Entrar
Entrar
Entrar
Selecione o idioma

061As-Saf 61:14 يا ايها الذين امنوا كونوا انصار الله كما قال عيسى ابن مريم للحواريين من انصاري الى الله قال الحواريون نحن انصار الله فامنت طايفة من بني اسراييل وكفرت طايفة فايدنا الذين امنوا على عدوهم فاصبحوا ظاهرين ١٤

61:14
يَٰٓأَيُّهَا
ٱلَّذِينَ
ءَامَنُواْ
كُونُوٓاْ
أَنصَارَ
ٱللَّهِ
كَمَا
قَالَ
عِيسَى
ٱبۡنُ
مَرۡيَمَ
لِلۡحَوَارِيِّـۧنَ
مَنۡ
أَنصَارِيٓ
إِلَى
ٱللَّهِۖ
قَالَ
ٱلۡحَوَارِيُّونَ
نَحۡنُ
أَنصَارُ
ٱللَّهِۖ
فَـَٔامَنَت
طَّآئِفَةٞ
مِّنۢ
بَنِيٓ
إِسۡرَٰٓءِيلَ
وَكَفَرَت
طَّآئِفَةٞۖ
فَأَيَّدۡنَا
ٱلَّذِينَ
ءَامَنُواْ
عَلَىٰ
عَدُوِّهِمۡ
فَأَصۡبَحُواْ
ظَٰهِرِينَ
١٤
(14) އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ نَصْر ވެރީންނަށް ވާށެވެ. (އެބަހީ: ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ.) އެއީ حَوارِيّ ންނަށް ވެސް عِيْسَى ވިދާޅުވި ފަދައިންނެވެ. (حَوارِيّ ންނަކީ عِيْسَى عَلَيْه السلام ގެ أصْحاب ންނެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ އަށް نَصْر ދޭން އަހުރެންގެ نَصْر ވެރީންނަކީ ކޮބައިހެއްޔެވެ؟" (އެބަހީ: ﷲ ގެ دِين އަށް نَصْر ދިނުމަށް ޓަކައި އަހުރެންނަށް نَصْر ދީ ވާގިވެރިވާނޭ ބަޔަކީ ކޮން ބައެއް ހެއްޔެވެ؟) އެހިނދު حَوارِيّ ބޭކަލުން ދެންނެވިއެވެ. "އަހުރެމެން މީ ﷲ ގެ نَصْر ވެރީންނެވެ." (އެބަހީ: ﷲ ގެ دِين އަށް نَصْر ދޭން ތިބި މީހުންނެވެ.) (مُحَمَّد ގެފާނަށް إِيْمَان ވެގެން ތިބި މީހުންނޭވެ. عِيْسَى عَلَيْه السلام ގެ حَوارِيّ ބޭކަލުން އެ ވިދާޅުވިގޮތަށް ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ. ފަހެ أصْحاب ބޭކަލުންނަށް رَسُوْل ﷲ ﷺ އެފަދައިން އެންގެވުމުން އެ ބޭކަލުން ކަންތައް ކުރެއްވީވެސް ހަމަ އެފަދައިންނެވެ. އެ ބޭކަލުން ވީ ﷲ ގެ دِين އަށް نَصْر ދިން މާތް ބޭކަލުން ކަމުގައެވެ. رَضِيَ ﷲ عَنْهُم.) ދެން بَنِي إسْرائِيل ންގެ ތެރެއިން جَماعَة އެއްގެ ބަޔަކު މީހުން، عِيْسَى عَلَيْه السلام އަށް إِيْمَان ވިއެވެ. އަދި އޭގެ ތެރެއިން جَماعَة އެއްގެ ބަޔަކު ކާފަރުވިއެވެ. ދެންފަހެ ކާފަރު އެވީ جَماعَة ގެ މައްޗަށް إِيْمَان ވީ މީސްތަކުން ތިމަންރަސްކަލާނގެ ގަދަކުރައްވައި، تَأْيِيد ކުރެއްވީމެވެ. އަދި إِيْمَان ވީ މީސްތަކުން ވީ އެބައިމީހުންގެ عَدُوّ ންގެ މައްޗަށް ގަދަވެގެންވާ ބަޔަކު ކަމުގައެވެ.
Continue lendo

Leia Tafsir

Ibn Kathir (Abridged)

Muslims are always the Natural Supporters of Islam

Allah the Exalted orders His faithful servants to be Allah's supporters at all times, in all their statements and actions, sacrificing themselves and wealth. Allah orders them to accept His and His Messenger's call, just as the disciples said to Pro

…

Muslims are always the Natural Supporters of Islam

Allah the Exalted orders His faithful servants to be Allah's supporters at all times, in all their

…
Mais Tafsirs

Leia no contexto

Capítulo 61, Página 552, Juz 28

10. (10) އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ވޭންދެނިވި عَذاب ން ތިޔަބައިމީހުން ސަލާމަތް ވާނޭ ވިޔަފާރިއަކަށް ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް މަގުދައްކައި، އިރުޝާދުދެއްވާ ހުށީމެވެ. އެ ވިޔަފާރީގެ رَأْسُالمَال އަކީ (ތިޔަބައިމީހުންގެ ފަރާތުން ދައްކާންޖެހޭ މުދަލަކީ): 11. (11) ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވެ، އެ ދެފަރާތް ތެދުކުރުމާއި، ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ نَفْس ތަކުން ﷲ ގެ މަގުގައި جِهاد ކުރުމެވެ. ތިޔަބައިމީހުންނަށް އެނގޭނަމަ އެގޮތް، އަދި އެ ކަންތައް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަމުގެ ބަދަލުގައި ކަލޭމެންނަށް ހުރި ފައިދާއަކީ، އެ ވިޔަފާރީގެ ނަފާއަކީ: 12. (12) އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުމެވެ. އަދި އެ ތަންތާނގެ ދަށުން އާރުތައް ދެމިގެންވާ ސުވަރުގެތަކަށް ތިޔަބައިމީހުން ވެއްދެވުމެވެ. އަދި قائِم ވެ ތިބޭ ސުވަރުގެތަކުގައި ތިބޭނޭ مَسْكَن ތައް (ތިބޭނޭ ތަން) ތިޔަބައިމީހުންނަށް ދެއްވުމެވެ. ބޮޑުވެގެންވާ ނަސީބަކީ އެއީއެވެ. 13. (13) އަދި ތިޔަބައިމީހުން އެ ފައިދާއަކަށް ޓަކައި ލޯބިކުރާނޭ އެހެން ފައިދާއެއް ވެއެވެ. އެއީ ﷲ ގެ حَضْرَة ން ވާ نَصْر އާއި، ކާމިޔާބެވެ. އަދި فَتْح އެވެ. (مَكَّة فَتْح ވުމެވެ.) އަދި مُؤْمِن ތަކުންނަށް އުފާވެރިކަމުގެ خَبَر ދެއްވާށެވެ. • ދަންނައެވެ. އިސްވެދިޔަ ދެތިން آيَة ގައި ﷲ بَيان ކުރައްވާފައި އެވާ ނަފާ އެހައިބޮޑު ވިޔަފާރިއަކީ މިއަދު އަޅުގަނޑުމެންނަށް ބައިވެރި ވެވިދާނޭ ވިޔަފާރިއެކެވެ. އެއް ފަރާތުން ހުށައަޅާންޖެހޭ މުދަލަކީ ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވުމާއި، ދެން ތިމާމެންގެ މުދަލާއި نَفْس ތަކުން ﷲ ގެ މަގުގައި جِهاد ކުރުމެވެ. މި ތަކެތީގެ ބަދަލުގައި ﷲ ދެއްވަން އެ އަންގަވަނީ ދުވަހަކު ނިމުމެއް ނުވާ ބޮޑު نِعْمَة އެވެ. އެއީ ފާފަ ފުއްސަވައި ދެއްވުމާއި އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގައި އޮންނަ ސުވަރުގެތަކަށް ވެއްދެވުމާއި، قائِم ވެ ތިބޭ ސުވަރުގެއިން މާތްވެގެންވާ ގޯތިގެދޮރު ދެއްވުމެވެ. އަދި މީގެ އިތުރުން އެހެން ފައިދާއެކެވެ. އެއީ ދުނިޔެމަތީގައި ދެއްވާނޭ ފައިދާއެވެ. ކުރީން ދެންނެވިގެން އެވަނީ قِيامَة ދުވަހުން ހުރި ފައިދާއާއި، ބޮޑުވެގެންވާ ނަސީބެވެ. ދުނިޔެމަތީގައިވާ ފައިދާއަކީ ﷲ ގެ نَصْر އާއި، فَتْح ދެއްވުމެވެ. ފަހެ މި ވިޔަފާރީގެ ނަފާ ބޮޑުކަމާއެވެ! 14. (14) އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ نَصْر ވެރީންނަށް ވާށެވެ. (އެބަހީ: ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ.) އެއީ حَوارِيّ ންނަށް ވެސް عِيْسَى ވިދާޅުވި ފަދައިންނެވެ. (حَوارِيّ ންނަކީ عِيْسَى عَلَيْه السلام ގެ أصْحاب ންނެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ އަށް نَصْر ދޭން އަހުރެންގެ نَصْر ވެރީންނަކީ ކޮބައިހެއްޔެވެ؟" (އެބަހީ: ﷲ ގެ دِين އަށް نَصْر ދިނުމަށް ޓަކައި އަހުރެންނަށް نَصْر ދީ ވާގިވެރިވާނޭ ބަޔަކީ ކޮން ބައެއް ހެއްޔެވެ؟) އެހިނދު حَوارِيّ ބޭކަލުން ދެންނެވިއެވެ. "އަހުރެމެން މީ ﷲ ގެ نَصْر ވެރީންނެވެ." (އެބަހީ: ﷲ ގެ دِين އަށް نَصْر ދޭން ތިބި މީހުންނެވެ.) (مُحَمَّد ގެފާނަށް إِيْمَان ވެގެން ތިބި މީހުންނޭވެ. عِيْسَى عَلَيْه السلام ގެ حَوارِيّ ބޭކަލުން އެ ވިދާޅުވިގޮތަށް ﷲ ގެ دِين އަށް نَصْر ދޭ ބަޔަކު ކަމުގައި ކަލޭމެން ވާށެވެ. ފަހެ أصْحاب ބޭކަލުންނަށް رَسُوْل ﷲ ﷺ އެފަދައިން އެންގެވުމުން އެ ބޭކަލުން ކަންތައް ކުރެއްވީވެސް ހަމަ އެފަދައިންނެވެ. އެ ބޭކަލުން ވީ ﷲ ގެ دِين އަށް نَصْر ދިން މާތް ބޭކަލުން ކަމުގައެވެ. رَضِيَ ﷲ عَنْهُم.) ދެން بَنِي إسْرائِيل ންގެ ތެރެއިން جَماعَة އެއްގެ ބަޔަކު މީހުން، عِيْسَى عَلَيْه السلام އަށް إِيْمَان ވިއެވެ. އަދި އޭގެ ތެރެއިން جَماعَة އެއްގެ ބަޔަކު ކާފަރުވިއެވެ. ދެންފަހެ ކާފަރު އެވީ جَماعَة ގެ މައްޗަށް إِيْمَان ވީ މީސްތަކުން ތިމަންރަސްކަލާނގެ ގަދަކުރައްވައި، تَأْيِيد ކުރެއްވީމެވެ. އަދި إِيْمَان ވީ މީސްތަކުން ވީ އެބައިމީހުންގެ عَدُوّ ންގެ މައްޗަށް ގަދަވެގެންވާ ބަޔަކު ކަމުގައެވެ.

- Abu Bakr Ibrahim Ali (Bakurube)

Anotações e reflexões

Você não tem anotações ou reflexões sobre este versículo.

Notes placeholders

Mantenha-se conectado ao Alcorão ❤️

Breves lembretes significativos para recomeçar, refletir e manter a conexão com o Alcorão.

Leia, ouça, pesquise e reflita sobre o Quran

Quran.com é uma plataforma confiável usada por milhões de pessoas em todo o mundo para ler, pesquisar, ouvir e refletir sobre o Alcorão em vários idiomas. Ela oferece traduções, tafsir, recitações, tradução palavra por palavra e ferramentas para um estudo mais aprofundado, tornando o Alcorão acessível a todos.

Como uma Sadaqah Jariyah, o Quran.com se dedica a ajudar as pessoas a se conectarem profundamente com o Alcorão. Apoiado pela Quran.Foundation , uma organização sem fins lucrativos 501(c)(3), o Quran.com continua a crescer como um recurso gratuito e valioso para todos, Alhamdulillah.

Navegar
Casa
Rádio Quran
Recitadores
Sobre nós
Desenvolvedores
Atualizações de produtos
Comentários
Ajuda
Doar
Nossos Projetos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projetos sem fins lucrativos de propriedade, administrados ou patrocinados pela Quran.Foundation
Links populares
Duas do Alcorão
Versículo do Alcorão do dia
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mapa do sitePrivacidadeTermos e Condições
© 2026 Quran.com. Todos os direitos reservados
Contribuir