Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ
004

An-Nisa 4:169 الا طريق جهنم خالدين فيها ابدا وكان ذالك على الله يسيرا ١٦٩

4:169
إِلَّا
طَرِيقَ
جَهَنَّمَ
خَٰلِدِينَ
فِيهَآ
أَبَدٗاۚ
وَكَانَ
ذَٰلِكَ
عَلَى
ٱللَّهِ
يَسِيرٗا
١٦٩
(169) ހަމައެކަނި ނަރަކައިގެ މަގު މެނުވީއެވެ. (އެކަލާނގެ އެމީހުންނަށް ދައްކަވާނެ މަގަކީ ނަރަކައިގެ މަގެވެ.) އެމީހުން އަބަދާ އަބަދު އެތާ ދެމިތިބޭގޮތަށެވެ. އަދި އެކަމަކީ ﷲ އަށް ދާދިފަސޭހަކަމެއް ކަމުގައިވިއެވެ.
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

إِنَّآ أَوْحَيْنَآ إِلَيْكَ

(Verily, We have inspired you...) emphasized the Prophet's prophethood and refuted the idolators and People of the Scripture who denied him. Allah said,

لَّـكِنِ اللَّهُ يَشْهَدُ بِمَآ أَنزَلَ إِلَيْكَ

(But Allah bears witness to that which He has sent down unto you,) meanin

…

إِنَّآ أَوْحَيْنَآ إِلَيْكَ

(Verily, We have inspired you...) emphasized the Prophet's prophethood and refuted the idolators and People of the Scriptur

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 4, Trang 104, Juz 6

167. (167) ހަމަކަށަވަރުން ކާފަރުވީ މީސްތަކުން އަދި އެމީހުން ﷲ ގެމަގު ބަންދުކޮށް - އެބަހީ إسلام دين އަށް މީސްތަކުން ވަނަނުދީ ބަންދުކޮށް ހިފަހައްޓާމީހުން ހަމަކަށަވަރުން އެމީހުން ވަރަށް ބޮޑު މަގުފުރެދުމަކުން މަގުފުރެދި އަވަދިވެއްޖެއެވެ. 168. (168) ހަމަކަށަވަރުން ކާފަރުވީ މީސްތަކުން އަދި އެމީހުން އަނިޔާވެރިވި މީސްތަކުން (ދަންނައެވެ!) އެމީހުންނަށް ފާފަފުއްސަވާނެ ކަލަކުކަމުގައި ﷲ ވޮޑިގެންނުވެއެވެ. އަދި އެމީހުންނަށް (ސުވަރުގެއަށް واصل ވެވޭނެ) އެއްވެސް މަގެއް ދައްކަވާނެ ކަލަކުކަމުގައިވެސް އެކަލާނގެ ވޮޑިގެން ނުވެއެވެ. 169. (169) ހަމައެކަނި ނަރަކައިގެ މަގު މެނުވީއެވެ. (އެކަލާނގެ އެމީހުންނަށް ދައްކަވާނެ މަގަކީ ނަރަކައިގެ މަގެވެ.) އެމީހުން އަބަދާ އަބަދު އެތާ ދެމިތިބޭގޮތަށެވެ. އަދި އެކަމަކީ ﷲ އަށް ދާދިފަސޭހަކަމެއް ކަމުގައިވިއެވެ. 170. (170) އޭ މީސްތަކުންނޭވެ! ކަލޭމެންގެ ربّ ގެ حضرة ން حقّ އާއިގެން މާތްވެގެންވާ رسول އާ محمّد ﷺ ހަމަކަށަވަރުން ކަލޭމެންގެ ގާތަށް ވަޑައިގެންފިއެވެ. ފަހެ ކަލޭމެން (އެކަލޭގެފާނާއި އެކަލޭގެފާނު ގެންނެވި ތަކެތި ތެދުކޮށް އެއަށް إيمان ވާށެވެ!) އެއީ ކަލޭމެނަށް ހެވެވެ. އަދި ކަލޭމެން އީމާންނުވެ ކާފަރުވިޔަސް (އެކަމުން ﷲ އަށް އެއްވެސް ދެރަކަމެއް އުނިކަމެއް ނުވެއެވެ. ގެއްލުމާއި ހަލާކު ހުރީ ހަމަ ކަލޭމެނަށެވެ.) އެހެނީ ހަމަކަށަވަރުން އުޑުތަކާއި ބިމުގައިވާހާ ތަކެތި مِلْكُ ވެ خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އަދި އެކަލާނގެ ވޮޑިގެންވަނީ ދެނެވޮޑިގެންވާ حكمة ވަންތަ ކަލަކު ކަމުގައެވެ. 171. (171) އޭ أَهْلُ كِتَابُ ންނޭވެ! (އޭ يهودي ންނާއި نصارى އިންނެވެ!) ކަލޭމެންގެ دين ގައި ކަލޭމެން غُلُوُّ ނުކުރާށެވެ! (مدح ކިއުމުގައި ހައްދުފަހަނަޅައިގެން ނުދާށެވެ! - عيسى عليه السّلام މާތްކުރަމުންގޮސް އެއީ ﷲ ގެ ދަރިކަލުންނޭ ނުކިޔާށެވެ! އަދި عُزَيْرُ ގެފާނަކީ ﷲ ގެ ދަރިކަލުންނޭ ނުކިޔާށެވެ! އެއީ އެ ދެބޭކަލުންނާމެދު يهودي ންނާއި نصارى އިން ކިޔާގޮތެވެ.) އަދި ﷲ އާއިމެދު ކަލޭމެން حقّ ބަހެއް މެނުވީ ނުބުނާށެވެ! ހަމަކަށަވަރުން مريم ގެފާނުންގެ ދަރިކަލުން عيسى عليه السّلام އަކީ الْمَسِيْحُ އެވެ. އެއީ ﷲ ގެ رَسول އާއެވެ. އަދި އެއީ مريم ގެފާނަށް "عيسى ގެފާނުވާށޭ" އެންގެވި كُنْ މި كلمة އެވެ. އަދި އެކަލާނގެ حضرة ންވާ روح އެވެ. ފަހެ ކަލޭމެން ﷲ އަށާއި އެކަލާނގެ رسول ންނަށް އީމާންވާށެވެ! ތެދުކުރާށެވެ! އަދި (ﷲ އެއީ) ތިނަކުންތިންވަނައޭނުބުނާށެވެ! (އެމީހުން ކިޔާގޮތުން إله އަކީ، ﷲ سبحانه وتعالى އާއި مريم ގެފާނާއި الْمَسِيْحُ އެވެ. - تعالى ﷲ عن مَا يقولون علوًّا كَبِيْرًا.) ކަލޭމެން އެހެން ބުނުމުން ހުއްޓައިލާށެވެ! އެގޮތް ކަލޭމެންނަށް ހެޔޮވެގެންވެއެވެ. ﷲ ވާކަން ކަށަވަރީ އެއްކައުވަންތަ ހަމަ އެންމެ إله އެއް ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކު ވުމުން އެކަލާނގެ ހުސް طاهر ވަންތަވެ ވޮޑިގެންވެއެވެ. އުޑުތަކާއި ބިމުގައި ވާހާތަކެތި مِلْكُ ވެ خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. (ހުރިހާ ތަކެތި ރައްކާތެރިކުރައްވާ ކަލަކުކަމުގައި) ﷲ ފުދިވޮޑިގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp