން ކަނޑުމަތީގައި އެތަކެތި އެއްވެސް ޙަރަކާތެއް ނެތި (އެފަހަރަކު ޖެހޭ އޮޔަކަށް ގޮސްގޮސް) ހުރެދެއެވެ. ހަމަކަށަވަރުން އެ ކަންތަކުގައިވެސް ބަލާތަކާއި، މުސީބާތްތަކަށް ގިނަގިނައިން ކެތްކޮށް ﷲ ގެ نعمة ތަކަށް ގިނަގިނައިން ޝުކުރުކުރާ ކޮންމެ މީހަކަށް ކަނޑައެޅި ބަޔާންވެގެން ދަލީލު ވެއެވެ. (އެބަހީ ﷲ ވޮޑިގެން ވާކަމާއި، ކުޅަދުންވަންތަ ކަމުގެ ގަދަވެގެންވާ ދަލީލާއި، حجّة ވެއެވެ.) 34. (34) ނުވަތަ އެބައިމީހުން ކުރި ފާފަތަކުގެ ސަބަބުން ވައި ބާރުވެ، ކަނޑު ގަދަވެ، އެ އުޅަނދުފަހަރު ހަލާކު ކުރައްވައި، غرق ކުރެއްވުމަށް އެކަލާނގެ އެދިވޮޑިގެންފީ ވިއްޔާ އެހެންވެސް ހައްދަވައެވެ. އަދި އެބައިމީހުންގެ ފާފައިގެ ތެރެއިން ވަރަށް ގިނަ ފާފަ އެކަލާނގެ ނުހިއްޕަވައި عفوء ކުރައްވައެވެ. 35. (35) އަދި ތިމަން ރަސްކަލާނގެ އާޔަތްތަކާމެދު ދެކޮޅުހަދައި، جدل ކޮށްއުޅޭ މީސްތަކުންނަށް އެފަދަ ވަޤުތުގައި އެބައިމީހުން ފިލައިގެން، ސަލާމަތްވާން ދާނޭ ތަނެއް ދެން ނެތްކަން އެމީހުންނަށް ރަނގަޅަށް އެނގިދާނެއެވެ. 36. (36) ރިޒުގުގެ ތަނަވަސްކަމާއި، މުއްސަނދިކަމުގެ ތެރެއިން ތިޔަބައިމީހުންނަށް ދެވުނުކޮންމެ އެއްޗަކީ، ކޮންމެ نعمة އަކީ، އެއީ ދުނިޔޭގެ حياة ގައި ބޭނުންކޮށްލެވޭ ދާދި ކުޑަ އެއްޗެކެވެ. ދާދި އަވަހަށް ފިލައިދަނިވި އެއްޗެކެވެ. އަދި (ﷲ އަށް ކިޔަމަންތެރިވި އަޅުންނަށް) ﷲ ގެ حضرة ގައި ވާ ثواب އާއި، ދަރުމަ މާ ހެޔޮވެގެން ވެއެވެ. އަދި ދެމިހުރުން މާ ބޮޑުވެގެން ވެއެވެ. އެއީ ފިލައިދާނޭ ތަކެއްޗެއް ނޫނެވެ. އެ ތަކެއްޗަކީ ތިމާމެންގެ ربّ އަށް إيمان ވެ، ހަމައެކަނި އެކަލާނގެއަށް وكيل ކޮށް، ބަރޯސާކުރި މީހުންނަށް خاصّ ވެގެންވާ ތަކެއްޗެވެ. 37. (37) އަދި އެމީހުންނަކީ ފާފައިގެ ތެރެއިން ބޮޑެތި ފާފަޔާއި، فاحش ކަންތައްތަކުން ދުރުވެގަންނަ މީހުންނެވެ. އަދި އެމީހުންނަކީ ރުޅިއަތުވެއްޖެއްޔާއި، (ރުޅި ކައިލައި) ރުޅީގެ އަސަރު ނުދައްކާ މީހުންނެވެ. 38. (38) އަދި އެމީހުންނަކީ ތިމާމެންގެ ربّ އަށް އިޖާބަދީ، އަދި ނަމާދު قائم ކޮށް، އަދި ތިމާގެ ކަންކަމުގައި އެކަކު އަނެކަކާ مشورة ކޮށް، އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެތީން (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. 39. (39) އަދި އެމީހުންނަކީ އެމީހުންނަށް بغاوة އެއް ދިމާވެއްޖެއްޔާ (އެބަހި، އެމީހުންނަށް ބަޔަކު އަނިޔާއެއް ކޮށް އުނދަގުލެއް ކޮށްފިއްޔާ) ނަޞްރުހޯދާ މީހުންނެވެ. 40. (40) އަދި ނުބައިކަމުގެ ޖަޒާއަކީ އެފަދަ ނުބައެކެވެ. ﷲ تعالى އަންގަވާފައިވާ ފަދައިންނެވެ. އެބަހީ: މީހަކު މީހަކާ ދިމާއަށް ހުތުރު އެއްޗެއް ބުނެފިއްޔާ، ހަމަ އެފަދަ ހުތުރު އެއްޗެއް އޭނާޔާ ދިމާއަށް ބުނެ ރައްދު ކުރުމެވެ. ޖެހީމައި ޖެހުމެވެ. ނަމަވެސް عدل ވެރި ގޮތުގައެވެ. ދެންފަހެ، ބަދަލަށް ބަދަލު ނުހިފައި عفوء ކޮށް إصلاح ކޮށްފި މީހާ ދަންނައެވެ. އެމީހާގެ ދަރުމަޔާއި ثواب، ﷲ ގެ حضرة ގައި ވެއެވެ. ހަމަކަށަވަރުން އަނިޔާވެރީންނަށް އެކަލާނގެ ލޯބިވެ ވޮޑިގެން ނުވެއެވެ. 41. (41) އަދި ތިމާއަށް އަނިޔާއެއް ލިބި، އެ އަނިޔާގެ ބަދަލު އަތުލައިގަތުމަށްފަހު ދެން އަލުން އެ އަނިޔާކުރި މީހާއަށް އަނިޔާކޮށް، ދިމާކުރެވޭނޭ އެއްވެސް މަގެއް ނެތެވެ. 42. (42) ނަމަވެސް عقوبة އެއް ދީ ދިމާކުރެވޭނޭކަން ކަށަވަރީ (އަލުންބަލުން ފަށައިގެން) މީސްތަކުންނަށް އަނިޔާކޮށް، އަދި އެއްވެސް حقّ އެއް ނެތި ބިން ފަސާދަކުރާ މީހުންނާއެވެ. އެފަދަ މީހުންނަށް ހުރީ ވޭންދެނިވި عذاب އެވެ. 43. (43) އަދި ހަމަކަށަވަރުން (ބަދަލުހިފުމަށް ކުލަދާނަވެގެން ވުމާއެކު، އަނިޔާކުރި މީހާއަށް) عفوء ކޮށް، ކެތްތެރިވުން ދަންނައެވެ. އެއީ شريعة އެކަންކަމަށް ترحيب ދީ، ހިތްވަރުދޭ އަގުހުރި ކަންކަމުގެ ތެރެއިން ވާ ކަންކަމެވެ. އެފަދަ ކަންކަމުގެ ދަރުމަ ބޮޑުވެގެން ވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir