Войти
Войти
Войти
Выберите язык
027

An-Naml 27:51 فانظر كيف كان عاقبة مكرهم انا دمرناهم وقومهم اجمعين ٥١

27:51
فَٱنظُرۡ
كَيۡفَ
كَانَ
عَٰقِبَةُ
مَكۡرِهِمۡ
أَنَّا
دَمَّرۡنَٰهُمۡ
وَقَوۡمَهُمۡ
أَجۡمَعِينَ
٥١
(51) ދެން ނިކަން އެމީހުން އެހެދި މަކަރާއި ރޭވުމުގެ ފަހުކޮޅު ނިކަން ދެކިބަލާށެވެ. ހަމަކަށަވަރުން އެމީހުންނާއި އެމީހުންގެ މުޅި قوم އެކީއެކަށް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. • ދަންނައެވެ. أبو جعفر الطبري ގެ تفسير ގައި މިއާޔަތުގެ ދަށުގައި ލިއުއްވާފައިވެއެވެ. އެމީހުން صالح ގެފާނު މަރައިލަން ހެދި މަކަރަކީ: صالح ގެފާނަށް އެރަށުގައި (حِجْرُ ގައި) މިސްކިތެއް ވެއެވެ. އެއީ އެކަލޭގެފާނު ނަމާދުފުޅުކުރައްވާތަނެވެ. ދެންފަހެ މިބައިމީހުން ނުކުމެގެންގޮސް އެތާ ގާތުގައިވާ ހޮހޮޅަކަށް ވަނީއެވެ. އަދި ބުންޏެވެ. އެކަލޭގެފާނު ނަމާދުފުޅަށް ވަޑައިގަތީމާ އަހުރެމެން އެކަލޭގެފާނު قتل ކޮށްލާނީއެވެ. ދެންފަހެ ﷲ تعالى އެ ހޮހޮޅުގެ ދޮރުމަތީގައި ހިލައެއް ޖައްސަވައި ބަންދުކުރެއްވީއެވެ. އަދި އެރަށުގެ މީހުންނަށް އެމީހުން ވީތަނެއް ނޭނގުނެވެ. އަދި އެމީހުނަކަށް އެރަށުގެ މީހުންވީތަނެއް ނޭނގުނެވެ. ﷲ تعالى އެމީހުންނަށް އެތާ عذاب ދެއްވީއެވެ. އަދި ރަށުގެ މީހުންނަށް (ރަށުގެ ކާފަރުންނަށް) ރަށުގައި عذاب ދެއްވީއެވެ. ދެބައިމީހުންވެސް ހަލާކުވެ ދިޔައީއެވެ. صالح ގެފާނާއި އެކަލޭގެފާނާއި އެކުގައިވާ މީހުން ސަލާމަތްކުރެއްވީއެވެ. والله أعلم. = تفسير الطبري =.
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Разве коварство помогло им достичь цели? Или же их планы были разрушены? Всевышний ответил на эти вопросы и сказал, что раздался ужасный вопль, после которого все грешники пали замертво.
Разве коварство помогло им достичь цели? Или же их планы были разрушены? Всевышний ответил на эти вопросы и сказал, что раздался ужасный вопль, после …
Больше тафсиров

Читать в контексте

Глава 27, Страница 381, Джуз 19

45. (45) އަދި ހަމަކަށަވަރުން ثَمُود ބާގައިގެމީހުންގެ ގާތަށް رسول ކަމާއިގެން އެމީހުންގެ أخ صالح ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެއީ صَالح عليه السّلام އެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށޭ އެކަލޭގެފާނު ގޮވައިލެއްވުމަށްޓަކައެވެ. އެކަމަށް އަމުރުކުރެއްވުމަށެވެ. ފަހެ އެހައިރުން - އެބަހީ: އެކަލޭގެފާނު އެފަދައިން ގޮވައިލެއްވުން އެމީހުންވީ އަރައިރުންވާ ތަފާތު ދެ جماعة އަކަށެވެ. (އެއީ صَالح عليه السّلام އަށް تَبَعَ ވި مؤمن ންނާއި އެކަލޭގެފާނާއި އިދިކޮޅުވި ކާފަރުންނެވެ.) 46. (46) އެކަލޭގެފާނު (يعني: صالح عليه السّلام) ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. ހެޔޮކަމާއި رحمة ގެ ކުރީގައި، ނުބަޔާއި عذاب އައުމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟ (އެބަހީ: رحمة އާއި ހެޔޮދަރުމަތައް ލިބުމުގެ ސަބަބުކަމުގައިވާ ކިޔަމަންތެރިކަމާއި إيمان ކަން ދޫކޮށް، ނުބަޔާއި عذاب ލިބުމުގެ ސަބަބުކަމުގައިވާ ނުކިޔަމަންތެރިކަމާއި ކާފަރުކަމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟) ކަލޭމެން ފަހެ ފާފަފުއްސެވުމަށް ﷲ ގެ حضرة ން އެދޭނޭ ނަމައެވެ. އެއީ ކަލޭމެނަށް رحمة ލައްވައިތޯއެވެ. 47. (47) އެމީހުން ދެންނެވިއެވެ. (އޭ صالح ގެފާނެވެ.) ކަލޭގެފާނާއި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ސަބަބުން އަހުރެމެންނަށް ސުންޕާކަން ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ ސުންޕާކަންވަނީ ﷲ ގެ حضرة ންނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ إمتحان ވެވޭ ބައެކެވެ. (ނުވަތަ ކަލޭމެންގެ ފާފަތަކަށް عذاب ދެއްވަނީއެވެ.) 48. (48) އަދި އެރަށުގައި ނަގާކިޔާ މުއްސަނދި ނުވަމީހުން ވެއެވެ. އެމީހުންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. (އަދި އެނުވަމީހުންގެކުރެ ކޮންމެ މީހެއްގެ أمر ގެ ދަށުގައި އެތައް ބަޔަކުވެއެވެ.) އެމީހުން އެއްވެސްކަމެއް إصلاح ނުކުރެއެވެ. (އެއީ صالح ގެފާނާއި دشمن މީހުންނެވެ.) 49. (49) އަދި އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ. އަހުރެމެން صالح ގެފާނާއި އަދި އެކަލޭގެފާނުންގެ أهل ވެރިން ރޭގަނޑުގެ ވަގުތުގައި އެމީހުންގެމައްޗަށް އަރައިގަނެ އެމީހުންގެ ދުވަސްދުއްވައިލުމަށް ހުވާކުރާށެވެ. ﷲ ގަންދީ ހުވާކުރާށެވެ. ދެން އެހެން ހަދައިފައި އެކަލޭގެފާނުންގެ ولي ވެރިޔާއަށް އަހަރެމެން ބުނާނީ އެއްގޮތަކަށްވެސް އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން މަރާ ހަލާކުކުރިތާކު އަހުރެމެން ނެތީމުއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ ތެދުވެރިންނެވެ. އެއްގޮތަކަށްވެސް އެއީ ކާކުކުރިކަމެއްކަމެއް ނޭނގެއެވެ. 50. (50) (ﷲ وحي ކުރެއްވިއެވެ.) އެމީހުން މަކަރެއް ހަދައި ނުބައި ރޭވުންރޭވީއެވެ. އަދި ތިމަންރަސްކަލާނގެވެސް މަކަރެއްހަދައި ރޭވުމެއް ރޭވީމެވެ. އެކަން އެމީހުންނަށް އެއްގޮތަކަށްވެސް إحساس އެއް ނުވެއެވެ. 51. (51) ދެން ނިކަން އެމީހުން އެހެދި މަކަރާއި ރޭވުމުގެ ފަހުކޮޅު ނިކަން ދެކިބަލާށެވެ. ހަމަކަށަވަރުން އެމީހުންނާއި އެމީހުންގެ މުޅި قوم އެކީއެކަށް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. • ދަންނައެވެ. أبو جعفر الطبري ގެ تفسير ގައި މިއާޔަތުގެ ދަށުގައި ލިއުއްވާފައިވެއެވެ. އެމީހުން صالح ގެފާނު މަރައިލަން ހެދި މަކަރަކީ: صالح ގެފާނަށް އެރަށުގައި (حِجْرُ ގައި) މިސްކިތެއް ވެއެވެ. އެއީ އެކަލޭގެފާނު ނަމާދުފުޅުކުރައްވާތަނެވެ. ދެންފަހެ މިބައިމީހުން ނުކުމެގެންގޮސް އެތާ ގާތުގައިވާ ހޮހޮޅަކަށް ވަނީއެވެ. އަދި ބުންޏެވެ. އެކަލޭގެފާނު ނަމާދުފުޅަށް ވަޑައިގަތީމާ އަހުރެމެން އެކަލޭގެފާނު قتل ކޮށްލާނީއެވެ. ދެންފަހެ ﷲ تعالى އެ ހޮހޮޅުގެ ދޮރުމަތީގައި ހިލައެއް ޖައްސަވައި ބަންދުކުރެއްވީއެވެ. އަދި އެރަށުގެ މީހުންނަށް އެމީހުން ވީތަނެއް ނޭނގުނެވެ. އަދި އެމީހުނަކަށް އެރަށުގެ މީހުންވީތަނެއް ނޭނގުނެވެ. ﷲ تعالى އެމީހުންނަށް އެތާ عذاب ދެއްވީއެވެ. އަދި ރަށުގެ މީހުންނަށް (ރަށުގެ ކާފަރުންނަށް) ރަށުގައި عذاب ދެއްވީއެވެ. ދެބައިމީހުންވެސް ހަލާކުވެ ދިޔައީއެވެ. صالح ގެފާނާއި އެކަލޭގެފާނާއި އެކުގައިވާ މީހުން ސަލާމަތްކުރެއްވީއެވެ. والله أعلم. = تفسير الطبري =. 52. (52) ފަހެ އެމީހުން އަނިޔާވެރިވުމުގެ ސަބަބުން އެހުރީ އެމީހުންގެ ގެތަށް ހުސްވެ ފަޅުވެފައެވެ. ހަމަކަށަވަރުން ދަންނަ ބަޔަކަށް އެކަންތަކުގައި دليل އާއި حجّة ވާކަން ކަށަވަރެވެ. 53. (53) އަދި އެމީހުންނީ އީމާންވެ تَقْوى ވެރިންކަމުގައިވީ މީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать