登入
登入
登入
选择语言
016

An-Nahl 16:52 وله ما في السماوات والارض وله الدين واصبا افغير الله تتقون ٥٢

16:52
وَلَهُۥ
مَا
فِي
ٱلسَّمَٰوَٰتِ
وَٱلۡأَرۡضِ
وَلَهُ
ٱلدِّينُ
وَاصِبًاۚ
أَفَغَيۡرَ
ٱللَّهِ
تَتَّقُونَ
٥٢
(52) އަދި އުޑުތަކާއި ބިމުގައިވާހާތަކެތި އެކަލާނގެއަށް خاصّ ވެ ملك ވެގެންވެއެވެ. އަދި އަޅުކަން އަބަދާއަބަދު ދާއިމީގޮތުގައި (ކިޔަމަންތެރިކަމާއި إخلاص ތެރިކަމާ އެކު) ވެވުން حقّ ވަނީ ހަމައެކަނި އެކަލާނގެއަށެވެ. އަޅެފަހެ ﷲ ނޫން ފަރާތަކަށް ކަލޭމެން ބިރުވެތިވަނީހެއްޔެވެ؟ (ނުވަތަ ބިރުވެތިވާންވީހެއްޔެވެ؟) އެއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫނެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

Allah Alone is Deserving of Worship

Allah tells us that there is no god but He, and that no one else should be worshipped except Him, alone, without partners, for He is the Sovereign, Creator, and Lord of all things.

وَلَهُ الدِّينُ وَاصِبًا

(His is the religion Wasiba) Ibn `Abbas, Mujahid, `Ikrimah,

…

Allah Alone is Deserving of Worship

Allah tells us that there is no god but He, and that no one else should be worshipped except Him, alone, without pa

…
更多经注

结合上下文阅读

章 16, 页 272, Juz 14

51. (51) އަދި ﷲ تعالى وحي ކުރެއްވިއެވެ. (އޭ މީސްތަކުންނޭވެ!) ކަލޭމެން ދެ إله ން ހިފާ إختيار ނުކުރާށެވެ! (ﷲ އާއި އެހެން އެއްޗަކާއި ބައިވެރިކޮށް شريك ނުކުރާށެވެ!) ހަމަކަށަވަރުން އެކަލާނގެ އެއީ އެއްކައުވަންތަ އެއް إله އެކެވެ. ފަހެ ކަލޭމެން ތިމަންރަސްކަލާނގެއަށް އެކަނި ބިރުވެތިވާހުށިކަމެވެ! 52. (52) އަދި އުޑުތަކާއި ބިމުގައިވާހާތަކެތި އެކަލާނގެއަށް خاصّ ވެ ملك ވެގެންވެއެވެ. އަދި އަޅުކަން އަބަދާއަބަދު ދާއިމީގޮތުގައި (ކިޔަމަންތެރިކަމާއި إخلاص ތެރިކަމާ އެކު) ވެވުން حقّ ވަނީ ހަމައެކަނި އެކަލާނގެއަށެވެ. އަޅެފަހެ ﷲ ނޫން ފަރާތަކަށް ކަލޭމެން ބިރުވެތިވަނީހެއްޔެވެ؟ (ނުވަތަ ބިރުވެތިވާންވީހެއްޔެވެ؟) އެއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫނެވެ. 53. (53) އަދި ކަލޭމެންނަށްވާނަމަ ވާހާ نعمة އަކީ ހަމަ ﷲ ގެ حضرة ންވާ نعمة އެވެ. ދެން އަދި ކަލޭމެންނަށް (ތަދުމަޑުކަމުގެގޮތުންވެސް އަދި ބަލިމަޑުކަމުގެގޮތުންވެސް އަދި ބިރުވެތިކަމުގެގޮތުންވިޔަސް) އުނދަގުލެއް ޖެހިއްޖެއްޔާ ކަލޭމެން އެކަލާނގެ حضرة އަށް ގޮވާ އާދޭސްކުރެއެވެ. 54. (54) ދެން ކަލޭމެންގެ ކިބައިން އެއުނދަގޫ އެކަލާނގެ ދުރުކޮށްދެއްވާ كشف ކުރައްވައިފިއްޔާ ކަލޭމެންގެތެރެއިން ބަޔަކު އެމީހުންގެ ربّ އަށް شريك ކުރެއެވެ. 55. (55) އެއީ އެމީހުނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އަށް ދެކޮޅުހަދާ ކާފަރުވުމަށްޓަކައެވެ. ފަހެ ކަލޭމެން (މިދުނިޔޭގައި) މަޖާނަގައި އަރާމުކޮށްބަލާށެވެ! ފަހެ ނިކަންހުރެ (ތިޔަކަމުގެ ނުބައި) ކަލޭމެން ދެކޭނެއެވެ. އެކަން އެނގިދާނެއެވެ. 56. (56) އަދި އެމީހުނަށް (އެއްވެސް حقيقة އެއް އަދި ގެއްލުމެއް منفع އެއް) ވާކަން ނޭނގޭތަކެއްޗަށް އެބަހީ: ބުދުތަކަށް ތިމަންރަސްކަލާނގެ އެމީހުނަށް ދެއްވި ރިޒުގުން ބައެއްދެނީއެވެ. ބައި އަޅަނީއެވެ. ﷲ ގަންދީ ހުވައިކުރަމެވެ. ހަމަކަށަވަރުން ކަލޭމެން ތިޔަދޮގުހަދާ ކަންތައްތަކާމެދު ކަލޭމެންނާ ސުވާލުވެވޭނެއެވެ. (މިއާޔަތުގައި މިވާ ބުދަށް ބައިއަޅާވާހަކަ أنعام ސޫރަތުގައި بيان ވެގެންވާނެއެވެ.) 57. (57) އަދި އެމީހުން يعني: مشرك ންގެމީހުން ﷲ އަށް އަންހެންދަރިން نِسْبَة ކުރަނީއެވެ. (އެމީހުން ބުނަނީ ملائكة ބޭކަލުންނަކީ ﷲ ގެ އަންހެންދަރިންކަމުގައެވެ. މިގޮތުން އަންހެން ޖިންސު އެކީއެކަށް އެފަރާތަށް نِسْبَة ކުރަނީއެވެ. އަދި އެމީހުންނަށް نِسْبَة ކުރަނީ ފިރިހެން ޖިންސެވެ.) އެކަލާނގެއަށް ދަރިއަކުވުމުން އެކަލާނގެ ހުސް طاهر ވަންތަވެވޮޑިގެންވެއެވެ. އަދި އެމީހުންނަށް އެމީހުން نِسْبَة ކުރަނީ އެމީހުންއެދޭ ތަކެއްޗެވެ. އެއީ ފިރިހެންދަރިންނެވެ. 58. (58) އަދި އެއިން މީހަކަށް އަންހެންދަރިއަކު ލިބިއްޖެކަމުގެ خبر ދީފިއްޔާ އެމީހާގެ މޫނު (އެކަމާ ދެރަވެ ހިތާމައިން) މުޅިން ކަޅުވެދެއެވެ. ބަނަވެދެއެވެ. އަދި އޭނާ (އެކަމާމެދު ހިތާމަޔާ ރުޅިވެރިކަމުން ފުރިގެންވާ حال) އެކަން ފައުޅުނުކޮށް ވަންހަނާކުރެއެވެ. 59. (59) އަދި އޭނާއަށް އެ خبر ދެވުނުކަމުގެ ނުބައިކަމުން (އެބަހީ: އަންހެންދަރިއަކު ލިބުމުގެ ނުބައިކަމުން) އޭނާ މީސްތަކުންނާ ދުރުވެ ވަންހަނާވެދެއެވެ. ނިވައިވެދެއެވެ. އަދި އޭނާ ދެއަތަށް ޖެހިޖެހި ހުރެއެވެ. ނިކަމެތިކަމާއި ދެރަކަމާ އެކު އެކުއްޖާ ހިފައިގެން ގެންގުޅޭނީ ބާވައެވެ؟ ނުވަތަ އެކުއްޖާ (ދިރިއޮއްވާ) ވެލީގައި ވަޅުލާ ނިވައިކުރާނީބާވައެވެ؟ ދަންނާށެވެ! އެމީހުން އެކުރާ حكم ގެ ހުރި ނުބައިކަމާއެވެ! އެއީ ވަރަށްވެސް ނުބައި حكم އެކެވެ. (މިހެނީ އެމީހުންނަށް އެމީހުން نِسْبَة ކުރުމަށް ނުރުހޭ އަންހެންޖިންސު ﷲ އަށް نِسْبَة ކޮށް އެމީހުން އެދޭ ފިރިހެންޖިންސު އެމީހުންނަށް نِسْبَة ކުރުމީ ނުބައި حكم އެކެވެ. އަދިއެއްވެސް ބާވަތެއްގެ ދަރިއަކު އެކަލާނގެއަށް ނިސްބަތްކުރުމީ އެންމެބޮޑެތި ފާފައިގެތެރެއިންވާކަމެކެވެ.) 60. (60) آخرة ދުވަހަށް إيمان ނުވާމީހުންނަށް ކަނޑައެޅިގެންހުރީ ނުބައިވެގެންވާ مثال އެވެ. (ޖާހިލުކަމާއި ﷲ އަށް ކާފަރުވުމާ މިފަދަ މިސާލެވެ.) އަދި ﷲ އަށް خاصّ ވެގެންވަނީ އެންމެ މަތިވެރިވެ މާތްވެގެންވާ مثال އެވެ. (ދީލަތިކަމާއި ފުރިހަމަކަމާއި މުއްސަނދިކަމާއި ތަނަވަސްކަމާއި ދެނެވޮޑިގަތުމާއި... މިފަދަ މިފަދަ މިސާލެވެ.) އަދި އެކަލާނގެއީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献