Ingia
Ingia
Ingia
Chagua Lugha
053

An-Najm 53:25 فلله الاخرة والاولى ٢٥

53:25
فَلِلَّهِ
ٱلۡأٓخِرَةُ
وَٱلۡأُولَىٰ
٢٥
(25) ފަހެ آخرة ގެ އެންމެހައި ކަންތަކާއި، ދުނިޔޭގެ އެންމެހާ ކަންތަކެއްވެސް ملك ވެ خاصّ ވެގެން ވަނީ ހަމަ الله އަށެވެ. (އެމީހުންނަށް، އެބަހީ އިންސާނުންނަށް އެއިން އެއްވެސް ކަމެއްގެ حقّ އެއް ނެތެވެ.)
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

Refuting Idolatry, Al-Lat and Al-`Uzza

Allah the Exalted rebukes the idolators for worshipping idols and taking rivals to Him. They built houses for their idols to resemble the Ka`bah built by Prophet Ibrahim, Allah's Khalil.

أَفَرَءَيْتُمُ اللَّـتَ

(Have you then considered Al-Lat,) Al-Lat was a wh

…

Refuting Idolatry, Al-Lat and Al-`Uzza

Allah the Exalted rebukes the idolators for worshipping idols and taking rivals to Him. They built houses for t

…
Zaidi Tafsir

Soma Maudhui Yanayohusiana

Sura 53, Ukurasa 526, Juzuu 27

19. (19) (އޭ މިތިބަ مشرك ންނޭވެ.) لات އާއި، عُزَّى (މި ދެ ބުދާމެދު) ކަލޭމެން ނިކަން ތިމަން ކަލޭގެފާނަށް خبر ދީބަލާށެވެ. 20. (20) އަދި ތިންވަނައަށް އެހެރަ ބުދު مناة އާމެދު ވެސް ކަލޭމެން خبر ދީބަލާށެވެ. ކަލޭމެން ނިކަން ބުނެބަލާށެވެ. އެތަކެތީންކަލޭމެނަށްވަނީ ކޮންފައިދާއެއްހެއްޔެވެ. 21. (21) އަދި ކަލޭމެން ތިޔަ ބުނަނީ ކަލޭމެންނަށް ފިރިހެން ދަރީން، އެބަހީ ފިރިހެން جنس خاصّ ވެގެން ވާކަމަށެވެ. އަދި އެކަލާނގެއަށް خاصّ ވެގެން ވަނީ އަންހެން جنس ކަމަށެވެ. 22. (22) އެހެންކަމަށް ވަންޏާ އެއީ ވަރަށްވެސް އަނިޔާވެރި ބޭއިންސާފު ބެހުމެކެވެ. 23. (23) އެތަކެއްޗަކީ (އެބަހީ އެ ބުދުތަކަކީ) ކަލޭމެންނާއި، ކަލޭމެންގެ ކާބަފައިން ކިޔާފައިވާ ހުސް ނަންތަކެކެވެ. الله އެތަކެއްޗަށް އެއްވެސް ބާރެއް، އަދި އެއްވެސް دليل އެއް حجّة އެއް ބާވައި ނުލައްވައެވެ. (އެބަހީ އެ ތަކެއްޗަށް އަޅުކަން ކުރުން ހުއްދަވާނޭ އެއްވެސް دليل އެއް حجّة އެއް الله ބާވައިލައްވާފައި ނުވެއެވެ.) އެމީހުން، އެބަހީ އެ ބުދަށް އަޅުކަންކުރާ މީހުން، ހަމައެކަނި ހީއެއްގެ މައްޗަށް ނޫނީ تبع ވާކަމުގައި ނުވެއެވެ. އަދި އެމީހުންގެ هوٰى نفس އެމީހުންނަށް ދައްކައިދޭ އެއްޗަކަށް މެނުވީ އެމީހުން تبع ވާކަމުގައި ނުވެއެވެ. އަދި ހަމަކަށަވަރުން އެމީހުންނަށް އެމީހުންގެ ربّ ގެ حضرة ން ތެދުމަގު އަތުވެއްޖެއެވެ. (އެހެންވީއިރު އެމީހުން އެ ބުދުތަކަށް އަޅުކަން ކުރުން ދެން ހުއްދަވާނީ ކޮންފަދައަކުން ހެއްޔެވެ؟) 24. (24) ނުވަތަ އަދި ކިޔެއް ހެއްޔެވެ؟ އިންސާނާއަށް އޭނާ އެދޭހައި ކަމެއް ލިބިގެންވޭ ހެއްޔެވެ؟ 25. (25) ފަހެ آخرة ގެ އެންމެހައި ކަންތަކާއި، ދުނިޔޭގެ އެންމެހާ ކަންތަކެއްވެސް ملك ވެ خاصّ ވެގެން ވަނީ ހަމަ الله އަށެވެ. (އެމީހުންނަށް، އެބަހީ އިންސާނުންނަށް އެއިން އެއްވެސް ކަމެއްގެ حقّ އެއް ނެތެވެ.) 26. (26) އުޑުގައިވާ ملائكة ބޭކަލުންނަށް ވެސް، الله އެ ފަރާތަކަށް شفاعة ތެރިވުމަށް إِذْنَ ދެއްވާ އަދި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ އެއިން ބޭކަލެއްގެ شفاعة ން އެއްވެސް منفع އެއް ނުކުރާނޭ ކިތަންމެ ملائكة ބޭކަލުންނެއް އެ އުޑުތަކުގައި ވެއެވެ. (މި ވާހަކައިގެ خلاصة އަކީ ملائكة ބޭކަލުންގެ އެހާ ބޮޑު އަޅުވެތިކަމާއި، ﷲ ގެ حضرة އަށް އެ ބޭކަލުންގެ ހުންނަ ކިޔަމަންތެރިކަމާއި، އުރެދިވަޑައިގަތުމެއް ނެތުމާއެކުވެސް އެމީހަކަށް شفاعة ތެރިވުމަށް الله އިރާދަކުރައްވައި، އެބޭކަލުންނަށް އެ شفاعة ތެރިވުމުގެ إِذْنَ ދެއްވައި، އަދި އެމީހަކަށް الله ރުހިވޮޑިގަތުމަށް ފަހުގައި މެނުވީ ملائكة ބޭކަލުންނަށްވެސް އެއްވެސް މީހަކަށް شفاعة ތެރިވުމުގެ حقّ ލިބިވަޑައިގެން ނުވެއެވެ. އެހެންވީއިރު އެއިން ބޭކަލަކަށްވެސް އަޅުކަންކުރުން ހުއްދަވާނެ ދަލީލެއްނެތެވެ.) 27. (27) آخرة އަށް އިންކާރުކުރާ މީހުން - އެމީހުން ކަނޑައެޅިގެން ملائكة ބޭކަލުންނަށް އަންހެނުންގެ ނަމުން ނަން ކިޔަނީއެވެ. (އެބަހީ މަލާއިކަތް ބޭކަލުންނަކީ ﷲ ގެ އަންހެން ދަރީން ކަމުގައި އެމީހުން ބުނަނީއެވެ. الله ހުސް طاهر ވަންތައެވެ. ދަރިކަލަކު ހިއްޕެވުމަކީ އެއްގޮތަކަށްވެސް އެކަލާނގެއަށް އެކަށީގެންވާ ކަމެއް ނޫނެވެ.) 28. (28) އެމީހުންނަށް އެކަމުގައި (އެބަހީ ملائكة ބޭކަލުންނީ ﷲ ގެ އަންހެން ދަރީން ކަމުގައި ބުނާކަށް) އެމީހުންނަށް އެއްވެސް علم އެއް ނުވެއެވެ. އެއީ އެކައްޗެއްވެސް އެނގިގެން ކިޔާ އެއްޗެއް ނޫނެވެ. އެއީ ހަމަ އެމީހުން ހީކުރާ ހުސް ހީއަކަށް تبع ވެގެން އެމީހުން ބުނާ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ. އަދި ކަނޑައެޅިގެން ހީއަކީ އެއްވެސް حال އެއްގައި حقّ މައްސަލައެއްގައި حقّ އާއި އިދިކޮޅަށް އެއްވެސް ކަމެއް ފުއްދައިދެވޭނޭ އެއްޗެއް ނޫނެވެ.

- Abu Bakr Ibrahim Ali (Bakurube)

Maelezo na Tafakari

Hakuna tafakari zilizokaguliwa kwa aya hii

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia