Entrar
Entrar
Entrar
Selecione o idioma

042Ash-Shuraa 42:19 الله لطيف بعباده يرزق من يشاء وهو القوي العزيز ١٩

42:19
ٱللَّهُ
لَطِيفُۢ
بِعِبَادِهِۦ
يَرۡزُقُ
مَن
يَشَآءُۖ
وَهُوَ
ٱلۡقَوِيُّ
ٱلۡعَزِيزُ
١٩
(19) ﷲ އެއީ އެކަލާނގެ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ރިޒުގު ތަނަވަސް ކޮށްދެއްވައެވެ. (އަދި އިރާދަކުރެއްވި އަޅަކަށް މަދުކުރައްވައެވެ.) އަދި އެކަލާނގެއީ ނުހަނު ގަދަފަދަ ވަންތަ، عزّة ވަންތަ ކަލާނގެއެވެ.
Continue lendo

Leia Tafsir

Ibn Kathir (Abridged)

The Provision of Allah in this World and the Hereafter

Here Allah speaks of His kindness towards His creation, in that He provides for every last one of them and does not forget anyone. When it comes to His provision, the righteous and the sinner are alike. Allah says:

وَمَا مِن دَآبَّةٍ فِي الاٌّرْضِ

…

The Provision of Allah in this World and the Hereafter

Here Allah speaks of His kindness towards His creation, in that He provides for every last one o

…
Mais Tafsirs

Leia no contexto

Capítulo 42, Página 485, Juz 25

10. (10) އަދި އެ ކަންކަމުގައި ދެބަސްވެ، إختلاف ވެ، ތިޔަބައިމީހުން އަރައިރުންވާ ކޮންމެ ކަމެއްގެ حكم، އެކަމުގެ حقّ ގޮތް، ﷲ ގެ حضرة ގައި ވެއެވެ. އެކަލާނގެ ފޮތުގައި ވެއެވެ. إسلام دين ގައި ވެއެވެ. އޭ މީސްތަކުންނޭވެ! އެއީ ﷲ އެވެ. އެއީ އަހުރެންގެ ربّ އެވެ. އަހުރެން ބަރޯސާކޮށް، އިތުބާރުކޮށް، وكيل ކޮށް ހަދަނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އަހުރެން توبة ވެ رجوع ވަނީވެސް ހަމައެކަނި އެފަރާތަށެވެ. 11. (11) އެކަލާނގެއީ ނެތުމުގެ ތެރެއިން އުޑުތަކާއި، ބިން ހެއްދެވި ކަލާނގެއެވެ. އަދި ތިޔަބައިމީހުންނަށް ޓަކައި ތިޔަބައިމީހުންގެ ނަފުސުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް އަނބީންތަކެއް ލެއްވިއެވެ. އަދި نعم ސޫފީގެ ތެރެއިންވެސް އަންހެން / ފިރިހެން ޖޯޑުޖޯޑު ވާގޮތަށް ލެއްވިއެވެ. އަދި އެ نظام ގެ މަތީން، އެކަލާނގެ ތިޔަބައިމީހުން ހައްދަވަމުން ގެންދަވައެވެ. އަދި އެކަލާނގެއާ އެއްފަދަ، އެއް މިސާލުވެވޭ ހަމަ އެކެއްޗެއްވެސް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވާ ވޮޑިގެންވާ، އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެއެވެ. 12. (12) އުޑުތަކާއި، ބިމުގެ خزانة ތައް، އަދި އެ ތަންތާނގެ ތަޅުދަނޑިތައް ނުވަތަ އެތަންތާނގެ އެންމެހައި ވެރިކަމެއް خاصّ ވެ މިލްކުވެގެން ވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެ ހުރިހާ އެއްޗެއް، އަދި ހުރިހާކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ. 13. (13) އޭ رسول الله އެވެ! ތިޔަބައިމީހުންނަށް، އެބަހީ محمّد ﷺ ގެ أمّة އަށް ތިމަން ރަސްކަލާނގެ شرع ކުރައްވައި ކަނޑައެޅުއްވީ (دين ގެ أصول ތަކުގެ ތެރެއިން) نوح عليه السلام އަށްވެސް ހަމަ وصيّة ކުރައްވައި، أمر ކުރެއްވި ކަންކަމެވެ. (އެއީ ﷲ އެއްކައުވަންތަކުރުމާއި، إيمان ކަމާއި، رسول ންނަށް ކިޔަމަންތެރިވުމާއި، ދީނުގެ ގައި ދެންހުރި ކަންކަން قائم ކުރުމަށެވެ.) އަދި ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާއި، އަދި އެ ކަންކަމުން ތިމަން ރަސްކަލާނގެ إبراهيم ގެފާނަށާއި، موسى ގެފާނަށައި، އަދި عيسى ގެފާނަށް (عليهم السّلام) وصيّة ކުރައްވައި أمر ކުރެއްވި ކަންކަމަކީ ހުރިހާ ބޭކަލުންވެސް دين قائم ކުރެއްވުމެވެ. (އެއީ توحيد އާއި، إيمان ކަމާއި، رسول ބޭކަލުންނަށް ކިޔަމަން ވުމާއި، ނަމާދު قائم ކޮށް زكاة ދީހެދުމާއި، شريعة ގައި ދެންވެސް ހުރި مقصد ތައް قائم ކުރުމެވެ.) އަދި އެ ކަންކަމުގައި ތިޔަބޭކަލުން (މައިގަނޑު اصل ގައި) ތަފާތުވެ خلافވެވަޑައިނުގަންނަވާށެވެ! ބައިބައިވެވަޑައިނުގަންނަވާހުށިކަމެވެ! އަދި އެ مشرك ންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތައް އެމީހުންނަށް ވަރަށް ބޮޑު ކަމަކަށް ވެއްޖެއެވެ. (ބުދަށް އަޅުކަން ކުރުން ދޫކޮށް، لا إله إلاّ الله محمّد رسول الله މި كلمة ފުޅަށް ސީދާވުމަށެވެ. ހަމައެކަނި ﷲ އަށް އަޅުކަން إخلاص ތެރިކުރުމަށެވެ. ކަލޭގެފާނު ދައްކަވާ ފަދައަކުން އަޅުކަން ކުރުމަށެވެ.) އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް އެކަލާނގެ دين އަށް ވަނުމަށް خاصّ ކުރައްވައި، އެކަމަށް توفيق ދެއްވައެވެ. އަދި އެކަލާނގެ حضرة އަށް رجوع ވެ، توبة ވެއްޖެ އަޅަކަށް އެކަލާނގެ މަގަށް، إسلام دين ގެ މަގަށް، ތެދުމަގު ދައްކަވައި هداية ދައްކަވައެވެ. 14. (14) އެމީހުންގެ ގާތަށް (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުން ނުވަތަ يهودي ންނާއި، نصارى އިންނާއި، އަދި قريش ންގެގާތަށް) ބަޔާންވެގެންވާ علم އައުމަށްފަހުގައި މެނުވީ އެމީހުން ވަކިވަކިވީ ކަމުގައި ނުވެއެވެ. އެއީ އެމީހުންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. އަދި ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ حضرة ން كلمة އެއް އިސްވެ ގޮސްފައި ނުވާނަމަ (އެބަހީ عذاب ދެއްވައި، عقوبة ދެއްވުން ވަކި މުއްދަތަކަށް ފަސްކުރެއްވުމުގެ ބަސްފުޅު ނުވާނަމަ) ހަމަކަށަވަރުން އެމީހުންގެ މެދުގައި ދުނިޔޭގައިވެސް ނިޔާކުރައްވައި ނިންމަވައިފީހެވެ. އަދި ހަމަކަށަވަރުން އެމީހުންގެ ފަހުން (އެބަހީ އިސްވެދިޔަ أمّة ތަކުގެ ފަހުން، ނުވަތަ نصارى އިންނާއި، يهودي ންގެ ފަހުން) ފޮތް ވާރުތަކުރި މީހުން އެ ވަނީ އެ قرآن އާމެދު ނުވަތަ محمّد ﷺ އާމެދު ކަށަވަރުންވެސް ޝައްކެއްގައެވެ. 15. (15) އޭ رسول الله އެވެ! އެކަމަށް ޓަކައި (އެބަހީ: ބައިބައިވެ، ވަކިވީ ކަމަށް ޓަކައި ނުވަތަ قرآن އާމެދު ނުވަތަ رسول الله ﷺ އާމެދު ޝައްކު ކުރި ކަމަށް ޓަކައި) ކަލޭގެފާނު އެމީހުންނަށް (إسلام دين ގެ މަގަށް) ގޮވައިލައްވާށެވެ! އަދި އެ دين މަތީ ސާބިތުކަމާއެކު ސީދާކޮށް ހުންނަވާށެވެ! އެއީ ކަލޭގެފާނަށް ﷲ أمر ކުރެއްވި ފަދައިންނެވެ. އަދި އެމީހުންގެ އަމިއްލަ އެދުންތަކާ تبع ވެވަޑައިނުގަންނަވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަހުރެން މިވަނީ ބާވައިލެއްވި އެންމެހައި ފޮތަކަށް إيمان ވެގެންނެވެ. (ނުވަތަ ފޮތުގައި ބާވައިލެއްވި އެންމެހައި ތަކެއްޗަށް إيمان ވެގެންނެވެ.) އަދި އަހުރެންނަށް أمر ވެވިގެން ވަނީ (ﷲ ގެ حكم ގައި) ތިޔަބައިމީހުންގެ މެދުގައި عدل ވެރިވުމަށެވެ. އަދި ﷲ އެއީ އަހުރެމެންނާއި، އަދި ތިޔަބައިމީހުންގެ ربّ އެވެ. އަހުރެމެން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ އަހުރެމެންނަށެވެ. އަދި ތިޔަބައިމީހުން ކުރި عمل އެއްގެ ދަރުމަޔާއި، ثواب ނުވަތަ عذاب ހުންނަހުށީ ހަމަ ތިޔަބައިމީހުންނަށެވެ. އަހުރެމެންނާއި، ތިޔަބައިމީހުންނާ ދެމެދު حجّة قائم ކޮށް، އަރައިރުންވުމެއް ދެން ނެތެވެ. (ކަންތައްތައް މި ހުރީ އަލިވެ ސާފުވެފައެވެ.) އަދި قيامة ދުވަހުން އެއް ميدان އަކަށް ﷲ އަހުރެމެން އެންމެން جمع ކުރައްވާ ހުއްޓެވެ. އަދި އަހުރެމެން އެނބުރި ދިއުން ވަނީ ހަމަ އެކަލާނގެ حضرة އަށެވެ. 16. (16) ﷲ ގެ دين އަށް އިޖާބަދެވުމަށްފަހު، އެބަހީ އެދީނަށް މީސްތަކުން ވަދެ ހަމަޖެހުމަށްފަހު ދެން ﷲ ގެ دين އާމެދު ދެކޮޅުހަދައި، حجّة قائم ކުރާ މީހުން ދަންނައެވެ. އެމީހުންގެ އެ حجّة ތަކާއި، دليل ތައް އެމީހުންގެ ربّ ގެ حضرة ގައި އެ ވަނީ باطل ވެ، ބޭކާރުވެގެންނެވެ. އަދި އެމީހުންގެ މައްޗަށް އެވަނީ ﷲ ގެ ކޯފާއެވެ. އެއީ އަދި ދުނިޔޭގައެވެ. އަދި آخرة ގައި އޭގެ އިތުރަށް އެމީހުންނަށް ގަދަވެގެންވާ عذاب ހުއްޓެވެ. 17. (17) ﷲ އެއީ رسول ންނަށް حقّ ގޮތުގައި ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި حقّ ގޮތުގައި ميزان ބާވައިލެއްވި ކަލާނގެއެވެ. (އެބަހީ عدل ވެރިކަން، ނުވަތަ عدل އިންސާފުކުރެވޭނޭ ގޮތް ބާވައިލެއްވިއެވެ.) އަދި قيامة ގާއިމުވުން ދާދި ގާތްވެގެން ވުން أمّيد ކުރެވެއެވެ. އެކަން ކަލޭގެފާނަށް އަންގަވައިދެއްވީ ކޮން ކަމެއް ހެއްޔެވެ؟ 18. (18) އަދި قيامة ދުވަހަށް އީމާން ނުވާ މީހުން (މަލާމާތް ކުރުމާއި، އިންކާރުކުރުމުގެ ގޮތުން) އެ ދުވަސް އަވަސްވުމަށް އެދެއެވެ. އަދި އެދުވަހަށް إيمان ވީ މީހުން އެ ދުވަހާމެދު ބިރުވެތިވެ، ފެންކަޅިވެގެން ވެއެވެ. އަދި އެ ދުވަސް އެއީ ކަށަވަރުން، حقّ ދުވަހެއްކަން (އެދުވަހުގެ ކަންކަމަކީ حقّ ކަންތައް ކަން) އެމީހުން ރަނގަޅަށް ދަނެއެވެ. قبول ކުރެއެވެ. އަދި ދަންނައެވެ. ހަމަކަށަވަރުން އެ ދުވަހާމެދު އިންކާރުކޮށް جدل ކުރާ މީހުން އެ ވަނީ ކަނޑައެޅިގެން ވަރަށް ދުރަށް މަގުފުރެދި، ވާވަދެފައެވެ. 19. (19) ﷲ އެއީ އެކަލާނގެ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ރިޒުގު ތަނަވަސް ކޮށްދެއްވައެވެ. (އަދި އިރާދަކުރެއްވި އަޅަކަށް މަދުކުރައްވައެވެ.) އަދި އެކަލާނގެއީ ނުހަނު ގަދަފަދަ ވަންތަ، عزّة ވަންތަ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Anotações e reflexões

Você não tem anotações ou reflexões sobre este versículo.

Notes placeholders

Mantenha-se conectado ao Alcorão ❤️

Breves lembretes significativos para recomeçar, refletir e manter a conexão com o Alcorão.

Leia, ouça, pesquise e reflita sobre o Quran

Quran.com é uma plataforma confiável usada por milhões de pessoas em todo o mundo para ler, pesquisar, ouvir e refletir sobre o Alcorão em vários idiomas. Ela oferece traduções, tafsir, recitações, tradução palavra por palavra e ferramentas para um estudo mais aprofundado, tornando o Alcorão acessível a todos.

Como uma Sadaqah Jariyah, o Quran.com se dedica a ajudar as pessoas a se conectarem profundamente com o Alcorão. Apoiado pela Quran.Foundation , uma organização sem fins lucrativos 501(c)(3), o Quran.com continua a crescer como um recurso gratuito e valioso para todos, Alhamdulillah.

Navegar
Casa
Rádio Quran
Recitadores
Sobre nós
Desenvolvedores
Atualizações de produtos
Comentários
Ajuda
Doar
Nossos Projetos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projetos sem fins lucrativos de propriedade, administrados ou patrocinados pela Quran.Foundation
Links populares
Duas do Alcorão
Versículo do Alcorão do dia
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mapa do sitePrivacidadeTermos e Condições
© 2026 Quran.com. Todos os direitos reservados
Contribuir