(113) އަދި އެކަލޭގެފާނަށާއި يعني إبراهيم عليه السلام އަށާއި އަދި إسحاق عليه السلام އަށްތިމަންރަސްކަލާނގެ ބަރަކާތްލެއްވީމެވެ. އަދި އެދެބޭކަލުންގެ ދަރިފަސްކޮޅުގައި إحسان ތެރި ރަނގަޅު މީހުންނާއި، އަދި އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ މީހުން - يعني مشركން ތިމަންރަސްކަލާނގެ ލެއްވީމެވެ.