Registrazione
Registrazione
Registrazione
Seleziona la lingua

As-Saf 61:8 يريدون ليطفيوا نور الله بافواههم والله متم نوره ولو كره الكافرون ٨

Pagina 552 · Juz 28

يُرِيدُونَ
لِيُطۡفِـُٔواْ
نُورَ
ٱللَّهِ
بِأَفۡوَٰهِهِمۡ
وَٱللَّهُ
مُتِمُّ
نُورِهِۦ
وَلَوۡ
كَرِهَ
ٱلۡكَٰفِرُونَ
٨
(8) އެމީހުން އެދެނީ އެމީހުންގެ އަނގަތަކުން (ބައްތީގެ ހުޅުކޮޅަށް ފުމޭގޮތަށް ފުމެގެން) ﷲ ގެ نُوْر ނިވާލާން ކަމަށެވެ. إسْلام دِيْن ގެ އަލިކަން ނައްތައިލާން ކަމަށެވެ. އެކަމަކު ކާފަރުން ނުރުހި ތިއްބަސް ﷲ އެކަލާނގެ نُوْر ފުރިހަމަ ކުރައްވާނެއެވެ. إسْلام دِيْن ފައުޅުކުރައްވާނެއެވެ.
Continua a leggere

Leggi il Tafsir

Ibn Kathir (Abridged)

The Most Unjust among all People

Allah said,

وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ الْكَذِبَ وَهُوَ يُدْعَى إِلَى الإِسْلاَمِ

(And who does more wrong than the one who invents a lie against Allah, while he is being invited to Islam) meaning, none is more unjust than he who lies about Allah and

…

The Most Unjust among all People

Allah said,

وَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللَّهِ الْكَذِبَ وَهُوَ يُدْعَى إِلَى الإِسْلاَمِ

