প্রবেশ কর
প্রবেশ কর
প্রবেশ কর
ভাষা নির্বাচন কর
027

An-Naml 27:29 قالت يا ايها الملا اني القي الي كتاب كريم ٢٩

২৭:২৯
قَالَتْ
یٰۤاَیُّهَا
الْمَلَؤُا
اِنِّیْۤ
اُلْقِیَ
اِلَیَّ
كِتٰبٌ
كَرِیْمٌ
۟
(29) އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ މާތްބޮޑުންނޭވެ. ހަމަކަށަވަރުން އަހުރެންނަށް މާތްވެގެންވާ ސިޓީއެއް އެއްލެވިއްޖެއެވެ. ލިބިއްޖެއެވެ.
আরও পড়ুন

তাফসীর পড়ুন

Tafsir Ahsanul Bayaan

(সাবা’র রানী বিল্‌কীস) বলল, ‘হে পারিষদবর্গ! আমাকে এক সম্মানিত পত্র দেওয়া হয়েছে;

আরও তাফসির

প্রাসঙ্গিকভাবে পড়ুন

অধ্যায় ২৭, পৃষ্ঠা ৩৪১, জুজ ১৯

20. (20) އަދި سليمان عليه السّلام އެކަލޭގެފާނުންގެ لشكر ގެ ހުރިހާ ދޫނިހޯއްދަވާ ޗެކްކުރެއްވިއެވެ. އަދި ދެން ވިދާޅުވިއެވެ. هُدْ هُدْ ދޫނި (ހުޅިގަނޑުދޫނި) އަހުރެންނަށް ނުފެންނާންވީ ކީއްވެގެންހެއްޔެވެ؟ އެދޫނި غائب ވީ މީހުންގެތެރޭގައިވީބާވައެވެ؟ 21. (21) އެދޫނި بَيَان ވެ ފައުޅުވެގެންވާ عُذر އަކާއިގެން ނުވަތަ حجّة އަކާއިގެން އަހުރެންގާތަށް ނައީވިއްޔާ ހަމަކަށަވަރުން އަހުރެން އެދޫންޏަށް ގަދަވެގެންވާ عذاب ދައްކާހުށީމެވެ. ނުވަތަ ހަމަކަށަވަރުން އަހުރެން އޭތި ކަތިލާހުށީމެވެ! • ދޫންޏަށްދެއްވާ އަދަބަކީ عقوبة އަކީ ފަތްތައް ލުއްސާފައި އަވީގައި ބޭއްވުންކަމުގައިވެއެވެ. سليمان عليه السّلام އެދޫނި ހޯއްދަވަން ޖެހުނު ސަބަބަކާއިމެދު تفسير علم ވެރިންގެ މެދުގައިވާ އެންމެ ހަރުބަހަކީ އެކަލޭގެފާނުންގެ އެބޮޑު لشكر ން ފެންހުސްވެގެން ފެންވީ ހިސާބެއް ބެއްލެވުމަށްޓަކައި هُدْ هُدْ ހޯއްދެވީއެވެ. އެސޮރަކީ މާކުރިން އުދުހިގޮސް ފެންހުރި ހިސާބެއް ހޯއްދަވައި އެކަމުގެ معلومات ދޭ އެއްޗެއްކަމުގައިވިއެވެ. والله أعلم. 22. (22) ދެން سليمان عليه السّلام އެދޫނީގެ ވާހަކަދެއްކެވުމަށްފަހު ކުޑައިރުކޮޅަކު ލަސްވެއިންނެވިއެވެ. ނުވަތަ ދޫނި ނައިސް ކުޑައިރުކޮޅަކު ލަސްވިއެވެ. މިދެގޮތަށްވެސް ترجمة ވެއެވެ. ދެން އެދޫނި އައިސް ދެންނެވީ (އޭ سليمان ގެފާނެވެ.) ކަލޭގެފާނަށް އެނގިވަޑައިގެންފައިނުވާ معلومات އެއް އަހުރެންނަށް އެނގިއްޖެއެވެ. އަހުރެން ކަލޭގެފާނުންގެ އަރިހަށް މިއައީ يَمَن ކަރައިގެ سَبَأ އިންނެވެ. އެތަނުން އެނގިކަށަވަރުވެގެންވާ يقين خبر އަކާއިގެންނެވެ. 23. (23) ހަމަކަށަވަރުން އަހުރެން ދުށީ އެމީހުންގެ ވެރިއެއްކަމުގައި އަންހެނެކެވެ. (އަދި އެއީ އެމީހުންގެ مَلِكَة އެވެ. އަދި ރަސްރަސްކަލުންނަށް ރަސްކަން ހިންގެވުމަށް ބޭނުންވާ) ހުރިހާ ބާވަތުގެ ސާމާނެއް ހުރިހާ وَسِيْلة އެއް އެކަމަނާއަށް ލިބިގެންވެއެވެ. އަދި އެކަމަނާއަށް ބޮޑުވެގެންވާ عَرش އެއްވެއެވެ. تَخْت އެއްވެއެވެ. 24. (24) އަދި އަހުރެންދުށީ އެކަމަނާޔާ އެކަމަނާގެ قوم ގެމީހުން ﷲ ފިޔަވައި އިރަށް سَجِدَة ކުރާތީއެވެ. (އިރަށް އަޅުކަންކުރާތީއެވެ.) އަދި ސައިތާނު އެމީހުންނަށް އެމީހުންގެ އެ عمل ޒީނަތްތެރިކޮށްދީފައި ވެއެވެ. ފަހެ އެސޮރު އެމީހުން ތެދުމަގުން ހުރަސްކޮށް ދުރުކޮށްފައިވެއެވެ. އެހެންވެ އެމީހުންނަށް ތެދުމަގު ނުލިބެއެވެ. 25. (25) (އެސައިތާނު އެގޮތަށް އެކަން އެކުރަނީ) އެމީހުން ﷲ އަށް سَجِدَة ނުކުރުމަށްޓަކައެވެ. (އެކަލާނގެއަށް އަޅުކަން ނުކުރުމަށްޓަކައެވެ.) އެކަލާނގެއީ އުޑުތަކާއި ބިމުގައި ފޮރުވި ވަންހަނާވެގެންވާތަކެތި ނެރުއްވާ ކަލާނގެއެވެ. އަދި ތިޔަބައިމީހުން ވަންހަނާކުރާ ތަކެއްޗާއި އަދި ފައުޅުކުރާތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. • ދަންނައެވެ. އުޑުތަކުގައި ފޮރުވި ނިވައިވެފައިވާ ތަކެއްޗަކީ ވާރޭފެނެވެ. އަދި ބިމުގައި ފޮރުވި ވަންހަނާވެގެންވާތަކެއްޗަކީ ގަސްގަހާގެއްސެވެ. والله أعلم. 26. (26) ﷲ އެއީ އެކަލާނގެ ފިޔަވައި (އަޅުކަންވެވުން حقّ) އެހެން އެއްވެސް إله އަކު ނުވާ ކަލާނގެއެވެ. އެއީ ބޮޑުވެގެންވާ عرش ގެވެރި ކަލާނގެއެވެ. 27. (27) سليمان عليه السّلام ވިދާޅުވިއެވެ. (އޭ هُدْ هُدْ އެވެ.) ކަލޭ ތިޔަބުނީ ތެދެއްތޯ ނުވަތަ ކަލެއަކީ ދޮގުވެރިންގެތެރެއިންވާ މީހަކުތޯ ނިކަންހުރެ އަހުރެން ބަލާނަމެވެ. 28. (28) އަހުރެންގެ މިސިޓީ ހިފައިގެން ކަލޭ ދާށެވެ. އަދިގޮސް އެމީހުންގެތެރެއަށް އެސިޓީ ވައްޓައިލާށެވެ! ދެން އެމީހުންނާ ދުރަށްޖެހިލައި އިންނާށެވެ! އަދި އެކަމާމެދު (އެސިޓީގެ ކަންތަކާއިމެދު އެމީހުންގެ މެދުގައި ވާހަކަދެކެވި مشورة ކުރެވެނީ ކޮންފަދައަކުންތޯ ކަލޭ ނިކަން ބަލާށެވެ!) • ދަންނައެވެ. ދެން އެސޮރުގޮސް سُلَيْمَان ގެފާނު ވިދާޅުވިގޮތަށް ކަންތައްކުރިއެވެ. ދެން އެކަމަނާއާއި އެކަމަނާގެ قوم ގެ ބޮޑުންގެ މެދުގައި އެސިޓީއާއިމެދު ކުރެވުނު مشورة އާއި ދެކެވުނު ބައެއް ވާހަކަ ފަހުން މިލިޔާ އާޔަތް ތަކުގައި އެވަނީއެވެ. 29. (29) އެކަމަނާ ވިދާޅުވިއެވެ. އޭ قوم ގެ މާތްބޮޑުންނޭވެ. ހަމަކަށަވަރުން އަހުރެންނަށް މާތްވެގެންވާ ސިޓީއެއް އެއްލެވިއްޖެއެވެ. ލިބިއްޖެއެވެ. 30. (30) ހަމަކަށަވަރުން އެސިޓީ އައިސްފައިވަނީ سُليمان ގެ އަރިހުންނެވެ. އަދި އޭގައިވަނީ "بسم ﷲ الرّحمن الرّحيم". (މީގެފަހުގައި ދެންވަނީ) 31. (31) "ތިޔަބައިމީހުން ތިމަންކަލޭގެފާނުންގެމައްޗަށް ބޮޑާވެނުގަންނާށެވެ. އަދި إيمان ވެ ކިޔަމަންތެރިވެގެންވާ حال ތިމަންކަލޭގެފާނު އަރިހަށް އަންނާށެވެ." މިއެވެ. • ދަންނައެވެ. މިއަންހެނަކީ يمن ކަރައިގެ سَبَأ ގެ مَلِكَة އެވެ. އެމީހުންގެ ވެރިޔާއެވެ. އެކަމަނާގެ ނަމަކީ بَلْقِيس އެވެ. އެކަމަނާގެ ބައްޕައަކީ شُراحيل ކިޔާ މީހެއްކަމުގައިވެއެވެ. އެއީ مشهور بَلْقِيس ރަނިންނެވެ.

- Abu Bakr Ibrahim Ali (Bakurube)

নোট এবং প্রতিফলন

এই পদটি সম্পর্কে আপনার কোনো টীকা বা ভাবনা নেই।

Notes placeholders

কুরআনের সাথে সংযুক্ত থাকুন ❤️

নিজেকে নতুন করে শুরু করতে, আত্ম-বিশ্লেষণ করতে এবং কুরআনের সাথে সংযুক্ত থাকতে কিছু সংক্ষিপ্ত ও অর্থপূর্ণ অনুস্মারক।

কুরআন পড়ুন, শুনুন, অনুসন্ধান করুন এবং চিন্তা করুন

Quran.com হল একটি বিশ্বস্ত প্ল্যাটফর্ম যা বিশ্বব্যাপী লক্ষ লক্ষ মানুষ বিভিন্ন ভাষায় কুরআন পড়তে, অনুসন্ধান করতে, শুনতে এবং তার উপর চিন্তাভাবনা করার জন্য ব্যবহার করে। এটি অনুবাদ, তাফসির, তেলাওয়াত, শব্দে শব্দ অনুবাদ এবং গভীর অধ্যয়নের জন্য সরঞ্জাম সরবরাহ করে, যা সকলের কাছে কুরআনকে সহজলভ্য করে তোলে।

সাদাকাহ জারিয়াহ হিসেবে, Quran.com মানুষকে কুরআনের সাথে গভীরভাবে সংযুক্ত হতে সাহায্য করার জন্য নিবেদিতপ্রাণ। Quran.Foundation দ্বারা সমর্থিত, একটি 501(c)(3) অলাভজনক সংস্থা, Quran.com সকলের জন্য একটি বিনামূল্যের এবং মূল্যবান সম্পদ হিসেবে বেড়ে চলেছে, আলহামদুলিল্লাহ.

নেভিগেট করুন
বাড়ি
কোরআন রেডিও
আবৃত্তিকারী
আমাদের সম্পর্কে
বিকাশকারীরা
পণ্য আপডেট
প্রতিক্রিয়া
সাহায্য
দান করুন
আমাদের প্রকল্পগুলি
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation এর মালিকানাধীন, পরিচালিত, অথবা স্পন্সরকৃত অলাভজনক প্রকল্প।
জনপ্রিয় লিঙ্ক
কুরআন থেকে দোয়া
দিনের কুরআনের আয়াত
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
সাইটম্যাপগোপনীয়তাশর্তাবলী
© ২০২৬ Quran.com. সমস্ত অধিকার সংরক্ষিত
অবদান রাখুন