Se connecter
Se connecter
Se connecter
Sélectionner la langue
027

An-Naml 27:48 وكان في المدينة تسعة رهط يفسدون في الارض ولا يصلحون ٤٨

27:48
وَكَانَ
فِي
ٱلۡمَدِينَةِ
تِسۡعَةُ
رَهۡطٖ
يُفۡسِدُونَ
فِي
ٱلۡأَرۡضِ
وَلَا
يُصۡلِحُونَ
٤٨
(48) އަދި އެރަށުގައި ނަގާކިޔާ މުއްސަނދި ނުވަމީހުން ވެއެވެ. އެމީހުންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. (އަދި އެނުވަމީހުންގެކުރެ ކޮންމެ މީހެއްގެ أمر ގެ ދަށުގައި އެތައް ބަޔަކުވެއެވެ.) އެމީހުން އެއްވެސްކަމެއް إصلاح ނުކުރެއެވެ. (އެއީ صالح ގެފާނާއި دشمن މީހުންނެވެ.)
Lire la suite

Lisez le Tafsir

Ibn Kathir (Abridged)

The Plot of the Mischief-Makers and the End of the People of Thamud

Allah tells us about the evildoers of Thamud and their leaders who used to call their people to misguidance and disbelief, and to deny Salih. Eventually they killed the she-camel and were about to kill Salih too. They plotted to let

…

The Plot of the Mischief-Makers and the End of the People of Thamud

Allah tells us about the evildoers of Thamud and their leaders who used to call the

…
Plus de Tafsirs

Lire dans le contexte

Chapitre 27, Page 381, Juz 19

45. (45) އަދި ހަމަކަށަވަރުން ثَمُود ބާގައިގެމީހުންގެ ގާތަށް رسول ކަމާއިގެން އެމީހުންގެ أخ صالح ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެއީ صَالح عليه السّلام އެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށޭ އެކަލޭގެފާނު ގޮވައިލެއްވުމަށްޓަކައެވެ. އެކަމަށް އަމުރުކުރެއްވުމަށެވެ. ފަހެ އެހައިރުން - އެބަހީ: އެކަލޭގެފާނު އެފަދައިން ގޮވައިލެއްވުން އެމީހުންވީ އަރައިރުންވާ ތަފާތު ދެ جماعة އަކަށެވެ. (އެއީ صَالح عليه السّلام އަށް تَبَعَ ވި مؤمن ންނާއި އެކަލޭގެފާނާއި އިދިކޮޅުވި ކާފަރުންނެވެ.) 46. (46) އެކަލޭގެފާނު (يعني: صالح عليه السّلام) ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ. ހެޔޮކަމާއި رحمة ގެ ކުރީގައި، ނުބަޔާއި عذاب އައުމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟ (އެބަހީ: رحمة އާއި ހެޔޮދަރުމަތައް ލިބުމުގެ ސަބަބުކަމުގައިވާ ކިޔަމަންތެރިކަމާއި إيمان ކަން ދޫކޮށް، ނުބަޔާއި عذاب ލިބުމުގެ ސަބަބުކަމުގައިވާ ނުކިޔަމަންތެރިކަމާއި ކާފަރުކަމަށް އަވަސްވެގަންނަނީ ކީއްވެގެންހެއްޔެވެ؟) ކަލޭމެން ފަހެ ފާފަފުއްސެވުމަށް ﷲ ގެ حضرة ން އެދޭނޭ ނަމައެވެ. އެއީ ކަލޭމެނަށް رحمة ލައްވައިތޯއެވެ. 47. (47) އެމީހުން ދެންނެވިއެވެ. (އޭ صالح ގެފާނެވެ.) ކަލޭގެފާނާއި ކަލޭގެފާނާއި އެކުގައިވާ މީހުންގެ ސަބަބުން އަހުރެމެންނަށް ސުންޕާކަން ޖެހިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންގެ ސުންޕާކަންވަނީ ﷲ ގެ حضرة ންނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންނަކީ إمتحان ވެވޭ ބައެކެވެ. (ނުވަތަ ކަލޭމެންގެ ފާފަތަކަށް عذاب ދެއްވަނީއެވެ.) 48. (48) އަދި އެރަށުގައި ނަގާކިޔާ މުއްސަނދި ނުވަމީހުން ވެއެވެ. އެމީހުންނަކީ ބިމުގައި ފަސާދަކުރާ މީހުންނެވެ. (އަދި އެނުވަމީހުންގެކުރެ ކޮންމެ މީހެއްގެ أمر ގެ ދަށުގައި އެތައް ބަޔަކުވެއެވެ.) އެމީހުން އެއްވެސްކަމެއް إصلاح ނުކުރެއެވެ. (އެއީ صالح ގެފާނާއި دشمن މީހުންނެވެ.) 49. (49) އަދި އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ. އަހުރެމެން صالح ގެފާނާއި އަދި އެކަލޭގެފާނުންގެ أهل ވެރިން ރޭގަނޑުގެ ވަގުތުގައި އެމީހުންގެމައްޗަށް އަރައިގަނެ އެމީހުންގެ ދުވަސްދުއްވައިލުމަށް ހުވާކުރާށެވެ. ﷲ ގަންދީ ހުވާކުރާށެވެ. ދެން އެހެން ހަދައިފައި އެކަލޭގެފާނުންގެ ولي ވެރިޔާއަށް އަހަރެމެން ބުނާނީ އެއްގޮތަކަށްވެސް އެކަލޭގެފާނާއި އެކަލޭގެފާނުންގެ أهل ވެރިން މަރާ ހަލާކުކުރިތާކު އަހުރެމެން ނެތީމުއެވެ. ހަމަކަށަވަރުން އަހުރެމެންނަކީ ތެދުވެރިންނެވެ. އެއްގޮތަކަށްވެސް އެއީ ކާކުކުރިކަމެއްކަމެއް ނޭނގެއެވެ. 50. (50) (ﷲ وحي ކުރެއްވިއެވެ.) އެމީހުން މަކަރެއް ހަދައި ނުބައި ރޭވުންރޭވީއެވެ. އަދި ތިމަންރަސްކަލާނގެވެސް މަކަރެއްހަދައި ރޭވުމެއް ރޭވީމެވެ. އެކަން އެމީހުންނަށް އެއްގޮތަކަށްވެސް إحساس އެއް ނުވެއެވެ. 51. (51) ދެން ނިކަން އެމީހުން އެހެދި މަކަރާއި ރޭވުމުގެ ފަހުކޮޅު ނިކަން ދެކިބަލާށެވެ. ހަމަކަށަވަރުން އެމީހުންނާއި އެމީހުންގެ މުޅި قوم އެކީއެކަށް ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. • ދަންނައެވެ. أبو جعفر الطبري ގެ تفسير ގައި މިއާޔަތުގެ ދަށުގައި ލިއުއްވާފައިވެއެވެ. އެމީހުން صالح ގެފާނު މަރައިލަން ހެދި މަކަރަކީ: صالح ގެފާނަށް އެރަށުގައި (حِجْرُ ގައި) މިސްކިތެއް ވެއެވެ. އެއީ އެކަލޭގެފާނު ނަމާދުފުޅުކުރައްވާތަނެވެ. ދެންފަހެ މިބައިމީހުން ނުކުމެގެންގޮސް އެތާ ގާތުގައިވާ ހޮހޮޅަކަށް ވަނީއެވެ. އަދި ބުންޏެވެ. އެކަލޭގެފާނު ނަމާދުފުޅަށް ވަޑައިގަތީމާ އަހުރެމެން އެކަލޭގެފާނު قتل ކޮށްލާނީއެވެ. ދެންފަހެ ﷲ تعالى އެ ހޮހޮޅުގެ ދޮރުމަތީގައި ހިލައެއް ޖައްސަވައި ބަންދުކުރެއްވީއެވެ. އަދި އެރަށުގެ މީހުންނަށް އެމީހުން ވީތަނެއް ނޭނގުނެވެ. އަދި އެމީހުނަކަށް އެރަށުގެ މީހުންވީތަނެއް ނޭނގުނެވެ. ﷲ تعالى އެމީހުންނަށް އެތާ عذاب ދެއްވީއެވެ. އަދި ރަށުގެ މީހުންނަށް (ރަށުގެ ކާފަރުންނަށް) ރަށުގައި عذاب ދެއްވީއެވެ. ދެބައިމީހުންވެސް ހަލާކުވެ ދިޔައީއެވެ. صالح ގެފާނާއި އެކަލޭގެފާނާއި އެކުގައިވާ މީހުން ސަލާމަތްކުރެއްވީއެވެ. والله أعلم. = تفسير الطبري =. 52. (52) ފަހެ އެމީހުން އަނިޔާވެރިވުމުގެ ސަބަބުން އެހުރީ އެމީހުންގެ ގެތަށް ހުސްވެ ފަޅުވެފައެވެ. ހަމަކަށަވަރުން ދަންނަ ބަޔަކަށް އެކަންތަކުގައި دليل އާއި حجّة ވާކަން ކަށަވަރެވެ. 53. (53) އަދި އެމީހުންނީ އީމާންވެ تَقْوى ވެރިންކަމުގައިވީ މީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes et réflexions

Vous n'avez aucune note ni réflexion sur ce verset.

Notes placeholders

Restez connecté(e) avec le Coran ❤️

De courts rappels significatifs pour se recentrer, méditer et rester connecté(e) au Coran.

Lire, Écouter, Rechercher et Méditer sur le Coran

Quran.com est une plateforme fiable utilisée par des millions de personnes dans le monde pour lire, rechercher, écouter et méditer sur le Coran en plusieurs langues. Elle propose des traductions, des tafsirs, des récitations, des traductions mot à mot et des outils pour une étude plus approfondie, rendant le Coran accessible à tous.

En tant que Sadaqah Jariyah, Quran.com se consacre à aider les gens à se connecter profondément au Coran. Soutenu par Quran.Foundation , une organisation à but non lucratif 501(c)(3), Quran.com continue de se développer en tant que ressource gratuite et précieuse pour tous, Alhamdulillah.

Naviguer
Accueil
Quran Radio
Récitateurs
À propos de nous
Développeurs
Mises à jour du produit
Avis
Aider
Faire un don
Nos projets
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projets à but non lucratif détenus, gérés ou sponsorisés par Quran.Foundation
Liens populaires
Douas du Coran
Verset du Coran du jour
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Plan du site (sitemap)ConfidentialitéTermes et conditions
© 2026 Quran.com. Tous droits réservés
Contribuer