Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ
026

Ash-Shu'ara 26:147 في جنات وعيون ١٤٧

26:147
فِي
جَنَّٰتٖ
وَعُيُونٖ
١٤٧
(147)،(148) އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟)
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

A Reminder to Them of their Circumstances and the Blessings

They enjoyed Salih preached to them, warning them that the punishment of Allah could overtake them and reminding them of the blessings that Allah had bestowed upon them, by giving them ample provision and making them safe from all kinds of d

…

A Reminder to Them of their Circumstances and the Blessings

They enjoyed Salih preached to them, warning them that the punishment of Allah could overta

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 26, Trang 373, Juz 19

141. (141) އަދި ثَمود ބާގައިގެމީހުން ފޮނުއްވުނު ر سول ން ދޮގުކުރިއެވެ. 142. (142) އެއީ އެމީހުންގެ أخ (صَالح ގެފާނު) صالح عليه السّلام - ވިދާޅުވިހިނދުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން تقوى ވެރިނުވާނޭ ހެއްޔެވެ؟ ބިރުވެތި ނުވާނޭހެއްޔެވެ؟ 143. (143) ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންނަށްވާ އަމާނާތްތެރި رسول އަކީމެވެ. 144. (144) ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! އަދި ކަލޭމެން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ! 145. (145) އަދި އެކަމުގެމައްޗަށް (އެބަހީ: رسول ކަން އިއްވަވައި ކަލޭމެންނަށް نصيحة ތެރިވުމުގެ މައްޗަށް) އަހުރެން ކަލޭމެންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދެމެވެ. އަދި އަހުރެންގެ ދަރުމަ عَالم ތަކުގެ ވެރި ربّ ގެ حضرة ގައި މެނުވީ ނުވެއެވެ. 146. (146) މިތާ މިދުނިޔޭގައިވާ ތަކެތީގެ ތެރެއަށް އަމާންކަމާއިއެކު އުޅުމަށް ކަލޭމެން ދޫކުރެވޭނޭހެއްޔެވެ؟ 147. (147)،(148) އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟) 148. (147)،(148) އެތާވާ ބަގީޗާތަކާއި ކޯރުތަކާއި ދަނޑުތަކާއި އަދި އޭގެ އިހާގަނޑު ދޮންވެ ފައްކާވެފައިވާ ކަދުރު ރުއްތަކުގެ ތެރޭގައި (މަޖާނަގަން ދޫކޮށްފައިތިބެވޭނެ ހެއްޔެވެ؟) 149. (149) އަދި ކަލޭމެން ފަރުބަދަތައް ކޮށައި ފޮފަނަގައިގެން ރަނގަޅު މޮޅުގެތައް ހަދަނީއެވެ. 150. (150) ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ. އަދި ކަލޭމެން އަހުރެންނަށް ކިޔަމަންތެރިވާށެވެ! 151. (151) އަދި ނުބައިކަންތަކުގައި ދެމިތިބޭ مُسْرِف ންގެ أمر އަށް ކަލޭމެން ކިޔަމަންތެރިނުވާށެވެ! 152. (152) މިބުނާ مُسْرِف ންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. އަދި إصلاح ނުކުރާ މީހުންނެވެ. 153. (153) އެމީހުން - އެބަހީ: ثمود ބާގައިގެ ކާފަރުން ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ مخلوق ންގެ ތެރެއިންވާ ބޭކަލެކެވެ. ކަލޭގެފާނަކީ سِحْرُ ޖެހިފައިވާ މީހުންގެތެރެއިންވާ ބޭކަލެކެވެ. 154. (154) އަހުރެމެންކަހަލަ آدم ގެދަރިއަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. ކަލޭގެފާނަކީ (ތިޔަދައްކަވާ ވާހަކަފުޅުގައި) ތެދުވެރިބޭކަލަކު ކަމުގައި ވަންޏާ ފަހެ ކަލޭގެފާނު ނިކަން مُعْجِزَة އެއް ގެނަސްބަލާށެވެ. رسول އަކުކަމުގައި ބެލެވޭނީ އޭރުންނެވެ. 155. (155) އެކަލޭގެފާނު يعني: صالح عليه السّلام ވިދާޅުވިއެވެ. މިއޮތީ ޖަމަލެކެވެ. (ﷲ ގެ جمل ފުޅެވެ.) (ރަށުގެ) ފެން އެއްދުވަހު އެޖަމަލަށެވެ. (އެދުވަހު ކަލޭމެން ފެންބޭނުން ނުކުރާށެވެ!) އަދި ކަނޑައެޅި އެނގިގެންވާ އަނެއްދުވަހުގެ ފެން ކަލޭމެނަށެވެ. (އެދުވަހު އެޖަމަލު ފެން ނުބޯނެއެވެ.) 156. (156) އަދި ނުބައެއް ހެދުމުގެ ގޮތުން ކަލޭމެން އެޖަމަލުގައި ނުބީހޭށެވެ! (ކޮންމެސްކޮންމެސް ގޯނާއެއް ނުކުރާށެވެ. އޭތި އުޅޭގޮތަކަށް އޭތިއުޅޭން ދޫކޮށްލާށެވެ!) އެފަދަ ގޯނާއެއް އެއަށް ކޮށްފިނަމަ ކަލޭމެނަށް ބޮޑުވެގެންވާ ދުވަހެއްގެ عذاب އަތުވެދާނެއެވެ. 157. (157) ފަހެ އެމީހުން އެއެތި މަރައިފިއެވެ. އެހެންވެ އެމީހުން ހިތާމަކުރާ حال ފަތިސްކޮށްފިއެވެ. އެމީހުންނީ ހިތާމަކުރާ ބަޔަކުކަމުގައި ވެއްޖެއެވެ. 158. (158) ފަހެ އެމީހުންނަށް عذاب އަތުވެއްޖެއެވެ. (އެއީ ގަދައަޑުފަށަކާއިއެކު زَلْزَلَة އެކެވެ.) ހަމަކަށަވަރުން އެކަންތަކުގައި (އެބަހީ: ثمود ބާގައިގެމީހުން އެމީހުންގެ رسول އާ صالح عليه السّلام ދޮގުކުރުމުގެ ސަބަބުން އެމީހުން ހަލާކު ކުރެއްވުމުގައި ކަލޭގެފާނުންގެ أمّة ގެމީހުންނަށްވާ) عِبْرة އާއި نصيحة ވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން مؤمن ންކަމުގައި ނުވިއެވެ. ތެދުކުރިމީހުންކަމުގައި ނުވިއެވެ. 159. (159) އަދި ހަމަކަށަވަރުން ކަލޭގެފާނުން ހައްދަވާބޮޑުކުރެއްވި ربّ އެއީ ކަނޑައެޅިގެން عزّة ވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp