An-Nisaa 4:137 ان الذين امنوا ثم كفروا ثم امنوا ثم كفروا ثم ازدادوا كفرا لم يكن الله ليغفر لهم ولا ليهديهم سبيلا ١٣٧
إِنَّ
ٱلَّذِينَ
ءَامَنُواْ
ثُمَّ
كَفَرُواْ
ثُمَّ
ءَامَنُواْ
ثُمَّ
كَفَرُواْ
ثُمَّ
ٱزۡدَادُواْ
كُفۡرٗا
لَّمۡ
يَكُنِ
ٱللَّهُ
لِيَغۡفِرَ
لَهُمۡ
وَلَا
لِيَهۡدِيَهُمۡ
سَبِيلَۢا
١٣٧
(137) ހަމަކަށަވަރުން އެބަޔަކު އީމާންވި ދެން އެމީހުން ކާފަރުވި ދެން އަލުންވެސް އީމާންވި ދެން އަނެއްކާ ކާފަރުވި ދެން އެކާފަރުކަން އިތުރުކުރި މީހުން (ދަންނައެވެ!) ﷲ تعالى އެފަދަ މީހުންނަށް ފާފަފުއްސަވާނޭކަލަކުކަމުގައިވޮޑިގެން ނުވެއެވެ.
• ދަންނައެވެ. މި آية ގައި މިސިފަކުރައްވާ މީހުންނަކީ أهل كتاب ންކަމުގައި أبو جعْفَر الطّبَرِي އޭނާގެ تفسير ގައި ލިއުއްވާފައިވެއެވެ. އެމީހުން توراة ގެ حكم އަށް އެއްބަސްވެފައި އެކަން ދޮގުކުރީއެވެ. ދެން އޭގެތެރެއިން ބަޔަކުމީހުން عيسى عليه السّلام ގެ رسول ކަމާއި إنجيل قرار ކުރުމަށްފަހު އެޔާ خلافވެ ދޮގުކުރީއެވެ. ދެން محمّد ﷺ ގެ رسول ކަމާއި قرآن ދޮގުކޮށް ކާފަރުވީއެވެ. އަދި ކާފަރުކަމުގެމައްޗަށް ކާފަރުކަން އިތުރުކުރީއެވެ.
• އަދި ބައެއް مفسّر ން ވިދާޅުވަނީ: އެމީހުން موسى عليه السّلام އަށް އީމާންވެފައި ދެން އެމީހުން އެކަލޭގެފާނަށް ކާފަރުވެ ދެން އޭގެތެރެއިން نصارى އިން عيسى عليه السّلام އަށް އީމާންވެފައި ދެން އެކަލޭގެފާނަށް ކާފަރުވީއެވެ. ދެން محمّد ﷺ އަށް ކާފަރުވެ ކާފަރުކަން އިތުރުކުރީއެވެ. މިއެވެ. އަދި މިނޫންގޮތްގޮތަށްވެސް މިއާޔަތުގެ مراد ލިޔެވިފައިވެއެވެ. والله أعلم.
Soma Tafsir
Ibn Kathir (Abridged)
Characteristics of the Hypocrites and Their Destination
Allah states that whoever embraces the faith, reverts from it, embraces it again, reverts from it and remains on disbelief and increases in it until death, then he will never have a chance to gain accepted repentance after death. Nor will Allah
…Characteristics of the Hypocrites and Their Destination
Allah states that whoever embraces the faith, reverts from it, embraces it again, reverts from
…