Войти
Войти
Войти
Выберите язык
026

Ash-Shu'ara 26:65 وانجينا موسى ومن معه اجمعين ٦٥

26:65
وَأَنجَيۡنَا
مُوسَىٰ
وَمَن
مَّعَهُۥٓ
أَجۡمَعِينَ
٦٥
(65) އަދި ތިމަންރަސްކަލާނގެ موسى عليه السّلام އާއި އެކަލޭގެފާނާއި އެކުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ.
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Войско Фараона отправилось в путь вслед за израильтянами на восходе солнца. Они подбадривали друг друга и были преисполнены лютой ненависти к своим противникам. Когда две рати увидели друг друга, израильтяне стали сожалеть о содеянном и жаловаться Мусе на свое бедственное положение. Но Муса не сомне…
Войско Фараона отправилось в путь вслед за израильтянами на восходе солнца. Они подбадривали друг друга и были преисполнены лютой ненависти к своим пр…
Больше тафсиров

Читать в контексте

Глава 26, Страница 370, Джуз 19

52. (52) އަދި ތިމަންރަސްކަލާނގެ موسى عليه السّلام އަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން އެބަހީ: بَنِي إسْرَائيل ންނާއިގެން (ރޭގަނޑުގެ ވަގުތެއްގައި) ހިންގަވާފައި ނުކުމެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންނަކީ تبع ވެވިގެންވާ ބައެކެވެ. (އެބަހީ: فرعون އާއި އޭނާގެ މީހުން ކަލޭމެންގެ ފަހަތުން އަޅުވައިލާނެއެވެ. ފަހަތުން އަންނާނެއެވެ.) 53. (53) ފަހެ فرعون، ރަށްތަކުން لشكر އެއްކުރުމަށް ފޮނުވައިފިއެވެ. 54. (54) (އަދި އޭނާ އެމީހުންނަށް ބުންޏެވެ.) މިމީހުންނަކީ ދާދި މަދުމީސްކޮޅެކެވެ. (އެބަހީ: بَنُو اسْرائيل އަކީ މަދުބައެކެވެ.) 55. (55) އަދި ހަމަކަށަވަރުން އެމީހުންނަކީ އަހުރެމެން ރުޅިއަރުވާ ބައެކެވެ. 56. (56) އަދި ހަމަކަށަވަރުން އަހުރެމެން މިވަނީ ހަތިޔާރާއެކު އެންމެން ތައްޔާރުވެގެންނެވެ. 57. (57)،(58) ފަހެ ބަގީޗާތަކުންނާއި ކޯރުތަކުންނާއި އަދި އެކިބާވަތުގެ خَزَانَة ތަކުންނާއި އަދި މާތްވެގެންވާ ތަންތަނުން ތިމަންރަސްކަލާނގެ އެމީހުން ނެރުއްވީމެވެ. 58. (57)،(58) ފަހެ ބަގީޗާތަކުންނާއި ކޯރުތަކުންނާއި އަދި އެކިބާވަތުގެ خَزَانَة ތަކުންނާއި އަދި މާތްވެގެންވާ ތަންތަނުން ތިމަންރަސްކަލާނގެ އެމީހުން ނެރުއްވީމެވެ. 59. (59) ތިމަންރަސްކަލާނގެ އެމީހުން އެތަންތަނުން ނެރުނީ އެފަދައިންނެވެ. އަދި އެތަންތަން ތިމަންރަސްކަލާނގެ بَنِي اسْرائيل ންނަށް ވާރުތަކޮށްދިނީމެވެ. 60. (60) ދެންފަހެ މިމީހުން އެމީހުންނާއި އިރުއަރާ ވަގުތު تبع ކުރިއެވެ. ގާތްކުރިއެވެ. (އެބަހީ: فرعون އާއި އޭނާގެ لشكر، موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިވާ މީހުންނާއި ގާތްކުރިއެވެ.) 61. (61) ދެންފަހެ ދެ لشكر އެއްބަޔަކު އަނެއްބަޔަކަށް ފެންނަފަށަށް އައިހިނދުން موسى عليه السّلام ގެ އަރިހުގައި ތިބި އެކަލޭގެފާނުންގެ أصحاب ދެންނެވިއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އަތުލައި ގަނެވިފައިވާ ބައެކެވެ. (އެބަހީ: فرعون އާއި އޭނާގެ لشكر އަހުރެމެން އަތުލާނެއެވެ. މިއީ موسى عليه السّلام އަށް އީމާންވެގެން ތިބިމީހުންގެ ބިރުވެރިކަން ހުރިވަރެވެ.) 62. (62) އެކަލޭގެފާނު (يعني: موسى عليه السّلام) ވިދާޅުވިއެވެ. އެއްގޮތަކަށްވެސް ތިޔަހެން ނުވާނެއެވެ. އަހުރެންގެ ربّ އަހުރެންނާއެކު ވެއެވެ. އެކަލާނގެ އަހުރެންނަށް މަގުދައްކަވާނެއެވެ. (އޭ މީސްތަކުންނޭވެ! موسى عليه السّلام ގެ ހުރި إيمان ކަމާއި ސާބިތުކަމާއި ﷲ އަށް وكيل ކުރެއްވުންހުރި ފެންވަރު ނިކަން ދެކިބަލާށެވެ. އެކަލޭގެފާނުންގެ އަރިހު އީމާންވެގެންތިބިމީހުންވެސް އެތިބީ ޝައްކުވެފައެވެ. ނަމަވެސް موسى عليه السّلام ގެ ހުރި إيمان ކަމާއި ސާބިތުކަމަށް އެއްވެސް ބުރުލެއްނާރައެވެ. އެއީ ﷲ އަށް وكيل ކޮށް އީމާންވާންވީ ފެންވަރެވެ. އަހުރެމެންގައި މިހުރީ ކޮންކަހަލަ إيمان ކަމެއް ބާވައެވެ؟؟؟) 63. (63) ފަހެ موسى - عليه السّلام - އަށް ތިމަންރަސްކަލާނގެ وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުންގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ. (ދެން އެކަލޭގެފާނު އަސާކޮޅުން ކަނޑުގައި ޖެއްސެވީއެވެ. އަދި ޖެއްސެވުމުން) ފަހެ އެކަނޑު ފަޅަފަޅައިގެން ހިނގައްޖެއެވެ. ބާރަބަޔަށް ކަނޑުބައިވެގޮސް ބާރަމަގު ހެދި ކޮންމެ ދެމަގެއްދެމެދު ފެންގަނޑު ހިފެހެއްޓި މައްޗަށްއަރާފައިވިއެވެ. އެއިން ކޮންމެ ބައެއް ބޮޑުފަރުބަދައެއްފަދައިން ވެއްޖެއެވެ. 64. (64) އަދި އެތަނަށް ތިމަންރަސްކަލާނގެ އަނެއްބައިމީހުން ގެންނަވާ ގާތްކުރެއްވީމެވެ. (އެބަހީ: އެތަނަށް فرعون އާއި އޭނާގެ لشكر ގެންނެވީމެވެ. ދެންފަހެ موسى عليه السّلام އާއި އެކަލޭގެފާނުންގެ އަރިހުގައިވާ މީހުން ކަނޑުގެ އެމަގުތަކުން ދަތުރުކޮށްފައިގޮސް ކަނޑުގެ އަނެއްފަރާތު އެއްގަމަށް އެރިއިރު فرعون އާއި އޭނާގެ لشكر ވަނީ އެމަގުތަކުގެތެރޭގައެވެ. އެވަގުތު ﷲ تعالى ކަނޑު ކުރީގޮތަށް ހައްދަވައިލައްވާ އެކަނޑުތެރޭގައި فرعون އާއި އޭނާގެ لشكر غرق ކުރެއްވީއެވެ. އެވާހަކަ އަންނަނިވި އާޔަތުގައި އެވަނީއެވެ.) 65. (65) އަދި ތިމަންރަސްކަލާނގެ موسى عليه السّلام އާއި އެކަލޭގެފާނާއި އެކުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. 66. (66) އަދި ތިމަންރަސްކަލާނގެ އަނެއްބައިމީހުން އެބަހީ: فرعون އާއި އޭނާގެ لشكر غرق ކުރެއްވީމެވެ. 67. (67) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: موسى عليه السّلام ސަލާމަތްކުރެއްވުމާއި ސަލާމަތްކުރައްވަން ދިމާވި ސަބަބާއި އަދި فرعون غرق ކުރެއްވުމާއި އަދި އޭނާ غرق ވާން ދިމާވި ސަބަބާއި މިމިކަންތަކުގައި) ކަނޑައެޅި بيان ވެގެންވާ دليل ވެއެވެ. (އެއީ ތިމަންރަސްކަލާނގެ ކަންތައް ހިންގަވާގޮތުގެ އަދި ހިންގަވާނެގޮތުގެ دليل އެވެ. عبرة އާއި ފިލާވަޅެވެ.) އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. 68. (68) އަދި ހަމަކަށަވަރުން ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать