Giriş yap
Giriş yap
Giriş yap
Dil Seçin
026

Ash-Shu'ara 26:48 رب موسى وهارون ٤٨

26:48
رَبِّ
مُوسَىٰ
وَهَٰرُونَ
٤٨
(48) އެއީ موسى އާއި هارون ގެ ربّ އެވެ.
Devamını Okuyun

Tefsir okuyun.

Ibn Kathir (Abridged)

Between Musa, peace be upon him, and the Sorcerers Allah describes the actual encounter between Musa, peace be upon him,and the Egyptians in Surat Al-A` raf, Surah Ta Ha, and in this Surah

The Egyptians wanted to extinguish the Light of Allah with their words, but Allah insisted that His Light should

…

Between Musa, peace be upon him, and the Sorcerers Allah describes the actual encounter between Musa, peace be upon him,and the Egyptians in Surat Al-

…
Daha Fazla Tefsir

Bağlam içinde okuyun

Bölüm 26, Sayfa 369, Juz 19

34. (34) އޭނާ އެބަހީ: فرعون އޭނާގެ ވަށައިގެންވާ މާތްބޮޑުންނަށް ބުންޏެވެ. ހަމަކަށަވަރުން މިއީ سحر ގެ عمل ރަނގަޅަށް ދަންނަ سحر ވެރިއެއްކަން يقين އެވެ. 35. (35) އޭނާ އެއެދެނީ އޭނާގެ سحر ގެ ބާރުން ކަލޭމެން ކަލޭމެންގެރަށުން ނެރެލާށެވެ. ފަހެ އެހެންވެ (އޭނާޔާ ބެހޭގޮތުން) ކަލޭމެން އަހުރެންނަށް ދޭނޭ مشورة އަކީ ކޮބައިހެއްޔެވެ؟ 36. (36) އެމީހުން އޭނާއަށް ދެންނެވިއެވެ. އޭނާޔާއި އޭނާގެ أخ ގެ (އެބަހީ: موسى عليه السّلام އާއި އެކަލޭގެފާނުންގެ أخ هارون عليه السّلام އާއި ދެކަލުންގެ) ކަންތައް އިހަށް ފަސްކޮށްލައްވާށެވެ! سحر ވެރިން އެއްކުރުމަށް މަނިކުފާނު ރަށްތަކަށް މީހުން ފޮނުއްވާށެވެ! އަދި سحر ވެރިން އެއްކުރައްވާށެވެ! 37. (37) سحر ދަންނަ - سحر އަށް ކުޅަދާނަ ކޮންމެ މީހަކާއިގެން އެމީހުން މަނިކުފާނުންގެގާތަށް އަތުވެދާނެއެވެ. 38. (38) ފަހެ ކަނޑައެޅި عيّن ވެގެންވާ ދުވަހެއްގެ ކަނޑައެޅި އެނގިގެންވާ ތަނަކަށް سحر ވެރިންތައް ޖަމާކުރެވިއްޖެއެވެ. 39. (39) އަދި މީސްތަކުންނަށް އެންގެވުނެވެ. ކަލޭމެން جمع ނުވާނޭހެއްޔެވެ؟ (ކަލޭމެން އެތަނަށް އެއްނުވާނެހެއްޔެވެ؟) 40. (40) އެއީ سحر ވެރިން މޮޅުވެއްޖެނަމަ އަހަރެމެން سحر ވެރިންނާއި تبع ވުމަށްޓަކައެވެ. 41. (41) ދެންފަހެ سحر ވެރިން فرعون ގެގާތަށް އައިހިނދުން އެމީހުން فرعون އަށް ދެންނެވިއެވެ. ކަނޑައެޅިގެން އަހުރެމެން މިކަމުގައި ގަދަވެ މޮޅުވެއްޖެނަމަ އަހުރެމެންނަށް އެއްވެސް އުޖޫރައެއް އޮންނާނޭހެއްޔެވެ؟ 42. (42) فرعون ބުންޏެވެ. އާނއެކެވެ. އޭރުން ކަލޭމެންވާނީ އަހުރެންގެ އެންމެ އަރިސް އެންމެ ކުއްތަންވެގެންވާ މީހުންގެތެރެއިންނެވެ. 43. (43) ދެންފަހެ موسى عليه السّلام އެ سحر ވެރިންނަށް ވިދާޅުވިއެވެ. ކަލޭމެން އެއްލާނެ އެއްޗެއް އެއްލާށެވެ. އުކާނެ އެއްޗެއް އުކާށެވެ. އޭރު ميدان އޮތީ މީހުންނާއިގެން ތޮއްޖެހިފައެވެ. 44. (44) ދެންފަހެ އެމީހުން އެމީހުންގެ ވާބުރިތަކާއި އަސާތައް ميدان އަށް އުކާލައިފިއެވެ. (އެއީ سحر ހަދާފައެވެ.) އަދި فرعون ގެ عزّة ތެރިކަމާއި ބާރު ގަންދީހުވާކޮށްފައި އެމީހުން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނީ ގަދަވާނެ މީހުންނެވެ. މޮޅުވާނެ މީހުންނެވެ. 45. (45) ފަހެ موسى عليه السّلام އެކަލޭގެފާނުންގެ عَصَا ކޮޅު (އެ ميدان އަށް) އެއްލަވާލައްވައިފިއެވެ. އެހައިރުން އޭތި (ހަރުފަޔަކަށްވެ އެމީހުން ހެދި سحر ން ميدان ގައި حركاة ކުރަމުންދިޔަ އެންމެހައި ހަރުފަޔާއި ދިރޭތަކެތި) އެމީހުން ދޮގުހަދާ ކަމުގައިވި އެންމެހައިތަކެތި އެއަސާކޮޅުގެ ހަރުފަ ކައި ދިރުވައިފިއެވެ. 46. (46) (އެހިނދު موسى عليه السّلام އެގެންނެވިކަމަކީ سحر ނޫން ކަމުގައި سحر ވެރިންނަށް ރަނގަޅަށް އެނގި بَيَان ވެ إيمان ވެއްޖެއެވެ.) ފަހެ އެހުރިހާ سحر ވެރިން سَجِدَة އަށް ތިރިވެއްޖެއެވެ. 47. (47) އަދި އެމީހުން ބުންޏެވެ. عالم ތަކުގެވެރި ربّ އަށް އަހުރެމެން إيمان ވެއްޖައީމެވެ. 48. (48) އެއީ موسى އާއި هارون ގެ ربّ އެވެ. 49. (49) އޭނާ އެބަހީ: فرعون ބުންޏެވެ. އަހުރެން ކަލޭމެނަށް ހުއްދަ ނުދެނީސް އިޒުނަ ނުދެނީސް ކަލޭމެން އޭނާއަށް إيمان ވީހެއްޔެވެ؟ ހަމަކަށަވަރުން އޭނާއަކީ يعني: موسى އަކީ - ކަލޭމެނަށް سحر އުގަންނައިދިން ކަލޭމެންގެ ބޮޑުމީހާއެވެ. ފަހެ ނިކަންހުރެ (އަހުރެންގެފަރާތުން ކަލޭމެންނަށް ހުރި عقوبة) ކަލޭމެންނަށް އެނގިދާނެއެވެ. ހަމަކަށަވަރުން يقين ންވެސް އަހުރެން ކަލޭމެންގެ އަތްތަކާއި އަދި ފައިތައް ކަންކުއްޗަށް (އެބަހީ: ކަނާތާއި ވައަތުފައި) ކަނޑާހުށީމެވެ! އަދި ކަލޭމެން އެންމެން ސޮލީބަށް އަރުވާހުށީމެވެ! 50. (50) އެމީހުން އެބަހީ: سحر ވެރިން ބުންޏެވެ. އަހުރެމެންނަށް އެއްވެސް ގެއްލުމެއްނެތެވެ. ހަމަކަށަވަރުން އަހުރެމެންނަކީ އަހުރެމެންގެ ربّ ގެ حضرة އަށް އެނބުރިދާނެ ބަޔަކީމެވެ. 51. (51) ހަމަކަށަވަރުން އަހުރެމެން ދަހިވެތިކަމާއިއެކު އެދެނީ އަހުރެމެންގެ ربّ އަހުރެމެންގެ ކުށްތަކާއި ފާފަތައް ފުއްސަވައިދެއްވުމެވެ. އެއީ އަހުރެމެން (މި أمّة ން) އެންމެ ފުރަތަމަ مؤمن ންކަމުގައި ވުމުންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Notlar ve Düşünceler

Bu ayetle ilgili herhangi bir notunuz veya düşünceniz yok.

Notes placeholders

Kur'an'la bağlantınızı koruyun ❤️

Yeniden başlamak, düşünmek ve Kur'an'la bağlantıda kalmak için kısa ve anlamlı hatırlatmalar.

Kuran'ı Oku, Dinle, Araştır ve Üzerinde Düşün

Quran.com, dünya çapında milyonlarca kişinin Kur'an'ı birden fazla dilde okumak, aramak, dinlemek ve üzerinde düşünmek için kullandığı güvenilir bir platformdur. Çeviriler, tefsirler, kıraatler, kelime kelime çeviriler ve derinlemesine inceleme araçları sunarak Kur'an'ı herkes için erişilebilir hale getirir.

Bir Sadaka-i Cariye olarak Quran.com, insanların Kur'an ile derin bir bağ kurmasına yardımcı olmaya kendini adamıştır. 501(c)(3) kar amacı gütmeyen bir kuruluş olan Kur'an Vakfı tarafından desteklenen Quran.com, Elhamdülillah herkes için ücretsiz ve değerli bir kaynak olarak büyümeye devam ediyor.

Keşfedin
Anasayfa
Kuran Radyo
Okuyucular
Hakkımızda
Geliştiriciler
Ürün Güncellemeleri
Geri Bildirim
Yardım
Bağış Yapın
Projelerimiz
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation tarafından sahip olunan, yönetilen veya desteklenen kar amacı gütmeyen projeler
Popüler Bağlantılar
Kur'an'dan Dualar
Günün Kur'an Ayeti
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Site HaritasıGizlilikŞartlar ve koşullar
© 2026 Quran.com. Her hakkı saklıdır
Katkı yapmak