登入
登入
登入
选择语言

042Ash-Shuraa 42:24 ام يقولون افترى على الله كذبا فان يشا الله يختم على قلبك ويمح الله الباطل ويحق الحق بكلماته انه عليم بذات الصدور ٢٤

42:24
أَمۡ
يَقُولُونَ
ٱفۡتَرَىٰ
عَلَى
ٱللَّهِ
كَذِبٗاۖ
فَإِن
يَشَإِ
ٱللَّهُ
يَخۡتِمۡ
عَلَىٰ
قَلۡبِكَۗ
وَيَمۡحُ
ٱللَّهُ
ٱلۡبَٰطِلَ
وَيُحِقُّ
ٱلۡحَقَّ
بِكَلِمَٰتِهِۦٓۚ
إِنَّهُۥ
عَلِيمُۢ
بِذَاتِ
ٱلصُّدُورِ
٢٤
(24) އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ބުނަނީ ހެއްޔެވެ؟ އެބަހީ ކާފިރުންގެ މީހުންގަނޑު ބުނަނީ ހެއްޔެވެ؟ ﷲ ގެ މައްޗަށް محمّد ﷺ ދޮގު ހެދީއެވެ. (އެބަހީ އެކަލޭގެފާނު ނަބީކަމުގެ دعوى އެ ކުރައްވަނީ އެއީ ދޮގެކެވެ.) އެބައިމީހުންގެ އެ ބަހަށް ﷲ جواب ދެއްވަނީ މިފަދައިންނެވެ. ފަހެ ﷲ އިރާދަކުރައްވައިފިއްޔާ ކަލޭގެފާނުގެ ހިތްޕުޅު މަތީގައި ސިއްކަ ޖައްސަވައިފީހެވެ. (އޭރުން އެއްވެސް އެއްޗެއް އެ ހިތުގެ ތެރެއަށް ވަދެ-ނިކުމެ ނުވާނެއެވެ.) އަދި އެކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅުގައިވާ باطل އެއްޗެހި ފޮހެލައްވައިފީހެވެ. އަދި حقّ ސާބިތުކުރައްވާ ބަޔާންކުރައްވައިފީހެވެ. އެއީ އެކަލާނގެ ކީރިތި قرآن ގައި ބާވައިލައްވާފައިވަ ކަލިމަފުޅުތަކުންނެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގެ އަޑީގައިވާ ތަކެތިވެސް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

Good News of the Blessings of Paradise for the People of Faith

Having mentioned the gardens of Paradise, Allah then says to His servants who believe and do righteous deeds:

ذَلِكَ الَّذِى يُبَشِّرُ اللَّهُ عِبَادَهُ الَّذِينَ ءَامَنُواْ وَعَمِلُواْ الصَّـلِحَـتِ

(That is whereof Allah gives glad tiding

…

Good News of the Blessings of Paradise for the People of Faith

Having mentioned the gardens of Paradise, Allah then says to His servants who believe an

…
更多经注

结合上下文阅读

章 42, 页 486, Juz 25

20. (20) آخرة ދުވަހުގެ ދަރުމަޔާއި، ثواب އެދިގެން މަސައްކަތްކުރާ މީހާއަށް ތިމަން ރަސްކަލާނގެ އޭނާއަށް ދަރުމަޔާއި، ثواب އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ދުނިޔޭގެ حياة ގެ އަރާމާއި، މަޖާ އެދިގެން މަސައްކަތްކުރާ މީހާ ދަންނައެވެ. ތިމަން ރަސްކަލާނގެ އޭނާއަށް އެ ދުނިޔެއިން (ދެއްވަން ނިންމަވާފައިވާ ވަރަކަށް) ދެއްވާހުށީމެވެ. އަދި آخرة ދުވަހުން އޭނާއަކަށް އެއްވެސް ނަސީބެއް، އެއްވެސް އެއްޗެއް ނުވެއެވެ. ހެޔޮކަމެއް ނުވެއެވެ. 21. (21) އެކަންކަމަށް ﷲ އިޒުނަ ދެއްވާފައި ނުވާ ކަންކަން ދީނުގައި شرع ކޮށް (ދީނަށް އުނިއިތުރުކޮށް) ހަދާނޭ ބައިވެރީންތަކެއް (شرك ތަކާއި، بدعة ތައް އުފައްދާނޭ ބައިވެރީންތަކެއް) އެބައިމީހުންނަށް ފަހެ ވަނީ ހެއްޔެވެ؟ އަދި فيصلة ކުރެއްވުމާއި، ނިޔާކުރެއްވުން ލަސްކުރެއްވުމުގެ ބަސްފުޅު ނުވާނަމަ (ދުނިޔޭގައިވެސް) އެމީހުންގެ މެދުގައި فيصلة ކުރެވި، ނިޔާކުރެވި ނިމިއްޖައީހެވެ. އަދި ހަމަކަށަވަރުން އަނިޔާވެރީންނަށް ހުރީ ކަނޑައެޅިގެން ވޭންދެނިވި عذاب އެވެ. 22. (22) قيامة ދުވަހުން ކަލޭގެފާނު، އަނިޔާވެރީންތައް ދެކެވަޑައިގަންނަވާނީ ބިރުން ސިހި، ފެންކަޅިވެގެން ވާތީއެވެ. އެއީ އެމީހުން ދުނިޔޭގައި އުޅުނުއިރު ކުރި ކަންތައްތަކުގެ ސަބަބުންނެވެ. އެ عمل ތަކުގެ ނަތީޖާ އެމީހުންނަށް މިހާރު އެވަނީ ދިމާވެފައެވެ. އޭގެ ފުރިހަމަ ޖަޒާގެ ތެރެއަށް ވަދެވިފައެވެ. އެއީ عذاب އެވެ. އަދި ﷲ އަށް إيمان ވެ، ހެޔޮލަފާކޮށް އުޅުނު މީހުން - صالح عمل ކުރި މީހުން - قيامة ދުވަހުން ވާހުށީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރޭގައެވެ. ހިތަށް ގެންނަންވެސް ނޭނގޭހައި ތަނަވަސް نعمة ގައެވެ. އެމީހުން އެދޭހައި ކަމެއް އެމީހުންގެ ربّ ގެ حضرة ން އެމީހުންނަށް ހުންނަ ހުއްޓެވެ. އަދި ބޮޑުވެގެންވާ މާތްކަމާއި، كرامة އަކީ އެއީއެވެ. 23. (23) އެ މާތްކަމާއި، كرامة އަކީ إيمان ވެގެން صالح عمل ތައް ކުރި، ﷲ ގެ މާތް އަޅުތަކުންނަށް ލިބޭނޭ ކަމަށް ﷲ بشارة ދެއްވާފައިވާ ތަކެއްޗެވެ. (އޭ رسول الله އެވެ!) ކަލޭގެފާނު (قريش ންނަށް) ވިދާޅުވާށެވެ! އަހުރެންގެ މި رسالة ތިޔަބައިމީހުންނަށް އިއްވައިދިނުމަކަށް ތިޔަބައިމީހުންގެ އަތުން އެއްވެސް أجور އަކަށް، ޓެކުހަކަށް ނޭދެމެވެ. ހަމައެކަނި އެދޭހާވެސް ކަމަކީ ތިމާގެކަމާއި، ގާތްކަމުގެ ލޯތްބެވެ. (އެއީ މި رسالة މީސްތަކުންނަށް އިއްވައިދެވޭންދެން ތިޔަބައިމީހުންގެ ގާތްކަމުގެ حماية އެވެ. عربي ންގެ އެހެން މީހުންނަށްވުރެ އަހުރެން ރައްކާތެރިކޮށް، ބެލެހެއްޓުމަށް أوليى ވެގެންވަނި ހަމަ ތިޔަބައިމީހުންނެވެ. ފަހެ قريش ވަންހައިގެ ކޮންމެ ދަރިކޮޅަކާވެސް رسول الله ﷺ ގެ ތިމާގެކަމުގެ ގުޅުން އޮވެއެވެ.) ދެންފަހެ ހެޔޮކަމުގެ ތެރެއިން ކަމެއް ކޮށްފި މީހަކަށް ތިމަން ރަސްކަލާނގެ އެކަމުގެ ދަރުމަޔާއި، ثواب އެތައް ގުނަޔަކަށް އިތުރުކޮށްދެއްވާ ހުށީމެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، އަދި އަޅުތަކުންގެ ހެޔޮ عمل ތަކަށް شكر ކުރައްވާ ކަލާނގެއެވެ. 