(And who does more

…
Visualizzazione Tafsir

Leggere nel contesto

5. (5) އަދި مُوْسَى عَلَيْه السلام އެކަލޭގެފާނުގެ قَوْم ގެ މީހުންނަށް ވިދާޅުވިހިނދު ހަނުމަފުޅު ކުރައްވާށެވެ ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ އަހުރެންގެ قَوْم ގެ މީހުންނޭވެ. ކަލޭމެން ތިމަން ކަލޭގެފާނަށް އުނދަގޫ ކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަލޭގެފާނީ ކަލޭމެންގެ ގާތަށް ﷲ ފޮނުއްވި رَسُوْل އާކަން ކަލޭމެން ރަނގަޅަށް ދަންނާނެއެވެ." (އެމީހުން އެކަލޭގެފާނަށް އުނދަގޫކުރީ އެކަލޭގެފާނުގެ ބަސްފުޅު ނުއެހުމުންނާއި، އެކަލޭގެފާނުގެ أمْر ފުޅަށް ނުކިޔަމަންތެރި ވެގެންނާއި، އަދި އެކަލޭގެފާނަށް ހުތުރު އެއްޗެތި ކިޔައިގެންނެވެ. އެކަލޭގެފާނުގެ ކުރިމަތިފަރާތް ބޮޑުވެފައޭވެސް އެމީހުން ކީއެވެ. أحْزاب ސޫރަތް ނިމޭތާ އެވާހަކަ ذِكْر ކުރެވިގެން ވެއެވެ.) ދެންފަހެ އެމީހުން އެގޮތުގެ މަތީގައި އެކަލޭގެފާނަށް ނުކިޔަމަންތެރިވުން މަތީ ދެމިތިބުމުން، ނުވަތަ إِيْمَان ކަމާއި، ތެދުމަގާ ދުރަށް އެމީހުން ލެނބުމުން ﷲ އެމީހުންގެ ހިތްތައް إِيْمَان ކަމާއި، ތެދުމަގާ ދުރަށް ލަންބަވައިފިއެވެ. އަދި فاسِق ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވައެވެ. 6. (6) އަދި مَرْيَم ގެފާނުންގެ ދަރިކަލުން عِيْسَى عَلَيْه السلام بَنِي إسْرائيل ންނަށް ވިދާޅުވި ހިނދު ކަންވީގޮތް ހަނދުމަ ފުޅު ކުރައްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ بَنِي إسْرائيل އެވެ! ހަމަކަށަވަރުން އަހުރެންނަކީ ކަލޭމެންގެ ގާތަށް ﷲ ފޮނުއްވި رَسُوْل އާއެވެ. އެއީ އަހުރެންގެ ކުރީގައި ވާ تَوْرَاة ތެދުކުރާ حال ގައެވެ. އަދި އަހުރެންގެ ފަހުން ވަޑައިގަންނަވާނޭ رَسُوْل ބޭކަލަކު ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި خَبَر ވެސް ކަލޭމެންނަށް ދޭށެވެ. އެ ބޭކަލެއްގެ ނަންފުޅަކީ أَحْمَد އެވެ." ދެންފަހެ ބަޔާންވެ، ފައުޅުވެގެންވާ مُعْجِزَة އާއި، دَلِيل އާއިގެން އެކަލޭގެފާނު (އެބަހީ عِيْسَى / ނުވަތަ أَحْمَد ގެފާނު) ވަޑައިގަތުމުން އެމީހުން ބުނީ "މިއީ بَيَان ވެގެންވާ سِحْر އެއް" ކަމުގައެވެ. (ކާފަރުންގެ މީހުން މިއިން އެއް ބޭކަލަކަށްވެސް إِيْمَان އެއް ނުވިއެވެ.) 7. (7) إسْلام ވުމަށް އެމީހަކަށް ގޮވޭހިނދު، ގޮވެމުން ދާއިރު ﷲ ގެ މައްޗަށް ބޮޑު ދޮގެއް ހަދައިގަތް މީހަކަށް ވުރެން ވަކީން ބޮޑު އަނިޔާވެރިޔަކީ ކާކު ހެއްޔެވެ؟ އެއަށްވުރެ ބޮޑު އަނިޔާވެރިޔަކު ނުވާނެއެވެ. އަދި އަނިޔާވެރި ވެއްޖެ ބަޔަކަށް ﷲ ތެދުމަގު ނުދައްކަވާ ހުއްޓެވެ. 8. (8) އެމީހުން އެދެނީ އެމީހުންގެ އަނގަތަކުން (ބައްތީގެ ހުޅުކޮޅަށް ފުމޭގޮތަށް ފުމެގެން) ﷲ ގެ نُوْر ނިވާލާން ކަމަށެވެ. إسْلام دِيْن ގެ އަލިކަން ނައްތައިލާން ކަމަށެވެ. އެކަމަކު ކާފަރުން ނުރުހި ތިއްބަސް ﷲ އެކަލާނގެ نُوْر ފުރިހަމަ ކުރައްވާނެއެވެ. إسْلام دِيْن ފައުޅުކުރައްވާނެއެވެ. 9. (9) އެކަލާނގެއީ ތެދުމަގާއި، حَقّ دِين އާއިގެން އެކަލާނގެ رَسُوْل އާ مُحَمَّدٌ ﷺ ފޮނުއްވި ކަލާނގެއެވެ. އެއީ އެންމެހައި دِيْن ތަކެއްގެ މައްޗަށް އެ دِيْن ފައުޅުކުރައްވައި، ގަދަކުރެއްވުމަށްޓަކައެވެ. مُشْرِك ންނާއި دِين ގެ عَداوَة ތެރީން ނުރުހި ތިބިނަމަވެސް މެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Continua a leggere

Appunti e riflessioni

Non hai appunti o riflessioni su questo verso.

Notes placeholders

Rimani connesso al Corano ❤️

Brevi e significativi promemoria per ritrovare la serenità, riflettere e restare connessi al Corano.

Leggi, ascolta, cerca e rifletti sul Corano

Quran.com è una piattaforma affidabile utilizzata da milioni di persone in tutto il mondo per leggere, cercare, ascoltare e riflettere sul Corano in diverse lingue. Offre traduzioni, tafsir, recitazioni, traduzioni parola per parola e strumenti per uno studio più approfondito, rendendo il Corano accessibile a tutti.

In qualità di Sadaqah Jariyah, Quran.com si impegna ad aiutare le persone a entrare in contatto profondo con il Corano. Supportato da Quran.Foundation , un'organizzazione no-profit 501(c)(3), Quran.com continua a crescere come risorsa gratuita e preziosa per tutti, Alhamdulillah.

Navigare
Casa
Radio del Corano
Recitatori
Chi siamo
Sviluppatori
Aggiornamenti del prodotto
Feedback
Aiuto
Donare
I nostri progetti
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Progetti senza scopo di lucro posseduti, gestiti o sponsorizzati da Quran.Foundation
Link popolari
Suppliche del Corano
Versetto del giorno del Corano
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mappa del sitoPrivacyTermini e Condizioni
© 2026 Quran.com. Tutti i diritti riservati
Contribuire