Se connecter
Se connecter
Se connecter
Sélectionner la langue
004

An-Nisa' 4:141 الذين يتربصون بكم فان كان لكم فتح من الله قالوا الم نكن معكم وان كان للكافرين نصيب قالوا الم نستحوذ عليكم ونمنعكم من المومنين فالله يحكم بينكم يوم القيامة ولن يجعل الله للكافرين على المومنين سبيلا ١٤١

4:141
ٱلَّذِينَ
يَتَرَبَّصُونَ
بِكُمۡ
فَإِن
كَانَ
لَكُمۡ
فَتۡحٞ
مِّنَ
ٱللَّهِ
قَالُوٓاْ
أَلَمۡ
نَكُن
مَّعَكُمۡ
وَإِن
كَانَ
لِلۡكَٰفِرِينَ
نَصِيبٞ
قَالُوٓاْ
أَلَمۡ
نَسۡتَحۡوِذۡ
عَلَيۡكُمۡ
وَنَمۡنَعۡكُم
مِّنَ
ٱلۡمُؤۡمِنِينَۚ
فَٱللَّهُ
يَحۡكُمُ
بَيۡنَكُمۡ
يَوۡمَ
ٱلۡقِيَٰمَةِۚ
وَلَن
يَجۡعَلَ
ٱللَّهُ
لِلۡكَٰفِرِينَ
عَلَى
ٱلۡمُؤۡمِنِينَ
سَبِيلًا
١٤١
(141) އެމީހުންނަކީ އެބަހީ އެ منافق ންނަކީ، ކަލޭމެން مؤمن ންނާމެދު (ނުބައިގޮތްވުމަށް) إنتظار ކޮށްކޮށް ތިބޭ ބައެކެވެ. ދެންފަހެ ކަލޭމެންނަށް ﷲ ގެ حضرة ން އެއްވެސް فتح އެއް އެބަހީ عدوُّ ންގެފަރާތުން غنيمة އެއް ލިބިއްޖެއްޔާ އެ منافق ން ބުނާނެއެވެ. އަހުރެމެން ފަހެ ކަލޭމެންނާއެކު ނުވަމުހެއްޔެވެ؟ (އެބަހީ އަހުރެމެންވެސް ހަނގުރާމައިގައިވީމުއެވެ. އަހުރެމެންނަށްވެސް غنيمة އިން ދޭންވާނެއެވެ.) އަދި އެކާފަރުންނަށް (ކަލޭމެންގެ ފަރާތުން) ކޮންމެވެސް ނަސީބެއް ލިބިއްޖެއްޔާ އެ منافق ން ކާފަރުންނަށް ބުނާނެއެވެ. އަހުރެމެން ކަލޭމެން ގަދަނުކޮށްނުދެމުހެއްޔެވެ؟ އެބަހީ ގަދަކޮށްދިނީމެވެ. އަދި مؤمن ން ފަރާތުން އަހުރެމެން ކަލޭމެން منعކޮށްދިނީމެވެ. ފަހެ ﷲ سبحانه وتعالى قيامة ދުވަހުން ކަލޭމެންގެ މެދުގައި حكم ކުރައްވާ ނިޔާކުރައްވާ ހުއްޓެވެ. އަދި مؤمن ންގެމައްޗަށް ކާފަރުންނަށް އެއްވެސް ގޮތެއް (ގަދަވެވޭނޭ) އެއްވެސް މަގެއް ﷲ تعالى ނުލައްވާނެއެވެ. އެއީ قيامة ދުވަހުންނެވެ.
Lire la suite

Lisez le Tafsir

Ibn Kathir (Abridged)

Hypocrites Wait and Watch what Happens to Muslims

Allah states that the hypocrites watch and await the harm that occurs to the believers, awaiting the time when the Muslim circumstances and religion are dissolved and the state of Kufr takes over.

فَإِن كَانَ لَكُمْ فَتْحٌ مِّنَ اللَّهِ

(if you gain a v

…

Hypocrites Wait and Watch what Happens to Muslims

Allah states that the hypocrites watch and await the harm that occurs to the believers, awaiting the

…
Plus de Tafsirs

Lire dans le contexte

Chapitre 4, Page 101, Juz 5

136. (136) އޭ (ކުރީގެ رسول ންނަށާއި ފޮތްތަކަށް) އީމާންވީ މީހުންނޭވެ! أهل كتاب ންނޭވެ! ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އާ (محمّد ﷺ) އަށް އީމާންވާށެވެ! އަދި އެކަލާނގެ رسول އާ محمّد ގެފާނުންގެމައްޗަށް ބާވައިލެއްވިފޮތަށް (ކީރިތި قرآن އަށް) އީމާންވާށެވެ! އަދި އެފޮތުގެކުރިން ބާވައިލެއްވި ފޮތްތަކަށްވެސް ކަލޭމެން އީމާންވާށެވެ! އަދި ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ ފޮތްތަކަށާއި އެކަލާނގެ رسول ންނަށާއި އަދި آخرة ދުވަހަށް ކާފަރުވާމީހާ (ދަންނައެވެ!) ހަމަކަށަވަރުން އެމީހާ ވަރަށްދުރު މަގުފުރެދުމަކުން މަގުފުރެދި ވާވަދެ އަވަދިވެއްޖެއެވެ. 137. (137) ހަމަކަށަވަރުން އެބަޔަކު އީމާންވި ދެން އެމީހުން ކާފަރުވި ދެން އަލުންވެސް އީމާންވި ދެން އަނެއްކާ ކާފަރުވި ދެން އެކާފަރުކަން އިތުރުކުރި މީހުން (ދަންނައެވެ!) ﷲ تعالى އެފަދަ މީހުންނަށް ފާފަފުއްސަވާނޭކަލަކުކަމުގައިވޮޑިގެން ނުވެއެވެ. • ދަންނައެވެ. މި آية ގައި މިސިފަކުރައްވާ މީހުންނަކީ أهل كتاب ންކަމުގައި أبو جعْفَر الطّبَرِي އޭނާގެ تفسير ގައި ލިއުއްވާފައިވެއެވެ. އެމީހުން توراة ގެ حكم އަށް އެއްބަސްވެފައި އެކަން ދޮގުކުރީއެވެ. ދެން އޭގެތެރެއިން ބަޔަކުމީހުން عيسى عليه السّلام ގެ رسول ކަމާއި إنجيل قرار ކުރުމަށްފަހު އެޔާ خلافވެ ދޮގުކުރީއެވެ. ދެން محمّد ﷺ ގެ رسول ކަމާއި قرآن ދޮގުކޮށް ކާފަރުވީއެވެ. އަދި ކާފަރުކަމުގެމައްޗަށް ކާފަރުކަން އިތުރުކުރީއެވެ. • އަދި ބައެއް مفسّر ން ވިދާޅުވަނީ: އެމީހުން موسى عليه السّلام އަށް އީމާންވެފައި ދެން އެމީހުން އެކަލޭގެފާނަށް ކާފަރުވެ ދެން އޭގެތެރެއިން نصارى އިން عيسى عليه السّلام އަށް އީމާންވެފައި ދެން އެކަލޭގެފާނަށް ކާފަރުވީއެވެ. ދެން محمّد ﷺ އަށް ކާފަރުވެ ކާފަރުކަން އިތުރުކުރީއެވެ. މިއެވެ. އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ مراد ލިޔެވިފައިވެއެވެ. والله أعلم. 138. (138) (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން منافق ންނަށް ވޭންދެނިވި عذاب އެއް ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް خبر ދެއްވާށެވެ! 139. (139) އެމީހުންނަކީ مؤمن ން ފިޔަވައި كافر ންގެމީހުން އެމީހުންގެ ސަހަރޯވެރިންކަމުގައި ބަލައި ހަދާމީހުންނެވެ. ފަހެ އެކާފަރުންގެ ކިބައިން ބާރާ ގަދަފަދަކަން އެމީހުން އެދެނީހެއްޔެވެ؟ އަދި عزّة ތެރިކަން އެދެނީހެއްޔެވެ؟ ފަހެ އެންމެހައި عزّة ތެރިކަމެއް (އަދި ބާރާއި ގަދަފަދަކަން) خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. (ކޮންމެ މީހަކުވެސް ﷲ ގެ حضرة ން عزّة ތެރިކަން އެދޭހުށިކަމެވެ!) 140. (140) (އޭ އީމާންކަން ފައުޅުކޮށްގެން އުޅޭމީހުންނޭވެ!) ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފަރުވެވޭ އަޑު ކަލޭމެން އަހައިފިއްޔާ ނުވަތަ އެއާޔަތަކަށް މަލާމާތްކުރެވޭ އަޑު ކަލޭމެން އަހައިފިއްޔާ (އެކަމެއް އެކުރާ ބަޔަކު) އެކަން ދޫކޮށް އެހެން ވާހަކައެއްގެތެރެއަށް ވަދެގެންފުމަށް ދާންދެން ކަލޭމެން އެމީހުނާއެކު އެތާ ނުތިބޭން، ކީރިތި قرآن ގައި ކަލޭމެންނަށް އެކަލާނގެ ބާވައިލައްވާ އަންގަވާފައިވާނެއެވެ. (އެއީ أنعام ސޫރަތުގެ 68 ވަނަ އާޔަތުގައެވެ. އެއީ (وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ...) މިއާޔަތެވެ.) ދެންފަހެ ކަލޭމެން އެފަދަމީހުނާއެކު އާޔަތަކަށް މަލާމާތްކުރެވި ކާފަރުވެވޭތާނގައި ތިބެއްޖެނަމަ ކަލޭމެންވެސް ވާނީ ހަމަ އޭގެމީހުންކަމުގައެވެ. އެމީހުންނެކޭ އެއްފަދައެވެ. ހަމަކަށަވަރުން އެންމެހައި منافق ންނާއި ކާފަރުން އެކީއެކަށް ﷲ تعالى ނަރަކައަށް جمع ކުރައްވަވާ ހުއްޓެވެ. 141. (141) އެމީހުންނަކީ އެބަހީ އެ منافق ންނަކީ، ކަލޭމެން مؤمن ންނާމެދު (ނުބައިގޮތްވުމަށް) إنتظار ކޮށްކޮށް ތިބޭ ބައެކެވެ. ދެންފަހެ ކަލޭމެންނަށް ﷲ ގެ حضرة ން އެއްވެސް فتح އެއް އެބަހީ عدوُّ ންގެފަރާތުން غنيمة އެއް ލިބިއްޖެއްޔާ އެ منافق ން ބުނާނެއެވެ. އަހުރެމެން ފަހެ ކަލޭމެންނާއެކު ނުވަމުހެއްޔެވެ؟ (އެބަހީ އަހުރެމެންވެސް ހަނގުރާމައިގައިވީމުއެވެ. އަހުރެމެންނަށްވެސް غنيمة އިން ދޭންވާނެއެވެ.) އަދި އެކާފަރުންނަށް (ކަލޭމެންގެ ފަރާތުން) ކޮންމެވެސް ނަސީބެއް ލިބިއްޖެއްޔާ އެ منافق ން ކާފަރުންނަށް ބުނާނެއެވެ. އަހުރެމެން ކަލޭމެން ގަދަނުކޮށްނުދެމުހެއްޔެވެ؟ އެބަހީ ގަދަކޮށްދިނީމެވެ. އަދި مؤمن ން ފަރާތުން އަހުރެމެން ކަލޭމެން منعކޮށްދިނީމެވެ. ފަހެ ﷲ سبحانه وتعالى قيامة ދުވަހުން ކަލޭމެންގެ މެދުގައި حكم ކުރައްވާ ނިޔާކުރައްވާ ހުއްޓެވެ. އަދި مؤمن ންގެމައްޗަށް ކާފަރުންނަށް އެއްވެސް ގޮތެއް (ގަދަވެވޭނޭ) އެއްވެސް މަގެއް ﷲ تعالى ނުލައްވާނެއެވެ. އެއީ قيامة ދުވަހުންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes et réflexions

Vous n'avez aucune note ni réflexion sur ce verset.

Notes placeholders

Restez connecté(e) avec le Coran ❤️

De courts rappels significatifs pour se recentrer, méditer et rester connecté(e) au Coran.

Lire, Écouter, Rechercher et Méditer sur le Coran

Quran.com est une plateforme fiable utilisée par des millions de personnes dans le monde pour lire, rechercher, écouter et méditer sur le Coran en plusieurs langues. Elle propose des traductions, des tafsirs, des récitations, des traductions mot à mot et des outils pour une étude plus approfondie, rendant le Coran accessible à tous.

En tant que Sadaqah Jariyah, Quran.com se consacre à aider les gens à se connecter profondément au Coran. Soutenu par Quran.Foundation , une organisation à but non lucratif 501(c)(3), Quran.com continue de se développer en tant que ressource gratuite et précieuse pour tous, Alhamdulillah.

Naviguer
Accueil
Quran Radio
Récitateurs
À propos de nous
Développeurs
Mises à jour du produit
Avis
Aider
Faire un don
Nos projets
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projets à but non lucratif détenus, gérés ou sponsorisés par Quran.Foundation
Liens populaires
Douas du Coran
Verset du Coran du jour
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Plan du site (sitemap)ConfidentialitéTermes et conditions
© 2026 Quran.com. Tous droits réservés
Contribuer