24. (24) އަދި ކިޔެއް ހެއްޔެވެ؟ އެމީހުން ބުނަނީ ހެއްޔެވެ؟ އެބަހީ ކާފިރުންގެ މީހުންގަނޑު ބުނަނީ ހެއްޔެވެ؟ ﷲ ގެ މައްޗަށް محمّد ﷺ ދޮގު ހެދީއެވެ. (އެބަހީ އެކަލޭގެފާނު ނަބީކަމުގެ دعوى އެ ކުރައްވަނީ އެއީ ދޮގެކެވެ.) އެބައިމީހުންގެ އެ ބަހަށް ﷲ جواب ދެއްވަނީ މިފަދައިންނެވެ. ފަހެ ﷲ އިރާދަކުރައްވައިފިއްޔާ ކަލޭގެފާނުގެ ހިތްޕުޅު މަތީގައި ސިއްކަ ޖައްސަވައިފީހެވެ. (އޭރުން އެއްވެސް އެއްޗެއް އެ ހިތުގެ ތެރެއަށް ވަދެ-ނިކުމެ ނުވާނެއެވެ.) އަދި އެކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅުގައިވާ باطل އެއްޗެހި ފޮހެލައްވައިފީހެވެ. އަދި حقّ ސާބިތުކުރައްވާ ބަޔާންކުރައްވައިފީހެވެ. އެއީ އެކަލާނގެ ކީރިތި قرآن ގައި ބާވައިލައްވާފައިވަ ކަލިމަފުޅުތަކުންނެވެ. ހަމަކަށަވަރުން އެކަލާނގެއީ ހިތްތަކުގެ އަޑީގައިވާ ތަކެތިވެސް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. 25. (25) އަދި އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވާ، އަދި ކުށްފާފަތައް عفوء ކުރައްވަނީ ހަމަ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރާހައި ކަމެއް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. 26. (26) އަދި އީމާންވެ، صالح ޢަމަލުކުރި މީސްތަކުންނަށް އެމީހުންގެ دعاء އިޖާބަކުރައްވަނީވެސް ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެމީހުންނަށް ދަރުމަޔާއި، ސަވާބު އިތުރުކޮށްދެއްވައެވެ. އަދި ކާފިރުންގެ މީހުން ދަންނައެވެ. އެމީހުންނަށް ޤިޔާމަތް ދުވަހުން ހުރީ ގަދަވެގެންވާ ޢަޒާބެވެ. 27. (27) އަދި ﷲ އެކަލާނގެ އަޅުތަކުންނަށް ރިޒުގު ތަނަވަސްކޮށްލައި، ގިނަކޮށްލެއްވި ނަމަ، ހަމަކަށަވަރުން އެބައިމީހުން ބިމުގައި ބޮޑާވެ، އުރެދިގެންފީހެވެ. އަދި އެހެންނަމަވެސް، ﷲ އެކަލާނގެ އެދިވޮޑިގެންނެވި މިންވަރަކަށް ވަކި ހިސާބެއްގެ މަތީން އެކަލާނގެ އެ ރިޒުގު ބާވައިލައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ އެންމެހައި حال ތަކެއްގެ خبر ދެނެވޮޑިގެންވާ، އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ. 28. (28) އަދި އެކަލާނގެއީ ވާރޭފެން މަދުވެގެން خلق ތަކުން ނާއުއްމީދު ވުމަށްފަހު ވާރޭފެން ވެއްސަވާ ކަލާނގެއެވެ. އަދި އެކަލާނގެ ވާރޭފެނުގެ ރަޙުމަތް އެކަލާނގެ އެދިވޮޑިގެންނެވި ހުރިހާ ތަނަކަށް ފަތުރުއްވައެވެ. އަދި އެކަލާނގެއީ މުއުމިނު އަޅުތަކުންނަށް ސަހަރޯވެރިވެ ވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެއީ އެކަލާނގެ ދެއްވި އެންމެހައި ނިޢުމަތްތަކަށް حمد ލިބިވޮޑިގެންވާ ކަލާނގެއެވެ. 29. (29) އަދި އުޑުތަކާއި، ބިން ހައްދަވައި، އެ ތަންތަނަށް ދިރޭ އެންމެހައި ތަކެތި ހައްދަވައި، ފެތުރުއްވުން ވަނީ އެކަލާނގެ قدرة ތެރި ކަމުގެ އަލާމާތްތަކުގެ ތެރެއިންނެވެ. އަދި އެ ތަކެތި އެކަލާނގެ އިރާދަކުރައްވައިފީ ވިއްޔާ އިރާދަކުރައްވާ ވަގުތަކުން محشر ކުރައްވައި، ޖަމާކުރެއްވުމަށްވެސް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献