Ingia
Ingia
Ingia
Chagua Lugha

An-Najm 53:1 والنجم اذا هوى ١

Ukurasa 526 · Juzuu 27

وَٱلنَّجۡمِ
إِذَا
هَوَىٰ
١
(1) ތަރި އުދަރެހުގައި غائب ވެއްޖެއްޔާ އެ ތަރި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. • ދަންނައެވެ. النجم މި لفظ ގެ ތަރުޖަމާއަކާމެދު مفسّر ންގެ ބަސް ތަފާތެވެ. އަދި خاصّ ކޮށް قرآن ގައި މި لفظ ގެންނަވާފައިވާ مراد އަކާމެދު إختلاف ތައް އައިސްފައި އެބަ ހުއްޓެވެ. އެތަނުން ބައެއް މާނަ މިތާ ނަކަލުކޮށްލަމެވެ. النجم އަކީ ތަރިއެވެ. އެއިން މުރާދުކުރެވެނީ ކެތި، މި ނަކަތެވެ. ނުވަތަ އެއިން މުރާދުކުރެވެނީ زُهرة ކިޔާ ތަރިއެކެވެ. النجم ގެ އަނެއް މާނައަކީ ގަސްގަނޑު ނުހުންނަ ފަތްޕިލާވެއްޔެވެ. (ވެލުގެ މާނައިގައެވެ.) النجم ގެ މުރާދަކީ މި ސޫރަތުގައި قرآن އެވެ. النجم ގެ މުރާދަކީ މި ސޫރަތުގައި محمّد އެވެ. ދެންފަހެ هوٰى މި لفظ ގެ މާނައަކީ ވެއްޓުމެވެ. ނުވަތަ غائب ވުމެވެ. ނުވަތަ ނިވައިވުމެވެ. ނުވަތަ އޮއްސުމެވެ. މި ހުރިހާ މާނައެއްގައި މި لفظ ތައް ބޭނުންކުރެވިފައި އެބަ ހުއްޓެވެ. ވީމާ އަޅުގަނޑު މިތާ މި ލިޔަނީ އެންމެ ފުރަތަމަ މާނައެވެ. އެއީ: ތަރި ނުވަތަ ކެތި އޮއްސިއްޖެއްޔާ ނުވަތަ غائب ވެއްޖެއްޔާ އެ ކެތި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. މިއެވެ.
reading-goal:continue-reading

Soma q-and-a.tafsir

Ibn Kathir (Abridged)

Which was revealed in Makkah

The First Surah in which a Prostration is revealed

Al-Bukhari recorded that `Abdullah bin Mas`ud said, "Surat An-Najm was the first Surah in which a prostration was revealed. The Prophet (recited it in Makkah) and prostrated. Those who were with him did the same, except an

…

Which was revealed in Makkah

The First Surah in which a Prostration is revealed

Al-Bukhari recorded that `Abdullah bin Mas`ud said, "Surat An-Najm was t

…
Tazama tafsirs

Soma related-content

1. (1) ތަރި އުދަރެހުގައި غائب ވެއްޖެއްޔާ އެ ތަރި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. • ދަންނައެވެ. النجم މި لفظ ގެ ތަރުޖަމާއަކާމެދު مفسّر ންގެ ބަސް ތަފާތެވެ. އަދި خاصّ ކޮށް قرآن ގައި މި لفظ ގެންނަވާފައިވާ مراد އަކާމެދު إختلاف ތައް އައިސްފައި އެބަ ހުއްޓެވެ. އެތަނުން ބައެއް މާނަ މިތާ ނަކަލުކޮށްލަމެވެ. النجم އަކީ ތަރިއެވެ. އެއިން މުރާދުކުރެވެނީ ކެތި، މި ނަކަތެވެ. ނުވަތަ އެއިން މުރާދުކުރެވެނީ زُهرة ކިޔާ ތަރިއެކެވެ. النجم ގެ އަނެއް މާނައަކީ ގަސްގަނޑު ނުހުންނަ ފަތްޕިލާވެއްޔެވެ. (ވެލުގެ މާނައިގައެވެ.) النجم ގެ މުރާދަކީ މި ސޫރަތުގައި قرآن އެވެ. النجم ގެ މުރާދަކީ މި ސޫރަތުގައި محمّد އެވެ. ދެންފަހެ هوٰى މި لفظ ގެ މާނައަކީ ވެއްޓުމެވެ. ނުވަތަ غائب ވުމެވެ. ނުވަތަ ނިވައިވުމެވެ. ނުވަތަ އޮއްސުމެވެ. މި ހުރިހާ މާނައެއްގައި މި لفظ ތައް ބޭނުންކުރެވިފައި އެބަ ހުއްޓެވެ. ވީމާ އަޅުގަނޑު މިތާ މި ލިޔަނީ އެންމެ ފުރަތަމަ މާނައެވެ. އެއީ: ތަރި ނުވަތަ ކެތި އޮއްސިއްޖެއްޔާ ނުވަތަ غائب ވެއްޖެއްޔާ އެ ކެތި ގަންދެއްވައި الله تعالى ހުވައި وحِي ކުރައްވައެވެ. މިއެވެ. 2. (2) (މި ހުވައިގެ جواب އަކީ) ކަލޭމެންގެ އެކުވެރިޔާ (އެބަހީ محمّد ﷺ) މަގުފުރެދިވަޑައިގެން ނުވެއެވެ. އަދި އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުދެއެވެ. • ނޯޓު: މިތާ محمّد ﷺ އާމެދު قريش ންގެ އެކުވެރިޔާއެވެ. وحِي ކުރެއްވީ އެކަލޭގެފާނު އެންމެ ޅައިރުއްސުރެ ފަށައިގެން نبي ކަމާ ހަމައަށް ދާނދެންވެސް އެމީހުންގެ ތެރޭ މެދުނުކެނޑި އުޅުއްވި ކަމުގައި ވީތީއެވެ. އަދި އެކަލޭގެފާނު މަގުނުފުރެދޭ ކަމާއި، އެކަލޭގެފާނު ގެއްލި ހަލާކުވެގެން ނުވާކަން އެންމެ ބޮޑަށް ދަންނަން ވާނީ އެމީހުންނެވެ. އެއީ އެމީހުންގެ އެކުވެރިޔާއެވެ. އެމީހުންގެ އަމީނެވެ. 3. (3) އަދި އެކަލޭގެފާނު هوٰى نفس އެދޭ ގޮތަށް ބޭނުންހާ ވާހަކައެއް ނުދައްކަވައެވެ. 4. (4) އެކަލޭގެފާނުންގެ ބަސްފުޅު އެއީ ހަމަ ބާވައިލެއްވޭ وحِي ކަމުގައި މެނުވީ ނުވެއެވެ. 5. (5) އެކަލޭގެފާނަށް އެ وحِي އުނގަންނަވައިދެއްވީ ބާރުގަދަވެގެންވާ ކަލޭގެފާނެވެ. އެބަހީ جبريل الأمين އެވެ. 6. (6) އެކަލޭގެފާނަކީ ބާރުފުޅު ގަދަ ނުވަތަ ވިސްނުންފުޅާއި، ބުއްދިފުޅު ގަދަ އަދި ރިވެތިވެގެންވާ ކަލޭގެފާނެވެ. އުޑުގައި އެކަލޭގެފާނު إستوٰى ވެވަޑައިގެންނެވިއެވެ. އެބަހީ މަތިވެރި ވެވަޑައިގެންނެވިއެވެ. 7. (7) އޭރު އެކަލޭގެފާނު (އެބަހީ جبريل عَلَيه السلام) ހުންނެވީ މަތިވެރިވެގެންވާ އުދަރެހުގައެވެ. (އެބަހީ އެކަލޭގެފާނުންގެ أصل صورة ފުޅުގައި އިރުމަތީ ފަރާތު އުދަރެހުގައި އެކަލޭގެފާނު ފައުޅުވެވަޑައިގެންނެވިއެވެ. رسول الله ﷺ އެކަލޭގެފާނުންގެ أصل ސޫރަފުޅުގައި ދެކެވަޑައިގެންނެވިއެވެ. އިރުމަތީ ފަރާތު އުދަރެހުން مغرب ފަރާތާ ހަމައަށް މުޅިން ބައްދާލާފައި ވެއެވެ. އެހާވެސް އެކަލޭގެފާނު ބޮޑެވެ.) 8. (8) ދެން އެކަލޭގެފާނު (އެބަހީ جبريل عَلَيه السلام) محمّد ﷺ އާ ވަރަށް ބޮޑަށް ގާތްވެވަޑައިގެންނެވިއެވެ. 9. (9) އެ ދެބޭކަލުންގެ ދެމެދު ދުންޏެއްގެ މިންވަރަށް ނުވަތަ ދެމުށުގެ މިންވަރަށް ގާތްވެވަޑައިގެންނެވި ކަމުގައި ވެއެވެ. (ނުވަތަ معراج ގެ ރޭގައި محمّد ﷺ އާއި އެކަލޭގެފާނުންގެ ربّ އާ ދެމެދު އެވަރަށް ގާތްވިއެވެ.) ނުވަތަ އެއަށްވުރެވެސް ބޮޑަށް ގާތްވި ކަމުގައި ވިއެވެ. والله أعلم. 10. (10) ދެންފަހެ الله تعالى އެކަލާނގެ އަޅާ محمّد ﷺ އަށް އެ وحِي ކުރެއްވި އެއްޗެއް جبريل عَلَيه السلام މެދުވެރި ކުރައްވައި وحِي ކުރެއްވިއެވެ. (ނުވަތަ މާތް الله އެކަލާނގެ އަޅާ محمّد ﷺ އަށް އެ وحِي ކުރެއްވި އެއްޗެއް وحِي ކުރައްވައިފިއެވެ. މިމައްސަލައިގާ ވަރަށް إخْتِلآفُ ވެއެވެ.) 11. (11) އަދި އެކަލޭގެފާނުންގެ (އެބަހީ محمّد ﷺ ގެ) ހިތްޕުޅު އެކަލޭގެފާނަށް އެ ފެނިވަޑައިގެންނެވިއެއްޗެއް ދޮގެއް ނުކުރައްވައެވެ. (އެބަހީ معراج ގެ ރޭގައި އެކަލޭގެފާނު އެ ދެކެވަޑައިގަތް އެއްވެސް އެއްޗެއް އެކަލޭގެފާނުންގެ ހިތްޕުޅު ދޮގު ނުކުރައްވައެވެ.) 12. (12) ކަލޭމެން ފަހެ އެކަލޭގެފާނުން އެ ދެކެވަޑައިގެންނެވި އެއްޗަކާމެދު އެކަލޭގެފާނާ جدل ކުރަނީ ހެއްޔެވެ؟ 13. (13) އަދި ހަމަކަށަވަރުން رسول الله ﷺ އަދިއެހެންފަހަރަކުވެސް جِبْرِيْلُ عَلَيه السلام ދެކެވަޑައިގެންނެވިއެވެ. (އެބަހީ އެކަލޭގެފާނު ހެއްދެވުނު أصل صورة ފުޅުގައި އެހެން ފަހަރަކުވެސް ދެކެވަޑައިގަތެވެ.) 14. (14) އެއީ سدرةالمنتهى ގެ ކައިރިން معراج ގެ ރޭގައެވެ. 15. (15) جنّة المأوٰى އެވެ ކިއުނު ސުވަރުގެ ވަނީ އެތާނގައެވެ. (އެބަހީ އެ ސުވަރުގެ ވަނީ سدرةالمنتهى ގެ ކައިރީގައި عرشي ގެ ކަނާތް ފަރާތުގައެވެ. والله أعلم.) 16. (16) އެ ގަސް (އެބަހީ سدرةالمنتهى އެވެ ކިޔުނު ގަސް) ނިވައިކޮށްލާ އެއްޗެއް ނިވައިކޮށްލައެވެ. (ރަނުގެ ގޮއްފުޅަނގިތައް އެ ގަސް ނިވައިކޮށްލައެވެ.) • ދަންނައެވެ. سدرة އަކީ ކުންނާރު ގަހަށް ކިޔާ ނަމެކެވެ. منتهى އަކީ ގޮސް ހަމަވާ ތަނެވެ. سدرةالمنتهى އަކީ ހަވަނަ އުޑުގައި ނުވަތަ ހަތްވަނަ އުޑުގައިވާ ގަހަކަށް (ކުންނާރު) ގަހަކަށް ކިޔާ ނަމެކެވެ. އެއީ ކުންނާރު ގަހެކޭ لُغَوِى ގޮތުން ކިޔާފައި އޮތަސް އޭގެ خاصّيّة އާއި، ތާސީރު ހަމައެކަނި الله އަށް މެނުވީ އެނގިގެން ނުވެއެވެ. جنّةالمأوٰى އެވެ ކިޔުނު ސުވަރުގެ ވަނީ އެތާނގައެވެ. އެ ގަހަށް އެކި އިރަށް އެކި ކުލަ އަރާ ކަމުގައި ވެއެވެ. ރީތިކަމުން بيان ކުރަން ނޭނގޭހާ ރީތި ގޮތްތައް އެ ގަހަށް ވާކަމުގައި ވެއެވެ. ރަނުގެ ގޮއްފުޅަނގިތަކުން އެ ގަސްނިވާކޮށްލާ ކަމުގައި ވެއެވެ. އެގަހުގެ ފަތް އެހާ ބޮޑެތިވެފައި، މޭވާވެސް އެހާ ބޮޑު ކަމުގައި ވެއެވެ. އެ ގަހަށް سدرةالمنتهى އެވެ ކިއުނީ އެންމެހައި خلق ތަކުންގެ علم އެ ހިސާބަށް ނިމޭތީ ކަމުގައި ބުނެވުނެވެ. އޭގެ އެކޮޅު އެއްވެސް مخلوق އަކަށް އެނގިގެން ނުވެއެވެ. އަދި ބުނެވުނެވެ. ބިމުގެ އެންމެހާ ކަމެއް އަރައިގެން ގޮސް ނިމެނީ އެ ހިސާބަށެވެ. އަދި ބުނެވުނެވެ. އެންމެހައި شهيد ންގެ ފުރާނަތައް ގޮސް ނިމެނީ އެ ހިސާބަށެވެ. ملائكة ބޭކަލަކުވެސް އޭގެ އެކޮޅަކަށް ވަޑައި ނުގަންނަވައެވެ. އަދި މިނޫން ގޮތްގޮތަށްވެސް ކިޔައިފައި ވެއެވެ. والله أعلم بالصّواب. 17. (17) އަދި އެކަލޭގެފާނުންގެ (އެބަހީ محمّد ގެފާނުންގެ) ލޯފުޅު އެހެން ފަރާތަކަށް ލެނބިނުލައެވެ. (އެބަހީ އެކަލޭގެފާނުންގެ ލޯފުޅު ކަނާތް ފަރާތަށް، އަދި ވާތް ފަރާތަށް، އަދި މައްޗަށް ތިރިއަށް އަނބުރުއްވައި، ފަރާތްފަރާތަށް ބައްލަވާ ނަހައްދަވައެވެ.) ކަނޑައެޅުއްވިފައިވާ حدّ ފަހަނަޅައި ނުދެއެވެ. 18. (18) ހަމަކަށަވަރުން އެރޭ (އެބަހީ معراج ގެ ރޭގައި) އެކަލޭގެފާނުންގެ ربّ ގެ ބޮޑެތިބޮޑެތިވެގެންވާ عجائب ތަކާއި، އެކަލާނގެ قدرة ތެރިކަމާއި، އެއްކައުވަންތަކަމުގެ ގިނަގުނަ ވެގެންވާ دليل ތައް އެކަލޭގެފާނު އެތަނުން ދެކެވަޑައިގެންނެވިއެވެ.

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Maelezo na Tafakari

reflection-not-available

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia