প্রবেশ কর
প্রবেশ কর
প্রবেশ কর
ভাষা নির্বাচন কর
016

An-Nahl 16:74 فلا تضربوا لله الامثال ان الله يعلم وانتم لا تعلمون ٧٤

১৬:৭৪
فَلَا
تَضْرِبُوْا
لِلّٰهِ
الْاَمْثَالَ ؕ
اِنَّ
اللّٰهَ
یَعْلَمُ
وَاَنْتُمْ
لَا
تَعْلَمُوْنَ
۟
(74) (އޭ مشرك ންނޭވެ!) ކަލޭމެން ﷲ އަށް އެކިއެކި މިސާލުތައް ނުޖަހާށެވެ! (ﷲ އާއި އެހެންތަކެއްޗާއި އެއްފަދަ ނުކުރާށެވެ! އެކަލާނގެއަށް شريك ނުކުރާށެވެ!) ހަމަކަށަވަރުން ﷲ تعالى ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ.
আরও পড়ুন

তাফসীর পড়ুন

Tafsir Ahsanul Bayaan

সুতরাং তোমরা আল্লাহর সদৃশাবলী স্থির করো না।[১] নিশ্চয় আল্লাহ জানেন এবং তোমরা জান না।

[১] যেমন, মুশরিকরা উদাহরণ দিয়ে থাকে যে, যদি রাজার সাথে সাক্ষাৎ করতে হয় বা তাঁর নিকট থেকে কোন কাজ নিতে হয়, তাহলে রাজার নিকট সরাসরি যাওয়া যায় না; বরং তাঁর নিকটতম লোকেদের সাথে সম্পর্ক ও যোগাযোগ করতে হয়, (উকিল ধরতে হয়,)

…

সুতরাং তোমরা আল্লাহর সদৃশাবলী স্থির করো না।[১] নিশ্চয় আল্লাহ জানেন এবং তোমরা জান না।

[১] যেমন, মুশরিকরা উদাহরণ দিয়ে থাকে যে, যদি রাজার সাথে সাক্ষাৎ করত

…
আরও তাফসির

প্রাসঙ্গিকভাবে পড়ুন

অধ্যায় ১৬, পৃষ্ঠা ২৪৭, জুজ ১৪

71. (71) އަދި ﷲ تعالى ކަލޭމެންކުރެ އެއްބަޔަކު އަނެއްބަޔަކުގެމައްޗަށް ރިޒުގުގެގޮތުން މާތްކުރެއްވިއެވެ. (އެއްބަޔަކަށް ތަނަވަސްކަން އިތުރުކޮށްދެއްވިއެވެ.) އަދި އެތަނަވަސްކަމާއި ރިޒުގު އިތުރުވެވުނުމީހުން އެމީހުންގެދަށުގައިވާ އަޅުންނަށް ތިމާމެންގެ އެމުދަލުން ބައެއްދީ ސާހިބުމީހާއާއި އަޅުމީހާއާއި ދެމީހުން އެމުދަލުގައި ހަމަހަމަވެ އެއްވަރުވާނޭގޮތުން އަޅުމީހާއަށް ބައެއްދޭނޭ މީހަކުކަމުގައި ނުވެއެވެ. (ދެއަނބިން ނުވަތަ ހަތަރު އަނބިން ތިބިނަމަ އަޅުމީހާއާއި ދެމީހުންނަށް ހަމަހަމައަށް އެއަނބީން ބައިކުރާނޭ މީހަކުކަމުގައި ނުވެއެވެ.) (މިހެން މިކަންހުރިއިރު ﷲ އާއި އެކަލާނގެ އަޅުންނާ ހަމަހަމަކޮށް ﷲ އަށް އަދާކުރަންޖެހުނު އަޅުކަމުން ބައެއް އަޅުންނަށްދީ ﷲ އާއި އެކަލާނގެ އަޅާ އެއްވަރުކުރަން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟ ބުއްދީގެ ހަމަތަކުން ބެލީމާވެސް شريك ކުރުން ހެޔޮވާނީ ކޮންފަދައަކުންހެއްޔެވެ؟) އެއްވަރުނުވާނެކަން ކަށަވަރެވެ. އެމީހުން ފަހެ ﷲ ގެ نعمة އަށް ދެކޮޅުހަދާ إنكار ކުރަނީހެއްޔެވެ؟ 72. (72) އަދި ﷲ تعالى ކަލޭމެންގެ އެއްޖިންސުން ކަލޭމެނަށް އަނބީންލެއްވިއެވެ. (ނުވަތަ آدم عليه السّلام ގެ ކިބައިން އެކަލޭގެފާނުންގެ އަނބިކަނބަލުން حوّاء ގެފާނު ހެއްދެވިއެވެ. مفسّر ން މިދެތަރުޖަމާއަށް އިޝާރަތްކުރައްވާފައިވެއެވެ.) އަދި ކަލޭމެންނަށް ކަލޭމެންގެ އަނބީންގެ ކިބައިން ދަރިންނާއި ކާފަދަރިން އެކަލާނގެ ލެއްވިއެވެ. އަދި ރަނގަޅު حلال ތަކެތީގެ ރިޒުގުން އެކަލާނގެ ކަލޭމެންނަށް ރިޒުގުދެއްވިއެވެ. އަޅެފަހެ އެމީހުން އެ إيمان ވަނީ باطل އަށްހެއްޔެވެ؟ باطل عقيدة ތަކަށްހެއްޔެވެ؟ (ބުދުތަކުން منفع ކޮށް ގެއްލުންވާނެކަމަށް ހީކުރަނީހެއްޔެވެ؟ އަދި ﷲ ގެ نعمة އަށް އެމީހުން ކާފަރުވަނީއެވެ. ﷲ حلال ކުރެއްވިތަކެތި އެމީހުން حرام ކޮށް ދެކޮޅުހަދަނީއެވެ.) 73. (73) އަދި އުޑުތަކާއި ބިމުގައި އެއްވެސް އެއްޗެއް އެއްވެސްކަމެއް މިލްކުވެގެންނުވާ ތަކެއްޗަށް (އެބަހީ: ބުދުތަކަށް) ﷲ ފިޔަވައި އެ مشرك ން އަޅުކަންކުރަނީއެވެ. އަދި އެއްވެސް ކަމަކަށްވެސް އެތަކެއްޗަށް ކުޅަދާނަވެގެން ނުވެއެވެ. (އެހުރިހާ ތަކެއްޗަކީ ﷲ ގެ މިލްކެވެ. ބުދުތައްކުރާނީ ކީއްހެއްޔެވެ؟) 74. (74) (އޭ مشرك ންނޭވެ!) ކަލޭމެން ﷲ އަށް އެކިއެކި މިސާލުތައް ނުޖަހާށެވެ! (ﷲ އާއި އެހެންތަކެއްޗާއި އެއްފަދަ ނުކުރާށެވެ! އެކަލާނގެއަށް شريك ނުކުރާށެވެ!) ހަމަކަށަވަރުން ﷲ تعالى ދެނެވޮޑިގެންވެއެވެ. އަދި ކަލޭމެންނަކަށް ނޭނގެއެވެ. 75. (75) އަދި ﷲ تعالى މިސާލެއް ޖައްސަވައިފިއެވެ. އެއީ މީހަކަށް މިލްކުވެގެންވާ އަޅެއްގެ މިސާލެވެ. އޭނާ އެއްވެސް ހެޔޮކަމެއް ނުކުރެއެވެ. އަދި ﷲ ގެމަގުގައި އޭނާ އެއްވެސް އެއްޗެއް ހޭދަނުކުރެއެވެ. އޭނާއަށް އެއްވެސްކަމެއް ކުރުމަށް ކުޅަދާނަ ނުވެއެވެ. (އެހެނީ އޭނާއަކީ މީހެއްގެ އަޅެކެވެ.) މިއީ ކާފަރުމީހެއްގެ މިސާލެވެ. އެކާފަރުމީހާވެސް އެއްވެސް ހެޔޮކަމެއް ނެތެވެ. މިފަދަމީހާއާއި ތިމަންރަސްކަލާނގެ حضرة ން ރަނގަޅު حلال ރިޒުގުދެއްވާފައިވާ މިނިވަން مؤمن އަކާއިދެމީހުން އެއްވަރުވާނޭހެއްޔެވެ؟ ދެން އަދި އޭނާ ސިއްރާއި ފައުޅުގައި އެރިޒުގުން ހޭދަކުރެއެވެ. ﷲ ގެމަގުގައި ހޭދަކުރެއެވެ. މިފަދަ މީހާއާއި ކުރިން ބަޔާންކުރިފަދަ އަޅަކާއި ދެމީހުން ފަހެ އެއްވަރުވާނޭހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ. (ބައެއް ބޭކަލުން ވިދާޅުވަނީ މިމިސާލަކީ ހަމަ ސީދާ ﷲ އާއި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އެހެނިހެން ފަރާތްފަރާތާ މިދެފަރާތުގެ މިސާލެވެ.) އެހެނީ ބުދަކީ އެއްވެސް އެއްޗެއް މިލްކުވެގެންނުވާ ހެއްދެވިގެންވާ مخلوق އެކެވެ. އެއްވެސް ހެޔޮކަމެއްނެތެވެ. ﷲ އެއީ ހުރިހާ ތަކެތީގެ ވެރިފަރާތެވެ. މިދެފަރާތް ދެން މިސާލުޖަހަންވެސް ހެޔޮވާނީ ކޮންފަދައަކުންބާވައެވެ. ހެޔޮނުވާނެކަން ކަށަވަރެވެ. 76. (76) އަދި ދެފިރިހެނެއްގެ މިސާލު ﷲ ޖައްސަވައިފިއެވެ. އެތަނުން އެކަކީ މަންމަން އަދި ބީރުމީހެކެވެ. އެއްވެސްކަމަކަށް އޭނާއަކަށް ކުޅަދާނައެއްނޫނެވެ. (އެހެނީ އަޑެއްނީވޭ ވާހަކައެއް ނުދެއްކެއެވެ.) އަދި އޭނާއަކީ އޭނާގެ ސާހިބުމީހާގެ މައްޗަށް ބޮޑުބަރެކެވެ. އުނދަގުލެކެވެ. (ބަލަހައްޓަންޖެހެއެވެ. ކާންދޭން ޖެހެއެވެ.) ކޮންމެތާކަށްދިޔަޔަސް އަދި ކޮންމެ ހިނދަކުވެސް ހެޔޮކަމެއްނެތެވެ. މިފަދަ މީހާއާއި ސީދާ ތެދުމަގުގައިވާ حال حقّ ބަސްބުނެ عدل އިންސާފަށް أمر ކުރާމީހަކާއި އެއްވަރުވާނޭ ހެއްޔެވެ؟ مُجَاهِدُ ވިދާޅުވާކަމުގައިވިއެވެ. މިމިސާލަކީ ﷲ سبحانه وتعالى އާއި އަދި އެކަލާނގެ ފިޔަވައި އަޅުކަންވެވޭ إله ންތަކާއި ދެފަރާތުގެ މިސާލެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

নোট এবং প্রতিফলন

এই পদটি সম্পর্কে আপনার কোনো টীকা বা ভাবনা নেই।

Notes placeholders

কুরআনের সাথে সংযুক্ত থাকুন ❤️

নিজেকে নতুন করে শুরু করতে, আত্ম-বিশ্লেষণ করতে এবং কুরআনের সাথে সংযুক্ত থাকতে কিছু সংক্ষিপ্ত ও অর্থপূর্ণ অনুস্মারক।

কুরআন পড়ুন, শুনুন, অনুসন্ধান করুন এবং চিন্তা করুন

Quran.com হল একটি বিশ্বস্ত প্ল্যাটফর্ম যা বিশ্বব্যাপী লক্ষ লক্ষ মানুষ বিভিন্ন ভাষায় কুরআন পড়তে, অনুসন্ধান করতে, শুনতে এবং তার উপর চিন্তাভাবনা করার জন্য ব্যবহার করে। এটি অনুবাদ, তাফসির, তেলাওয়াত, শব্দে শব্দ অনুবাদ এবং গভীর অধ্যয়নের জন্য সরঞ্জাম সরবরাহ করে, যা সকলের কাছে কুরআনকে সহজলভ্য করে তোলে।

সাদাকাহ জারিয়াহ হিসেবে, Quran.com মানুষকে কুরআনের সাথে গভীরভাবে সংযুক্ত হতে সাহায্য করার জন্য নিবেদিতপ্রাণ। Quran.Foundation দ্বারা সমর্থিত, একটি 501(c)(3) অলাভজনক সংস্থা, Quran.com সকলের জন্য একটি বিনামূল্যের এবং মূল্যবান সম্পদ হিসেবে বেড়ে চলেছে, আলহামদুলিল্লাহ.

নেভিগেট করুন
বাড়ি
কোরআন রেডিও
আবৃত্তিকারী
আমাদের সম্পর্কে
বিকাশকারীরা
পণ্য আপডেট
প্রতিক্রিয়া
সাহায্য
দান করুন
আমাদের প্রকল্পগুলি
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation এর মালিকানাধীন, পরিচালিত, অথবা স্পন্সরকৃত অলাভজনক প্রকল্প।
জনপ্রিয় লিঙ্ক
কুরআন থেকে দোয়া
দিনের কুরআনের আয়াত
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
সাইটম্যাপগোপনীয়তাশর্তাবলী
© ২০২৬ Quran.com. সমস্ত অধিকার সংরক্ষিত
অবদান রাখুন