Aanmelden
Aanmelden
Aanmelden
Taal selecteren
004

An-Nisa 4:90 الا الذين يصلون الى قوم بينكم وبينهم ميثاق او جاءوكم حصرت صدورهم ان يقاتلوكم او يقاتلوا قومهم ولو شاء الله لسلطهم عليكم فلقاتلوكم فان اعتزلوكم فلم يقاتلوكم والقوا اليكم السلم فما جعل الله لكم عليهم سبيلا ٩٠

4:90
إِلَّا
ٱلَّذِينَ
يَصِلُونَ
إِلَىٰ
قَوۡمِۭ
بَيۡنَكُمۡ
وَبَيۡنَهُم
مِّيثَٰقٌ
أَوۡ
جَآءُوكُمۡ
حَصِرَتۡ
صُدُورُهُمۡ
أَن
يُقَٰتِلُوكُمۡ
أَوۡ
يُقَٰتِلُواْ
قَوۡمَهُمۡۚ
وَلَوۡ
شَآءَ
ٱللَّهُ
لَسَلَّطَهُمۡ
عَلَيۡكُمۡ
فَلَقَٰتَلُوكُمۡۚ
فَإِنِ
ٱعۡتَزَلُوكُمۡ
فَلَمۡ
يُقَٰتِلُوكُمۡ
وَأَلۡقَوۡاْ
إِلَيۡكُمُ
ٱلسَّلَمَ
فَمَا
جَعَلَ
ٱللَّهُ
لَكُمۡ
عَلَيۡهِمۡ
سَبِيلٗا
٩٠
(90) މީގެތެރެއިން ކަލޭމެން مؤمن ންނާއި އެބަޔަކާދެމެދު عَهْدُ އެއްވެ އެގްރީމެންޓެއް ވެފައިވާ ބަޔަކުގެ ތެރެއަށް ގޮސް އެމީހުންގެ މީހަކަށް ވީމީހަކުމެނުވީއެވެ. (އެފަދަމީހާއަށް އެމީހުންނަށް އޮތް حكم އެއް އޮންނާނެއެވެ.) ނުވަތަ އަދި ކަލޭމެން مؤمن ންނާ ހަނގުރާމަކުރުމަށް ހިތްދަތިވެގެންވާ حال ނުވަތަ އެމީހުންގެ قوم ގެ މީހުންނާ ހަނގުރާކުރުމަށް ހިތްދަތިވެގެންވާ حال ކަލޭމެން ކައިރިއަށް އައިބަޔަކު މެނުވީއެވެ. (އެމީހުންނަށް އަމާންކަން އޮންނާނެއެވެ.) އަދި ﷲ އިރާދަކުރެއްވިނަމަ އެމީހުން ކަލޭމެން (مؤمن ން) ގެމައްޗަށް ފާކުރައްވާ ގަދަކުރައްވައިފީހެވެ. ދެން އޭރުން އެމީހުން ކަލޭމެންނާ ހަނގުރާމަކޮށްފީހެވެ. ދެންފަހެ އެމީހުން އެތިބިގޮތުން ދުރުވެ އަދި ކަލޭމެނާއި ހަނގުރާމަނުކޮށް صلح ވުމަށް ހުށަހަޅައިފިއްޔާ (ދެން ކަލޭމެން صلح ވާށެވެ!) ދެން އަދި ކަލޭމެން އެމީހުންގެމައްޗަށް އަރައިގަންނާނޭ މަގެއް ކަލޭމެނަކަށް ނުލައްވައެވެ. ނަމަވެސް މިހުރިހާ حكم ތަކެއް توبة ސޫރަތުގެ فَإِذَا انسَلَخَ الأَشْهُرُ الْحُرُمُ فَاقْتُلُواْ الْمُشْرِكِينَ... މިއާޔަތްތަކުން مَنْسُوخ ވެގެން ހިނގައްޖެއެވެ. = تفسير الطّبري =
Lees verder

Lees Tafsir

Ibn Kathir (Abridged)

Censuring the Companions for Disagreeing over the Hypocrites who Returned to Al-Madinah Before Uhud

Allah criticizes the believers for disagreeing over the hypocrites. There are conflicting opinions over the reason behind revealing this Ayah. Imam Ahmad recorded that Zayd bin Thabit said that Messeng

…

Censuring the Companions for Disagreeing over the Hypocrites who Returned to Al-Madinah Before Uhud

Allah criticizes the believers for disagreeing over

…
Meer Tafsirs

Lees in context

Hoofdstuk 4, Pagina 92, Juz 5

88. (88) (އޭ مؤمن ންނޭވެ!) منافق ންނާމެދު ކަލޭމެން ދެބަޔަކަށް ބެހި ދެ خيال އެއްވާންވީ ކޮން مقصد އެއްގައި ހެއްޔެވެ؟ އަދި ﷲ تعالى އެމީހުންކުރި ފާފައިގެ ސަބަބުން އެމީހުން އެކޮޅު މިކޮޅުން ޖައްސަވައިފިއެވެ. (ކާފަރުންގެ حكم ގެތެރެއަށް ލައްވައިފިއެވެ.) ﷲ މަގުފުރައްދަވައިފި ބަޔަކަށް ތެދުމަގު ދެއްކެވުމަށް ކަލޭމެން އެދެނީހެއްޔެވެ؟ އަދި ﷲ މަގުފުރައްދައިފި މީހަކު ތެދުމަގަށް واصل ވާނެ އެއްވެސްގޮތެއް އެއްވެސްމަގެއް ވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ. • ދަންނައެވެ. މިއާޔަތުގައި ސިފަވެގެން މިދާބަޔަކީ مكّة ގެ ބަޔަކުކަމުގައި ވިއެވެ. އެމީހުން نبي ﷺ ގެ އަރިހަށް އައިސް މީހުންނަށް ދައްކަން إسلام ކަން ފައުޅުކޮށް ދެން އެނބުރި އެމީހުންގެ ރަށަށް ގޮސް ބުދުކައިރިއަށްގޮސް އަޅުކަންކުރާކަމުގައިވިއެވެ. އެމީހުން އެގޮތުން ދެފަރާތުގެ އަމާންކަން ހޯދާކަމުގައިވިއެވެ. އެމީހުން އެގޮތް ހުއްޓާލާ ނުވަތަ صُلحَ ވެ ނުހެދިނަމަ އެމީހުންނާ ހަނގުރާމަކުރުމަށް އަމުރު އައިސްފައިވެއެވެ. ދެންފަހެ أصحاب ބޭކަލުންކުރެ އެއްބަޔަކު އެއީ منافق ންކަމުގައި ދެކެއެވެ. އަނެއްބަޔަކު އެއީ مؤمن ންކަމުގައި ދެކެއެވެ. 88 ވަނަ އާޔަތުގައި مؤمن ން منافق ންނާމެދު ދެ خيال އެއްވާކަމުގައި އެވަނީ އެހެންވެއެވެ. = زبْدَةُ التّفْسِير =. 89. (89) އަދި އެމީހުން އެދެނީ ކަލޭމެން (مؤمن ންވެސް) އެމީހުންނެކޭ އެއްގޮތަށް ކާފަރުވުމަށެވެ. އެމީހުން ކާފަރުވީފަދައިން ކާފަރުވުމަށެވެ. ދެން އޭރުން އެމީހުންނެކޭ ކަލޭމެންނެކޭ (ދީނުގެގޮތުން) އެއްގޮތްވެ ހަމަހަމަ ވުމަށެވެ. (ރީތިކޮށް އޮމާން ތެޔޮހަނަކަށްވުމަށެވެ.) ފަހެ އެމީހުން ﷲ ގެމަގުގައި هجرة ކޮށްފުމަށްދާންދެން އެމީހުންގެތެރެއިން އެކަކުވެސް ސަހަރޯވެރިއަކުކަމުގައި ولِيُّ އަކުކަމުގައި ކަލޭމެން ނުހަދާށެވެ! ދެން އަދި އެމީހުން (އީމާންވެގެން هجرة އަށް ދިއުމުން) މަނާވެ ފުރަގަސްދީފިއްޔާ ކަލޭމެނަށް ފެނުނުތާކުން އެމީހުން ހިފައިގަނެ އަތުލައިގަނެ މަރާށެވެ! އަދި އެމީހުންގެތެރެއިން އެއްވެސް نصر ވެރިއަކުއަދި ސަހަރޯވެރިއަކު ކަލޭމެން ހިފާ إختيار ނުކުރާށެވެ! 90. (90) މީގެތެރެއިން ކަލޭމެން مؤمن ންނާއި އެބަޔަކާދެމެދު عَهْدُ އެއްވެ އެގްރީމެންޓެއް ވެފައިވާ ބަޔަކުގެ ތެރެއަށް ގޮސް އެމީހުންގެ މީހަކަށް ވީމީހަކުމެނުވީއެވެ. (އެފަދަމީހާއަށް އެމީހުންނަށް އޮތް حكم އެއް އޮންނާނެއެވެ.) ނުވަތަ އަދި ކަލޭމެން مؤمن ންނާ ހަނގުރާމަކުރުމަށް ހިތްދަތިވެގެންވާ حال ނުވަތަ އެމީހުންގެ قوم ގެ މީހުންނާ ހަނގުރާކުރުމަށް ހިތްދަތިވެގެންވާ حال ކަލޭމެން ކައިރިއަށް އައިބަޔަކު މެނުވީއެވެ. (އެމީހުންނަށް އަމާންކަން އޮންނާނެއެވެ.) އަދި ﷲ އިރާދަކުރެއްވިނަމަ އެމީހުން ކަލޭމެން (مؤمن ން) ގެމައްޗަށް ފާކުރައްވާ ގަދަކުރައްވައިފީހެވެ. ދެން އޭރުން އެމީހުން ކަލޭމެންނާ ހަނގުރާމަކޮށްފީހެވެ. ދެންފަހެ އެމީހުން އެތިބިގޮތުން ދުރުވެ އަދި ކަލޭމެނާއި ހަނގުރާމަނުކޮށް صلح ވުމަށް ހުށަހަޅައިފިއްޔާ (ދެން ކަލޭމެން صلح ވާށެވެ!) ދެން އަދި ކަލޭމެން އެމީހުންގެމައްޗަށް އަރައިގަންނާނޭ މަގެއް ކަލޭމެނަކަށް ނުލައްވައެވެ. ނަމަވެސް މިހުރިހާ حكم ތަކެއް توبة ސޫރަތުގެ فَإِذَا انسَلَخَ الأَشْهُرُ الْحُرُمُ فَاقْتُلُواْ الْمُشْرِكِينَ... މިއާޔަތްތަކުން مَنْسُوخ ވެގެން ހިނގައްޖެއެވެ. = تفسير الطّبري = 91. (91) އަދި ކަލޭގެފާނު (منافق ންގެ) އެހެންބަޔަކު ދެކެވަޑައިގަންނަވާނެއެވެ. އެމީހުން އެދެނީ ކަލޭމެން مؤمن ންގެ ގާތުގައި އަމާންވުމަށެވެ. ކަލޭމެންގެ ކިބައިން އަމާންކަން ހޯދުމަށެވެ. (އެމީހުން إسلام ކަން ފާޅުކޮށްގެން އުޅެއެވެ.) އަދި އެމީހުން އެދެނީ އެމީހުންގެ قوم ގެމީހުންގެގާތުގައިވެސް އަމާންކަން ލިބިގަތުމަށެވެ. (އެމީހުން ކައިރިޔަށްގޮސް އެމީހުންކުރާގޮތަށް ބުދަށް އަޅުކަން ކުރެއެވެ.) އެމީހުންނަށް شِرْك ކުރުމަށް ދިމާވާ ކޮންމެހިނދެއްގައި އެމީހުން އޭގެތެރެއަށް ވަދެގަނެއެވެ. ދެންފަހެ އެމީހުން ކަލޭމެންނާ ހަނގުރާމަކުރުން ހުއްޓައި ނުލިއްޔާ އަދި އެމީހުން ކަލޭމެންނާ صلح ވެ އެމީހުންގެ އަތްތައް ކަލޭމެންނަށް ގޯނާކުރުމުން ހުއްޓައި ނުލިއްޔާ ދެން ކަލޭމެންނަށް އެމީހުން ފެނުނުތާކުން ހިފައި މަރާށެވެ! އަދި އެމީހުންނަކީ އެމީހުންގެމައްޗަށް ކަލޭމެނަށް بيان ވެގެންވާ ބާރެއް - دليل އެއް - ތިމަންރަސްކަލާނގެ ލެއްވި ބައެކެވެ. (އެބަހީ އެމީހުންނާ ހަނގުރާމަކުރުން ހުއްދަ ކުރެއްވި ބައެކެވެ.)

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen