Sign in
Sign in
Sign in
Select Language
055

Ar-Rahman 55:20 بينهما برزخ لا يبغيان ٢٠

55:20
بَيۡنَهُمَا
بَرۡزَخٞ
لَّا
يَبۡغِيَانِ
٢٠
(20) އެ ދެމެދުގައި (ލޯތަކަށް ނުފެންނަ) ހުރަހެއް الله ލައްވާފައި ވެއެވެ. އޭގެ ސަބަބުން އެ ދެކަނޑުގެ ފެންގަނޑު އެއްކަނޑުގެ ތެރެއަށް އަނެއް ކަނޑުގެ ފެންގަނޑު ވަދެ މައްސުނި ނުވެއެވެ. މިކްސް ނުވެއެވެ. މިހުރީ ﷲ ގެ قدرة ތެރި ކަމުގެ علامة އެވެ. ވިސްނައި، فكر ކުރާ މީހުންނަށް عبرة އެވެ. މިޒަމާނު ޓެކްނޮލޮޖީއާއި، އިލެކްޓްރޯނިކްވެސް ގައިމު ލަދުގަންނަން ޖެހޭނެއެވެ. އެހާބޮޑު ދެ ފެންގަނޑު އެހާ ބާރު އޮއިވަރާއި، ރާޅުގެ ތެރޭގައިވެސް އެއްކަނޑު އަނެއް ކަނޑަށް އެޅި މައްސުނިވެ މިކްސް ނުވާ ވަރުގެ ހުރަހެއް، އެކަމަކު އިންސާނުންނަށް އޭގެ إحساس ނުކުރެވޭ ވަރުގެ ހުރަހެއް ލައްވާފައި ހުރުމީ ގައިމު ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ފިޔަވައި އެހެން ކަމެއް ނޫނެވެ.
Continue Reading

Read Tafsir

Ibn Kathir (Abridged)

The Creation of Humans and Jinns

Allah mentions that He created mankind from clay, like that used in pottery, and created the Jinns from the tip of the flame of a smokeless fire. This was said by Ad-Dahhak from Ibn `Abbas. It was also said by `Ikrimah, Mujahid, Al-Hasan and Ibn Zayd. Al-`Awfi reporte

…

The Creation of Humans and Jinns

Allah mentions that He created mankind from clay, like that used in pottery, and created the Jinns from the tip of the

…
More Tafsirs

Read in Context

Chapter 55, Page 532, Juz 27

14. (14) رحمٰن ވަންތަ الله އިންސާނާ (آدم ގެ ދަރީންގެ ބައްޕަ آدم ގެފާނު) ހެއްދެވީ ޖަހައިލީމާ އަޑުއިވޭ ޒާތުގެ ހަރު ހިކި މަށީންނެވެ. އެއީ صلصٰال އެވެ. صلصٰال އަކީ ފިހެފައި ހުންނަ އީޓުފަދަ ފުފޭފަދަ އެބާވަތުގެ މުށިފަދަ ހަރު މައްޓެވެ. 15. (15) އަދި ޖިންނި ހެއްދެވީ - އެބަހީ ޖިންނީންގެ ބައްޕަ ކަމުގައިވާ ފުރަތަމަ ޖިންނި (جانّ) ހެއްދެވީ އެއްވެސް ދުމެއް އެކުލެވިގެން ނުވާ އަލިފާނުގެ ސާފު ހުޅުގަނޑަކުންނެވެ. مارِج އަކީ لَهَب އެވެ. އެއީ ސާފު ހުޅުގަނޑެވެ. ޖިންނީން ހެއްދެވުނީ އެއިންނެވެ. 16. (16) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ނުވަތަ ދޮގުކުރެވޭނީ ކޮން نعمة އެއް ހެއްޔެވެ؟ 17. (17) އެއީ އެބަހީ رحمٰن ވަންތަ الله އީ ދެ مشرق ގެ ވެރި ربّ އެވެ. އަދި އެއީ ދެ مغرب ގެ ވެރި ربّ އެވެ. (އެދެ مشرق އާއި، ދެ مغرب އަކީ ފިނި موسم ގެ مشرق އާއި، مغرب އެވެ. އަދި ހޫނު موسم ގެ مشرق އާއި، مغرب އެވެ.) 18. (18) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 19. (19) އަދި އެކަލާނގެއީ އެބަހީ رحمٰن ވަންތަ الله އީ ދެ ކަނޑު ހެއްދެވި ކަލާނގެއެވެ. ދެ ކަނޑު ހައްދަވައި އޮއިދެމޭ ގޮތަށް ދޫކުރެއްވި ކަލާނގެއެވެ. (އެ ދެކަނޑަކީ ލޮނުފެނުގެ ކަނޑާއި، އަދި މީރު ފެނުގެ ކަނޑެވެ.) އަދި އެ ދެކަނޑު އެކީއެކީ ދެމެމުން ދެއެވެ. 20. (20) އެ ދެމެދުގައި (ލޯތަކަށް ނުފެންނަ) ހުރަހެއް الله ލައްވާފައި ވެއެވެ. އޭގެ ސަބަބުން އެ ދެކަނޑުގެ ފެންގަނޑު އެއްކަނޑުގެ ތެރެއަށް އަނެއް ކަނޑުގެ ފެންގަނޑު ވަދެ މައްސުނި ނުވެއެވެ. މިކްސް ނުވެއެވެ. މިހުރީ ﷲ ގެ قدرة ތެރި ކަމުގެ علامة އެވެ. ވިސްނައި، فكر ކުރާ މީހުންނަށް عبرة އެވެ. މިޒަމާނު ޓެކްނޮލޮޖީއާއި، އިލެކްޓްރޯނިކްވެސް ގައިމު ލަދުގަންނަން ޖެހޭނެއެވެ. އެހާބޮޑު ދެ ފެންގަނޑު އެހާ ބާރު އޮއިވަރާއި، ރާޅުގެ ތެރޭގައިވެސް އެއްކަނޑު އަނެއް ކަނޑަށް އެޅި މައްސުނިވެ މިކްސް ނުވާ ވަރުގެ ހުރަހެއް، އެކަމަކު އިންސާނުންނަށް އޭގެ إحساس ނުކުރެވޭ ވަރުގެ ހުރަހެއް ލައްވާފައި ހުރުމީ ގައިމު ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަން ފިޔަވައި އެހެން ކަމެއް ނޫނެވެ. 21. (21) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 22. (22) އަދި އެ ދެކަނޑުން لُؤْلُؤْ އާއި، مرجان ނުކުމެއެވެ. لُؤْلُؤْ އަކީ دُرّ އެވެ. އެއީ ރަންމުތެވެ. އެއީ އިތާއިން ލިބޭ އެއްޗެކެވެ. مرجان އަކީ ރަތް މުރަކަ ނުވަތަ އެބާވަތުގެ އަގުމޮޅު ޖަވާހިރެކެވެ. (މިހުރީ ﷲ ގެ نعمة އެވެ. نعمة ގެ ތަފާތު ވައްތަރެވެ.) 23. (23) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟ 24. (24) އަދި ކަނޑުމަތީގައި އުފުލިގެންވާ ދިދަތަކެއް ފަދައިން ނުވަތަ އުފުލިގެންވާ ފަރުބަދަތަކެއް ފަދައިން އެވާ އުޅަނދުތައް ވެސް خاصّ ވެގެން ވަނީ ހަމަ رحمٰن ވަންތަ ކަލާނގެއަށެވެ. الجَوَار އަކީ މޫދުގައިވާ އުޅަނދުފަހަރެވެ. مُنْشَئات އަކީ އުފުލިފައިވާ ކޮންމެ އެއްޗެކެވެ. خلق ތަކުންގެ ބޭނުންތަކަށް ޓަކައި އެތަކެތި އެއްތަނުން އަނެއް ތަނަށް ދެވޭނޭގޮތް މެދުވެރި ކޮށްދެއްވީވެސް ހަމަ رحمٰن ވަންތަ ކަލާނގެއެވެ. 25. (25) (އޭ ޖިންނީންނާއި، އިންސީންނޭވެ.) ތިޔަ ދެބައިމީހުންގެ ربّ ގެ نعمة ތަކުގެ ތެރެއިން ތިޔަބައިމީހުން ދޮގުކުރަނީ ކޮން نعمة އެއް ހެއްޔެވެ؟

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute