An-Nisaa 4:94 يا ايها الذين امنوا اذا ضربتم في سبيل الله فتبينوا ولا تقولوا لمن القى اليكم السلام لست مومنا تبتغون عرض الحياة الدنيا فعند الله مغانم كثيرة كذالك كنتم من قبل فمن الله عليكم فتبينوا ان الله كان بما تعملون خبيرا ٩٤
يَٰٓأَيُّهَا
ٱلَّذِينَ
ءَامَنُوٓاْ
إِذَا
ضَرَبۡتُمۡ
فِي
سَبِيلِ
ٱللَّهِ
فَتَبَيَّنُواْ
وَلَا
تَقُولُواْ
لِمَنۡ
أَلۡقَىٰٓ
إِلَيۡكُمُ
ٱلسَّلَٰمَ
لَسۡتَ
مُؤۡمِنٗا
تَبۡتَغُونَ
عَرَضَ
ٱلۡحَيَوٰةِ
ٱلدُّنۡيَا
فَعِندَ
ٱللَّهِ
مَغَانِمُ
كَثِيرَةٞۚ
كَذَٰلِكَ
كُنتُم
مِّن
قَبۡلُ
فَمَنَّ
ٱللَّهُ
عَلَيۡكُمۡ
فَتَبَيَّنُوٓاْۚ
إِنَّ
ٱللَّهَ
كَانَ
بِمَا
تَعۡمَلُونَ
خَبِيرٗا
٩٤
(94) އޭ إيمان ވެއްޖެ މީސްތަކުންނޭވެ! - ކަލޭމެން ﷲ ގެމަގުގައި جهاد ކޮށް ހަނގުރާމަކުރުމަށް ބިންމަތީގައި ހިނގާފައިދަންޏާ (ދިމާވާ މީހުން އެއީ ލެޔާ މުދާ حلال ކާފަރުންތޯ ނުވަތަ ލެޔާ މުދާ حَرَام ވެގެންވާ مؤمن ންތޯ ބަލައި) ރަނގަޅަށް ސާފުކޮށް تحقيق ކުރާށެވެ. އަދި ކަލޭމެންނަށް إسلام ކަން ފާޅުކޮށް ކިޔަމަންތެރިވެއްޖެ މީހާ (އޭނާގެ މުދަލާއި غنيمة ގެ ދަހިވެތިކަމުގައި) އޭނާޔާ ދިމާއަށް ކަލޭ ތިޔައީ مؤمن އެއްނޫނޭ ކަލޭމެން ނުބުނާށެވެ! އަދި އޭނާ ނުމަރާށެވެ! އެފަދަ ކަންތައް ކަލޭމެން އެކުރަނީ ދުނިޔޭގެ حياة ގެ ބޭނުންތައް އެދިގެންނެވެ. ފަހެ ﷲ ގެ حضرة ގައިވާ ހެވާއި غنيمة ތައް މާގިނައެވެ. އަދި މީގެ ކުރިން - (އެބަހީ: ކަލޭމެންވެސް إسلام ވުމުގެކުރިން) ހަމައެފަދައިންވީމުއެވެ. (ކަލޭމެންގެ ލެޔާ މުދާވެސް ސަލާމަތްވީ އެ كلمة ކިއުމުގެ ސަބަބުންނެވެ.) ދެންފަހެ ﷲ تعالى ކަލޭމެންގެމައްޗަށް ދަރުމަވަންތަވެވޮޑިގެން توبة ލެއްވީމެވެ. ފަހެ އެހެންވެ ކަލޭމެންވެސް ރަނގަޅަށް ބަލާ تحقيق ކުރާށެވެ! ހަމަކަށަވަރުން ﷲ تعالى ކަލޭމެން ކުރާހާ ކަންކަމުގެ خبر ދެނެވޮޑިގެންވާ ކަލަކުކަމުގައި ވޮޑިގެންވެއެވެ.
• ދަންނައެވެ. އިސްވެދިޔަ އާޔަތް ބާވައިލެއްވި ސަބަބަކާމެދު ގިނަ ރިވާޔަތްތައް އައިސްފައިވެއެވެ. ހުރިހާ ރިވާޔަތެއްގެ خُلاَصة އަކީ ގާތްގަނޑަކަށް އެކެއްޗެކެވެ. تفسير طبري ގައި ރިވާވެގެންވެއެވެ. مسلم ންގެ މީހަކު مشرك ންގެމީހެއްގެ މައްޗަށް އަރައިގަތެވެ. ދެން مشرك މީހާ ބުންޏެވެ. - އަހުރެންނަކީ مسلم އެކެވެ. أَشْهَدُ أَنْ لاَ إِلَهَ إِ لاَّ ﷲ ކިޔައި އޭނާ إسلام ކަން ފާޅުކޮށްފިއެވެ. - (ނަމަވެސް مسلم މީހާއަށް ހީވީ އޭނާ ކަނޑިދަށުން ސަލާމަތްވާންވެގެން ދެއްކި ބަހަނާއެއް ކަމަށެވެ.) އެހެންވެ އޭނާ މަރައިލައިފިއެވެ. އެކަމުގެ خبر رسول ﷲ ﷺ އަށް ލިބިވަޑައިގަތުމުން އޭނާ މަރައިލިމީހާއާއި ދިމާއަށް حديث ކުރެއްވިއެވެ. އޭނާ لاَ إِلَهَ إِ لاَّ ﷲ ކިއުމަށްފަހުވެސް ކަލޭ އޭނާ މެރީހެއްޔެވެ؟ އެމީހާ عُذْرُ ވެރިވަމުން ދެންނެވިއެވެ. އޭ نبي ﷲ އެވެ. އޭނާ އެހެންބުނީ ސަލާމަތްވާންވެގެންނެވެ. نبي ﷲ ﷺ حديث ކުރެއްވިއެވެ. "فَهَلاَّ شَقَقْتَ عَنْ قَلْبِهِ" (يعني: ކަލޭ އޭނާގެ ހިތް ފަޅައިގެން ބެލިނަމައެވެ. ނުބެލީ ކީއްވެގެންހެއްޔެވެ؟) މިއެވެ. އަދި މީގެ އިތުރު ރިވާޔަތްތައްވެސްވެއެވެ. - والله أعلم بالصّواب.
Soma Tafsir
Ibn Kathir (Abridged)
Greeting with the Salam is a Sign of Islam
Imam Ahmad recorded that `Ikrimah said that Ibn `Abbas said, "A man from Bani Sulaym, who was tending a flock of sheep, passed by some of the Companions of the Prophet and said Salam to them. They said (to each other), `He only said Salam to protect himself
…Greeting with the Salam is a Sign of Islam
Imam Ahmad recorded that `Ikrimah said that Ibn `Abbas said, "A man from Bani Sulaym, who was tending a floc
…